ކޮވިޑަށް ޓެސްޓުކުރުމަށް މީހަކު ސާމްޕަލް ނަގަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
23 ޖެނުއަރީ 2022 - 16:57
ކޮވިޑު-19 ޖެހިފައިވޭތޯ ބެލުމަށް ޓެސްޓް ހެދުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެޕްރޫވްޑް ކޮލިފިކޭޝަން ލިބިފައިވާ ރެޕިޑް އެންޓިޖެން ޓެސްޓުތަކަށް ކުރިއަށް އޮތް ތަނުގައި ހުއްދަ ދިނުމަށް މަސައްކަތްކުރާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެ އެޖެންސީން ބޭއްވި ނިއުސް ކޮންފަރެންސްގައި އެޗްޕީއޭގެ އެޕިޑަމިއުލޮޖޮސިޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އަދި ޑަބްލިއުއެޗްއޯގެ ހުއްދަ ލިބިފައިވާ ރެޕިޑް ޓެސްޓުތަކަށް ކުރިއަށް އޮތް ތަނުގައި ހުޅުވާލެވޭތޯ ބަލާނެ ކަމަށެވެ.
ނަމަވެސް އޭގެ ބޭނުންކުރަން ހުއްދަ ދެވޭނެ ވަކި މުއްދަތެއް ވިދާޅެއް ނުވެ އެވެ.
ބަލި ޖެހިފައިވާ މީހުން ދެނެގަތުމަށް މިހާރު ހަދަމުން އަންނަނީ ޕީސީއާރު ޓެސްޓެވެ. ނަމަވެސް އެ ޓެސްޓު ހަދައިގެން ނަތީޖާ ލިބުމަށް ގިނަ ވަގުތު ނަގަ އެވެ. އެހެންވެ، ހަލުއިކޮށް ފެތުރެމުންދާ އޮމިކްރޮން ވޭރިއަންޓާ ގުޅިގެން ބޭރުގެ ބައެއް ގައުމުތަކުގައި ވަނީ ރެޕިޑް ޓެސްޓް ބޭނުންކުރާ މިންވަރު އިތުރުކޮށްފަ އެވެ.
އިނގިރޭސިވިލާތަށް ދަތުރުކުރާ މީހުން އެ ގައުމަށް އެތެރެވުމަށް ފަހު ދެ ވަނަ ދުވަހު ކޮވިޑަށް ޓެސްޓުކުރަން ޖެހެ އެވެ. މީގެ ކުރިން ޕީސީއާރު ޓެސްޓް ހަދަން ޖެހުނަސް، މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އެއީ ޕީސީއާރް ޓެސްޓަކަށް ވާކަށް ނުޖެހެ އެވެ. ރެޕިޑް އެންޓިޖެން ޓެސްޓެއްގެ ނަތީޖާ ގަބޫލުކުރެ އެވެ.
ރެޕިޑް އެންޓިޖެން ޓެސްޓަކީ 15 މިނެޓާއި 30 މިނެޓާ ދެމެދުގެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނަތީޖާ ލިބޭ، އަގުހެޔޮ، އަމިއްލަ އަށް ވެސް ހަދާލެވޭ ޓެސްޓެކެވެ.
ރާއްޖޭގައި ރަސްމީކޮށް ރެޕިޑް ޓެސްޓަށް ހުއްދަ ނުދިން ނަމަވެސް ބައެއް ތަންތަނުން އަންނަނީ ޓެސްޓް ކިޓް ވިއްކަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
23 January 2022
ޑަބްލިޔު އެޗްއޯ އެޕްރޯވްޑް ކިޓަކަށް އެޗްޕީއޭއިން އަދި އިތުުރު ހުއްދައެއް ދޭންޖެހޭބާ
ސިޔާމް
24 January 2022
ޙުއްދަ ދޭންޖެހޭނެ ދެއްތޯ. ހުރުހާ ގައުމެއްގަވެސް ހަދަނި މިހެން.
ސަރަކަރު
23 January 2022
ރާއްޖޭގެ ސޯލް ޑިސްޓްެިބިއުޝަންކަން ޓެގްޓީމު ބޭފުޅުންނަށް ލިބެންދެން މަޑުކުރައްވަނީތޯ؟ ޢަދިވެސް ބަލަނީއޭ ވިދާޅުވާތީވެ
ޙުސޭނުބެ
23 January 2022
ޢަދިތިހެން ބުުނި ކަމަކު ތިޔަ ހުއްދައެއް އެހާއަވަހަކަށް ނުދޭނެ. ތިޔަ އެޕްރޫވަލް ލިބޭނީ އަހަރެއްވަރު ފަހުން
ލާރިލާރިލާރި
23 January 2022
ތިވާނީ ބޭނުންވަރަށް ލާރިލިބި ބޭނުންވި ހުރިހާ މަގުސަދުތަކެއް ހާސިލްވީކަމަށް
ޅަތީފް
23 January 2022
ބައެއް ސިއްހީ މާހިރުންގެ ވިޔަފަަރި އަޑި އަޅާލީ ދޯ
ރަދީފު ބިން ރަފައިދާ
23 January 2022
ރައްޔިތުން ފެލާފެލާ އެބައިމީހުން ހުލިވީމާ ދެން ނެރެންޖެހޭނީ އަގުހެޔޮއެއްޗެއްތާ. އަނެއްކާ އޭރުން ވިޔަފާރި ހިނގައިގަންނަންފަށާނެ.