ޚަބަރު / މީހުން މެރުން

މޭރީ މަރާލި ވަގުތު ދަރިފުޅު ގެންގުޅުނީ ލަމްހާ: ދައުވާ

މޭރީ މަރާލި ފަހުން ލަމްހާ ވަނީ ދަރިފުޅާ އެކު، މޭރީގެ ގެޔަށް ގޮސްފައި ކަމަށާއި މަރު ފޮރުވަން އެހީވި ކަމަށް ދައުވާގައި ބުނޭ

ފިލިޕިންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލަން އެހީވުމުގެ ދައުވާ ލިބޭ ހަލީމަތު ލަމްހާ

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕިންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) މަރާލި އޭނާގެ ފިރިމީހާ މާވިން އެސް.ވައި ވާގަސް ކަމަށާއި އެ އަމަލު ހިންގަން މަގު ފަހިކޮށްދިނުމުގެ ގޮތުން އެކަން ކުރި ވަގުތު މޭރީ އާއި މާވިންގެ ދަރިފުޅު ބެލެހެއްޓީ މާވިންގެ ލޯބިވެރިޔާ ހަލީމަތު ލަމްހާ ކަމަށް މި މައްސަލާގައި ކުރި ދައުވާތަކުގައި ބުނެފި އެވެ.

ދައުވާތަކުގެ ތަފްސީލެއް އަދި ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައި ނުވިޔަސް "މިހާރު" އަށް ވަނީ މިކަން ކަށަވަރުވެފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 އާއި 12:49 އާ ދެމެދު މޭރީ މަރާލި ކަމުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް، އެނގިހުރެ މީހަކު މެރުމުގެ ދައުވާކޮށްފައި ވާއިރު ލަމްހާގެ މައްޗަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ދައުވާ އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ކޮށްފަ އެވެ.

މި ދައުވާތަކުގައި ބުނެފައިވަނީ މާވިން މޭރީ މަރާލީ ބޮލަށާއި ކަރަން އަނިޔާދީ އަދި ނޭވާ ހާސްކޮށްގެން ކަމަށާއި މި އަނިޔާތައް ދިން ވަގުތު މޭރީ އާއި މާވިންގެ ދަރިފުޅު ހުރީ ލަމްހާގެ ބެލުމުގެ ދަށުގައި ލަމްހާގެ ގޭގައި ކަމަށެވެ. އަދި މޭރީ މަރާލުމާ އެކު ދަރިފުޅު ގެޔަށް ގެންދިޔަ ކަމަށާއި މޭރީ މަރުވީ ދަންޖެހިގެން ކަމަށް ދެއްކުމަށް ސީންއެއް ހަދަން ލަމްހާ އެހީވެފައިވާ ކަމަށެވެ.

މޭރީ ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ހޮސްޕިޓަލަށް ގުޅަނީ މޭރީ މަރާލި ގެއިން ލަމްހާ ނުކުންނަތާ މިނެޓެއްހާއިރު ފަހުން ކަމަށް ވެސް ދައުވާގައިވެ އެވެ.

ލަމްހާ އާއި މާވިންގެ ލޯބީގެ ގުޅުން ފަޅާއަރައި ލަމްހާ އާއި މޭރީއާ ދެމެދު ވެސް ވަނީ އެތައް ފަހަރަކު ދެބަސްވުންތައް ވެސް ހިނގައިފަ އެވެ. ދައުވާގައި ވެސް ބުނެފައިވަނީ މޭރީ އަށް ލަމްހާ އިންޒާރު ދީފައިވާ ކަމަށެވެ.

ލަމްހާ އަށް ކުރާ ދައުވާތަކުގައި ބުނެފައިވަނީ ލަމްހާ އުޅުނު ކޮޓަރި ފާސްކުރި އިރު، އޭނާ މަސައްކަތްކުރި އައިޖީއެމްއެޗްގެ ހުއްދަ ނެތި، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ވެސް ފެނިފައިވާ ކަމަށެވެ. މި މައްސަލާގައި އޭނާ އަށް ވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ ކޮށްފަ އެވެ.

މީގެ އިތުރުން، ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ވެސް ފެނުނު ކަމަށް ދައުވާގައިވެ އެވެ. މިކަމާ ގުޅިގެން ކުރަނީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ.

40 ކޮމެންޓް, 48 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 17%
icon angry icon angry 52%
icon wow icon wow 13%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސިޔާދު

05 January 2022

ގާސިމް ބުނީމަ މީހުން އެއްޗެހިކީ އެކަމަކު އަންހެނެއް ހަމަ ކޮންމެފަދަ ވާހަކައެއް އަދި ކޮންމެފަދަ ކަމެއްވެސް ކޮއްފާނެ..

The name is already taken The name is available. Register?

ހުވަދޫ އަލިބެއްޔާ

05 January 2022

ކުރިޔާލާ ރާވައިގެން މީހަކު މަރާލުމުގެ ކުށުގެ އަދަބަކީ 6 އަހަރު ކަމަށް ނިންމައިފި ނަމަ މީހުން މެރުމަކީ ފެން މެޓާ ކަހަލަ ކަމެއް..

The name is already taken The name is available. Register?

ޙެއްވާ

05 January 2022

މީހަކު ގައިގަ ޖެހީމާ މާރާމާރީ ހިންގިކަމަށް ބަލައި 10 އަހަރު ޖަލު ހުކުމް. މީހަކު މެރުމުގައި ޢަމަލީގޮތުން ބައިވެރިވީމާ 6 އަހަރުގެ ޖަލުހުކުމް. މީވާ ރާއްޖެއެއް.

The name is already taken The name is available. Register?

ަހުސެން

05 January 2022

ލަމްހާގެ ހުއްދަ (ނަރުސް)ކަމުގެ ހުއްދަ މިހާރުން މިހާރަށް ބާތިލްކުރުން ވަރައް ބުއްދިވެރި ކޮންމެފަދަ އަމަލެއްވެސް ތިޔަ ލަމްހާ ކޮއްފާނެ

The name is already taken The name is available. Register?

ކެރިޔާ

05 January 2022

އުންސުރާ ފަންސުރު ފެންކުލަ ދަވާދު ހަމަ ނުވޭ، އެހެންވީމާ ނުވާނެ. އަނެއްކާ އެނެކަކު މަރާލަން ދޫކޮށްފަ ބަހައްޓަންވީ

The name is already taken The name is available. Register?

ގ‫ަބުޅިބޯކިބާ

05 January 2022

ހުންނާނީ ރާކަނި މަސްކެވިފަ

The name is already taken The name is available. Register?

ވޯލް

05 January 2022

އަޅެ މި ޤައުމުގައި ފިރިހެނުން ހުސްވީތޯ، މީހެއްގެ ފިރިއަކާ ހިތާވެ އަދި ނުވިތާކަށް އޭނަގެ އަންހެނުން މަރާލުމުގައިވެސް ބައިވެރިވާންވީ.

The name is already taken The name is available. Register?

ޑިޓެކްޓިވް

05 January 2022

އައި.ޖީ.އެމް.އެޗް ގަ މެޓަލް ޑިޓެކްޓަރސް އާ އެކަލަ ސެކިއުރިޓީ ސިސްޓަމްސް ގާއިމްކުރަން އެބަ ޖެހެއެއްނު.

The name is already taken The name is available. Register?

87654

05 January 2022

އަޅެ ފަހެ އެބައި މީހުން ނުބައި ކަންތައް ކުރާ ހިނދު އެމީހުންގެ ހިއްސުތައް އޭގެ ވާޖިބު އަދާ ކުރުމަށް އިބުލީސް ހުރަސް އަޅާ ހުށިކަމީ އެގިގެންވާ ކަމެކެވެ. އަޅެ ތިޔަބައި މީހުން ނުބާ ވަސްވާސް ދޭ މީހުންނާ ދުރުވާށެވެ.

The name is already taken The name is available. Register?

އަވަހަށް ތައުބާވޭ

04 January 2022

އެކުއްޖާފުޅަށް ކިހާ ބޮޑު އަނިޔާއެއް؟ އޭނަޔަށް ޖަވާހިރަށްވުރެ އަގުހުރި، ހިމާޔަތާއި ރައްކާތެރިކަމުން ފުރިގެންވީ އުނގު އަބަދަށްޓަކައި ގެއްލުވާލީ! ދުނިޔޭގެ ކުޑަ ކުޑަ އުފަލަކަށްޓަކައި. ކުޑައިރުކޮޅަކަށްވެސް ތިމާ ހައްދަވައި ގެންގުޅުއްވާ އިލާހު، އަންހެންވަންތަކަން، އިންސާނިއްޔަތުކަން..ހަނދާން ކޮށްލިނަމަ ތި ބޫތު ފިލައި މުޅި ޙަޔާތް ބޭކާރުވެ ގެއްލެނިވެގެން ދިއުމުން އެއްކިބާވީސް!

The name is already taken The name is available. Register?

ނައުޒް

04 January 2022

މިއީ ހައުދަހައިވާ ނުބައި އަމަލެއް. މި ހާދިސާއިން ދެން ތިބި ދިވެހި މުސްލިމު އަންހެނުން އިބުރަތް ހާސިލް ކުރަންޖެހޭ. އެއްވެސް ފުރާނައެއް ހައްގުނޫންގޮތުގައި ދުއްވާލުމަކީ ހާދަ ނުބައި އަމަލެއްކެވެ. އެފަދަ އަމަލެއްގައި ބައިވެރިވުމަކީ ހާދަ ނުބައި އަމަލެކެވެ. އަދި މައުސޫމް ކުޑަކުއްޖެއް އޭނާގެ މަންމަގެ ކިބައިން އަބަދައް އެކަހެރި ކޮއްލުމަކީ ހާދަހާ ނުބައި ކަމެކެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454