ކެލްސިއަމް ލިބޭ ބައެއް ކާނާ
14 އޮކްޓޯބަރ 2016 - 06:42
ކެލްސިއަމް ސަޕްލިމެންޓްސް ނުވަތަ ކެލްސިއަމް ގުޅަ މާގިނައިން ބޭނުންކުރާ ނަމަ ހިތާއި ވެސްކިއުލާ ސިސްޓަމަށް ގެއްލުން ވެދާނެ ކަމަށް ސައިންސްވެރިން ބުނެފި އެވެ.
ބޭހުގައި ގޮތުގައި ކެލްސިއަމް ބޭނުންކުރުމުން، ހިތަށް ލޭ ފޮނުވައިދޭ ލޭހޮޅިތަކުގެ ބޭރު ފަށަލާގައި ކޮބަޑި ފާޑުގެ ހަރު އެއްޗެހިތަކެއް ޖަހަ އެވެ. އަދި މިކަމުގެ ސަބަބުން ހިތަށް ގެއްލުންތައް ލިބެ އެވެ.
ސައިންސްވެރިން ބުނަނީ ގުޅަ ބޭހުގެ ބަދަލުގައި ކެލްސިއަމް ލިބޭ ކާނާ ކެއުން މާ ރަނގަޅު ކަމަށެވެ. އޭރުން މިފަދަ ބަލިތަކުން ދިފާއުވެވޭނެ ކަމަށް ވެސް ސައިންސްވެރިން ބުނެފައިވެ އެވެ.
ދިހަ ވަރަކަށް އަހަރު ވަންދެން 2،700 މީހުންގެ މެޑިކަލް ޓެސްޓްތައް ދިރާސާކުރުމަށް ފަހު އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވަސިޓީ ސްކޫލް އޮފް މެޑިސިންގެ ސައިންސްވެރިން ބުނެފައިވަނީ ކެލްސިއަމް ބޭހުން ލިބޭ ގެއްލުންތަކަކީ ސިއްހީ ގޮތުން އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
ކެލްސިއަމް ބޭސް ކާން ދިނުމަކީ، ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށް މިފަދަ ބޭސް ދިނުމަކީ އެބޭހުގެ އަސަރު އެމީހެއްގެ ކަށިތަކަށް ކުރާކަމެއް ނޫންކަމަށް މީގެ ކުރިން ކޮށްފައިވާ މިފަދަ ބައެއް ދިރާސާތަކުން ވެސް ވަނީ ހާމަވެފަ އެވެ. އަދި ކުޑަކަމުދާ ނަޖިހާއެކު މި ބޭސް ހަށިގަނޑުން ބޭރުވެގެން ނުދާކަމަށްވެ އެވެ. އެހެންކަމުން މިގޮތަށް ބޭހުގެ ގޮތުގައި އެތެރެވާ ކެލްސިއަމް ސޮފްޓް ޓިޝޫތަކަށް ޖަމާވެފައި ހުންނާނެކަމަށް ސައިންސްވެރިންނަށް ލަފާ ކުރެވެ އެވެ.
ކެލްސިއަމް ގިނައިން ލިބޭނެ ބައެއް ކާއެއްޗެތި
އާއްމުގޮތެއްގައި ވެސް އިންސާނުންގެ އުމުރުން ދުވަސްވާވަރަކަށް ހަށިގަނޑުގެ އެންމެ މުހިއްމު ބޮޑެތި ލޭ ހޮޅިތަކުގެ ތެރޭގައި ހިމެނޭ އަޔޯޓާ އާއި އެނޫންގެ އާޓްރީޒްތަކުގައި ކެލްސިއަމްގެ މައްޗަށް ބިނާވެފައިވާ ކޮބަޑި ޒާތުގެ އެއްޗެއް ޖަހަން ފަށަ އެވެ. މީގެ ސަބަބުން ލޭ ހިނގުމަށް ދަތިތައް ކުރިމަތިވެ ހާޓް އެޓޭކް ޖެހުމަށް ދިމާވެ އެވެ.
އެހެންކަމުން ދުވަސްވީ މީހުންނަށް ކެލްސިއަމް ބޭސް ދިނުމުން ލިބޭ ފައިދާއަށް ވުރެ ގެއްލުން ބޮޑުކަމަށް ސައިންސްވެރިން މިހާރު ގަބޫލުކުރެ އެވެ.
ސައިންސްވެރިން ލަފާ ދެއްވަނީ ކެލްސިއަމް ބޭހުގެ ބަދަލުގައި ކޮންމެ ދުވަހަކުވެސް ކެލްސިއަމް ލިބޭ ކާނާ ދުވަސްވީ މީހުންނަށް ވެސް ކާން ދިނުމަށެވެ.
ކެލްސިއަމް އެންމެ ގިނައިން ލިބޭ ކާނާގެ ތެރޭގައި ކިރު، ސޯޔާ މިލްކް، ޗީޒް، އާމަންޑް، ފެހި ތޮޅި، ސްޕިނެޗް، ބްރޯކޮލީ، ޔޯގަޓް، ސޯޔާބީން، ސާޑިންސް، އޮރެންޖް، އާޓާ ފުށު ޕާނާއި ގޮވާން، ބާމިޔާ ތޮޅި އަދި ޑްރައިޑް އެޕްރިކޮޓް ހިމެނެ އެވެ.
އެހެންކަމުން ކޮންމެ ދުވަހަކުވެސް މީގެން ދެ ތިން ބާވަތެއް ކެއުމުގައި ހިމެނުމުން އެ ދުވަހަކު ހަށިގަނޑަށް ބޭނުންވާ ވަރަށް ކެލްސިއަމް ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޕު
14 October 2016
ދެން ކީއްވެ މާބަނޑު މީހުންނަށް ގަވާއިދުން ކެލްސިއަމް ބޭސް ދެނީ؟؟