25 އޮކްޓޯބަރ 2020 - 11:41
ދެކުނު ކޮރެއާގެ މަޝްހޫރު ފޯނު ކުންފުނި ސެމްސަންގްގެ ޗެއާމަން ލީ ކުން-ހީ މިއަދު އަވަހާރަވެއްޖެ އެވެ.
އާއިލާ އިން އެކަން ކަށަވަރުކޮށް ދިން ނަމަވެސް 78 އަހަރުގެ ލީގެ މަރުގެ ސަބަބެއް ހާމައެއްނުކުރެ އެވެ. ލީ އަށް 2014 ހައި ހާޓްއެޓޭކެއް ޖެހުނު ފަހުން އޭނާގެ ސިއްހީ ހާލަތު އެހާ ރަނގަޅު ނޫން ކަމަށްވެ އެވެ. އަދި ސެމްސަންގް ހިންގުމުގައި އެންމެ އިސް ރޯލެއް ފަހުން އަދާކުރަމުން އަންނަނީ ވައިސް ޗެއާމަންގެ މަގާމުގައި ހުރި ލީގެ ފިރިހެން ދަރިފުޅު ލީ ޖޭ-ޔޮންގެވެ.
ލީ އަކީ ސެމްސަންގް ވަރުގަދަ ޓެކް ކުންފުންޏަކަށް ބަދަލުވުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރި ޝަހުއްސިޔަތެވެ. އަގުހެޔޮ ޓީވީ އުފައްދާ ކުންފުންޏަކުން އެންމެ މި ޒަމާނުގެ ސްމާޓްފޯން އުފައްދާ ކުންފުންޏެއްގެ ގޮތުގައި ފަހުން ސެމްސަންގުން އާންމުންގެ މެދުގައި މަޝްހޫރުވެގެން ދިޔައީ ލީގެ މިންނެތް މަސައްކަތްތަކުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކުންފުނީގެ ޗެއާމަންގެ މަގާމާ ދެން ހަވާލުވާނީ ވައިސް ޗެއާމަންގެ މަގާމުގައި ހުރި ޔޮންގް، 52، އެވެ. ނަމަވެސް އޭނާ އަކީ ކުރިން ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި ޖަލުގައި ވެސް ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުނު މީހަކަށްވާތީ އިތުބާރުގެ މައްސަލަ އޭނާ ކުންފުނީގެ ތެރެއިން ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ.
ސެމްސަންގްގެ ވައިސް ޗެއާމަން.
ލީގެ މިލްކިއްޔާތު 20.9 ބިލިއަން ޑޮލަރަށް އަރަ އެވެ. އޭނާ އަކީ ވެސް ގާނޫނީ މައްސަލަތަކެއް ވަރަށް ބޮޑަށް ކުރިމަތިވެ، އާންމުންގެ ފާޑުކިޔުންތައް އަމާޒުވި މީހެކެވެ. އެގޮތުން 1995 ގައި ދެކުނު ކޮރެއާގެ އޭރުގެ ރައީސަށް ރިޝްވަތުގެ ދިނުމުގެ މައްސަލަ އާއި 2008 ގައި ޓެކްހަށް މަކަރު ހެދުން ފަދަ މައްސަލަތައް ލީގެ މައްޗަށް ސާބިތުވެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
25 October 2020
ހިތާމަވެރި ހަބަރެއް.ކަފުނުގެތެރެއަށް އެންމެ ފޯނެއްވެސް ލެވޭނެތަ؟/ ނޫން ނުލެވޭނެ.ބޮޑު ބިލިއަނަރު ދުނިޔޭގެ ދަންފަޅި ހަމަކޮށް އާޙިރަތަށް ދަތުރުކުރީ ހުސްއަތާ.އަހަރުމެން މިފަދަ ކަންތައްތަކުން އިބްރަތް ހޯދާ ހެޔޮ އަމަލުތައްކުރުންމަތީ ތިބެންޖެހޭ.
ރޮބޮނއްސ
26 October 2020
ތިކަހަލަ ކޮމެންޓް ތި ލިޔަނީ ވެސް ސެމްސަންގ ފޯނަކުން އުތަ؟