ލައިފްސްޓައިލް / ފޭސް މާސްކް

ރައްކާތެރި ފޭސް މާސްކެއް އުފައްދަން އެމެރިކާގައި ބޮޑު މުބާރާތަކަށް ހުޅުވާލައިފި

"ދަ މާސްކް އިނޮވޭޝަން ޗެލެންޖް" އަށް 500،000 ޑޮލަރު ހުށަހަޅާފައިވޭ

އާންމުކޮށް ގިނަ ބަޔަކު ބޭނުންކުރާ ވައްތަރުގެ ސާޖިކަލް މާސްކެއް.

07 އެޕްރީލް 2021 - 07:51

ކޮވިޑް-19 އިން ރައްކާތެރިކަން ހޯދަން މިހާރު އަސާސީ އެއްޗެއްގެ ގޮތުގައި ފޭސް މާސްކް ބޭނުންކުރަން ޖެހިފައިވާތީ މިހާރު ލިބެން ހުރި މާސްކްތަކަށް ވުރެ ބޭނުން ކުރަން ފަސޭހަ އަދި ހުރިހާ ގޮތަކުން ވެސް ރައްކާތެރި މާސްކެއް އުފައްދަން އެމެރިކާގައި ބޮޑު މުބާރާތެއް ހުޅުވާލައިފި އެވެ.

މި މުބާރާތަކީ އެމެރިކާގެ ބައޯމެޑިކަލް އެޑްވާންސްޑް ރިސާޗް އެންޑް ޑިވެލޮޕްމަންޓް އޮތޯރިޓީ (ބީއޭއާރްޑީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. މިކަން އިއުލާންކޮށް އެތަނުން ބުނީ ދެ ފިޔަވައްސަކަށް ކުރިއަށް ގެންދާ "ދަ މާސްކް އިނޮވޭޝަން ޗެލެންޖް" އަށް ޖުމްލަ 500،000 ޑޮލަރުގެ އިނާމެއް ހުށަހަޅާފައިވާ ކަމަށެވެ.

މުބާރާތް ކުރިއަށް ގެންދާނީ ބީއޭއާރްޑީއޭ އާއި އެމެރިކާގެ ސެންޓާޒް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ގެ ދަށުން ހިންގާ ނެޝަނަލް އިންސްޓިޓިއުޓް ފޯ އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު (އެންއައިއޯއެސްއެޗް) ގުޅިގެންނެވެ.

"ދަ މާސްކް އިނޮވޭޝަން ޗެލެންޖް" ގައި ބައިވެރިކުރާ މާސްކްތަކުގައި ވަކި ޝަރުތުތަކެއް ހުންނަން ވެސް ޖެހޭނެ އެވެ. އޭގެ ތެރޭގައި ގިނައިރު އަޅައިގެން ހުންނަން ފަސޭހަ، އޭގެ ސަބަބުން މޫނުގެ ހަމަށް އެއްވެސް ގެއްލުމެއް ނުލިބޭ، އަނގަ އާއި ނޭފަތުން ބޭރުވާ ތިކިތައް ބޭރުވާ އިރު މާސްކްގެ ސަބަބުން އޭގެ ނުރައްކާ ކުޑަކޮށްދީ އަދި އަޅައިގެން ހުންނަ އިރު، ވާހަކަ ދައްކަން ވެސް ފަަސޭހަ އެއްޗަކަށްވާން ޖެހޭނެ އެވެ.

މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ދެ ފިޔަވައްސަކަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހި ދެ ބަޔަކަށް ބަހާލާފައިވާ އިރު، ފުރަތަމަ ބަޔަކީ މާސްކްގެ ފަރުމާގެ މަސައްކަތުގެ ބައެވެ. އަނެއް ބަޔަކީ އެ ފަރުމާ އާއި މިހާރު ލިބެން ހުރި މާސްކްތަކާ ޑިޒައިންގެ ގޮތުން ހުރި ތަފާތުތައް ދެނެގަނެ، ޑިޒައިނަށް ބަދަލުތައް ގެނެސް މާސްކްގައި ޓެކްނޮލޮޖީ ބޭނުން ކުރުމާއި އޭގެ މެޓީރިއަލްއާ މެދު ގޮތެއް ނިންމުމެވެ.

ފުރަތަމަ ފޭހުގެ ދަށުން އެންމެ ރަނގަޅު 10 ހުށަހެޅުމެއް ހޮވާނެ އެވެ. އަދި އެއިން ކޮންމެ އެއްޗަކަށް އިނާމެއްގެ ގޮތުގައި 10،000 ޑޮލަރު ދީ، އެ ޑިޒައިނެއްގެ ޕްރޮޓޯޓައިޕް އުފެއްދުމުގެ ފުރުސަތު ދޭނެ އެވެ.

މުބާރާތުގެ ދެވަނަ ފިޔަވައްސަކީ މިހާރު ބާޒާރުގައި ހުރި އެއްވެސް މާސްކަކާ އެއްގޮތް ނޫން މުޅިން އާ ހިޔާލަކަށް މާސްކް އުފެއްދުމެވެ. މި ފޭހުގައި ވާދަކުރަން ފުރަތަމަ ފޭހުގައި އުދެއްދި މާސްކްތަކުގެ ޕްރޮޓޯޓައިޕަށް ފުރުސަތު ލިބޭނެ އެވެ. އަދި އެންމެ ފުރިހަމަ ފަސް ޑިޒައިނެއް ހޮވައި، ހުރިހާ ޑިޒައިނެއްގެ މެދުގައި ބާކީ 400،000 ޑޮލަރު ބަހައިލާނެ އެވެ.

ބީއޭއާރްޑީއޭ އާއި އެންއައިއޯއެސްއެޗް އިން ބުނީ ދެވަނަ ފިޔަވައްސާ ގުޅޭ އިތުރު ތަފުސީލީ މައުލޫމާތު ފަހުން އާންމުކުރާނެ ކަމަށެވެ. މި މުބާރާތުގެ ދަށުން ވަނަތަކަށް ހޮވޭ މާސްކްތައް ޓެސްޓްކޮށް، ފަހުން ބާޒާރަށް ނެރޭނެ އެވެ.

ފުރަތަމަ ފޭހަށް އެޕްލައިކުރުމުގެ ފުރުސަތު މިހާރު ވަނީ މި މަހުގެ 21 އާ ހަމައަށް ހުޅުވާލައިފަ އެވެ.

މިދިޔަ އަހަރު ކުރިމަތިލާން ޖެހުނު ކޮވިޑާ އެކު ފޭސް މާސްކް ވެފައި ވަނީ ބޮޑު ވިޔަފާރިއަކަށެވެ. އެގޮތުން މިހާރު ވެސް އެކިއެކި ކުންފުނިތަކުން އެކި ޓެކްނޮލޮޖީ ހިމަނައިގެ މާސްކް އުފައްދައިގެން ނެރެފައިވެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 100%
icon inlove icon inlove 0%
The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
25%
ނުފެނޭ
75%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454