ފޮށުމާ ދެކޮޅަށް ހަރުކޮށްފައި ހުރި ބޯޑެއް ކައިރީގައި ފުލުހުންތަކެއް މަޑުކޮށްލައިގެން: ރޭގައި ހަމަނުޖެހުން ހިންގީ މި ބޯޑުގައި ހަރުކޮށްފައި ބައެއް ލިޔުންތަކާއި ޗާޓާ ގުޅިގެން ކަމަށް މަންޒަރުދުށް ބައެއް މީހުން ބުނޭ-- ފޮޓޯ: ނުފޮށޭ ފޭސްބުކް ޕޭޖް
11 ޑިސެމްބަރ 2016 - 13:51
ޒުވާނުންގެ ފަންނުވެރިކަން ދައްކައިލުމަށް ބިލަބޮންގް ސްކޫލުގައި އޮތް "ކައްޓި ހިއްވަރު" ފެސްޓިވަލަށް ރޭ ބަޔަކު ވަދެ، ހަމަނުޖެހުން ހިންގީ މަގުމަތިން މީހުންނާ ފޮށޭ މައްސަލާގައި، އެތަނުގައި ބަހައްޓާފައި ހުރި ޗާޓަކާ ގުޅިގެން ކަން އެނގިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ގުރޫޕަކުން ފެސްޓިވަލަށް ވަދެ، އެތަނުގައި ހުރި ބައެއް ތަކެއްޗަށް ވަނީ ގެއްލުންދީފަ އެވެ. އަދި އެ މީހުން މާރާމާރީ ހިންގަން މަސައްކަތް ކުރި ނަމަވެސް އޭގެ ކުރިން ފުލުހުން ގޮސް ވަނީ އެކަން ހުއްޓުވާފަ އެވެ.
"މިހާރު"އާ ވާހަކަ ދެއްކި މީހަކު ބުނީ، ބޭރުން އައި އެ ގުރޫޕް ހިތްހަމަނުޖެހުނީ މަގުމަތިން ދާ އަންހެން ކުދިންނާ ފޮށުމާ ދެކޮޅަށް ތައްޔާރުކޮށްފައި ސްޓޯލެއްގައި ބަހައްޓާފައި ހުުރި ޗާޓަކާ ގުޅިގެން ކަމަށެވެ. އާއްމުންނަށް ވަދެވޭ ގޮތަށް ބޭއްވި މި ފެސްޓިވަލްގައި ޗާޓު ހަދާފައި ވަނީ، މަގުމަތިން ފޮށުމާ ކުރިމަތިލާން ޖެހިފައިވާ މީހުންނަށް، އެކަން ދިމާވި ސަރަހައްދު ފާހަގަވާ ގޮތަށެވެ. އެހެންވެ، މުޅި އެ ޗާޓަށް ބަލައިލުމުން، އެންމެ ގިނައިން އަންހެނުންނާ ފޮށިފައިވާ ސަރަހައްދު އެނގެ އެވެ.
"ބޮޑަށް ހީވަނީ އެ ސަރަހައްދަށް ނިސްބަތްވާ ޒުވާނުންތަކެއް އެކަމާ ހިތްހަމަ ނުޖެހިގެން، ހަމަނުޖެހުން ހިންގަން އުޅުނީ ކަމަށް،" އޭރު ފެސްޓިވަލުގައި ހުރި މީހަކު ބުންޏެވެ.
ފުލުހުން ބުނީ ކައްޓި ހިތްވަރު ފެސްޓިވަލަށް ވަދެ ހަމަނުޖެހުން ހިންގަން އުޅުނު ބަޔަކު ހިފެހެއްޓި ކަމަށާއި އެކަމަކު ނަސޭހަތް ދިނުމަށް ފަހު، އެ މީހުން ދޫކޮށްލާފައިވާ ކަމަށެވެ.
ކުރެހުމާއި ފޮޓޯ ނެގުމާއި އަތްތެރިމަސައްކަތުގެ އިތުރުން މިއުޒިކާއި ލިޔުންތެރިކަން ވެސް ފެނިގެން ދިޔަ، ތިން ދުވަހުގެ މުއްދަތަށް އޮތް އެ ފެސްޓިލަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޑަދޯ
13 December 2016
އަޅެ އަންނި އަށް ވެސް ތިގޮތައް ނަސޭހަތް ދީފަ ދޫކޮށްލިނަމަ.. އޭނަ އަދި ވަަރަށް ބަސް އަހާނެ!!
ސާދާސީދާ
12 December 2016
މިއީ ބަސްއަހާ ކުދިންކޮޅު. މިކުދީންނަށް 15 ދުަވސް ޖަހަން ގެންދާނެ ކްރިމިނަލް ކޯޓެއް ވެސް، އެތަނަށް ގެންދާނެ ފުލުހެއް ވެސް ނެތް. މިއީ ސިޔާސީ ކަމެއްނަމަ 15 ދުވަހުން 15 ދުވަހުން އިތުރުކުރަމުން ގޮސް 2 އަހަރު ވެސް ބަހައްޓާނީ ޖަލުގަ!
ބަލަބަލަ
12 December 2016
ބަލަގަ މިއީ ޑިމޮކްރަސީ ނޫންހެއްޔެވެ؟ ޑިމޮކްރަސީގައި އެމީހެއްގެ ޚިޔާލު ފާޅުކުރުމާއި ދުލުން އެއްޗެހި ބުނުމާއި ލިޔުމުންނާއި ކުރެހުމުން ޚިޔާލު ފާޅުކުރުން ނޯންނަންވީ އިންތައް ހުރީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައި ނޫންހެއްޔެވެ؟ ވަކި މީހެއްގެ އަބުރާ ނުބެހި މުޖުތަމަޢުގައި ހުރި މައްސަލަތަކާމެދު ވާހަކަ ދައްކައި ލިޔެ ޚިޔާލުފާޅުކޮށް ކުރަހައި ނުހެދޭނަމަ މިއަދުގެ ނަމޫނާ ޒުވާނުންނަށް އެމީހުން ކޮންމެ ކަމެއް ކޮށްފައި އެބުނާ ޑިމޮކްރަސީގެ މިނިވަންކަން ޚިޔާލުފާޅުކުރާ މީހުންނަށް ނެތީ ނޫންހެއްޔެވެ؟ މިއީ އާ ވައްތަރެއްގެ ޑިމޮކްރަސީއަކަށް އުޅޭ ޒުވާނުންތަކެއް ދޯއެވެ.
ބޫ
12 December 2016
އަސްތާ ތީ އޭގެ ޒުވާނުން ކޮޅެއް. އެކުދިން ބަންދަކު ނުބޭތިއބޭނެ. ބައިތިއބައިފިނަމަ އިޤްތިޞާދަށް ނޭދެވޭ އަސަރުކުރާނެ. ވިޔަފާރި ދަށްވާނެ.
ޑާޑާޑާޑާ
12 December 2016
ފޮށުމާއި ގުޅޭ ގޮތުން ބަހައްޓާފައި ހުރި ލިޔުން ތަކާއި ދެކޮޅަށް ހަމަނުޖެހުން ހިގުމުން އޭގެ އަސްލު ބަލަން އެބަޖެހެއެވެ. ކީއްވެގެންތޯ މިކަން ހިނގީ. އެއީ ބަދުއަޚްލާގީ މަންޒަރު ތައް ހިމެނޭ ފޮޓޯ ތައް ހުރެގެން ކަމަށް ވަނީ. އެފަދަ ކަންކަން ސްކޫލެއްގެ ތެރޭގައި ކުރެވިގެން ނުވާނެއެވެ. ސްކޫލް ތަކަކީ އެއީ ނަމޫނާ ތަންތަނަށް ވާން ޖެހޭނީ. މިކަން ކަން ހާސިލް ނުވަނީ ކީއްވެތޯ އެޑިއުކޭޝަން މިނިސްޓަރު. މަމެންނަށް މިޒާތުގެ ކަންކަން ޓޮލެރޭޓް ނުކުރެވޭނެއޭ، ޑާޑާޑާޑާ...
ސޮލުއުޝަން
12 December 2016
ބްރޯ، ޑިޑް ޔޫ ރީޑް ދަ އާޓިކަލް؟
ދޮންކަމަނަ
13 December 2016
ފުރަތަމަ ކަމަކަށް، ކަލޯއަށް އެބަ އިނގޭތަ އެތާނގަ ވީނުވީއެއް. ފުރަތަމަ ކަންހިނގައިދިޔަ ގޮތް ނޭނގުނުތާ މިއާޓިކަލް ކިޔާލިނަމަވެސް އެނގުނީސް. މިއާޓިކަލްއަށް ކޮމެންޓް ކުރިއިރު މީތި ނުކިޔާކަން ވަރަށް ސާފުވެއްޖެ. ދެވަނަކަމަކަށް ސްކޫލެއްތެރޭ ފޮޓޯ "ތިޔަ ބުނާ ޒާތުގެ ފޮޓޯ ބަހައްޓާފައި ނެތް ކަމުގައިވިޔަސް" ނުބެހެއްޓޭނީ ދޯ، ސްކޫލްތެރޭ މާރާމާރީ ހިންގިއަސް އޯކޭދޯ. ތިންވަނަކަމަކަށް، ތިމާމެން ހިންހަމަނުޖެހޭ ކަމެއް ހިނގާއިރަށް ގޮސް މީހުން ގަޔަތްއަތްލައި މާރީމާރީ ހިންގަންޖެހޭތަ. ހިންހަމަނުޖެހެޔޭ ބުނީމަވީނު. އަތްފައި އިސްކޮށް މީސްމީހުންގެ މުދަލަށް ގެއްލުންދީގެން ތިމާމެންގެ ކޮޅު ކުރިއެއް ނާރާނެ، މާރާމާރީ ހިންގައިގެނެއް މީހުންގެ ހިޔާލެއް ބަދަލެއް ނުވާނެ. ރާއްޖޭގައި މިހާރު އާދައިގެ ކަމަކަށްވެއްޖެ ހިތްހަމަނުޖެހޭކަމެއް ހިނގާއިރަށް ގޮސް މާރާމާރީ ހިންގުން. ތީމާ 'ކޫލް' ކަމެއް ނޫން. އަދި ތިގޮތަށް އަމަލުކޮށްގެން ތީ މާބާރުގަދަ ގައްޑާބައެކޭ ދެންތިބި ބަޔަކު ހިއެއްވެސް ނުކުރާނެ.
އަލްޖިބްރާ
12 December 2016
ޒުވާނުން " މެދުއުޑުގައި ފިޔަޖަހަނީ " ! އެހެންވީމާ ފުލުހުންނަކަށްވެސް ކުރެވޭނެ ކަމެއް ނޯންނާނެ ! އިދިކޮޅު ސިޔާސީ މީހަކު ތިތަނަށްގޮސް " މިސަރަހައްދު މީ އެންމެގިނައިން އަންހެނުންނާ ފޮށޭ ސަރަހައްދޭ " ބުންޏަސް ތަނުގެ މަސްލަހަތު ނަގާލާ ޒާތުގެ ވާހަކަ ދައްކާތީއޭ ކިޔާފަ ހައްޔަރު ކުރާނެ ! މީ މިހާރު މިރާއްޖޭގެ ފެންވަރު ( ޚާއްސަކޮށް މާލޭގަ )
ޢަލީ
12 December 2016
ޒުވާނުންގެ ޖަމިއްޔާތައް ރުޅިއައީދޯ.
ށިޔާށީ
12 December 2016
ތިޔަ ޗާާޓުގަ ފާހަގަ ކޮށްބަލަ ނުފޮށޭ ސަރަހައްދުތައް.
ކައްޓި
12 December 2016
ޢެހެން ނޫހެއްގަ ޖަހާފައޮތީ ޤުރްއަަނަށް މަލާމަތް ރައްދުވަަގޮތަށާ އަންހެނެއްގެ ބަރަހަނާ ކުރެހުމެއް ހުރެގެން ކަމަށް ބަޔަކު ހަމަނުޖެހުން ހިންގީ. ނޭންގުނެއްނު
ރުޅިއައީމާ.
11 December 2016
އެ ޗާޓު އެއީ ކުދިންގޮސް އަމިއްލައަށް ޕިންޖެހިޗާޓެއް. އެދިމާއަށް ޕިން ގިނަ ވީމާ އޭގެ ޙަޤީޤަތެއް ވޭތާ. ފޮށުން ދަސްވަނީ ބަލަން ތިބޭ ބޮޑެތި މީހުންނަށް ވެސް ނުވިސްނޭތީ. ނުހުއްޓުވޭތީ. އަންހެނުންގެ ޢައުރަ އާ ގުޅުން އޮތް ކަމެއް ނޫން. މިރާއްޖޭގައި ބޮޑުކަމަކަށް ވާއެއްވެސް ކަމެއް އެބަ އޮތްތޯ؟ ގޭތެރެއިން ނުދެވޭ ތަރުބިއްޔަތެއް...