ކުޅިވަރު / އެފްއޭއެމް

ފީފާގެ އެހީގައި އަޅާ އެފްއޭއެމްގެ އާ އިމާރާތުގެ ބިންގާ އަޅައިފި

އެފްއޭއެމް އާ އިމާރާތުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އާއި ސްޕޯޓްސް މިނިސްޓަރު މަހުލޫފް.-- ފޮޓޯ: އެފްއޭއެމް

ފީފާ ފޯވާޑް ޕްރޮގްރާމްގެ ދަށުން މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި އަޅާ އެފްއޭއެމްގެ އާ އިމާރާތާއި ޓާފް ދަނޑުގެ މަސައްކަތް މިއަދު އިފްތިތާހުކޮށްފި އެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ މޭސްތެރިކަމުގައި ފަށާފައިވާ ފީފާ ފޯވާޑް ޕްރޮގްރާމްގެ ތެރެއިން އަޅާ ތިން ފަންގިފިލާގެ އިމާރާތުގައި އެފްއޭއެމްގެ އޮފީހާއި ރިހެބިލިޓޭޝަން ސެންޓަރަކާއި ޖިމާއި ކެފޭ އަކާއި ސްޕޯޓްސް ފިހާރައެއްގެ އިތުރުން ދެ ޗޭންޖިން ރޫމުގެ އިތުރުން ރެފްރީންގެ ރޫމެއް ހިމެނެ އެވެ. މީގެ ކުރިން ފީފާ ގޯލް ޕްރޮގްރާމްގެ ދަށުން އެތަނުގައި ޓާފް ދަނޑެއް އަޅަން ހަމަޖެހުނެވެ. އެކަމަކު އެ މަސައްކަތް ހުއްޓުނީ އެވެ. އެކަމަކު ފީފާގެ އެހީގައި މި ފަހަރު އަޅާ އާ އިމާރާތާ އެކު ޓާފް ދަނޑެއް ވެސް އަޅަން ވަނީ ނިންމައިފަ އެވެ.

އެފްއޭއެމްގެ އާ އިމާރާތުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މަހުލޫފްގެ އިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މައުރޫފް އަހުމަދު (މާއްޓޭ) ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ އެފްއޭއެމުން މިހާރު ބޭނުންކުރަމުން އަންނަ 2005 ވަނަ އަހަރު ހެދި އެފްއޭއެމް ހައުސް އަކީ މި ވަގުތު އެފްއޭއެމުން ފުޓްބޯޅައިގައި ކުރާ ހުރިހާ މަސައްކަތްތަކެއް ކުރެވޭނެ ތަނެއް ނޫން ކަމަށާއި އާ އިމާރާތެއްގެ މުހިއްމުކަން ވަރަށް ބޮޑު ކަމަށެވެ.

އޭނާ ވިދާޅުވީ ރަނގަޅު ރިހެބިލިޓޭޝަން ސެންޓަރެއް ނެތުމުން ކުޅުންތެރިންނަށް އޭގެ ގެއްލުން ކުރިމަތިވާ ކަމަށާއި އާ އިމާރާތާ އެކު ފީފާ ފެންވަރުގެ ރިހެބް ސެންޓަރެއް އެޅިގެން ދިއުމަކީ ލިބޭނެ ލުޔެއް ކަމަށެވެ.

"އާ އޮފީސް އިމާރާތުގެ ތެރޭގައި ރަނގަޅު ނިއުޓްރިޝަން ފުޑް ލިބޭނެ ކެފެޓޭރިއާއެއް ހުންނާނެ. މިއީ ޒުވާން ކުޅުންތެރިން އައިސް އެކި އިރުގައި ކެއުމުގެ ކަންތައްތައް ހަމަޖެހިގެންދާނެ ކަމެއް. ގައުމީ ޓީމުތަކަށް އަންނަ ބިދޭސީ ކޯޗުން ބަހައްޓަން އެޕާޓްމަންޓްތަކާއި އެފްއޭއެމްގެ ބައެއް އެހެން އޮފީސްތައް ވެސް ބަދަލުވެގެންދާނެ. އެއާ އެކު ފުޓްބޯޅައިގެ ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ،" ބައްސާމް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުން ތަމްރީންތައް ހަދަމުންދަނީ ޓާފް ދަނޑެއްގެ އެއް ފަޅީގައި ކަމަށާއި އޭގެ ސަބަބުން ކުޅުންތެރިންނާއި ކޯޗުންނަށް ވެސް ގިނަ ގޮންޖެހުން ކުރިމަތިވާ ކަމަށެވެ. އަދި މިކަމަށް ހައްލެއް ގެންނަން ދަނޑުތައް އިތުރުކުރަންޖެހޭ ކަމަށާއި އެހެންކަމުން އާ އިމާރާތާ އެކު އަޅާ ޓާފް ދަނޑާ އެކު ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"މިއީ (މިހާރު އޮތީ) އެންމެ ރަނގަޅަށް ފަރިތަކުރެވޭނެ ފެސިލިޓީސް އެއް ނޫން. މިއާ އިމާރާތާ އެކީ ބޮޑު ޓާފް ދަނޑެއް އެޅޭނެ. މީގެ ބޭނުމަކީ ޒުވާން ޓީމުތައް ޑިވެލޮޕްކުރުމާ (ފުރަތަމަ ޑިވިޝަނުގެ) ކްލަބްތައް ފަރިތަކުރުމަށް. މި ދަނޑު އަޅުގަނޑުމެން ބޭނުންކުރާނީ ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަންގެ މެޗުތަކަށް ވެސް،" ބައްސާމް ވިދާޅުވި އެވެ.

ޓާފް ދަނޑުގެ މަސައްކަތް ހަވާލުކުރީ ޓިބަރޯ ޕްރައިވެޓް ލިމިޓެޑާ އެވެ. އެފްއޭއެމްގެ އާ އިމާރާތް ނިމޭއިރު ސަޕޯޓަރުންނަށް މެޗު ބަލަން ތިބެވޭނެ ގޮތަށް ސްޓޭންޑެއް ބެހެއްޓުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. ބައްސާމް ވަނީ މި މަސައްކަތް ފައްޓަވަން ސްޕޯޓްސް މިނިސްޓަރު މަހުލޫފާއި މާލޭ ސިޓީ ކައުންސިލުން ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ މި ޕްރޮޖެކްޓް ފެށިގެންދިއުމަކީ ފުޓްބޯޅަ ތެރޭގައި އުޅޭ އެންމެންނަށް ވެސް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި އެކި ފަރާތްތަކުން އެފްއޭއެމާއި ސްޕޯޓްސް މިނިސްޓްރީ އަށް ފާޑުކިޔަމުން އަންނަކަމަށާއި އޭގެން ކަންތައްތައް ފާހަގަވާ ކަމަށް ވިދާޅުވި އެވެ.

"ހާފް ދަނޑުގައި ކްލަބްތަކުން ޕްރެކްޓިސްކުރާތާ ވީ ދުވަހެއް ނޭނގެ. އެހެންވީމަ އެތައް ކަމެއް މީގެން ހަމަޖެހިގެން އެބަދޭ. ފާޑުކިޔުން އަމާޒުވަމުން އަންނައިރު އޭގެ ހަަމަ ވަރަށް ރަނގަޅު ކަންތަައްތަކާ ރަނގަޅުކުރަން ހުރި ކަންތައް އެބަފެނޭ،" މަހުލޫފް ވިދާޅުވި އެވެ.

Gaumee footboalha academy ge bingaa alhaifi

Gaumee footboalha academy ge bingaa alhaifi

The most trusted news source in the Maldives

Mihaaru

މިދިޔަ އަހަރު ޖުލައި މަހު ފަސް ވަނަ ދުވަހު ގައުމީ ފުޓްބޯޅަ އެކެޑަމީގެ ބިންގާ އެޅި ނަމަވެސް މިހާތަނަށް އެ މަސައްކަތް ނިމިފައިނުވޭ.

ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ރާއްޖޭގައި މި ފަސް އަހަރުތެރޭ 100 ދަނޑު އެޅުމުގެ މަސައްކަތް ކުރެވޭނެ ކަމަށާއި އޭގެ ތެރެއިން 30 ދަނޑުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދާދި ފަހުން މިނިސްޓަރު މަހުލޫފް ވަނީ ހެންވޭރު ދަނޑުގައި ޓާފް އެޅުމުގެ ވިސްނުން ހުރި ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އެކި ފަރާތްތަކުގެ ލަފާގެ މަތިން އެ މަސައްކަތް މަޑުޖައްސާލާފައިވާ ކަމަށް ވިދާޅުވި އެވެ. އެއީ ހެންވޭރު ދަނޑަކީ ގަލޮޅު ދަނޑު ނަގާފައި މާލޭގައި ދެން ނެޗުރަލް ގްރާސް އޮތް ހަމައެކަނި ދަނޑުކަމަށްވާއިރު ވިސްނަންޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށް ވިދާޅުވި އެވެ.

މިދިޔަ އަހަރު ޖުލައި މަސް ތެރޭ އެފްއޭއެމުން ވަނީ ކުރީގެ ސަރުކާރުގެ އެހީގައި ހުޅުމާލޭގައި ތިން މަސް ތެރޭ ގައުމީ ފުޓްބޯޅަ އެކެޑަމީއެއް އަޅާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޖުލައި މަހު އޭރުގެ ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އާދަމް ވަނީ ގައުމީ ފުޓްބޯޅަ އެކެޑަމީގެ ބިންގާ އަޅުއްވައިދެއްވައިފަ އެވެ. އޭގެ ފަހުން އެ މަސައްކަތް އެކި ފަހަރު މަތިން މަޑުޖެހި މިހާތަނަށް އޮތީ މަސައްކަތް ނުނިމި އެވެ. އެ އެކެޑަމީގެ ފުރަތަމަ ފޭހުގައި ހިމެނެނީ އޮފީހަކާއި އެކޮމަޑޭޝަން ބްލޮކެއްގެ އިތުރުން ބޮޑު ޓާފް ދަނޑަކާއި ޖިމެއްގެ އިތުރުން ނަމާދުކުރާ ތަނެކެވެ. ދެ ވަނަ ފޭހުގެ މަސައްކަތް ފަހުން ކުރިއަށްގެންދަން ހަމަޖެހިފައިވާއިރު، އިތުރުވާނީ ދަނޑުތަކެއްކަމަށް އޭރު އެފްއޭއެމުން ބުންޏެވެ.

10 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 39%
icon sad icon sad 0%
icon angry icon angry 61%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

2023

09 October 2019

ދެން އަންނަ ދައުރުގެ އަޅުގަނޑުގެ ވެރިކަމުގައި ތިތަން ހަދާނިމުނީމާ ތިތަން އަތުލާފަ ތިތަން ހަވާލު ކުރާނީ ޓީޓީ އެސޯސިއޭށަން އާއި.

The name is already taken The name is available. Register?

ޓާޓާޓާޓ

08 October 2019

ތި ތަން ހުޅުމާކޭގައި އެޅިނަމަ މާރަނގަޅުވީހެއްނުން.

The name is already taken The name is available. Register?

ކަސަބު

08 October 2019

ހުރިހާ އެއްޗެއް މާލޭގައި ހުރުމަކީ ވަރަށް މުހިންމު ކަމެއްކަން ވެރިން މިދަނީ ސާބިތުކޮށްދެމުން. މައްސަލައެއް ނޫން މާލޭގެ އިމާރާތްތައް ބުރިބުރިއަށް ނަގާފަ ދެން އޮތީ މުޅިމާލޭގެ ފަސްގަނޑުވެސް ބުރިބުރިއަށް ނެގުން. އިންތިޒާރު ކޮށްލާ.

The name is already taken The name is available. Register?

ކައުންސެލަރު

08 October 2019

އުމުރުދުވަހުގެ ނުވަތަ މުޅި ދުނިޔެ އުމުރަށް ދީފައި އޮތް ވަޒީފާއެއްތަ؟ މީނާ މިތަނުން ބޭރުކުރެވޭނެ ގޮތެއްވެސް ނެތްތަ؟ މުޅި ދިވެހިފުޓުބޯޅަ އިނދަޖެހިއްޖެ.

The name is already taken The name is available. Register?

އަސްލު ހަގީގަތް

08 October 2019

ބައްސާމު ބޭރުކުރެވޭނީ ކްލަބުތަކަށް އެކަނި. ސަރުކާރަކަށް އެކަމުގެ ތެރެޔަކަށް ނުވަދެވޭނެ. ފީފާއިން ޚަރަދުކުރާ އިންޑިޕެންޑެންޓް އެސޯސިއޭޝަނެއް އެފްއޭއެމަކީ.

The name is already taken The name is available. Register?

އަހުމަދު އަދުހަމް

08 October 2019

ކޮބާ.އެ ބުނާ ގައުމީ ފުޓުބޯޅަ އެކެޑެމީ.އެތަނުގެ މަސައްކަތް ރިބްރޭންޑްކޮށް އަނެއްކާ އެފް.އޭ.އެމް.ގެ އާ އޮފީހޭ މިކިޔަނީބާއެވެ.ކުރިން ފަށާފަ ހުރި މަސައްކަތްތައް ނިންމަބަލާށެވެ.މިގޮތަށް އައްޑޫގައި ޤައުމީޓީމަށް ކުޅުންތެރިން ހޯދާށޭ ކިޔައި ފެށި ކަންތައްގަނޑުގެ ވަސްވެސް މިހާރަކުނެތެވެ.ދެން ކޮން އަތޮޅު ކުޅުންތެރިން ގެންނާކަށް ހެއްޔެވެ.މިހާރު މުބާރާތްތައްކަށްވެސް މިކިޔަނީ ހުސް ޖަޒީރާއެވެ.

The name is already taken The name is available. Register?

1616

07 October 2019

ފުޓްބޯޅައަށް ތި ކުރާ ހޭދަ ނުކޮށް މަންޑި ކުޅެށް ހޭދަ ކުރިޔަސް މާރަގަޅުވާނެ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

07 October 2019

މާލޭސަރުކާރުން މާލެނޫން ތަނެއްގައި ފުޓްބޯޅަ މުބާރާތްބާއްވަން އެއްބަސްނުވާނަމަ ނުވަތަ ހޯމްއަވޭ އުސޫލަށް މުބާރާތް ބަދަލުނުކުރާނަމަ މާލެނޫން ރަށްރަށުން މިމީހުނަށް އެއްވެސް އެހީތެރިކަމެއްދޭނެކަމެއްނެތް. # އަހަރުމެނަށް “މޭޔާރސް ކަޕް” ގެ ނަމުގައި ސިޓީގެ އަވަށްތަކަށް މުބާރާތެއް އަދި “ސަދަރން ޓްރޮފީ” ގެ ނަމުގައި ތ. ލާމް، ހުވަދޫ މުލައް ބައިވެރިވާ މުބާރާތެއް ބާއްވަންވީ.

The name is already taken The name is available. Register?

އޮންނަ

07 October 2019

ކުޅިބަލަން ދަނޑަށް ވަންނަ ބަޔަކު ނެތަސް ތިކަހަލަ ބޭކާރު ހަރަދު ކުރާތި. މިހާރުހުރި އޮފީހުގައިވެސް އެފްއޭއެމް ހިންގޭނެ.

The name is already taken The name is available. Register?

ހޯލި

07 October 2019

ތިޔަ ތަނުގައި އެންމެ ތިން ބުރީގެ އިމާރާތެއް އެޅުން ރަގަޅެއް ނޫނެވެ. ތިޔަތަން ބާއްވަންވީ ހަމަ އޯޕަން ދަނޑުތަކެކެވެ. މާލޭގައި މިހާރު ތިން ބުރީގެ އިމާރާތް އެޅުމަކީ އެއްގޮތަކަށްވެސް ފޫ ބެދޭނޭ ކަމެއް ނޫނެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454