އައިފޯނު 12 ގެ އިވެންޓް އޮންނާނީ މި މަހުގެ 13 ގައި.
07 އޮކްޓޯބަރ 2020 - 10:11
އެޕަލް އައިފޯން 12 މި އަހަރު ނެރޭނެކަމާ ދޭތެރޭ ސުވާލު އުފެދިފައި ވަނިކޮށް، މި މަހުގެ 13 ގައި އެޕަލްގެ އިވެންޓަކަށް އަނެއްކާވެސް ދައުވަތު ދީފި އެވެ.
މިކަމަށް ހާއްސަކޮށްގެން ވެސް ބާއްވަނީ ވާޗުއަލް އިވެންޓެކެވެ. "ހައި، ސްޕީޑް" ގެ ނަމުގައި މި މަހުގެ 13 ވަނަ ދުވަހު އެޕަލް ޕާކްގައި އިވެންޓް ފަށާނީ ރާއްޖޭ ގަޑިން އެ ރޭ 10:00 ގަ އެވެ.
ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި އައިފޯނު 12 ނެރޭނީ 5ޖީ އާ އެކީގަ އެވެ. އޭގެ ހަތަރު މޮޑެލްއެއް ނެރޭނެ އެވެ. އޭގެ ތެރޭގައި 5.4 އާއި 6.7 އިންޗީގެ ފޯނު ވެސް ހިމެނެ އެވެ. މީގެ ތެރެއިން 6.7 އިންޗީގެ ފޯނު ވާނީ މިހާތަނަށް ނެރޭ އައިފޯނުގެ އެންމެ ބޮޑު ފޯނަށެވެ. އަދި މި ފަހަރު ފޯނުގެ ޑިޒައިންތަކުން ވެސް ފާހަގަކުރެވޭ ބަދަލުތަކެއް ފެންނާނެ އެވެ.
Apple just sent out invites for its October product event. A virtual presentation on October 13th.
— Neil Cybart (@neilcybart) October 6, 2020
"Hi, Speed." pic.twitter.com/xhKEzsJFqo
ނަމަވެސް އައިފޯނު 12 އާ ގުޅޭ ގޮތުން އެޕަލް އިން މިހާތަނަށް މާ ގިނަ ވާހަކަތަކެއް ހިއްސާކޮށްފައި ނުވާތީ އެއީ ކިހާ ތަފާތު ކަންތައްތަކެއް ހުންނާނެ ފޯނެއް ކަމެއް ނޭނގެ އެވެ. އެކަމަކު ޔަގީންވާ ކަމަކީ އައިފޯނަށް ލޯބިކުރާ މީހުން އުންމީދު ވެސް ނުކުރާ ކަހަލަ ބައެއް ކަންކަން އެޕަލް އިން ގެނެސްދޭނެ ކަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހުދު
08 October 2020
ތިޔައް ކަޅިއަޅާނީ އަނގަޔާ އަތާ ދިމާނުވާ މީހުން
އެޕަލް ފޭން
07 October 2020
މައި ފެވް.. ވެއިޓިންގް ފޯ އައިފޯން 12
ރަދީފްއޮފިޝިއަލް
07 October 2020
އެޕަލް އެއީ 1 ވަނަ. ބޭނުންކުރަން އެހާ ފަސޭހަ. ދެން ހުންނަނީ ވަރަށް ފޫހި ތަކެތި.
އަލީރާޖާ
07 October 2020
ތި ބުނީ ހަމަ ތެދެއް. އައިފޯނުގެ އަގު ބޮޑުވީމާ އެ ނުގަނެވޭ މީހުން ވަރަށް ގިނަ. އެ މީހުން ދައްކާނީ އެހެން ބްރޭންޑްތަކުގެ މޮޅުވާހަކަ.
ނެކްސްޓް
07 October 2020
ޢަސްލު އައިޕޯނު ބެނުން ކުރަން ފަސޭހަ
ހަމީމާން
08 October 2020
ތިބުނީ ތެދެއް. ބޭނުންކުރަން ފަސޭހަވާނެ އޭގަ އިންނަ އޯއެސް އެކޭ ސަމްސުންގ ކިޑްސް މޯޑް އެކޭ އެއްގޮތްވީމަ. ފީޗާސްތައް މަދުވާ ވަރަކަށް. އެހެން ފޯންތަކުގެ އޯއެސްއިން އެކަނިވެސް ކުރެވޭނެ ކިތަންމެ ބައިވަރު ކަމެއްއޮވޭ.