ކުޅިވަރު / އުރީދޫ ދިވެހި ޕްރިމިއާ ލީގު

މެޗު ފުރިހަމަނުކޮށް ކުޑަހުވަދޫން ދަނޑުން ފައިބައިފި

މެޗު ހުއްޓާލި ފަހުން ކުޑަހުވަދޫ ކުޅުންތެރިއަކު ހިތްހަމަ ނުޖެހުން ފާޅުކުރާއިރު ފުލުހުން އޭނާ ހިފަހައްޓަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ށ. މިލަންދޫ 2-0 އިން ލީޑުގައި އޮއްވާ މެޗުގެ ރެފްރީ އިންޑިއާގެ ކިޝަން ޖޯޝީގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހިގެން ދ. ކުޑަހުވަދޫ ޓީމު ދަނޑުން ފޭބުމުން މެޗު ނިންމާލައިފި އެވެ.

މިއީ މި ފަހަރު ލީގުގައި ރެފްރީގެ ނިންމުމަކާ މެދު ހިތްހަމަ ނުޖެހިގެން މެޗެއް ހުއްޓާލި ދެ ވަނަ ފަހަރެވެ. މި މަހު 12 ވަނަ ދުވަހު މާޒިޔާ އާއި ގްރީން ސްޓްރީޓްސް މެޗު ހުއްޓާލިއިރު، އެ މެޗުން މާޒިޔާ މޮޅުވީ ކަމަށް ނިންމައި އެފްއޭއެމުން ވަނީ ގްރީން ސްޓްރީޓްސް ޖޫރިމަނާކޮށް އެ ޓީމަށް އިންޒާރު ދީފަ އެވެ.

މިރޭގެ މެޗުގެ 76 މިނިޓް ކުޅުން ނިމުނުއިރު އިޝާން އިބްރާހިމް (ސައްޓު) އާއި އިބްރާހިމް ޝިޔާމްގެ ލަނޑުތަކާ އެކު ކުރީގައި އޮތީ މިލަންދޫ އެވެ. މައްސަލަ ޖެހުނީ މިލަންދޫ އިން ދެ ވަނަ ލަނޑު ޖެހުމާ އެކު ފައުލެއްގެ މައްސަލައިގައި ކުޑަހުވަދޫ ކުޅުންތެރިން ރެފްރީ ކިޝަން ފަހަތުން ދުއްވައިގަތުމުންނެވެ. އަދި ރެފްރީ ވަށައިލި އެވެ. އެއާ އެކު ކުޑަހުވަދޫގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ކުޑަހުވަދޫ ކުޅުންތެރިން ބެންޗަށް އައުމަށް އަންގައިފަ އެވެ.

މުޅި މެޗު ތެރޭގައި ވެސް މޯހަން އާއި ކުޑަހުވަދޫ ބެންޗުން ދިޔައީ ރެފްރީގެ ނިންމުންތަކާ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. ކުޑަހުވަދޫ ކުޅުންތެރިން ބެންޗަށް ފޭބުމާ އެކު މެޗު ކޮމިޝަނަރާއި އެފްއޭއެމުން ވަނީ ކުޑަހުވަދޫގެ މެނޭޖަރާ މެޗު އަލުން ފަށަން ތަކުރާރުކޮށް ވާހަކަ ދައްކައިފަ އެވެ. އެހެން ނަމަވެސް މެޗު ހުއްޓާލިތާ ވިހި ވަރަކަށް މިނިޓަށް ފަހު ރެފްރީ ކިޝަން ދަނޑަށް އަރައި ކަށިގަނޑު ފުމުމުން ވެސް ކުޑަހުވަދޫ ކުޅުންތެރިން ދަނޑަށް ނޭރުމުން މެޗު ވަނީ ނިންމައިލައިފަ އެވެ.

ކުޑަހުވަދޫގެ ޝަހީމް (ކ) މިލަންދޫގެ ފަތުހީ އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުޑަހުވަދޫ ދަނޑަށް ނޭރުމުން މިލަންދޫ އަށް ވަނީ މުބާރާތުގެ ގަވާއިދުގައިވާ ގޮތަށް ދެ ގޯލުން މޮޅުވެ ތިން ޕޮއިންޓް ލިބިފަ އެވެ. މި މޮޅާ އެކު އެ ޓީމު ފުރަތަމަ ބުރު ނިންމާލީ ހަތް މެޗުން ފަސް ޕޮއިންޓާ އެކު ހަ ވަނައިގަ އޮވެ އެވެ. ކުޑަހުވަދޫ އޮތީ ހަތް މެޗުން އެއް ޕޮއިންޓާ އެކު ލީގުގެ އެންމެ ފުލުގަ އެވެ.

މުބާރާތުގެ ގަވާއިދުގެ 11.4 ގައިވާ ގޮތުން ލީގުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ދުވަހު އެ މެޗުގައި ކުޅެން ހަމަޖެހިފައިވާ ޓީމެއް ދަނޑަށް ހާޒިރުނުވެއްޖެނަމަ ނުވަތަ ހާޒިރުވެ މެޗު ނުކުޅެފިނަމަ، އަދި އެއްވެސް ސަބަބަކާ ހުރެ މެޗެއްގެ ފުރިހަމަ ވަގުތު ހަމަނުވަނީސް މެޗުގެ ބާކީ އޮތް ބައި ފުރިހަމަ ނުކޮށް ދެ ޓީމުން ކުރެ ޓީމެއްގެ އިހުމާލުން މެޗު ހުއްޓާަލަން ޖެހިއްޖެނަމަ އެ އަމަލެއް ހިންގި ޓީމެއް 5000 ރުފިޔާ އާއި 25000 ރުފިޔާގެ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އިދިކޮޅު ޓީމު މެޗުން މޮޅުވި ކަމުގައި ހަމަަޖައްސާނީ އެވެ. މި ފަދަ ބައެއް ހާލަތްތަކުގައި އެ ޓީމެއް އެ މުބާރާތަކުން ވަކިކުރުމާއި ނުވަތަ ކުރިއަށް ހުރި މެޗުތަކާއި މުބާރާތްތަކުގައި ބައިވެރިނުކުރާ ގޮތަށް ނިންމުމުގެ އިހުތިޔާރު އެފްއޭއެމަށް ލިބިގެންވެ އެވެ.

އެފްއޭއެމުން އިންޑިއާގެ ރެފްރީން ގެންނަން ނިންމީ ކްލަބްތަކުން ރާއްޖޭ ރެފްރީންގެ ޝަކުވާ ކުރަމުންދާ މިންވަރު އިތުރުވެފައިވާތީ އެވެ. އެފްއޭއެމުން ވަނީ ލީގު ނިމެންދެން އިންޑިއާ ރެފްރީން ބޭނުންކުރަން ނިންމައިފަ އެވެ. އެހެން ނަމަވެސް ކްލަބްތަކުން އަންނަނީ ގެނެސްފައިވަނީ ފެންވަރު ދަށް ރެފްރީން ކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި އއ. މާޅޮސް ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. އަދި މާދަމާރޭ މި ބުރުގެ ފަހު މެޗުގައި ގްރީން ސްޓްރީޓްސް ބައްދަލުކުރާނީ ޓީސީއާ އެވެ.

19 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 21%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިވެހީން

24 September 2017

މިއީ ވާވަރަކީ، ބަލިވަންޏާ ފާބަނީ - އެހެންމީހަކު ރައީސަކަށް އަރައިކިރިޔާ ގޯސް ހަދައިފިއްޔާ، ފާބަން ގޮވާ - އަމީނުން ފެށިގެން، ނަޝީދުން، ޔާމީނާއި ހަމައަށް ވެސް އެގޮތް. މީހަކު ލަވަކިޔަން އަރައިފިއްޔާ ފާބަން ގޮވާ. ސިސްޓަމުގެ ތެރެއިން، ނުފައިބާ ޖަދަލުކުރަން މަދަރުސާތަކުގައި ކިޔަވައިދޭން ވެއްޖެނުން؟

ކާޑުބޭ

23 September 2017

ދެރަވަރު ކަމެއް... އެންމެ ކުޑަމިނުން މެޗް ފުރިހަމަ ކުރަންޖެހޭ ދޯ... އެތައް ގުރުބާނީ އަކާ ފައިސާ ހަރަދުކޮށްގެން ތިހިސާބައް މި ދެވެނީ... އެފް އޭ އެމް އަށް ވެސް ވަރަށް ސަލާމް....

ބްލެކް

23 September 2017

ގްރީން ސްޓްރީޓުގެ ސޮބާމެން މިއޮތީ އާކުޅިވަރެއް ފައްޓަދީފައި ދޯ! ދެން ކޮންމެބަޔަކުވެސް ވީ ހަމަ ކަމެއްވާއިރަށް ނުކުޅޭނަމޭ ކިޔާފައި މެޗުދޫކޮށްލާފައި ދަނޑުން ފައިބަން!

ރަސައިމަޗަން

23 September 2017

ނާތަހުޒީބު ވިޔަސް ތަންކޮޅެއް ބޮޑުވަރު. ޕްރޮފެޝަނަލްކަމުގެ ކަންފުޅެއްވެސް ނެތީ. ތިވަރުން ދޮންކަލޯމެން ފުޓުބޯޅަ ކުޅެން ނޫޅޭ. ރެފްރީއަކު ނުލާ ގޭކަންމަތީ ބޯޅަތަޅަން ތިބެންވީނު.

މާނު

23 September 2017

ރޭގެް ރެްރީގެ އެއްވެސްމައްސަލައެއް ނުފެނެ މޯހަން އެބުނާއެތީގަ ފައުލް ކުރަނީވެސް ކުޑަހުވަދޫ ކުޅުން ތެރިޔާ ބަލިވީމަ އެއްޗެއް ކިޔަނީ ކުރިން މޯހަން ބުނީ މީ މުބާރާތް ކުލެވޭވަރުޓީމެއް ނޫނޭކިޔާ ޓީމުގެ މޯޓީވޭސަން ގެއްލުވާލީ މޯހަން ފެންވަރުމީހުން ކުރޥަރު ކަނަކަންބާމީ ފުޓބޯޅަކުރިނާރާސަބަބު މިއިގެނީ އޭއެފްސީ ކޯޗުން ދެން ތަމްރީނުވާނީކިހިނެއް އިންސްޓަކްޓަރުގަ މިއެޑިޓިޢުޑް ހުންނަންޔާ

ޓީމް

23 September 2017

ރޭގަ އަޅުގަނޑު މެޗުބެލީ ޓީވީން. 2 ވަނަ ލަނޑު ޖެހަން މަގުފަހި ކުރި ބޯޅަ ހޯދުމުގެ ތެރެއިން ފައުލްއެއް ވެފައި ނުވާކަން އަޅުގަނޑަށް އެނގުނީ ރިޕްލައި ފެނުމުން. ކުޑަހުވަދޫ މެޗު ނުކުޅެ ހުއްޓާލުމުން ފެނިގެން ދިޔައީ މޯހަންގެ އަންޕޮރޮފެށަނަލް ކަން. މޯހަން ކަހަލަ ތަޖުރިބާކަރު އަދި ނިއުއާއި އެކު ގިނަ ކާމިޔާބީ ތަކެއް ހޯދި ކޯޗެއް ކުޑަހުވަދޫ ބެންޗުގައި އިނދެ ތިދެއްކީ ވަރަށްވެސް ހުތުރު ނަމޫނާއެއް. ބަލިވުން، މޮޅުވުން އެއީ ކުޅިވަރުގައި އޮންނަ ކަންތައްތައް. ކުޑަހުވަދޫއިން ހަޖަމް ކުރަން ދަސްކުރަން ޖެހޭ އެބަ. މިލަންދޫއަށް އަށް މަރުހަބާ ކިޔަން!

ފުނަދޫ

23 September 2017

މިލަންދޫ މީހުން ކުޅެއްފިއްޔާ ތިހެންނުވެނުދާނެއް މިލަންދޫ މީހުންނަ އެނގޭނީ ތަޅަން

އަލީސޭ

23 September 2017

ދެން ދެންމޮލުވީ މިލަންދޫ...ކުޑަހުވަދޫ ދެން ކޮން ބޮޑާއެއް ހާކާކަށް...

ރާއްޖެތެރެ

23 September 2017

މީދެން ތަންކޮޅެއް ބޮޑުވަރު ދޯ؟ މިކަމާވިސްނާނެބަޔަކު ހަމަ ނެތީބާ.

އަދުރޭ

23 September 2017

ތިޓީމު އަންނައަހަރު އަތޮޅު މުބާރާތުގަ ބައިވެރިކުރަން ނުފެނޭ.

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454