ހުޅުމާލެ ރުއްގަނޑު 1 ގައި ކޮވިޑަށް ޓެސްޓުކުރާ މީހުން ކިއުގައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
23 ޖެނުއަރީ 2022 - 19:57
ކޮވިޑް-19 ޖެހިފައިވޭތޯ ބެލުމަށް ހަދާ، އެންމެ އަވަހަށް ނަތީޖާ ލިބޭ ރެޕިޑް އެންޓިޖެން ޓެސްޓް އެޗްޕީއޭގެ ކޮވިޑަށް ޓެސްޓުކުރާ ސެންޓަރުތަކުގައި ހަދައިދޭން މިއަދު ފަށައިފި އެވެ.
ރައީސް އޮފީހުން ބުނީ ހެންވޭރު ދަނޑާއި ސޯޝަލް ސެންޓަރާއި އަދި ހުޅުމާލެ ރުއްގަނޑު 1 ގައި ހުންނަ ކޮވިޑަށް ޓެސްޓުކުރާ ސެންޓަރުތަކުން، ވަގުތުން ނަތީޖާ ލިބޭ މި ޓެސްޓް ހެދޭނެ އިންތިޒާމު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންގެވުމުގެ މަތިން ހަމަޖައްސައިދީފައި ވާނެ ކަމަށެވެ.
މާދަމާ ހުޅުމާލެ ދެވަނަ ފިޔަވައްސާއި މާލޭގެ އިތުރު ދެ ތަނެއްގައި ވެސް ރެޕިޑް ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް ބުންޏެވެ.
"ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ، މި ތަންތަނަށް ގޮސް ރެޕިޑް ޓެސްޓް ހެދޭނެ އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނަތީޖާ ވެސް ލިބޭނެ،" ރައީސް އޮފީހުން ބުންޏެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެޕްރޫވްޑް ކޮލިފިކޭޝަން ލިބިފައިވާ ރެޕިޑް އެންޓިޖެން ޓެސްޓްތަކަށް ހުއްދަ ދޭނެ ކަމަށް އެޗްޕީއޭ އިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވެސް ބުނެފައިވެ އެވެ.
ބަލި ޖެހިފައިވާ މީހުން ދެނެގަތުމަށް މިހާރު ހަދަމުން އަންނަނީ ޕީސީއާރު ޓެސްޓެވެ. ނަމަވެސް އެ ޓެސްޓް ހަދައިގެން ނަތީޖާ ލިބުމަށް ގިނަ ވަގުތު ނަގަ އެވެ. އެހެންވެ، ހަލުއިކޮށް ފެތުރެމުންދާ އޮމިކްރޮން ވޭރިއަންޓާ ގުޅިގެން ބޭރުގެ ބައެއް ގައުމުތަކުގައި ވަނީ ރެޕިޑް ޓެސްޓް ބޭނުންކުރާ މިންވަރު އިތުރުކޮށްފަ އެވެ.
ރެޕިޑް އެންޓިޖެން ޓެސްޓަކީ 15 މިނެޓާއި 30 މިނެޓާ ދެމެދުގެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނަތީޖާ ލިބޭ، އަގުހެޔޮ އަދި އަމިއްލަ އަށް ވެސް ހަދާލެވޭ ޓެސްޓެކެވެ.
ރާއްޖޭގައި ރަސްމީކޮށް ރެޕިޑް ޓެސްޓަށް ހުއްދަ ނުދިން ނަމަވެސް ބައެއް ތަންތަނުން އަންނަނީ މީގެ ޓެސްޓް ކިޓްތައް ވިއްކަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞަަބެެ
24 January 2022
ވޯޓް ބޭނުންވީމަ އެކަނި ތިބޭނީ ރާއްޖެތެރޭގެ ނިކަމެތި ރައްޔިތުން. ޚިދުމަތެއް ދޭންވީމަ އޮންނާނީ މާލެ އެކަނި.
މިވަރެއްނެތް
24 January 2022
އަނެއްކާވެސް އެޗްޕީއޭ ގެ އިސްވެރިން އަޑީގައި ތިބެގެން މެޑިކަލް މާފިޔާއިން ހިންގާ ކޮވިޑް ޓެސްޓްކުރާ ކުންފުނިތަކަށް ފައިސާ ހޯދާދޭނެ ގޮތްތަކަށް މަގުފަހިކޮށްދެނީ ނޫންބާ!
ޑޮކްޓާރ. ބަނާނާ
24 January 2022
ކޮވިޑް ރެޕިޑް ޓެސްޓް ކިޓް ދުނިޔޭގެ ބާޒާރަށް ނެރެ ގެންގުޅޭތާ އަހަރުދުވަސް ވެއްޖެ. މިހާރުވެސް ރާއްޖެއިން ބޭރުން ތިޔަޓެސްޓް ކިޓްގެނެސްގެން މިރާއްޖޭގައި ވެސް މީހުން ގެންގުޅޭތާ އެތަށް ދުވަހެއްވެއްޖެ! ފިނިހަކަ ނޫން އިގޭތޯ# ގާހަކަ ސްޕީޑްގައި ކޮންމެކަމެއްވެސް ތިޔާ ކުރެވެނީ. ދެން ސަލާމް ބުނެލާނަން .
ނަށީދު
24 January 2022
އަނެއްކާ އަނެއް ލާރިގަނޑު ދުއްވާލަންވީ ...
ވިޑުކޮ
23 January 2022
ބުއްދިބުނަނީ ކޮވިޑު އައިއިރު ވެކްސިނާއި ތިކިޓުވެސްއޮތީ ހެދިނިމިފައޭ. އިސްތިހާރުކުރެވި ފައިދާވުމަށް ބޭނުންވަނީ ވަގުތު. ދުނިޔެމިއޮތީ ތިކޮވިޑެއްގެ އަތްދަށުވެފަ. ތިކިޔާ ޑަބުލިޔޫ އެޗު އޯއެއްއޮތީ ގަޑުބަޑަށް ވިކިހުސްވެފަ. ދުނިޔޭގެ ލީޑަރުން އެތަނުގެ މައްސަލަތައް ބެލުމަށް އުފެއްދި ކޮމިޓީއެކޭ އަހަރުމެންގެ އެކިކަންކަމާބެހޭ ކޮމިޓީތަކެކޭ އެއްވެސް ތަފާތެއްނެތް. ވެރިންވެސް ހައްޕު. ކޮމިޓީވެސް ހައްޕު. ހުރިހާ ފައިދާއެއް ބޭސްއުފައްދާ މީހުންށް.
ހަމަނުޖެހޭވާހަކަ
24 January 2022
ތިއީކީ އެހާ ބުއްދި ހަމަޖެހޭ ވާހަކައެއްނޫން. ބަލީގެ ފައިދާ ދުނިޔޭގެ އެތައް ބަޔަކު ނެގިއަސް ބަލީގެ ހަގީގަތް އޮޅުވައެއްނުލެވޭނެ. ބަލި އުފެއްދީ ބަޔަކުނަމަ އެކަމުގެ ފުރިހަމަ ހައްލު ދުނިޔެއަށް ދައްކަން މިހާ ގިނަ އަހަރެއް ނުނަގާނެ. އަދި ވޭރިއަންޓްތައް އުފެދުން ކޮންޓްރޯލުން ނެއްޓި އަތުނުޖެހިގެން ހުރިހާ ގައުމަކުން އެވަރަކުން ނުދުވާނެ. އެމެރިކާއާ އިޒްރޭލު ނޫނީ ޗައިނާވެސް ގޮތްހުސްވެގެން ނޫޅޭނެ.
މުރާސިލް
23 January 2022
އެއީ ރައީސްގެހެޔޮފުޅުކަުން ކޮށްދޭ ޓެސްޓެއް ނޫނެވެ.. ޢެއީ އަހަރެމެން ދިވެހިންގެޓެކްސް ފައިސާއިން ޚަރަދުކޮށް ހޯދާފައިވާ ޓެސްޓް ކިޓުތަކެެވެ. ޢެއީވަކި މީހެއްގެ ހެޔޮކަމުން ކޮށްދޭ ޓެސްޓެއް ނޫނެވެ. އޮޅުވާލަން މަސައްކަތް ނުޖުރާށެވެ.
ފެރީ
24 January 2022
އާނ. ތިއޮތް ބުރިޖާ ނުނިމޭ ހިޔާ ފުލެޓާ ދަރުމަވަންތަ ހޮސްޕިޓަލާ... ހުސް އަހަރުމެންގެ ދަރިންގެ ބޮލުގަ ބޮޑެތި ލޯނު އަޅުވާފަ ކޮށްފަ ހުރި ކަންކަން އެއީވެސް. ތިކަން ނޭގޭ މީހުން މިހާރަކު ނޫޅޭ.
ކެރީ
24 January 2022
ދަރިންގެ ބޮލުގަ ބޮޑެތި ލޯނު އަޅުވާ ވާހަކަ ފެރީމެންނަކަށް މިހާރަކު ނުދެއްކޭނެ. ހިޔާ ފްލެޓު ނުނިންމީ މިސަރުކާރުން ކުރީގެ ވެރިކަމަށް ކުރާ ޖެއްސުމަކަށް. މިސަރުކާރުން އެސަރުކާރަށްވުރެ ގިނަ ލޯނު ނަގާ އެއްގައުމެއްގެ އަތްދަށުން ދުވަހަކު ސަލާމަތްނުވާ ވަރަށް އެއޮތީ ކަންކަން ދުއްވާލާފަ. ދެން ފެންނާނީ އެއްކަމެއްވެސް ގައުމުގައި ނުވެ އިންޑިއާގެ ދަށުވެފަ އޮންނަ ތަން.
ބޮޑުމީހާ
23 January 2022
ޕީސީއާރް އިން ބިލިއަނުން ފައިދާވެއްޖެ! ރައީސް މީހާ އަދި އެޗްޕީއޭއިން ދުނިޔޭގެ ސިއްޚީ ޖަމްއިއްޔާއިން އެޕްރޫވްކޮށްފައިވާ ޓެސްޓް މި ހުރިހާ ދުވަހު ބޭނުންނުކުރީ ކީއްވެބާ؟
އަޙްމަދް…..
23 January 2022
ޢޭތިމީތި ކިޔައިގެން ކުރަނީ އެއްކަމެއް އެއީ ކޮވިޑް ވައްކަން
ބޭހޮއްތު
23 January 2022
ކީއްވެތޭ ރައީސް ސޯލިހު ކުރިން ނޭންގެވީ
ނިދަން މިޔަރު
23 January 2022
މިކަން ޚަބަރަށް ދޭން މި ޖެހުނީ ވެސް އެންމެ ފަހުން ރައީސް އޮފީހަށް ދޯ. ޢެޗްޕީއޭ ހަމަ ގަސްތުގަ ކުރާކަމެއް މީ