ލަނޑު ޖެހުމަށް ފަހު އަސަދުﷲ އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
01 ސެޕްޓެމްބަރ 2016 - 20:53
މެޗު ނިމިއްޖެ. ފައިނަލް ސްކޯ އަކީ ރާއްޖެ 5-0 ބަންގްލަދޭޝް.
ރާއްޖޭން ފަސް ވަނަ ލަނޑު ކާމިޔާބުކޮށްފި. މި ގޯލް ކާމިޔާބުކުރީ އިސްމާއިލް އީސާ. ބަންގްލަދޭޝްގެ ދެ ކުޅުންތެރިން ނައްޓާލުމަށް ފަހު އީސަ އޭރިއާ ތެރެއިން ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށް.
ރާއްޖެ އަށް ރަނުގެ ފުރުސަތެއް ލިބި އަނެއްކާ ވެސް ބޭކާރުވެއްޖެ. ބޮކުރީ ނެގި ހުރަސް، ހަމްޒާ ވެއްޓިގެންފައި ފޮނުވާލި ނަމަވެސް ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށް.
އަސަދުﷲގެ ބަދަލުގައި މުހައްމަދު ހުސެއިން ނިޔާޒް (ބޮކުރީ) ކުޅެން އަރުވައިފި.
ރާއްޖޭގެ ތިން ވަނަ ލަނޑާ އެކު ބަންގްލަދޭޝް ސަޕޯޓަރުން ދަނޑުން ނުކުންނަން ފަށައިފި. މިހާރު ދަނޑު ވަނީ ވަރަށް ބޮޑަށް ހުސްވެފައި.
ރާއްޖޭގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށް އަސަދުﷲ ހެޓްރިކް ހަދައިފި. ލިލީ އަރިމަތިން ނެގި ހުރަސް އަސަދުﷲ ގޯލް ތެރެއަށް ވައްދާލީ ބޮލުން ޖަހައި.
ރާއްޖޭގެ ތިން ވަނަ ލަނޑު ހަމްޒާ ކާމިޔާބުކޮށްދީފި. ދަގަނޑޭ ދިން ބޯޅަ އަށް އަށް އަރާ ހަމްޒާ ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލީ ބަންގްލަދޭޝްގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު.
ރާއްޖޭން އަނެއްކާ ވެސް ހުސް ފުރުސަތެއް ބޭކާރުކޮށްލައިފި. ދަގަނޑޭ ދިން ބޯޅަ އަށް ރިޒްވާން ހުހަށް އަރާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށް.
ރާއްޖޭގެ އުމެއިރުގެ ބަދަލުގައި އިމްރާން ނަޝީދު އަރުވައިފި. އަދި އާއްކޮގެ ބަދަލުގައި ހަމްޒާ މުހައްމަދު (ހަމްޕު) އަރުވައިފި.
ރާއްޖޭގެ އާއްކޮ ރަނުގެ ފުރުސަތެއް ބޭކާރުކޮށްލައިފި. ދަގަނޑޭ އޭނާ އަށް ދިން ބޯޅަ އަށް މުޅިން ހުސްކޮށް އަރައި، އޭނާ ޖެހި ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން. އޭރު އެ ބޯޅައަށް ދިފާއުކުރަން ހުރީ ކީޕަރު އެކަނި.
ލަނޑު ޖެހުމަށް ފަހު ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު
މިރޭގެ މެޗަށް ވަން ބަންގްލަދޭޝް ސަޕޯޓަރުން އެ ޓީމަށް ސަޕޯޓްދެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މިރޭގެ މެޗަށް ވަން ބަންގްލަދޭޝް ސަޕޯޓަރުން އެ ޓީމަށް ސަޕޯޓްދެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ރާއްޖޭގެ ދެ ވަނަ ލަނޑާ އެކު ބަންގްލަދޭޝްގެ ސަޕޯޓަރުން ދަނޑުން ނުކުންނަން ފަށައިފި.
ރާއްޖޭން ދެ ވަނަ ލަނޑު ޖަހައިފި. މި ލަނޑު ވެސް ކާމިޔާބުކޮށްދިނީ އަސަދުﷲ. ބަންގްލަދޭޝްގެ ޑިފެންޑަރެއް އަތުން ބޯޅަ ހޯދުމަށް ފަހު އޭރިއާ ތެރެއަށް ވަދެ ދަގަނޑޭ ހުރަސްކުރި ބޯޅަ، އަސަދުﷲ ވައްދާލީ ގޯލުގެ މަތީ ކަނަށް.
ސެންޓޭގެ ބަދަލުގައި ޒުވާން ކުޅުންތެރިޔާ އަހުމަދު ރިޒްވާން (ރިޒޭ) ކުޅެން އަރުވައިފި. އޭނާ އަންނަނީ މި ސީޒަނުގައި އީގަލްސްގައި މޮޅު ކުޅުމެއް ދައްކަމުން.
ދަގަނޑޭ ބަންގްލަދޭޝްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ގޯލަށް ބޯޅަ ޖަހަން އުޅެނިކޮށް އޭނާ ވެއްޓިއްޖެ. އޭރު އެ ބޯޅަ އަށް ސެންޓޭ ވެސް ހުސްކޮށް އަރާ ހުރި.
މިހާރު ސްކޯ އަކީ ރާއްޖެ 1-0 ބަންގްލަދޭޝް
ރާއްޖޭން ލީޑު ނަގައިފި. ބަންގްލަދޭޝްގެ ޑިފެންޑަރެއް ކައިރިން ސަލާމަތްވެ އަހުމަދު އަބްދުﷲ (ލިލީ) ނެގި ހުރަސް ގޯލް ތެރެއަށް ވައްދާލީ އަސަދުﷲ. އޭނާ އޭރިއާ ތެރޭ ހުހަށް ހުރެ ބޯޅަ ގޯލަށް ވައްދާލީ މެއިން ޖައްސާލުމަށް ފަހު.
ބަންގްލަދޭޝްގެ ކުޅުންތެރިޔަކު އެއްލި ބޯޅައެއް ނުރައްކާތެރި ގޮތަކަށް އޭރިއާ ތެރެއަށް ހުރަސްވި ނަމަވެސް އެ ބޯޅަ އިމްރާން ސަލާމަތްކޮށްފި.
ދެ ވަނަ ހާފުގެ ކުޅުން ފަށައިފި.
In a match where supporters are more fr visiting Bangladesh than fr home team, wishing Maldives every success, Insha Allah @AliAshfaq07
— Mohamed Zuhair (@Vainujeheyge) September 1, 2016
Firsts time in history, Galolhu National Stadium becomes home ground for Bangladesh team and away ground for Maldives.
— Hasan A. Hilmy (@HasanHilmy) September 1, 2016
Electrifying Bangladesh crowd here tonight! Too bad Maldivian can't come to support their national team!
— Abdulla Abeedh (@AbdullaAbeedh) September 1, 2016
Dhen... https://t.co/cCvJlPjjZz
ރާއްޖޭގެ ކުޅުންތެރިން ރެފްރީ ކައިރީގައި ޝަކުވާކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކޯނަރަކުން ހުރަސްވި ބޯޅައެއް ގޯލް ކުރިމަތިން އަޑުބަރޭ އަށް ހުސްކޮށް ލިބުނު އިރު އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް މަތިން.
ސެންޓޭ ފޮނުވާލި ނުރައްކާތެރި ހިލޭ ޖެހުން ބަންގްލަދޭޝްގެ ގޯލްކީޕަރު ސަލާމަތްކޮށްފި.
ރާއްޖޭން ނުރައްކާތެރި ހަމަލައެއް އުފައްދައިފި. ދަގަނޑޭ އަށް އަސަދުﷲ ދިން ބޯޅަ އޭނާ، އޭރިއާ ތެރޭ ހުސްކޮށް ހުރި އާއްކޮއަށް ދިނުމުން އޭނާ ޖެހި ބޯޅަ ދިޔައީ ގޯލް މަތިން.
ބަންގްލަދޭޝްގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު ރާއްޖޭގެ އަސަދުﷲ އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ ސެންޓޭ އަށް ރަނގަޅަށް ފޮނުވާނުލެވުމުން ލިބުނީ އާއްކޮ އަށް. އޭނާ ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ މާ ދުރުން.
އުމެއިރު އުފެއްދި ހަމަލައެއްގައި ސެންޓޭ އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ ބަންގްލަދޭޝްގެ ޑިފެންޑަރުން ސާފުކޮށްލައިފި.
ބަންގްލަދޭޝްގެ ކުޅުންތެރިޔަކު ދަގަނޑޭ އަށް ފައުލްކުރުމުން، ރައްދުގައި ދަގަނޑޭ އޭނާ ކޮއްޕާލުމުން ދިވެހި ރެފްރީ ފަޒީލް ރީނދޫ ކާޑު ދެއްކީ ދަގަނޑޭ އަށް.
ބަންގްލަދޭޝް ކުޅުންތެރިއަކު ކައިރިން ރާއްޖޭގެ ނާއިޒު (ވ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ބަންގްލަދޭޝް ތިން ކުޅުންތެރިން ކައިރިން ދަގަނޑޭ (މ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ބަންގްލަދޭޝްގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ވެއްޓި ރާއްޖޭގެ ދާދުގެ ކޮނޑު ހުޅަށް އަނިޔާވެއްޖެ. އޭނާގެ ބަދަލުގައި އަހުމަދު އިމާޒް (އާއްކޮ) އަރަން އަންނަނީ ތައްޔާރުވަމުން.
ބަންގްލަދޭޝް ކުޅުންތެރިން ކުޅެމުން އަންނަނީ ފިޒިކަލް ކުޅުމެއް. އެ ޓީމުގެ ފަރާތުން ގިނަ ފައުލްތަކެއް އަންނަނީ ފެންނަމުން.
ބަންގްލަދޭޝް އިން ނުރައްކާތެރި ބޯޅައެއް ފޮނުވާލައިފި. އެ ޓީމުގެ ސުހެއިލް ރާނާ އޭރިއާ ތެރެއިން ފޮނުވާލި ބާރު ބޯޅަ މި ފަހަރު ވެސް ސަލާމަތްކުރީ ކީޕަރު އިމްރާން.
ރާއްޖެ ޓީމުގެ ސެންޓޭ (ވ) އަށް ލިބުމުގެ ކުރިން ބަންގްލަދޭޝް ކީޕަރު އަޝްރަފުލް އިސްލާމް ބޯޅަ ހިފަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ބަންގްލަދޭޝްގެ ކުޅުންތެރިއަކު ކައިރިން ރާއްޖޭގެ ކެޕްޓަން ދަގަނޑޭ (މ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ބަންގްލަދޭޝްގެ އެމްޑީ އަބްދުﷲ، ރާއްޖޭގެ ޝާފީ ކައިރިން ނައްޓާލުމަށް ފަހު އަރިމަތިން އަރައިގެން ގޮސް ނެގި ހުރަސް އެ ޓީމުގެ ކުޅުންތެރިޔަކަށް ލިބުމުގެ ކުރިން ރާއްޖޭގެ އެންޑީ އަތުލައިފި.
އުމެއިރު ނެގި ހިލޭ ޖެހުން އެންޑީގެ ބޮލުގައި ޖެހިފައި އޭރިއާ ތެރޭ ހުސްކޮށް ހުރި އަޑުބަރޭ ލިބުނު ނަމަވެސް، އޭނާ އަށް އެ ބޯޅަ ގޯލަށް ފޮނުވާލެވޭ ގޮތެއް ނުވި.
މެދުތެރެއިން ދަގަނޑޭ ބޯޅަ ހޯދުމަށް ފަހު ބަންގްލަދޭޝް ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށް ފަހު ކުރިއަށް އެރި ނަމަވެސް، ހުސްކޮށް ހުރި ސެންޓޭ އަށް ދިން ބޯޅަ އޭނާ އަށް ލިބޭ ގޮތެއް ނުވި.
ރާއްޖޭގެ ޓީމަށް އަދި ރަނގަޅު ހަމަލައެއް ނުއުފެއްދޭ. މެދުތެރޭގެ ކޮންޓްރޯލް އޮތް ނަމަވެސް ރާއްޖެ އަށް ކުރިއަށް ރަނގަޅު ބޯޅަތަކެއް ފޯރުކޮށްނުދެވޭ.
ބަންގްލަދޭޝްގެ ކުޅުންތެރިންނަށް ބޯޅަ ލިބޭ ވަގުތު އެ ޓީމުގެ ސަޕޯޓަރުން އަންނަނީ އަޑުގަދަކުރަމުން.
ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރާ ރަހުމަތްތެރިކަމުގެ މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރާ ރަހުމަތްތެރިކަމުގެ މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ބަންގްލަދޭޝް އިން ނުރައްކާތެރި ހަމަލައެއް ފޮނުވާލައިފި. އެ ޓީމުގެ މުހައްމަދު ޝަހުވަތަށް އޭރިއާ ތެރެއިން ލިބުނު ހުސް ފުރުސަތުގައި ފޮނުވާލި ބާރު ބޯޅަ ކީޕަރު އިމްރާން ވަނީ ސަލާމަތްކޮށްފައި.
މެޗު ފެށި ގޮތަށް ބަންގްލަދޭޝް އިން އުފެއްދި އެޓޭކް ހުއްޓުވުމަށް ރާއްޖޭގެ ޝާފީ ބޯޅަ ކޯނަރަކަށް ބޭރުކޮށްލައިފި.
ރާއްޖޭން މެޗު ފަށައިފި.
މެޗު ބެލުމަށް ގަލޮޅު ދަނޑު ފުރާލާފައިވަނީ ބަންގްލަދޭޝް ސަޕޯޓަރުން. ދަނޑު އެއްކޮށް ފުރިފައިވާއިރު ސިޑިބަރީގެ 90 ޕަސެންޓަކީ ބަންގްލަދޭޝް ސަޕޯޓަރުން. ހޯމް މެޗެއް ނަމަވެސް، ގައުމީ ޓީމަށް ސަޕޯޓަރުންގެ ފަރާތުން މިރޭ ހޯމް އެޑްވާންޓޭޖް ނުނެގޭނެ.
ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި މިރޭ ދިވެހިރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ.
ރާއްޖޭގެ ފުރަތަމަ 11: އިމްރާން، މުހައްމަދު ރަޝީދު (ހޮކޭ)، ޝާފިއު އަހުމަދު، އަމްދާން އަލީ (އެންޑީ)، އަލީ ފާސިރު (ސެންޓޭ)، އަސްހަދު އަލީ (އަޑުބަރޭ)، އަސަދުﷲ އަބްދުﷲ، މުހައްމަދު އުމެއިރު، އަލީ އަޝްފާގް (ދަގަނޑޭ)، އަހުމަދު އަބްދުﷲ (ލިލީ)، ނާއިޒް ހަސަން (ދާދު).
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
02 September 2016
ވަރަށް މަރުހަބާ ތިޔަކާމިޔާބީއަށް ، އެކަމު ދަންނަވަން ވާހަކައެއް ، ބޭރުގެ ލީގްތަކުގެ މެޗްތަށް ބަލާފައި ދިވެހި ފުޓްބޯޅަބެލުމަކީ ، އެޗްޑީކުލަ ފަތިޓީވީ ބަލާފައި ބްލެކްއެނޑްވައިޓް ޓީވީ ބެލުންކަހަލަ ކަމެށް ،، ބޯޅަކޮންޓްރޯލްކުރުމާއި ، ކުޅުމުގެ ސްޕީޑާއި ފިޒްކަލް ފިޓްނަސް އަށް ބަލާފައި ބޭރުދުނިޔެއާޢި ރާއްޖެއާޢި އުޑާއިބިމާހާތަފާތު ،،،،، ވަރަށް ސަލާމް ،،
ބައިނާޅި
02 September 2016
މިރޭ އަޝްފާގު އެރުވީ ރެސްލިން މެޗަކަށްތަ؟ ޅަކުދިންނަށް ފުރުސަތުދޭންވީ..
ލައިންސްމަން
02 September 2016
ދަނޑުމަތީގަވެސް އިންސާފެއްނެތް. ވަކި ކުޅުންތެރިއަކު ސީދާ މީހާ އަށް ހަމަލާ ދިނީމަވެސް ރެފްރީ އަޅައެއްނުލާ. އެހެންވެގެންނުވާނެ ރަތްކާޑު ދައްކަންޖެހޭ ކުށަކަށް ރީނދޫކާޑެއް ނުދެއްކޭނެ.
ޙުސައިންބޭ
01 September 2016
ވަރަށްވެސް ދަށުދަރަޖައިގެ އަމަލެއް މިފަހަރު އެފްއޭއެމްއިން އެކުތީ. ދިވެހިން ޓިކެޓް ހޯދަނއދިޔާމަ މިކިޔަނީ ހުސްވެފަޔޭ. ދެން މިވަރުން ކިހިނެއް ދިވެހިން މެޗް ބަލަން ދަނީ. މަވާ ސަލާން ދެނެއް ތިޔަ ދަނޑަކަށް ނުވަންނާނަން. މުޅި ދަނޑުގައި ދުވާވަހުންވެސް އެތާ ނުތިބެެވޭ. ލަދުންވެސް ބޯހަލާކުވާވަރުވި. މުޅި އާއިލާ ގޮވައިގެން މިދިޔައީ މެޗް ލައިވްކޮށް ދަނޑުން ބެލުމަށް އެކަމް އެބާންގާޅިންނާހެދި އެތާ ތިބެވޭވަރެއްނުވި. އެފްއޭއެމް އިން ދެންފަހަރަކު މިހެން ނަހަދާނެކަމަށް އުންމީދުކުރަން.
ހެޔޮ އެއްގޮތެއް ވެސް ނެތް
02 September 2016
ކަލޯ ތިބުނީ ނު ދެން ނުދާނަމޭ ގަލޮޅު ދަނޑައް.... ދެން ކީއްކުރަން ދެން ފަހަރަކުން ރަގަޅު ކުރަން ތިކިޔަނީ
ރޯނުއެދުރު
01 September 2016
ވަރަށް ރީީތި ޗާލު ކުޅުމެއް ދިވެހި ޓީމު ކުޅެލީ ސާބަސް ގައުމީ ޓީމް
ބޭޑް
01 September 2016
ދިވެހިންނަށް ވެސް އެގެނީ ދެން ޓްވިޓާރ އެއް އޮތުމުން ޓްވީޓް ކުރަން. ނެރޯ މައިންޑެޑް އަދި ކަންޓްރީ ސައިޑް ޓާކުރު ސްޓައިލްގެ ސްޓޭންޑަރޑް މިޚަބަރުގެ އާރޓިކަލް ގައި ހުރި ޓްވީޓް ތަކުން މިފެންނަނީ. ފުރަތަމަ ކުޅިވަރު ކުޅެނީ އެއީ ކީއްކުރަންތޯ އެވެ. އެއީ ކުރާ ހަނގުރާމަ އެެއް ނޫނެވެ. އެއީ އެކުވެރިކަން ބަދަހި ކުރުމެވެ. ބަންގްލާދޭޝް މީހުން ގަލޮޅު ދަނޑުގައި ދިވެހިންނަށް ވުރެން ގިނަ ވުމަކީ އެއީ އުފާ ކުރަން ޖެހޭނެ ކަމެއް. ސަބަބަކީ އެފަކީރުން ދުވާލު ބުރަކޮށް މަސައްކަތް ކުރުުމަށް ފަހު އެ ގައުމު ގެ ގައުމީ ޓީމް ކުޅޭތީވެ ދިވެހިންނާއި އެކު އިންޓަރެކްޓް ވުމަށްޓަކައި އެވެރިން ދަނޑަށް ދިއުމުން ރާއްޖޭގެ ކަންޓްރީ ސައިޑް ގެ ޓާކުރު ވިސްނުން ހުންނަ މީހުން ގެން ގުޅޭ ދުނގެތި ވަލު ސްޓޭންޑަރޑް ބޭނުން ކޮށްގެން ޓްވީޓް ކުރުމުން އެއީ ދެޓް ޝޯ އަސް ޔޫ އާރ ބޭޑް އެން މޭޑް އެން ކްރޭޒީ. ހޫސް ބޭޑް. ޔޫ އާރ ބޭޑް. ބޭޑް ބޭޑް..
ޑުވެހިން
02 September 2016
ޑިވެހިންނަށް އެނގެނީ ތިހެން ވަދެ ކޮމެންޓް ކުރަން.
ކުޑްބީ
01 September 2016
ދިވެހިިރާއްޖެ އާއި ބަންގްލާދޭޝް ކުޅޭ މެޗް ކުޅެނީ އެވެ. ފަރިގޮތަކަށް ބޯޅަ ކުޅެމުން ގޮސް ދިވެހި ފުޓް ބޯޅަ ކުޅުން ތެރިން ބޯޅަ ކުޅެނީ އެވެ. ޕާސް ބޯލް ޓު ހިމް އެން ދެން ބޯޅަ ފައިތިލަ މަތީގައި ބޭއްވުމަށް ފަހު މައްޗަށް ބަންޕް ކޮށްލާ ސްޕްރިންޓެއް ނަގާ ބޯޅަައިގައި ނިތް ކުރިން ޖަހާލާ ނަލަ ކޮށް ފުޓް ބޯޅަ ކުޅެމުން ދަނީ އެވެ. ރާއްޖެ އާއި ބަންގްލާދޭޝް އެކުވެރިކަމުގެ މެޗެއް ކުޅެނީ އެވެ. ކުޅެލާ، ކުޅެލާ، ކުޅެލާ ކުދިންނޭ، ދުވެލާ، ފުމެލާ، ކުޅެލާ، ބޯޅަ އާއި ކުޅެލާ، ބޯޅަ އާއި ކުޅެލާ.. އައި ނޯ ޔޫ ހިއަރ މީ ނައު. ވީއާރ އިން ޑިފެރެންޓް ކައިންޑް ނައު. ވީ ކުޑް ބީ ހީރޯސް، ވީ ކުޑް ބީ ހީރޯސް މީ އެން ޔޫ، ވީ ކުޑް ބީ..
ދޮންކެޔޮ
01 September 2016
ހަހަހާ. ހުވާ ހަމަ ހެވެނީ. އެފްއޭއެމް ފެއިލް. ދިވެހިން ގުނބޯ ނުހެދޭނެކަން ވަރަށް ސާފުކޮށް އެނގިއްޖެދޯ!
ބަނބުކެޔޮ
01 September 2016
ދެން ކުޅޭ މެޗްގައި އެނގޭނެ ގުނބޯ ނުހެއްދޭނެކަން.