26 އޯގަސްޓް 2020 - 07:49
ފޭސްބުކްގެ ޑިޒައިނަށް ބޮޑު ބަދަލެއް ގެނެސް އެކަމަކު ކުރީގެ ޑިޒައިން ބޭނުންކުރެވޭ ގޮތަށް އޮތް އޮތުން ދޫކޮށްލައި އަންނަ މަހުން ފެށިގެން އާ ޑިޒައިން ބޭނުންކުރަންޖެހޭނެ ކަމަށް ފޭސްބުކުރުން ބުނެފި އެވެ.
އަހަރުތަކެއް ފަހުން ފޭސްބުކަށް އަންނާނެ އެންމެ ބޮޑު އެއް ބަދަލަކީ ކޮންމެ މީހެއްގެ ޕޭޖްގެ މަތީގައި އިންނަ ނޫކުލައިގެ ބާ ގެއްލުމެވެ. މިހާރު ފޭސްބުކްގައި ނޫކުލަ ގިނަ ނަމަވެސް އަލަށް ގެންނަ ބަދަލުތަކާ އެކު ނޫކުލަ މަދުވެ، ހުދު ކުލަ ގިނަވާނެ އެވެ.
މި ބަދަލުގެ ކޮޅުމަތި މިހާރު ވެސް ފޭސްބުކްގެ އަހުލުވެރިންނަށް ވަނީ ދައްކާލައިފަ އެވެ. އަލަށް ގެންނަ ބަދަލާ އެކު ބޭނުންކުރާ މީހުންނަށް އެ މީހުންގެ ޕޭޖް ދެ ގޮތަކަށް ބައްޓަން ކުރެވިދާނެ އެވެ. އެއީ ލައިޓް މޯޑާއި ޑާކް މޯޑާ އެކީގަ އެވެ.
މާކް ޒަކަބާގްގެ ފޭސްބުކުން ބުނި ގޮތުގައި އާ ބަދަލުވެގެން ދާނީ ކުރިއަށް ވުރެ ބޭނުންކުރަން ފަސޭހަ އަދި ފީޗާތަކާ ވެސް ކުޅެން ފަސޭހަ އެއްޗަކަށެވެ.
އެންމެ ގިނަ ބަޔަކު ސޯޝަލް ޕްލެޓްފޯމެއްގެ ގޮތުގައި ބޭނުންކުރާ ފޭސްބުކަށް ގެންނަ ބަދަލަށް ބައެއް މީހުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެކަމަކު އޮތް ގޮތަކީ އަންނަ މަހުން ފެށިގެން އާ ޑިޒައިނަށް އަހުލުވެރިވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައްކާ
26 August 2020
ތިޔައެއްޗެއްގެ އަވައިގަ ޖައްސައިގެން މީހުން އަތުން ފައިސާނަގައިގެން އެމެރިކާ ސޮރަކު އެހެރީ އޭނަގެ ޖީބަށް 96 ބިލިއަން ޑޮލަރު އަޅައިގެން. އަހަރެމެން ތިޔައެއްޗެއް ބޭނުމެއްނުކުރަން. ޓުވިޓާވެސް ހަމަ އެފަދަ. މުހިންމު މެސެޖެއް އޮތިއްޔާ ގުޅާފަ ބުނޭ.
ޭޖަމް
27 August 2020
އެއްގޮތަކަށްވެސް ބޭނުން ނުކުރާކަން އެބައެނގޭ ?
ކްލެސިކް
26 August 2020
އެހެން ގޮތެއް ނެތޭ؟ ފޭސްބުކް ދޫކޮށްލެވިވެސް ދާނެ. މި އާ ޑިޒައިން އަހަރެންނަށް ވަރަށް އުނދަގޫ. "ބޭނުން ކުރަން ފަސޭހަ" ކަމެއް ނޭނގެ. ފެނުނަސް ބޮލުގަ ރިއްސައިގަންނަ ކަން އެނގެނީ،