އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރު. އޭނާ ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާނެ ކަން ހާމަކޮށްފައި--ފޮޓޯ:މިހާރު
27 ޖެނުއަރީ 2022 - 14:24
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވަން ނިންމަވައިފި އެވެ.
"މިހާރު" އަށް އޭނާ މިއަދު ވިދާޅުވީ، އޭނާގެ ކެމްޕެއިންގެ ކަންކަން ރަސްމީކޮށް ފަށްޓަވާނީ އަންނަ މަހުގެ ފަހެއްގައި ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ފަހު ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި މިހާރު ހުންނެވި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުގެ ދައުރު ހަމަވާނީ އަންނަ މަހުގެ 11 އަށެވެ. އޭނާ އެ މަގާމަށް އިންތިހާބުކުރީ 2017 ވަނަ އަހަރު އެވެ.
އެމްޕީޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރަނީ ފަސް އަހަރުގެ މުއްދަތަށެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމަށް ކުރިމަތިލައްވަން އަމްރު ނިންމެވިއިރު، އޭނާ އަކީ އެ ޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރައްވާ އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގައި "ވިއްކި" މެނިފެސްޓޯ ލިޔުއްވި އެއް ބޭފުޅާ އެވެ. އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ އިތުރުން އެމްޓީސީސީގެ ސީއީއޯގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
އެމްޑީޕީން ނިންމާފައި ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ފަހު، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ހުޅުވައިލުމަށެވެ.
އަމްރުގެ އިތުރުން ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފު ވެސް އެ މަގާމަށް ކުރިމަތިލައްވާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އެކަމަކު، އެގޮތަށް ނިންމެވި ކަމެއް މަހްލޫފު އަދި އިއުލާނެއް ނުކުރައްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިޒޫ
27 January 2022
މަށެއް ވޯޓެއްނުދޭނަން ތީނައަކަށް، ބޮޑު ފޭކެއް، އަމިއްލަ އެދުމާއިގެން ގޮސް ހުސްވެފަ.
އޮނަރަބްލް އަފީފު ދީދީ
27 January 2022
ހާލަތުބަދަލުވެ ޕާޓީއަށް ޕާޓީގެ ސިފަ ލިބުމާއިއެކު އެއްކަލަ އަބުއިވެފައިތިބަ މާލޭގެ ޤަދަރުވެރިން މިހާރުވަނީ ތިޔަ ޕާޓީގައި ވަކިހިއްޕާ ތިއީ ރަސްމަތިފުށު މާލޭ ބޭފުޅުންގެ އެއްޗަކަށް ހަދާފައި. # ޑިމޮކްރަޓިކް ހަމަތަކާއި ފެއަށް ޖެހެމުންދާ ޕާޓީގައި "ވަތަނީ ސިފަ" ހަރުލަމުންދާއިރު ޕާޓީގެ އިންތިޙާބީ ބާރުވެރި މުހިންމު މަޤާމަކަށް ކ.އަތޮޅު މާލެ ނޫން މީހަކަށް ޖާގައެއްނެތް ކަން އިގޭނެ އެންމެފަހުން ހިތަދޫ ދާއިރާގެ މެންބަރަށް ގުއި ކާންދިން ގޮތުންވެސް.
އިބްރ
27 January 2022
ވ ގުޅޭ. ދޮގު ހަބޭސް.
ހަސަން234333
27 January 2022
ހަސަން ލަތީފަކީ އިންސާފުވެރި ޗެއާއެއް ނޫން .. އަންނި ކޮޅައް ޖެހިގެން ގޮސް ޕާޓީގެ އަސާސީ ގަވައިދުގައި ހުންނަ އެއްޗެހި ވެސް އެމަނިކުފާނު އެބަ ދޮގު ކުރޭ .. އެންޑީޕީ އަންނި ގެ ވަކި ތަކުން ދުރުކޮއްގެއްނޫނީ ކާމިޔާބު ނުވާނެ.. އެމްޑީޕީއައް އެންމެ ފައިދާ ބޮޑުވާނީ އަންނި ފެކްޝަނުގެ މީހުން ބޭރުކޮއްގެއް .. އަންނި އަކީ ފެއިލްވެފައި ހުރި ލީޑަރަކައް ވާތީ .. އަންނި ވެރިކަމުން އިސްތިއުފާ ދިނީންސުރެ ވިތް ހިމް ނެތް އެއްވެސް ކާމިޔާބެއް ވެފައެއް.
އުމޭއްތަ
27 January 2022
މިއީ ކޮން ފެކްޝަނެއް
މަޒްނާ
27 January 2022
ޢަމްރު އަަށް ތާއިދު. ކޮރަޕްޝަން ދައުވާ އުފުލިފައިވާ މީހަކުު ދެން ވާދަކުރަން އުޅެނީ. އެނާ ލަދުގެ ގެ ކަންފުޅެއް ވެސް ނެތް.
ހަސަން2343
27 January 2022
ކޮރަޕްޝަން ކޯޓުން ސާބިތު ވަންދެން އެމީހާ ވާނީ ކުށެއް ނުކުރާ މީހެއް ފަދައިން .. ތި ފައިސާ ގެ ކުށެއް 2 ކޯޓުން ސާބިތު ވި މީހެއް ރައީސް ޔާމީނަކީ މިހާރު އެހެރީ މިިނިވަންވެފައި ..
ނަނަނަނަ
29 January 2022
އޭސީސީން މައްސަލަ ބަލައިގަތުން ވެސް އެއީ މައްސަލައިގަ ކޮންމެވެސް ވަރެއްގެ ހަގީގަތެއް އޮތީމަ ވާ ކަމެއް. ކޯޓުން އިއްވާނީ އެކަމަށް ގާނޫނީ އަދަބެއް އޮތިއްޔާ އެއަދަބު ދިނުމަށް ހުކުމެއް. ކޯޓުން އަދަބެއް ނުދިނުމަކީ އެމީހާ އެބުނާ ކަމެއް ނުކުރެއޭ ބުނުމެއް ނޫން.