ފިރިމީހާގެ މަރާއެކު ކޮކަ ކޯލާ އަށް ދެވިހިފި މީހެއް

މީހާގެ ހަޔާތުގައި ކުރިމަތިވާ އެކި ކަންކަމާ ހެދި އެކި ކަހަލަ އާދަތަކުގެ ތެރެއަށް މީހާ ވައްޓާލަ އެވެ. އޭގެ ތެރޭގައި ރަނގަޅު އަދި ނުރަނގަޅު ކަންކަން ވެސް ހުރެދާނެ އެވެ.


ދެކުނު ކޮރެއާގެ މި އަންހެން މީހާ އަށް އައި ބަދަލަކީ ކޯކަ ކޯލާ އަށް ދެވިހިފުމެވެ. އޭނާގެ އުމުރުން 34 އަހަރުގައި ފިރިމީހާ މަރުވީ އެވެ. އޭގެ ފަހުން މިހާރު 40 އަހަރުވެއްޖެ އެވެ. ފިރިމީހާ ވަކިވެ ދިޔަތާ ދުވަސްތަކެއް ފަހުން ލިބުނު ހަމައެކަނި ފިރިހެން ދަރިފުޅު ވެސް ކާރު އެކްސިޑެންޓެއްގައި މަރުވުމުން ލިބުނު ހިތްދަތިކަން ބޮޑުވެގެން ދިޔައިރު އެކުވެރިޔަކަށްވީ ކޮކަ ކޯލާ އެވެ.

މިހާރު އުމުރުން 74 އަހަރުގެ މި އަންހެން މީހާ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 10 ދަޅު ބޯލަ އެވެ. ފާއިތުވި 40 އަހަރުގެ ތެރޭގައި އޭނާ ބުއި ދަޅުގެ އަދަދު 150،000 އަށް އަރަ އެވެ. އެއީ ލިޓަރުން ބަލާ ނަމަ 37،500 ލިޓަރެވެ.

މި މީހާގެ ވާހަކަ ވަނީ ޔޫޓިއުބް ޗެނެެލް އެކްސް އެސްބީއެސްގައި ވެސް ގެނެސްދީީފަ އެވެ. އޭނާ ބުނީ ކޯކް ކަހަލަ ބުއިންތަކުން ވަރަށް ގިނަ މީހުންނަށް، ފަލަވުމުގެ މައްސަލަ ދިމާވިޔަސް، އޭނާގެ ހަށިގަނޑަށް އޭގެ ސަބަބުން އެނގުމެއް ނުވާ ކަމަށެވެ.

"އަހަންނަށް ކޯކް ބުއީމަ ލިބެނީ ހިތްހަމަޖެހުމާއި އުފާވެރިކަން. ވަރުބަލިވީމަ ނޫނީ ނިދި އައިމަ ނޫނީ ބަނޑުގައިހީމަ ވެސް އަހަރެން ބޮނީ ކޯކް،" އޭނާ ބުންޏެވެ.

ކޯކް އެހާ ގިނައިން ބޯތީ އާއި އާއިލާގެ ބައެއް މީހުން އެކަމާ ކަންބޮޑުވާތީ ދާދި ފަހުން ޓެސްޓަކެއް ވެސް ހެދި ކަމަށް އަންހެން މީހާ ބުންޏެވެ. ނަމަވެސް ފާހަގަކުރެވުނު ހަމައެކަނި ކަމަކީ ބަނޑުގެ އެތެރޭގައި އަލްސާއެއް އުފެދުން ކަމަށް ބުންޏެވެ. އެހެންވެ ޑޮކްޓަރުން ވަނީ ކޯކް ބުއިން މަދުނުކުރާ ނަމަ އެ މައްސަލަ އިތުރަށް ގޯސްވެދާނެ ކަމަށް ބުނެފަ އެވެ.

"އެހެންވެ މިހާރު ކޮންމެވެސް ވަރަކަށް އެބަ މަސައްކަތްކުރަން ކޯކް މަދުކުރަން." އޭނާ ބުންޏެވެ.