ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2020

އީގަލްސްގެ ވިސްނުން ރެލިގޭޝަނުން ސަލާމަތްވުމަށް؟!

ސީޒަން ފެށިއިރު ޗެމްޕިއަން ކަމަށް ވާދަކުރަން އުއްމީދުކުރި ނަމަވެސް މިހާރުގެ ހާލަތަށް ބަލާނަމަ މަސައްކަތްކުރަން ޖެހެނީ ރެލިގޭޝަނުން ސަލާމަތްވާން ކަމަށް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މި ފަހަރު އީގަލްސް ކުޅުނު ފުރަތަމަ ހަތަރު މެޗުން ވެސް މޮޅެއް ލިބިފައިނުވާއިރު، އެ ޓީމު އޮތީ އަށް ޓީމު ވާދަކުރާ މި ލީގުގެ އެންމެ ފުލުގަ އެވެ.

އީގަލްސް އަށް ނަތީޖާ ނެރުމުގައި މި ވަގުތު ދިމާވެފައި އޮތް ޗެލެންޖަކީ އަނިޔާގެ މައްސަަލަތަކެވެ. އީގަލްސްގެ ތަރި އަހުމަދު ރިޒުވާން (ރިޒޭ)ގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ދެން މި ސީޒަނުގައި ނުކުޅޭނެ ކަމަށް މޯހަން ވަނީ ބުނެފަ އެވެ.

"ސީޒަން ފެށިއިރު ޗެމްޕިއަން ކަމަށް ވާދަކުރަން އުއްމީދުކުރީ. އެހެން ނަމަވެސް މި ވަގުތު މި ބަލަންޖެހެނީ މިހާރުގެ ހާލަތަށް ބަލާނަމަ ރެލިގޭޝަނުން ސަލާމަތްވާން. އެހެން ނަމަވެސް ވަރަށް ދިގު ލީގެއް މިއީ. ވަރަށް ގިނަ މެޗުތަކެއް އެބަހުރި ކުޅެން. ވަރަށް ގިނަ ގޮތްގޮތް ވެގެންދާނެ. ރަނގަޅު ނަތީޖާތަކެއް ނުކުންނާނެ ކަމުގެ އުއްމީދު އެބައޮތް. ރީތި ބޯޅައެއް ކުޅުމަށް ވުރެ ހާލަތުގެ ގޮތުން މުހިއްމީ ނަތީޖާ ނެރުން،" ކުރިން ނިއު ރޭޑިއަންޓާ އެކު ލީގު ކާމިޔާބުކުރި މޯހަން ބުންޏެވެ.

މޯހަން ބުނީ އެންމެ ފަހުން ކުޅުނު ވެލެންސިއާ މެޗުން އީގަލްސް އަށް ލިބުނީ ހައްގު ބައްޔެކޭ ބުނެވިދާނެ ކަމަށާއި އޭގެ ކުރިން ކުޅުނު ތިން މެޗަަކީ އީގަލްސް އިން ރަނގަޅަށް ކުޅެ އެކި ސަބަބުތަކާ ހުރެ އަތުން ގެއްލުނު މެޗުތަކެއް ކަމަށެވެ.

"ކުޅުމަށް ބަލާއިރު (އެ މެޗުތަކުގައި) ވަރަށް ރަނގަޅު. ރިޒަލްޓެއް ނުލިބިގެން މި ހުރިހާ މައްސަލަ އަކަށް މި ދިމާވީ. މި ވަގުތު ހުރިހާ ކަމަކަށް ވުރެން މުހިއްމީ ނަތީޖާ. އެ ލިބިއްޖިއްޔާ އެއީ ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ހަގީގަތުގައި. މަސައްކަތުގެ ރޭޓް ރަނގަޅު. މި ސިޓުއޭޝަނުން އަރައިގަންނަން ހުރިހާ ކުޅުންތެރިންގެ އެއްބާރުލުން ވެސް ބޭނުންވާނެ. ޅަ ކުޅުންތެރިން މެޗުއާވާން އަމިއްލަ އަށްކުރަން ޖެހޭ މަސައްކަތް ކުރަން ޖެހޭ،" މޯހަން ބުންޏެވެ.

އީގަލްސްއާ ދެކޮޅަށް މާދަމާ ހަވީރު ކުޅޭ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ވެސް މި ވަގުތު އޮތީ އަނިޔާގެ މައްސަލަތަކުގެ ސަބަބުން ވަރަށް ހާލަތު ގޯސްކޮށެވެ. ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް ބުނީ ޓީމުގެ މުހިއްމު ހަތް ވަރަކަށް ކުޅުންތެރިން ތިބީ އަނިޔާގައި ކަަމަށާއި އެހެންވެ އީގަލްސްއާ ދެކޮޅަށް މާ ރަނގަޅު ޓީމެއް ނެރެވޭނެކަމުގެ އުއްމީދު ކުޑަކަމަށެވެ.

"އަނެއްހެން ފުދޭ ވަރެއްގެ ދެރަކަމެއް. ޔޫވީ ކަހަލަ ބެންޗުގައި މާ ރަނގަޅު ކުޅުންތެރިން ނެތް ޓީމެއްގައި ފުދޭ ވަރަކަށް އުނދަގޫ ސިޓުއޭޝަނެއް،" މުހައްމަދު ބުންޏެވެ.

ޗެރިޓީ ޝީލްޑް މެޗުން މޮޅުވިފަހުން އީގަލްސްގެ މޮޅު ކުޅުން އަދި ނުފެންނަ ކަމަށާއި އީގަލްސް އަށް ވެސް މިހާރު ކުރިމަތިވެފައި އޮތީ އަނިޔާގެ މައްސަލަކަން ފެންނަން އޮތް ކަމަށް މުހައްމަދު ބުންޏެވެ. އެހެން ނަމަވެސް ދެ ޓީމު އަޅާކިޔާއިރު ޔުނައިޓެޑް ވިކްޓްރީ އަށް ނެތް އެޑްވާންޓޭޖެއް އީގަލްސް އަށް އޮތް ކަމަށް އޭނާ ދެކެ އެވެ.

"އީގަލްސް އަށް މި ހާލަތުގައި ވެސް އިން އެޑްވާންޓޭޖެއް އެއީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެކީގައި ކުޅޭ ކުޅުންތެރިންތަކެއް ތިބުން. އެގޮތަށް ބަލާއިރު ޔޫވީގެ މައްސަލައަކީ އެބަތިބި ހައެއް ނޫނީ ހަތް ވަރަކަށް ކުޅުންތެރިން އަލަށް ޖޮއިންކޮށްގެން ފުރަތަމަ އެގާރައިގައި ކުޅޭ. އެއީ އިން ޑިސެޑްވާންޓޭޖެއް ޔޫވީ އަށް އެ ގޮތުން ބަލާއިރު،" މުހައްމަދު ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީ އެންމެ ފަހުން ކުޅުނު މެޗު ދިޔައީ ދެ ގޮތަކަށެވެ. ގްރީން ސްޓްރީޓްސްއާ 1-1 އިން ފަހު ވަގުތު ލަނޑު ޖަަހައިގެން ޔުނައިޓެޑް ވިކްޓްރީން އެއްވަރުކުރިއިރު، އެންމެ ފަހުން ޓީސީއާ އެއްވަރުވީ ފަހު ވަގުތު އެ މީހުން ލަނޑު ޖަހައި 1-1 ކުރުމުންނެވެ. މުހައްމަދު ބުނީ އެކަން އެގޮތަށް ދިޔައީ ޓީމެއްގެ ގޮތުގައި ފޯކަސް ނެތިގެން ކަމަށެވެ.

އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ އަކީ މި ފަަހަރުގެ ލީގުގައި މޮޅެއް ނުލިބި އޮތް ތިން ޓީމުގެ ތެރެއިން ދެ ޓީމެވެ. އީގަލްސް އާއި ޔުނައިޓެޑް ވިކްޓްރީ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.

6 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 29%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 29%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަމޯން

10 January 2021

މޯހަން ތިޔައީ އީގަލްސް ޓީމުގެ ހަލާކު. ތިޔައީ ނިއުރޭޑިއަންޓް ފުނޑާލި ގުރޫޕެއްނުން.

The name is already taken The name is available. Register?

ދިއްފުށީ ޕެލޭ

09 January 2021

މޯހަން ބަހަނާ ނުދައްކާ ނަތީޖާ ނެރޭ! ރިޒޭގެ އަނިޔާގެ ފުރިހަމަ ޒިންމާ ނަގަންޖެހެނީ ކަލޭ

The name is already taken The name is available. Register?

ޙިއްވަރުގަދަ އަލީ

09 January 2021

މޯހަން އަދި ދެރަނުވޭ ރަނގަޅު ހިސާބަކައް ދެވޭނެ

The name is already taken The name is available. Register?

ކަމޯން

08 January 2021

މޮޑެސްޓްކޮށް ވާހަލަ ދެއްކުމަކީ ޑިފީޓެސްޓް އެޓްޓިއުޑާ ހިސާބަށް ދިއުމެއްނުން އަދި ލީގުގެ 10 ޕަސްންޓްވެސް ނުދޭކަންނޭގޭ.....އެހެންވީމަ ރެލިގޭޝަނާމެދު ވިސްނަން ގާތެއްވެސް ނުވޭ!

The name is already taken The name is available. Register?

މޮރީނިޔޯ.

08 January 2021

އެއްމެ ކުޅުންތެރިޔަކު ނެތްތަން ފޫ ނުބެއްދެށްވީ ސަބަބެއް ނެތް. މޯހަން ބަހަނާ ނުދަށްކާ ގޭމް ފުލޭން ބަދަލު ކުރޭ. އަޅުގަނޑް ކުޅުންވާ ގޮތަށް ކުޅޭ.

The name is already taken The name is available. Register?

ހިތި ހަގީގަތް

08 January 2021

ހަގީގަތަކީ ޗެރިޓީ ޝީލްޑް މެޗުން އީގަލްސް މޮޅު ވީ މަ މޯހަން ޓީމް ކުދިންނަށް ވިސްނައިދިނީ ވަރަށް ގޯސް ކޮށް..

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
24%
ނުފެނޭ
76%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454