ކުޅިވަރު / ރައްޔިތުންގެ މަޖިލިސް

އެފްއޭއެމްގެ ކަމެއް މަޖިލީހަށް ބެލޭނެކަމަށް ނުދެކެން: ބައްސާމް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް.-- ފޮޓޯ: މިހާރު

ރައްޔިތުންގެ މަޖިލީހަށް އެފްއޭއެމްގެ މައްސަަލައެއް ބެލޭނެކަމަށް ގަބޫލުނުކުރާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އިންތިހާބު ނުބާއްވަން ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީންނާއި ސްޕޯޓްސް މިނިސްޓްރީން އެދިފައިވަނިކޮށް، އިއްޔެ ހަވީރު ބޭއްވި އިންތިހާބީ ކޮންގްރެސްގައި، ބައްސާމަށް އިތުރު ދައުރެއް ދޭން ވަނީ ކްލަބްތަކުން ނިންމައިފަ އެވެ.

އިންތިހާބު ނުބާއްވަން އެފްއޭއެމުގައި އެދެން އިޖްތިމާއީ ކޮމިޓީން މިނިސްޓްރީގައި އެދުނީ، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލައެއް އެ ކޮމިޓީން ދިރާސާކުރަމުން އަންނާތީވެ އެވެ. އެފްއޭއެމްގެ ކުރީގެ ރައީސް އާޒިމް މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބުނަނީ ހިންގާ ގަވާއިދާއި ކުޅިވަރު ގާނޫނާއި އަދި ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީ އަށް އެންގުމަށާއި އެ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށް އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

ކޮންގްރެސް އަށް ފަހު އިއްޔެ އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވިދާޅުވީ އިންތިހާބު ފަސްކުރަން ސްޕޯޓްސް މިނިސްޓްރީން އެދުނީ އެކަން އެގޮތަށް ކުރެވެން އޮތްނަމަ ކުރުމަށް ކަމަށާއި އިންތިހާބު ބާއްވަން ނިންމި އެންމެ ބޮޑު ސަބަބަކީ ކަނޑައެޅިފައި އޮތް ތާރީހުގައި އެކަން ކުރަން ފީފާ އާއި އޭއެފްސީން ވެސް ބޭނުންވާތީ ކަމަށެވެ.

"(ފީފާ އާއި އޭއެފްސީ އަށް) ލިބިފައި އޮތް މައުލޫމާތަކީ މަޖިލިސް ތެރޭން އިންތިހާބު ހުއްޓުވަން މަސައްކަތްކުރާ ވާހަކަ. މިއަދު (އިއްޔެ) ނުބާއްވައިފިނަމަ ފީފާ އަށް ޖެހޭނީ އަޅުގަނޑުމެން ސަސްޕެންޑްކުރަން. އަޅުގަނޑުމެންގެ ބޭނުމަކަށްވީ މިހާރުގެ ރައީސްގެ ދައުރުގައި އަޅުގަނޑުމެން ބޭނުމެއް ނޫން ދިވެހިރާއްޖޭގެ ފުޓްބޯޅަ ސަސްޕެންޑްވާކަށް. އެހެންވީމަ އަޅުގަނޑު މިނިސްޓަރަށް ފަހުން ދެންނެވިން އަޅުގަނޑަކަށް ނެތޭ މި މަޑުޖެއްސޭކަށް. ފީފާގެ އިރުޝާދާ އެކީގައި އަޅުގަނޑުމެންގެ މި ކޮންގްރެސް ކުރިއަށްދާނެއޭ ދެންނެވިން،" ބައްސާމް ވިދާޅުވި އެވެ.

"އެފްއޭ އަކީ އިންޑިޕެންޑެންޓް ތަނަކަށްވާތީ އަދި ފީފާ އަދި އޭއެފްސީ އަށް ޖަވާބުދާރީވާން ޖެހޭ ތަނަކަށްވާތީ އަޅުގަނޑުމެން އެ ބޭފުޅުން އެންގި ގޮތަށް ކުރިއަށް ދިޔައީ."

ބައްސާމް ވިދާޅުވީ މަޖިލީހަށް އެފްއޭއެމްގެ މައްސަލައެއް ބެލޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އޮންނަ އުސޫލުގެ ތެރެއިން ކަންތައްތައް ކުރާނަމަ އެފްއޭއެމްގެ ކަންތައްތައް ބަލަންޖެހޭނީ ކޮމިޝަނާ އޮފް ސްޕޯޓްސް މެދުވެރިކޮށް ކަމަށެވެ. އަދި އިއްޔެގެ އިންތިހާބާ ބެހޭ ހުރިހާ މައުލޫމާތަކާއި އެފްއޭއެމަށް ގެނެވިފައިވާ ހުރިހާ ބަދަލުތަކެއްގެ މައުލޫމާތު ކޮމިޝަނާ އޮފް ސްޕޯޓްސް އަށް އެނގޭނެ ކަމަށް ވިދާޅުވި އެވެ. އަދި އިއްޔެގެ ކޮންގްރެސް އޮބްޒާވް ކުރުމުގެ ހުރިހާ އިންތިޒާމެއް ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ހަމަޖައްސައިދިން ކަމަށް ވެސް ވިދާޅުވި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ކުޅުނު މެޗެއްގެ ތެރެއިން (ކ.ވ): އެފްއޭއެމްގެ ރައީސް ބައްސާމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބައްސާމް ވިދާޅުވީ މަޖިލީހަށް އެފްއޭއެމްގެ މައްސަލަ ބެލުމުގެ ފުރުސަތު ނެތް ކަމުގައި ވިޔަސް އިޖުތިމާއީ ކޮމިޓީ އަށް ހާޒިރުވެ، އޮންނަ އުސޫލެއްގެ ތެރެއިން މައުލޫމާތު ފޯރުކޮށްދެން ތައްޔާރަށް ހުންނެވި ކަމަށެވެ.

"އަޅުގަނޑުމެންގެ ފަރާތުން މި ހޯދަން ބޭނުންވާ މައުލޫމާތެއް އޮވެއްޖެ ކަމަށްވާނަމަ އަޅުގަނޑުމެން އެ އޮންނަ އުސޫލެއްގެ ދަށުން އެ ދާންޖެހޭ ތާކަށް ދާން އަޅުގަނޑުމެން ތައްޔާރު. ހަގީގަތަކީ އަޅުގަނޑުމެން ދާކަށް މަޖުބޫރެއް ނޫން. އެކަމަކު އަޅުގަނޑުމެން ބޭނުމެއް ނޫން އަޅުގަނޑުމެންނަކީ މާ ގަދަ ބަޔެއް ވެގެން ގަދަ ބަސް ބުނެގެން ނުދާކަށް. އަޅުގަނޑުމެން ބޭނުންވަނީ އެ ބޭފުޅުން ސާފުކުރަން ބޭނުންވެއްޖެ މައުލޫމާތެއް އެ ބޭފުޅުންނަށް އަރުވާ ހަމަ އެންމެނަށް އެއްބާރުލުން ދީގެން ކުރިއަށް ދިއުން. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ފަރާތުން މިކަން ހިނގާދިޔަ ގޮތް ކިޔައިދިނުން،" ބައްސާމް ވިދާޅުވި އެވެ.

އިއްޔެ އެފްއޭއެމްގެ ކޮންގްރެސް ބޭއްވުމަށް ނިންމި އެންމެ ބޮޑު ސަބަބަކީ ވެސް ބައިނަލްއަގުވާމީ މުއާހަދާ އަކަށް އިހުތިރާމްކޮށް އޭގެ ބާރު ނެގެހެއްޓުމުގެ ގޮތުން ކުރެވުނު ކަމެއް ކަމަށް ބައްސާމް ވިދާޅުވި އެވެ.

"އެފްއޭއެމް ހިންގުމުގައި އިންޑިޕެންޑެންސީ އޮންނަން ޖެހޭނެކަން. މިއީ ކަންނޭނގެ އެއްވެސް ސަރުކާރަކަށް އެފްއޭގެ ތެރެއަށް ނުވަދެވޭނެ ކަމަށް އޮންނަ ސަބަބަކީ. އެއްވެސް ތާޑް ޕާޓީ އަކަށް (ތިން ވަނަ ފަރާތަކަށް) މީގެ އިންޓަފިއަ ނުކުރެވޭނެކަން. މިއީ ފީފާ އިން ހެދިފައިވާ ގަވާއިދެއް. ފީފާގެ މެމްބަރަކަށް ވެއްޖިއްޔާ އެ ގަވާއިދަށް ބޯލަނބަށް ޖެހޭނެ. މިއަދު (އިއްޔެ) ވެސް ފެނިގެންދިޔައީ ފީފާ އިން އެނގުމުން އަޅުގަނޑުމެންގެ ކޮންގްރެސް ބޭއްވިގެންދިޔަ ތަން. ފީފާ އިން މަޑުޖައްސާލަން އެނގިނަމަ އަޅުގަނޑުމެން ކޮންގްރެސް އެއް ކުރިއަށް ނުގެންދާނަން. މި ފެންނަނީ ސޮއިކުރެވިފައި ހުރި މުއާހަދާތަކުގެ ވަރުގަދަކަން،" ބައްސާމް ވިދާޅުވި އެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ފަދަ ފުޓްބޯޅަ ރަނގަޅަށް ދަންނަ މިނިސްޓަރަކު ހުންނެވީތީ ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ވަރަށް ބޮޑަށް ފަސޭހަވާކަމަށާއި އެފްއޭއެމްގެ މި ދައުރުގެ ބޮޑު އެއް ފޯކަސް އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ފުޓްބޯޅައާ ގުޅުން ހުރި ކަންތައްތައް ފުރިހަމަކޮށްދިނުން ކަމަށް ބައްސާމް ވިދާޅުވި އެވެ.

ވޭދުވެދިޔަތަނުގައި އައި ކޮންމެ ސަރުކާރަކާ ވެސް އެފްއޭއެމާ ދެމެދު ކޯޅުންތަކެއް ހިނގި އެވެ. އެކަމަކު ކޮންމެ ފަހަރަކު ވެސް ރާއްޖެ އަށް ސަސްޕެންޝަނުގެ އިންޒާރެއް ލިބި ފަހުން ކަންތައްތައް ހަމަޖެހިގެންދަނީ އެވެ. ބައްސާމް ވިދާޅުވީ ކުޅިވަރާ ބެހޭ ގާނޫނުގެ ތެރެއިން މިހާރު ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ލިބޭ ބާރުގެ ދަށުން އެފްއޭއެމްގެ މައްސަލަަތައް ބެލުމުގައި އޮންނަ އުސޫލުގެ ތެރެއިން ދާނަމަ އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

"ހުރިހާ ބޭފުޅުން ވެސް މި ވިދާޅުވަނީ ސިޔާސީ ނުފޫޒު އެފްއޭއެމަށް ނުވައްދާށޭ. އަޅުގަނޑަށް ހީވަނީ އެންމެ ރަނގަޅުގޮތަކީ ވެސް ސިޔާސީ ނުފޫޒު ނުވެއްދުން ކަންނޭނގެ އެފްއޭގައި ކަމެއް ގޯސްކޮށް ދަންޏާ ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ބެލޭނެ. އަޅުގަނޑުމެން އޮންނާނީ ކޮމިޝަނާ އޮފް ސްޕޯޓްސް ބަލަން ބޭނުން ކަމެއް އޮވެއްޖެނަމަ ހުޅުވާލެވިފައި އަޅުގަނޑުމެން ފޮރުވަންޖެހޭ އެއްވެސް ކަމެއް އިރާދަކުރެއްވިއްޔާ މިތާގެ ތެރޭގައި ނުހިނގާނެ. ސިޔާސީ ނުފޫޒު އެފްއޭ ތެރެއަށް ނުވެއްދުމަކީ އަޅުގަނޑުގެ މިހާރުވެސް އެދޭ ކަމެއް،" ބައްސާމް ވިދާޅުވި އެވެ.

ކުރިއަށް އޮތް ދައުރުގައި ވެސް އިސްކަމެއްދީގެން ކުރާނެ މަސައްކަތަކީ ޑިވެލޮޕްމަންޓްގެ މަސައްކަތްކަމާއި އެގޮތުން ހުރިހާ ދާއިރާ އަކަށް ފޯކަސް ކުރާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ. އަދި ހާއްސަ ކަމެއްގެ ގޮތުގައި އިންފްރާސްްޓްރަކްޗާ އިތުރު ކުރުމާއި ފުރަތަމަ ޑިވިޝަނުގެ ކްލަބްތައް ވިޔަފާރި އުސޫލުން ހިންގޭނެ މޮޑިއުލަކަށް ފައްތަން ވަަރަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ބައްސާމާއި އޭނާ ހުށަހެޅުއްވި ޓީމު އެގްޒެކެޓިވް ކޮމިޓީ އަށް ހޮވުނީ، އިތުރު ކެންޑިޑޭޓެއް ކުރިމަތިލާފައި ނެތުމުން ވޯޓު ނެގުމެއް ނެތި އެވެ. އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ހާލަތެއްގައި، އެއްވެސް ކްލަބަކުން އިއުތިރާޒުނުކުރާ ނަމަ ވޯޓެއް ނެތި ހޮވޭ ގޮތެއް އަސާސީ ގަވާއިދަށް ބަދަލު ގެނައީ އިއްޔެގެ ކޮންގްރެސްގައި، މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮންގްރެސްގައި ބައިވެރިވީ މާޒިޔާ، އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބް، ގްރީންސްޓްރީޓްސް، ޔުނައިޓެޑް ވިކްޓްރީ، ދަ ގްރާންޑޭ، ޕީކޭ، ޖޭޖޭ ސްޕޯޓްސް، މަހިބަދޫ ސްޕޯޓްސް ކްލަބް، ކުޑަހެންވޭރު ޔުނައިޓެޑް، ރެޑްލައިން ސްޕޯޓްސް ކްލަބް އަދި ކްލަބް ވެލެންސިއާ އެވެ. އިއްޔެގެ ކޮންގްރެސްގައި ވޯޓުތައް ބެހިފައި އޮތްގޮތަކީ ފުރަތަމަ ޑިވިޝަންގެ ކޮންމެ ކްލަބަކަށް ދެ ވޯޓު، ދެ ވަނަ ޑިވިޝަނުގެ ފަސް ކްލަބަށް އެއް ވޯޓު އަދި ތިން ވަނަ ޑިވިޝަނުގެ ކްލަބްތައް ތަމްސީލުކުރާ އެއް ވޯޓެވެ.

15 ކޮމެންޓް, 44 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގިރި

05 July 2020

މި ރާއްޖޭގައި ޕޮލިހާއި ކޯޓްތަކުގެ ބޭނުމެއްނެތް ! މަޖިލީހުގެ ރައީސް ގެ މޭޒުމަތީގައި ލަކުޑި މަރުތެއްޔެއް އޮންނާތީ އޭނައަށް ވެސް ހީވާ ކަހަލަ ތިމަންނައަކީ ވެސް ގާޒީއެއް ހެން ! ސިޔާސީ ދާއިރާ އިން ކުޅިވަރާއި ނުބެހޭ !

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

04 July 2020

މާލެއަށް ބާރުތައް ޖަމާކުރަން ހަދައިގެން ޤައުމު ފުޑިގެންދާތަން އަހަރުމެނަށް އެބަފެނޭ. # އެއްރަށް ދައުލަތް ސިޔާއަތު ދެން މިރާއްޖޭގައި ކާމިޔާބު ނުވާނެ. އެހެންކަމުން ބައްސާމްވެސް ނިންމާންވީ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން(މާލެހިމެނޭގޮތަށް)ދާލަށް ސެންޓްރަލްޒޯން އަދި ކޮޅުމަޑުލުން އައްޑުއަށް ސަދަރން ޒޯން ކަޑައަޅާ ފްޓުބޯޅަ ޑިސެންޓްރަލައިޒުކޮށް "ސަރަހައްދީ އެސޯސިއޭޝަންތައް ޤާއިމްކުރާން" މިނޫންގޮތަކަށް އަހަރުމެން އެފްއޭއެމްއަށް އެއްބާރުލުން ދީގެންނުވާނެ.

The name is already taken The name is available. Register?

ސަރުކާނު

04 July 2020

ޙާދަ މޮލު މީހެއް. ޜައީސްވެސް ޒޯންތަކަށް ބަހަން ފެންނަނީ.

The name is already taken The name is available. Register?

އާރީ

03 July 2020

މަޖިލިސް މެންބަރުން ބަންސާމް ގެ އެގްޒެކްޓިވް ކޮމެޓީއަށް ލައިގެން އުޅުނި އިރު އޯކޭ ދޯ

The name is already taken The name is available. Register?

ފަހުދު

03 July 2020

މަޖިލީހައް ބޭނުމިއްޔާ ގޭގޭ ގިފިލި ވެސް ބެލޭނެ. ދެން ކީއްވެ ތިތާގެ ކަންކަން ނުވެލެންވީ؟

The name is already taken The name is available. Register?

ފުންއަސަރު

03 July 2020

ތީ ރާއްޖޭގެ އެއްވެސް ތާކުން ބެލޭނެ މައްސަލައެއްނޫން. ތީ ވަކިމީހެއްގެ ތަނެއްގެ ގޮތުގާ ތިއޮތީ ލޭބަލްވެ ނިމިފާ. ހުރިހާކަމެއް މީނާ ބޭނުންވާ ހުރިހާ ގޮތަކަށް ކުރަމުން ދާއިރު މިކަމަށް ހައްލެއް ލިބޭނެ ގޮތެއްވެސް ނެތް. ހުރި ހިތާމައެއްގެ ބޮޑުކަމާ.

The name is already taken The name is available. Register?

ށ.އަތޮޅު މީހާ

03 July 2020

ދިވެހި ދައުލަތުގެ ފައިސާ ބޭނުންކުރަންޏާ ބެލޭނެ!

The name is already taken The name is available. Register?

ލުއިލޯނުގެ ބުރަ

03 July 2020

އެމަިހަކަށް ނޫން އެނގޭނީކީ އެމަިހާގެ ކަންކަން ބަލާނީ ކޮންބައެއްކަން ވަރަށް ސާފުކޮށް އެނގޭނެ މަޖިލީހަކީ އެމަިހުން ބޭނުންވާ ކަމެއް ނަމަ އެކަމަކަށް ދަނޑި ދިގު އުނދުޅި ހެދިގެން އުޅޭ ބައެއް އެއީ މަސްކައްކާ ތަނެއް ނޫން އެއީ ރިހާކުރު އޮލަކިރާ ތަނެއް

The name is already taken The name is available. Register?

ދުނބު ޕެލަސް

03 July 2020

ދިވެހި ދިދަ އެފްއޭއެމްގަ ނަގާފަ އިންނަނީވެސް. ދެންކީއްވެ ؟

The name is already taken The name is available. Register?

ހަސަނު

03 July 2020

ދިވެހި ދައުލަތުން މި ދުވަސް ކޮޅު ދިވެހި ފުޓުބޯޅަ އަށް އެއްވެސް ހަރަދެއް ކުރުން ހުއްޓާލަން ޖެހޭ... ފީފަ އިން ހުރިހަ ހަރަދެއް ދޭނެ...

The name is already taken The name is available. Register?

ކޯޓް

03 July 2020

ބެލޭނެ. ދައުލަތުގެ ބިންތަކާ ދައުލަތުން ހަރަދުކުރާއިރު ތިޔަތާގެ ހެދިފަހުރި އުސޫލާ ހިލާފަށް ކަންކުރަންޏާ ބެހެވޭނެ. ތިޔައީ ކަލޭގެ ތަރިކަމުދަލެއްނޫން. ތިޔަ ފީފާއަކީވެސް ބޮޑު ކޮރޮޕްޝަން ހާއްޔެއް. ކަލޭމެން ރިޝްވަތު ނަގައިގެން ވޯޓްތައް ދިނުމުން ކަލޭމެން ދައްކާވާހަކަ އެމީހުން ގަބޫލުކުރާނެ. މާލޭގެ ހައެއްކަކުލަބު ގޭންގް އުސޫލުން ގަނެގެން ތިޔަ ހިންގަނީ ބޮޑު ޖަރީމާއެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454