ލައިފްސްޓައިލް / ދުބާއީ

ދުބާއީގެ ވަލީއަހުދުގެ ކާރުކޮޅުގައި ދޫންޏެއް ހާލި ހެދުމުން ކާރު ޕާކުކޮށްފައި

ދުބާއީގެ ޒުވާން ވަލީއަހުދު ޝައިޚް ހަމްދާން ބިން މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ކާރުކޮޅުގައި ދޫނިތަކެއް ހާލި ހެދުމުން އެ ކާރު ބޭނުންކުރެއްވުން ވަގުތީ ގޮތުން ހުއްޓާލައްވައިފި އެވެ.

ޕާކްކޮށްފައި އޮތް މާސިޑީޒް ކާރުގެ ވިންޑް ސްރީނާ ދިމާލުން ބޮނެޓްމަތީގައި ދޫނިތަކެއް ހާލި ހަދައި، ބިސް އަޅައިގެން އޮތް މަންޒަރު ފެންނަ ވީޑިއޯއެއް 37 އަހަރުގެ ވަލީއަހުދު އިންސްޓަގްރާމްގައި ވެސް ހިއްސާކުރައްވާފައިވެ އެވެ. އޭގެ ކެޕްޝަނަކަށް ލިޔުއްވާފައި ވަނީ "ބައެއް ފަހަރު ދިރިއުޅުމުގައި ދިމާވާ ކުދިކުދި ކަންކަން ވެސް ފުދޭ" ކަމަށެވެ.

ކާރުމަތީގައި ދޫނި ހާލި ހެދުމުން އެއަށް ހިމާޔަތްދީ ރައްކާތެރިކަން ކަށަވަރުކޮށް ދެއްވުމުގެ ގޮތުން ހަމްދާން ވަނީ ކާރު ޕާކްކޮށްފައި އޮތް ދިމާލު ވަށައިގެން ޓޭޕް ވެސް ދަމައިފަ އެވެ. ބޭނުމަކަށްވީ އެއްވެސް މީހެއްގެ ގޯނާ ކުރިމަތިވިޔަ ނުދެއްވުމެވެ.

ދޫނިތަކަކަށް ބެހެއްޓެވި އޯގާތެރިކަމާ އެކު ވަރަށް ގިނަ ބަޔަކު ހަމްދާންގެ ޕޯސްޓަށް ކޮމެންޓްކޮށް، އޭނާ އަށް ތައުރީފުކޮށްފައިވެ އެވެ.

9 ކޮމެންޓް, 70 ރިއެކްޝަންސް

icon happy icon happy 84%
icon sad icon sad 1%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙިނި

20 August 2020

ދެން ޑުރާމާ އެއް ހަދާ ކީޕިން އަޕް ވިތް އަރަބި ޝާހީ އާއިލާ

The name is already taken The name is available. Register?

މަޚްތޫމް

19 August 2020

ވަލީ އަހްދުވެސް ޖަނަވާރަކަށް ހްމްދަރުދީ ވީއިރުވެސް ފަލަސްތީނު މީހުނަށް ހަމް ދަރުދީ ނުވިތާ ފަލަސްތީނުގެ މުސްލިމުން ނަތާލަން މަސައްކަތް ކުރާ މީހުނާ ގުޅުން ބަދަހި ކުރީ ކޮބާ އޯގާވެތިކަމަކީ ތިޔަ ކާރަކީވެސް ބޭނުން ނުކުރާ އެއްޗެއް ތޯއްޗެ މާ ރަހްމް ހުރި މީހަކަށް ހެދިގެން

The name is already taken The name is available. Register?

އިބްރާހިމް6684

19 August 2020

ފައްޒާއަށް ދިގުއުމުރެއް ދެއްވާށި

The name is already taken The name is available. Register?

މުލޭ

19 August 2020

ޔޫއޭއީގެ ޝާހީ ޢާއިލާ ޙާލުގައި ޖެހުނު އިރު އެންމެ ބޮޑު އެހީތެރިކަމެއް ދިނީ ލީބިޔާގެ ގައްޒާފީ. އެކަމަކު ގައްޒާފީގެ ދުވަސް ދުއްވާލުމަށް އެމީހުން އެހީތެރިވި ކަމަށް މުރާސިލުން ބުނޭ.

The name is already taken The name is available. Register?

ތުނިޔަ

19 August 2020

ތިކަހަލަ ކިތަންމެ ކާރެ އް ވަލީ އަހުދުމެންގެ މިލްކިއްޔާތުގަ އި ހުންނާނެ! ޢއޢެހެންވީމަ ތިހެން ޓޭޕް ދަމާލިޔަކަސް މަ އްސަލައެއްނެތްތާ!

The name is already taken The name is available. Register?

ފުންއަސަރު

19 August 2020

ތިޔަކަންތަކުގެ ސަބަބުން ދުރުހަނދާނެއް ގާތްކޮށްދީފިއެވެ. ކުއްލިޔަކަށް ހަނދާނަށްއައީ ކޮތަރެއް ބިސްއަޅައިގެން އޮތްކަމާ، އެތަނަށްވަންނަން އޮތްމަގު މަކުނުވަލުން ދޮރުބައްދާފާވާ ހަނދާނެވެ. ބައެއް ކަންތަކަކީ ތިމާޔަށް ގެއްލުމެއް ލިބެން އުޅޭއިރު އެކަން ނުވުމަށް އެޅޭ ހުރަހަކަށް ކަންކަން މެދުވެރިވުމެވެ. ވިސްނާ ބަޔަކަށް އިބްރަތެއް ލިބޭ މިންވަރަށެވެ!

The name is already taken The name is available. Register?

ފަލަސްޠީނުގެ އާދޭސް

19 August 2020

މާކަ ޔޫއ އޭ އީ ޔޫ އޭ އީވާ އެއ އްޗެ އް ނޫން. ފަލަސްޠީނާ އި ޣައ އްޒާ ރަ އްޔިތުން ގަޔަށް ފަހަތުން ހެރި މީހުންގެ މަލަމަތި ރީތިކުރުމަށް މަސަ އްކަތް ނުކުރިޔަސް އަހަރެމެންނަށް ހެޔޮ.

The name is already taken The name is available. Register?

އެންދެރި

19 August 2020

ފަލަސްތީން އަށް އިޒްރޭލުން ބޮން އަޅާތާ ހަފްތާއެއް ވަނީ އެވެ. އެކަމާ ދެކޮޅައް ބަހެއް ބުނާ އަޑެއް ނީވެ އެވެ. ބައެއް ގައުމު ތަކުން ގުޅުން ބަދަހި ކުރަނީ އެވެ. އަހަރުމެން ފަލަސްތީން ރައްޔިތުންނަށް ހަންދަރުދީ ވަމެވެ.

The name is already taken The name is available. Register?

މުހައްމަދު25

21 August 2020

އުމަތުގެ ވެރިންނައް ތިބިމީހުން ހިޔާނަތްތެރިވުމުން ފަލަސްތީން މިހާލަތައް ދާންމިޖެހުނީ ، އެކަމް އަހަރެމެން މުސްލިމުން އަދި ނަސްރުވެރިވާނެ ދުވަސް އަންނާނެ ..އިންޝާالله.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454