ކުޅިވަރު / ދެވަނަ ޑިވިޝަން ފުޓްބޯޅަ

ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ޒެފްރޯލް ހޯދައިފި

ޒެފްރޯލް ކުޅުންތެރިން ދެ ވަނަ ޑިވިޝަންގެ ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

15 މެއި 2017 - 04:07

2 comments

މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކުރި ކުޑަ ހެންވޭރު ޔުނައިޓެޑްގެ މައްޗަށް 4-1 އިން ކުރިހޯދައި ކްލަބް ޒެފްރޯލް ދެ ވަަނަ ޑިވިޝަން ޗެމްޕިއަންކަން ހޯދައިފި އެވެ.

މިދިޔަ އަހަރުގެ ފައިނަލުން ޒެފްރޯލް ވަނީ ގްރީން ސްޓްރީޓްސް އަތުން ބަލިވެފަ އެވެ. އެހެން ކަމުން މިރޭގެ މެޗަށް އެ ޓީމުން ނުކުތީ ޖެހިޖެހިގެން ދެ އަހަރު ފައިނަލުން ބަލިނުވުމުގެ އުއްމީދުގަ އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު ފައިނަލް ފެށިގެން ޒެފްރޯލުން ދިޔައީ ކުޑަހެންވޭރަށް ޕްރެޝަރު ބޮޑުކުރަމުންނެވެ. ޒެފްރޯލަށް މެޗުގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ލީޑުނަގައިދިނީ ހުސެއިން ރިފާއު އެވެ. ދެ ވަނަ ހާފް ފަށައިގެން ހަ މިނިޓް ތެރޭގައި ޒެފްރޯލުގެ ދެ ވަނަ ލަނޑު ކާމިޔާބުކުރީ ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކުރިން ކުޅެފައިވާ އަބޫ ޑެސްމަން މަންސާރޭ އެވެ. އޭގެ ފަސް މިނިޓް ފަހުން މިދިޔަ ސީޒަނުގައި ވިކްޓަރީ އަށް ކުޅުނު އިބްރާހިމް ޝާތިރު ޒެފްރޯލަށް ތިން ވަނަ ލަނޑު ކާމިޔާބު ކޮށްދިނެވެ.

ޒެފްރޯލުން ތިން ގޯލުގެ ލީޑާ އެކު ހަމަޖެހިލި އެވެ. ކުޑަ ހެންވޭރުން މެޗުގެ ތެރެއަށް ވަނުމަށް ގިނަ މަސައްކަތްތަކެއްކޮށް އެޓޭކް ވަރުގަދަކުރި އެވެ. އެ ޓީމަށް މެޗުގައި ޖަހައިދިން ހަމައެކަނި ލަނޑު މެޗުގެ 88 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޔާމިން މުހައްމަދު އެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިއާ ހާއްޕެ (ވ)އާ އެފްއޭއެމްގެ ރައީސް ބައްސާމް ޓްރޮފީ ހަވާލުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުޑަ ހެންވޭރުން ލަނޑު ޖެހިތާ ދެ މިނިޓް ފަހުން ޒެފްރޯލަށް ކުޅޭ ނައިޖީރިއާގެ މިޑްފީލްޑަރު އަބްދުލް ގާދިރު ވަނީ އެ ޓީމުގެ ހަަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ދެ ވަނަ ޑިވިޝަންގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނީ މިދިޔަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް މޮޅު ކުޅުމެއް ދެއްކި އަލީ ހާފިޒް (ހާއްޕެ) އެވެ.

މިދިޔަ ދެ އަހަރު ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމަށް ފުރަތަމަ ޑިވިޝަންގެ ސީދާ ޖާގައެއް ލިބެ އެވެ. އެހެން ނަމަވެސް އެފްއޭއެމުން މި ފަހަރު ގެނައި ބަދަލާ އެކު ދެ ވަނަ ޑިވިޝަނުގެ ފައިނަލަށްދާ ދެ ޓީމެއް ޖެހޭނީ އަންނަ އަހަރު މާލޭ ލީގުގެ ޖާގައެއް ހޯދުމަށް މާލެ ލީގު ކޮލިފައިންގައި ކުޅޭށެވެ.

މާލެ ލީގު ކޮލިފައިންގައި ކުޅޭނީ ކުޑަ ހެންވޭރާއި ޒެފްރޯލްގެ އިތުރުން މިހާރު ކުރިއަށްދާ މާލެ ލީގުގެ ފަހަތަށްދާ ހަަތަރު ޓީމެކެވެ.

2 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަން

15 May 2017

އަނެއްކާވެސް "ޒުވާނުން"ގެ ޓީމެއް ފަސްޓް ޑިވިޝަންއަށް. މިކުދިންކުޅޭއިރު ކަންފަތަށް އުނގުރި ޖަހައިގެން ޖަހައިގެން ދަނޑަށް ވަންނަން ޖެހޭނީ.

މުޙައްމަދު

15 May 2017

ތިބުނިގޮތުން ހިޔެއް ނުވޭ ދުވަހަކުވެސް "ހަސަން" ފުޓްބޯޅަ ބަލައިލަން ދަނޑަށް ވަންހެނެ ! އަނެކާ ކުޅިވަރާ އެހެން ކަމެކާ އޮޅުނީތޯ !

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454