ކުއްޖަކު އުފަންވި ވަގުތު ޑޮކްޓަރުގެ މާސްކްގައި ހިފައިގެން: މި ފޮޓޯ ވަނީ ވައިރަލް ވެފައި
16 އޮކްޓޯބަރ 2020 - 14:14
ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރައްކާތެރިކަމުގެ ގޮތުން މާކްސް އަޅައިގެން އުޅެން ޖެހިފައި ވާއިރު އެންމެން ވެސް އުންމީދުކުރަމުން އަންނަނީ މާސްކް ނަގައި ކުރިން އުޅުނު ގޮތަށް އުޅެވޭނެ ދުވަހަކަށެވެ. މި އުންމީދުތަކާ ގުޅޭ ތަފާތު ފޮޓޯއެއް ވައިރަލްވެ ސޯޝަލް މީޑިއާގައި އެންމެން ހިނިތުންވުން ކުރުވައިފި އެވެ.
ދުބާއީގައި މަސައްކަތްކުރާ ޑޮކްޓަރެއް ކަމަށްވާ ސާމިރު ޝުއައިބް ސޯޝަލް މީޑިއާގައި އާންމުކުރި ފޮޓޯ އިން ފެންނަނީ، އުފަންވި ވަގުތު ކުއްޖާ އުފުލާލުމާ އެކު ޑޮކްޓަރުގެ މާކްސްގައި ހިފައި ދަމާލައިގެން އޮއްވަ އެވެ. ފޮޓޯ އެންމެ ބޮޑަށް ހާއްސަވި އެއް ސަބަބަކީ ޑޮކްޓަރު ލިޔުއްވާފައިވާ ކެޕްޝާނުންނެވެ.
"އަހަރެމެން އެންމެން ވެސް ބޭނުންވަނީ މާކްސް ނެގޭނެ ކަމުގެ ނިޝާނެއް" ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.
ކަޅާއި ހުދުން އިތުރު ފުރިހަމަކަމެއް ލިބިފައިވާ މި ފޮޓޯ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދައުރުމުން ދާއިރު އެތައް ހާސް ބަޔަކު ވަނީ އެ ފޮޓޯއާ ގުޅުވައިގެން އުންމީދުގެ މެސެޖްތައް ދީފަ އެވެ. ގިނަ ބަޔަކު ބުނެފައިވަނީ މިއީ މި ބަލިމަޑުކަމުގެ ހާލަތުގެ ކުރިން ދުނިޔެ އޮތް ގޮތަށް ދެވޭނެ ކަމުގެ އުންމީދު އާކޮށްދިން ފޮޓޯއެއް ކަމަށެވެ.
މިއީ މި އަހަރުގެ ފޮޓޯ ކަމަށާއި މިއީ މާނަ ފުން ފޮޓޯއެއް ކަމަށް އެތައް ބަޔަކު ބުނެފައިވެ އެވެ. ބައެއް މީހުން ބުނެފައިވަނީ ދުނިޔެ އޮތް ހާލަތު މި ކުއްޖާ އުފަންވި އިރު ވެސް އެނގޭ ފަދަ ކަމަށާއި މިއީ މާސްކް އެޅުމާ ގަޔާނުވާނެ ކުއްޖަކަށް ވެދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުސޭނާ ބެ
16 October 2020
މާޝާ ﷲ. ސޯ ކިއުޓް، އުންމީދުގަ މިތިރިބެނީ ވެދާނެ ހިންޓެއް ކަމައް
ސްވީޓް..
16 October 2020
މާޝާ ﷲ. ސޯ ކިއުޓް