ޚަބަރު / އިލެކްޝަންސް ކޮމިޝަން

އެއްވެސް ދާއިރާއެއްގެ އިންތިޚާބު ބާތިލްކުރާނެ ހުއްޖަތެއް ނުދެއްކޭނެ: ޝަރީފް

ތުޅާދޫ ދާއިރާ އިން އިންތިޚާބުވެވަޑައިގެންނެވި ހިސާން: އެ ދާއިރާގެ އިންތިޚާބު ބާތިލްކުރަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅަން ވަނީ ތައްޔާރުވެފައި.

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އެއްވެސް ދާއިރާއެއްގެ ވޯޓު ބާތިލްކުރަން ގާނޫނީ ހުއްޖަތެއް ނުދެއްކޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިގޮތަށް ވިދާޅުވީ، ތުޅާދޫ ދާއިރާގެ އިންތިޚާބު ބާތިލްކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަމަށް ލިއެފައިވާ ޚަބަރަކަށް ޖަވާބު ދެއްވަމުންނެވެ. މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި ތުޅާދޫގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރެއްވި، ގާނޫނީ ވަކީލް ހިސާން ހުސެއިން އެވެ.

އެ ދާއިރާގެ އިންތިޚާބު ބާތިލްކުރަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅަން ތައްޔާރުވީ "މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެ ދާއިރާގެ އިންތިޚާބު ކުރިއަށް ގެންދިއުމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގާނޫނާ ޚިލާފަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތާ އެކުގަ އެވެ. އެއީ، އިދިކޮޅު ޕީޕީއެމުން އެ ދާއިރާ އަށް ޓިކެޓް ދިން މުހައްމަދު އަތީފްގެ ތާއީދު ފަހު ވަގުތު، ޕީޕީއެމުން އަނބުރާ ގެންދިއުމާ އެކު އޭނާގެ ހައްގުތަކެއް އިލެކްޝަންސް ކޮމިޝަނުން ގެއްލުވާލި ކަމުގެ ޝަކުވާތަކަކާ އެކުގަ އެވެ.

ޝަރީފް ޓުވީޓް.

ތުޅާދޫ ދާއިރާގެ ޕީޕީއެމްގެ ކެންޑިޑޭޓްގެ ގޮތުގައި އަތީފަށް ކުރި ތާއީދު އަނބުރާ އެ ޕާޓީން ގެންދިޔައީ ބައެއް ދާއިރާތަކަށް ވާދަ ނުކުރަން ނިންމައި ޖުމްހޫރީ ޕާޓީ އާއި އަމިއްލަ ގޮތުން ވާދަކުރި ބައެއް ކެންޑިޑޭޓުންނަށް ތާއީދު ކުރުމަށެވެ.

ތުޅާދޫ ދާއިރާގެ އިންތިޚާބު ސުޕްރީމް ބާތިލްކުރަން ނިންމާފައިވާ ކަމުގެ އޯޑިއޯއެއް ވެސް ވަނީ ލީކުވެފަ އެވެ. އެ އޯޑިއޯގައި ވާހަކަ ދައްކާ އެކަކު، މައްސަލައާ ގުޅޭ ގޮތުން ހުރި ލިޔެކިޔުންތަކާ ގުޅޭ ގޮތުން ސުވާލު ކުރެ އެވެ. އެއީ، ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި، ވަކީލް އަހްމަދު ޒަނީނެވެ. އޭނާ އަށް "މިހާރު" އިން ގުޅުމުން ވިދާޅުވީ އޭނާ ވާހަކަ ދައްކަވާ އޯޑިއޯއެއް ލީކުވެފައި އޮތް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މައްސަލަ ކޯޓަށް ހުށަހަޅަން ނިންމާފައިވޭތޯ އެހުމުން އެކަން ދޮގު ނުކުރައްވައި ވިދާޅުވީ ފަހުން ޖަވާބު ދެއްވާނެ ކަަމަށެވެ. ލީކުވި އޯޑިއޯގައި، މައްސަލަ ކޯޓަށް ހުށަހަޅަން ހުރި ލިޔެކިޔުންތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން، އަނެއްކޮޅުން ވާހަކަ ދެއްކި މީހާ ބުނަނީ ޕީޕީއެމުގެ ސިޓީއަކާއި އިލެކްޝަންސް ކޮމިޝަނުގެ ސިޓީއެއް އެބައޮތް ކަމަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ވައްދަން ނިންމީ، ކާމިޔާބުވާނެ ކަމުގެ ޔަގީންކަމާ އެކުގައި ކަމަށް ވެސް އޭނާ ބުނެ އެވެ.

"އަހަރެމެން ބޭކާރު ކަމެއް ނުކުރާނެ ދޯ. ހަމައެކަނި، ވަކީލް މާބޮޑު އަޑުއެހުންތަކަކަށް ދާކަށް ނުޖެހޭނެ. އެންމެ އެއްޗަކުން މީތި، ކޯޓު އަމުރެއް ދޯ ނެރޭނީ. އަނެއްހެން މީގައި މާބޮޑު ވަކާލާތު ކުރުމެއް ނޯންނާނެ،" އޭނާ ބުންޏެވެ.

10 ކޮމެންޓް, 64 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 0%
icon angry icon angry 88%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަރީޕަހުމީ

15 April 2019

އެއްވެސް ދާއިރާއެއްގެ އިންތިޚާބު ބާތިލްކުރާނެ ހުއްޖަތެއް ނުދެއްކޭނެ:ޝަރީފް ސާބަސް ފުޅޭ ބަލަ 400 އޮފިސަލުން ފިޔަވާ ބާކީއޮފިސަލުން ނަކީ ޕާޓީތަކުމީހުން ނޭވިދާޅުވެ ނޫސްތަކުގަ ޖަހާފައެބަހުރި ހަމަ އެނޫސްތަކުގައި ސައްހަ ގިނަ ވޯޓުތަކެއް ބާތިލު ކުރުމުން ފިޔަވަޅު އަޅަނީ ވީމާމީގޯހެއްނުންތޯ ފިޔަވިޅު އެކަންޏެއްނޫން މަސްއަލަ ތަހުގީގު ކުރަށްވަންޖެހޭނެ ކޮމިޝަނެއް ހަދައިގެންވުސް އޭރުންނޭ އިންސާފް ހޯދާދޭނެކަން ރަށްޔަތުންނަށް ގަބޫލް ކުރެވޭނީ ވަރށްވެދުން

The name is already taken The name is available. Register?

ihaaru.

14 April 2019

ދޭބަލަވާގޮތް ބަލާލަން، އަހަރުމެން ހުރިހާ ގޮނޑި ހިފައިގެން ކޯޓައް ބާތިލްކުރަން ދާނަން

The name is already taken The name is available. Register?

ސައި

14 April 2019

އަބަދުވެސް ތިޔަ ޕީޕީއެމް މީހުން އުޅޭނީ ކޯޓަށް ގޮސްގެން ގަދަބާރުން ކަންކަން ހާސިލުކުރަން ރައްޔިތުން ބޮޑު ތަނުން ތިންއިންތިހާބުންވެސް ނޫނެކޭބުނީމާވެސް ކޯޓަށްގޮސްގެން ވެސް ކަމެއްވޭތޯ މިބަލަނީ

The name is already taken The name is available. Register?

ކިނބޫ

14 April 2019

ކޯޓަށް ދިއުމަކީ ގަދަ ބާރު ދެއްކުމެއް ނޫން. އެއީ އިންސާފު ހޯދަން ހިނގަން ޖެހޭ މަގު އިޚްތިޔާރު ކުރުން. މާތް މީހުންގެ ގޮތަކީ އެއީ. ކަލެއަށް ތިވަނީ ވަރަށް ބޮޑަށް އޮޅިފަ.

The name is already taken The name is available. Register?

ހުއްތޭ

14 April 2019

ޕީޕީއެމް އިން ކޯޓަށް ގޮސްގެން އުޅޭ ވާހަކަ މިތާ އެބައޮތްތަ؟ ކަލޭމެންގެ ސިކުނޑި އެކަންޏެއް ނޫން ދޯ ޚަރާބީ؟

The name is already taken The name is available. Register?

އިބްރާ

15 April 2019

ޝައްކުވާނަމަ ކޯޓަށް ދިއުމަކީ މާތްމީހުންގޮތް. ކޯޓުން ކޮންމެގޮތަކަށް ނިންމިޔަސަ ރުހިގެން ތިބޭނީ އެންމެ މާތްމީހުން

The name is already taken The name is available. Register?

މިއަދު

14 April 2019

ކުރިންވެސް އަދިމިހާރުވެސް ޝަރީފްއަކީ ވޯޓޭބުނާއިރަށް މަތިންބައިންޖެހޭމީހެއް އޭނަބޭނުންވަނީ އޭނަހާވާ ހުރިހާ ހަޑިއަކަށް ބަހުންފަސްއަޅަން

The name is already taken The name is available. Register?

ސަފަާާށޤޢޤޢ

14 April 2019

އަބަދުވެސް ވޯޓް ބާތިލުކުރެވޭތޯ

The name is already taken The name is available. Register?

ފުންއަސަރު

14 April 2019

ދައްކާފާވާ ވާހަކަތަކަށް ބަލާއިރު މީހަކު މަތިންބައިން ޖެހިއްޖެ. އޭގެ މާނައަކީ އެމީހަކަށް ގޯސްކޮށް ކަމެއް ކުރެވިއްޖެޔޭ. ކުރަން ނުވާ ގޮތަކަށް. ތެދޭ މަށޭކިޔާތަ؟

The name is already taken The name is available. Register?

ބުރޭ

14 April 2019

ތިޔަކަންތަކުގެ ފަހަތުގަވެސް ވާނީ ސޭޓު، ސޭޓު މަރައްތެޅިތެޅި އޮއްވާ ރެޔާދުވާލު ސަލާމަތްކޮށޤދިނުމަށް ހުރިހާކަމެއްކޮށޤދެއްވި އެއްބޭފުޅަކީ ވަކީލެއްގެގޮތުގައި ތިހިސާން، މިސޭޓު މީ އެއްވެސް އެއްޗެއް ތަނެއްދޮރެއްނުދަންނަ މީހަކީތަ؟ ނޫނީ ނުބައި ނުލަފައީތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454