ރިޕޯޓް / މެންޓަލް ހެލްތް

މިސްކިތަށް ކުޅުޖެހި މީހާގެ ފުރާނަ ނުރައްކަލުގައި!

ޖަލުން ދޫކޮށްލި ފަހުން ބަޔަކު ދަނީ ޒިޔާދަށް އަނިޔާކުރަމުން. ނަފްސާނީ މައްސަލަތަކެއް ހުރި އޭނާގެ ފުރާނަ ސަލާމަތްކުރެވެން އޮތީ ދައުލަތުގެ ބެލުމުގެ ދަށަށް ނަގައިގެން ކަމަށް އާއިލާ އިން ބުނޭ.

ހަސަން ޒިޔާދު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި: ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން އޭނާގެ އާއިލާ އިން އެދޭ

ޖަލުން މިނިވަންވި ފަހުން ގޭގައި އުޅެނިކޮށް ދެ ފަހަރެއްގެ މަތިން ވަރަށް ބޮޑަށް އަނިޔާކޮށްފި އެވެ. ފުރަތަމަ އޭނާ ދިރިއުޅޭ ގެއަށް ބޮޑު ގްރޫޕަކުން ވަދެ އެވެ. އަނެއް ފަހަރު ގޭގައި އުޅެނިކޮށް ސައިކަލަކަށް އަރުވައިގެން ކޮންމެވެސް ތަނަކަށް ގެންގޮސްގެންނެވެ. އޭނާގެ ހަބަރެއް އެ ފަހަރުވީ ހޮސްޕިޓަލުގައި ވަރަށް ސީރިއަސް ހާލަތުގައި އޮއްވަ އެވެ.

އާއިލާ އިން ތުހުމަތުކުރާ ގޮތުގައި އެއީ، މިސްކިތަށް ކުޅު ޖެހުމުން ގާނޫނީ ނިޒާމުގެ ބޭރުން މ. ޝޭޑީހޯމް، ހަސަން ޒިޔާދަށް ބަޔަކު ދެމުންދާ އަދަބެވެ!

ޖަލު ހުކުމުން މިނިވަންވުމާ އެކު އެކި ގޮތްގޮތުން އޭނާއަށް އަށް ދަނީ އަނިޔާކުރަމުންނެވެ. މި އަނިޔާތަކުން އޭނާގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށް ބުނެ އާއިލާ އިން ވަނީ ސަރުކާރުގެ ސަމާލުކަމަށް މިކަން ގެނެސް އޭނާ އަށް އެހީތެރިކަން ފޯރުކޮށްދޭން ސިޓީއެއް ހުށަހަޅައިފަ އެވެ.

އޭނާގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައިވާ މި ހާލަތު ކުރިމަތިވުމުގައި ދައުލަތުގެ އިދާރާތަކުގެ އިހުމާލު އޮތް ކަމުގެ ތުހުމަތު ވެސް އާއިލާ އިން ކުރެ އެވެ. އެއީ، މިސްކިތަށް ކުޅުޖަހައިގެން އޭނާ ހައްޔަރުކުރުމަށް ފަހު، އިދާރާތަކުން ދެ ގޮތަށް މީޑިއާތަކަށް މައުލޫމާތު ދިނުމެވެ. އޭނާއަކީ ނަފްސާނީ ބަލި މީހެއް ކަމަށް އެއް އިދާރާއަކުން ބުނިއިރު އަނެއް އިދާރާއަކުން އެކަން ދޮގުކުރި އެވެ.

ނަފްސާނީ ބަލި މީހެއްގެ މައުލޫމާތު އެގޮތަށް އޮޅުވާލައިގެން ދިނުމުގެ ސަބަބުން އޭނާ އިތުރަށް ވިކްޓިމައިޒްވެފައިވާ ކަމަށް އާއިލާ އިން ބުންޏެވެ. ސަރުކާރުގައި ޒިޔާދުގެ އާއިލާ އިން އެދުނީ، މަރުކަޒަކަށް ގެންގޮސްގެން ނަމަވެސް އޭނާ އަށް ފަރުވާ އާއި ރައްކާތެރިކަން ފޯރުކޮށް ދިނުމަށެވެ.

މިސްކިތަކަށް ކުޅުޖަހައިގެން ޒިޔާދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ

ހާލަތު ގޯސްވީ މުޒާހަރާއަކުން ހައްޔަރުކޮށް ޖަލުގައި!

އާއިލާ އިން ކިޔައިދިން ގޮތުގައި ޒިޔާދު ކުރިން ދިރިއުޅެމުން އައީ ރަނގަޅު ވަޒީފާއަކުން އާމްދަނީ ހޯދައިގެންނެވެ. އޭނާ އުޅުނީ މާލޭގައި ޓުއަގައިޑަކަށެވެ.

އޭނާގެ ދިރިއުޅުން ބަދަލުކޮށްލީ، ރާއްޖޭގެ ސިޔާސީ މަސްރަހަށް 2006 ގައި އައި ހަލަބޮލިކަމާ އެކު ކުރަމުންދިޔަ މުޒާހަރާތަކެވެ. މަގުތަކުގައި އަޑުއުފުލަން އުޅެނިކޮށް ހައްޔަރުކޮށްގެން ޖަލުގައި ގިނަ ދުވަސްތަކެއް އޮންނަން ޖެހުމުން ނަފްސާނީ ގޮތުން އޭނާ އަށް ގިނަ މައްސަލަތަކެއް ކުރިމަތިވީ ކަމަށް ޑޮކްޓަރުންގެ ލިއުންތަކާ ހަވާލާދީ އާއިލާ އިން ބުންޏެވެ.

އެ ފަހަރު ޖަލުން ދޫކޮށްލި ފަހުން އޭނާގެ ބަލި ހާލަތަށް ބަދަލެއް ނާދެ އެވެ. އޭރުއްސުރެން އޭނާ އައީ ސައިކޯޓިކް ޑިސްއޯޑާއަށް އައިޖީއެމްއެޗުންނާއި ރާއްޖެއިން ބޭރުން ވެސް ފަރުވާ ހޯދަމުންނެވެ. މިސްކިތަށް ދެ ފަހަރެއްގެ މަތިން ކުޅުޖެހީ ވެސް އެ ބަލީގައި ކަމަށް އާއިލާ އިން ބުނެ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި މިސްކިތަކަށް ވަދެ ކުޑަކަމުދިއަ މައްސަލައެއްގައި ވެސް އޭނާ އެއް މަހާއި 19 ދުވަހު ޖަލުގައި އޮންނަން ޖެހުނެވެ. ފަހުން މިސްކިތަށް ކުޅުޖަހައިގެން މަހަކަށް ވުރެން ގިނަ ދުވަހު ޖަލުގައި އޮތެވެ.

މި ހާލަތު އޭނާ އަށް މެދުވެރިވުމުގައި އާއިލާއިން ތުހުމަތު އަޅުވަނީ ސަރުކާރުގެ ބޮލުގަ އެވެ. އެއީ ޖަލުގައި ކުރިމަތިވި ނަފްސާނީ ބަލިތަކަށް އޭނާއަށް އެކަށީގެންވާ ފަރުވާ ނުދިނުމެވެ.

އާއިލާ އިން ބުނީ ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އޭނާ ބެލެން ނެތިގެން ދައުލަތުގެ އެހީއަށް އެދުނު ކަމަށެވެ. އެކަމަކު އެ އަޅާލުމެއް ނުލިބުނު ކަމަށެވެ.

"ދިރިއުޅުން ހުރި ގޮތުން ބެލޭނެ ގޮތެއް ނެތިގެން މިދިޔަ އަހަރުގެ އޮކްޓޫބަރު 10 ގައި ސަރުކާރު އެހީތެރިކަމާ އެކު މަރުކަޒަށް ގެންގޮސް ބޭސް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭން ޖެންޑާގައި އެދުނިން. އެ މީހުން ގުޅާފައި ބުނީ އޭނާއަކީ ޑްރަގު ފަރުވާ ބޭނުންވާ މީހަކަށްވާތީ ނޭޝަނަލް ޑްރަގް އެޖެންސީ މެދުވެރިކޮށް އެކަން ހަމަޖައްސަމުންދާ ކަމަށް،" އާއިލާ އިން ބުންޏެވެ.

ޖެންޑާއިން އެދިގެން ޒިޔާދު އައިޖީއެމްއެޗުގައި އެޑްމިޓްކޮށް އެސެސްމަންޓް ހެދުމަށް ބޭނުންވާ އެއްބާރުލުން އާއިލާއިން ދިނެވެ. އެކަމަކު، އެ އެސެސްމަންޓް ކުރިއަށް ދަނިކޮށް، މިސްކިތަށް ކުޅުޖެހި މައްސަލައިގައި އޭނާ ހައްޔަރުކޮށް އޭނާގެ ނަފްސާނީ މައްސަލައެއް ނެތް ކަމަށް ޖެންޑާ އިން މީޑިއާތަކަށް މައުލޫމާތު ދިން ކަމަށް އާއިލާ އިން ބުންޏެވެ.

ފުލުހުން އޭނާއާ ގުޅޭ ގޮތުން އާއްމުކުރި މައުލޫމާތުގައި އޭނާގެ ނަފްސާނީ މައްސަލައެއް ހުންނަ ކަމަށް ބުނުމަށް ފަހު، ފަހުން އެ މައުލޫމާތު ބަދަލުކުރީ އެވެ. ޒިޔާދަކީ ނަފްސާނީ އެއްވެސް މައްސަލައެއް ނެތް މީހެއްގެ ގޮތުގައި އެ އިދާރާ އިން ފަހުން އާއްމުކުރުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށް އާއިލާ އިން ބުންޏެވެ.

ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ޒިޔާދާ ގުޅޭ ގޮތުން ދެ ގޮތަކަށް މައުލޫމާތު އާއްމުކޮށްފައިވިޔަސް އެންޑީއޭ އިން ނޮވެމްބަރު 8 ގައި އާއިލާއަށް ފޮނުވި ލިޔުމުގައި ވަނީ "ބަލި މީހާއަށް ރަނގަޅު ނަފްސާނީ ފަރުވާ ބޭނުންވާ" ކަމަށެވެ.

ދެ ފަހަރަކު ތަޅައި އަނިޔާކުރީ ކޮންބައެއް ކަމެއް ނޭނގެ!

އާއިލާ އިން ބުނި ގޮތުގައި އޭނާ ޖަލުން މިނިވަންވެ ގޭގައި އުޅެނިކޮށް ފުރަތަމަ ހަމަލާދީފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 27 ގަ އެވެ.

"ވަރަށް އަނިޔާކޮށްފައި ހުރީ. ބޯ ވެސް ފަޅައިގެން ދިޔަ. ފުލުހުންގެ ރިކޯޑުތަކުން ދައްކާނެ. އަޅުގަނޑުމެން ރިޕޯޓްކުރިން،" އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ބަޔަކު ޒިޔާދަށް އަނިޔާކޮށްފައި: ދެ ފަހަރެއްގެ މަތިން އޭނާ އަށް ބަޔަކު ވަނީ ހަމަލާދީފައި.

އެކަން ހިނގިތާ މަހެއް ނުވަނީސް މިދިޔަ މަހުގެ 22 ގައި ވެސް ޒިޔާދަށް ބަޔަކު ވަރަށް އަނިޔާކޮށްފި އެވެ. އެ ފަހަރު ގޭގައި އުޅެނިކޮށް ސައިކަލަކަށް އަރުވައިގެން ގެންދިޔައީ އެވެ. މި ދެ މައްސަލައިގައި ވެސް ބަޔަކު ހައްޔަރުކުރި ކަމެއް އަދި އޭނާއަށް އަނިޔާދިނީ ކޮން ބައެއް ކަމެއް ފުލުހުން އާއިލާއާ މިހާތަނަށް ހިއްސާއެއް ނުކުރެ އެވެ.

"ގެންދިޔަ ތަނެއް ވެސް ނޭނގޭ. ގްރޫޕަކުން އައިސް ގަދަކަމުން ގެންދާއިރަށް އަޅުގަނޑުމެން ގުޅައިފިން ފުލުހުންނަށް. އޭނާއަށް އަނިޔާކޮށްފައި އޮވެގެން ފުލުހުން ގެނައި ވާހަކަ އައިޖީއެމްއެޗުން ގުޅާފައި ބުނީ،" އޭނާ ބުންޏެވެ.

އަ އަނިޔާތަކާ ހެދި ޒިޔާދުގެ އުކުޅުވަޅުގެ އަދި ކަނާއަތުގެ އޮޕަރޭޝަނެއް ހަ ގަޑިއިރުގެ ތެރޭގައި ކުރަން ޖެހޭ ކަމަށް ޑޮކްޓަރުން ބުންޏެވެ.

އެވަގުތު އިމަޖަންސީ ރޫމުގައި ތިބި ޑޮކްޓަރުން ބުނެފައި ވަނީ ވަރަށް ކްރިޓިކަލް ކަމަށް. ވަގުތުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ނުކޮށްފި ނަމަ ފައިބުރިކޮށްލަން ޖެހިދާނެ ކަމަށް. -- އާއިލާ

އާއިލާ އިން ބުނި ގޮތުގައި އެގޮތަށް ޑޮކްޓަރުން ބުނެފައި ވިޔަސް އެ އޮޕަރޭޝަން ނުކޮށް ކުއްލި ގޮތަކަށް ހޮސްޕިޓަލުން ވަނީ އޭނާ ގެއަށް ދޫކޮށްލައިފަ އެވެ.

"އޮޕަރޭޝަން ނުކުރަނީތޯ އެހީމަ ބުނީ ޕޭޝަންޓަކީ މާ ވަޔަލެންޓް މީހެއް ކަމަށާއި އެހެންވެ އޮޕަރޭޝަން ނުކުރެވޭނެ ކަަމަށް. އައިސޮލޭޝަން ވޯޑުގައި ބާއްވައިގެން ސައިކޭޓްރިކް ފަރުވާދޭން ވެސް އެދުނިން. އެކަމަކު ނުހިނގޭ ހާލުގައި އޮތް މީހަކު ހޮސްޕިޓަލުން ބޭރުކޮށްލީ،" އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ސަރުކާރަށް ހުށަހެޅި ސިޓީގައި އާއިލާގެ ކަންބޮޑުވުންތައް ހާމަކުރަމުން ބުނެފައި ވަނީ އޭނާގެ ފުރާނައަށް ނުރައްކަލެއް ވެދާނެ ކަމަށެވެ. އޭނާއަކީ ދިވެހި ރައްޔިތަކަށްވީތީ ލިބެންޖެހޭ ފަރުވާތަކެއް ހުރި ކަމަށާއި އެ ފަރުވާ ދެވޭނެ މަރުކަޒަކަށް ގެންދެވޭނެ އިންތިޒާމު ވެސް ހަމަޖައްސައިދޭން އެދިފައިވެ އެވެ.

123 ކޮމެންޓް, 91 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 43%
icon angry icon angry 23%
icon wow icon wow 5%
icon inlove icon inlove 1%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަރުތަ

03 March 2022

އާއިލާގެ ޒިންމާއެއް ނެތް، ހީވަނީ ބޯދަމައިގުނެވިގެން އުޅޭހެން، ސަރުކާރުން މަރުކަޒަށް ނޫނީ ކޮންމެވެސް އެހެންތާކަށް ނުގެންގޮސްގެން، އާއިލާއަށްވެސް ބުރައަކަށް ވެގެން އުޅޭހެން ހީވާކަހަލަ އާއިލާގެ ވާހަކަތަކުން.

The name is already taken The name is available. Register?

ގަދީމީ ވާހަކަ މާގިނަ ކުރާނެކަމެއްނެތް!

02 March 2022

ރޫމީން ގެ ޒަމާނުގާ ވަރައް އިހާނެތިކޮން ކަންތައް ކޮއްފަ ހުރީ. އެހެން ކަމުން އެންމެންނައް ވަރައްބޮޑު އެއްޗެއް އުގެނެންޖެހޭނެއެވެ. އެއީ ހާދަ ބޮޑު އެމްޕަޔަރ އެކެވެ.

The name is already taken The name is available. Register?

ހ. ހުސައިން

02 March 2022

ގިނަމީހުން ނަމުން ދީންދެކެ ލޯބިވަނީ އަމަލުން ފެންނަނީ ނުލަފާ ޖާހިލުންގެ ސިފަ. ދީނީ އެއްވެސް މައުލޫމާތެއްނެތި ދީނަށް އުޅޭންހަދައިގެން ދީނުގެ ރީތިނަން ޚަރާބުވުން ނޫންކަމެއް ނުވޭ. އަނެއް ދެރަ ކަމަކީ ގޯސްކޮށް ކުރާ މިފަދަ ކަންކަމަށް ދީނީ ފަގުޑިއަޅައިގެން ތިބި މަދުބަޔަކު މަދަދުދޭ ދިނުން. ދެން ސަރުކާރުގެ މުއައްސަސާތައް ހާއްސަކޮށް ފުލުހުންނާ ހޯމްމިނިސްޓަރީ ވަނީ ވަރަށްބޮޑަށް ބޮއްސުންލައިފަ. ހިތާމާއިގެ ކޮޅެއްނެތް.

The name is already taken The name is available. Register?

މ.ހުސައިން

02 March 2022

ހާދަ ފަސޭހައިން ތި ދީނާ ގުޅުވާލީ. އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް. ކިހިނެތް އެނގެނީ އޭނައަށް އަނިޔާކުރީ އެކަމާގުޅުންހުރި ކަމެއްގަ ނޫން ކަމެއްވެސް.

The name is already taken The name is available. Register?

ނުދައްކާ ވާހަކަ

02 March 2022

ރަސޫލުﷲ صلى الله عليه وسلم ގެ ޒަމާނުގައި ހަނގުރާމަގައި ހައްޔަރުކުރާ ކާފިރުން މެރުމުގެ ބަދަލުގައި އެމީހުންނަށް އިސްލާމްދީން އުނގަންނައިދީ އެމީހުން އިސްލާހުކުރޭ. ނަމަވެސް މިރާއްޖޭގައި މީހަކު ގޮސްކޮށްކަމެއްކޮށްފި ނަމަ އެމީހަކު މަރާލެވޭތޯ ބަލަނީ އިސްލާހުކޮށް ހިދާޔަތް ދެއްކުމުގެ ބަދަލުގައި.. އެހެން ސިއްރުން ވެސް މީހަކަށް ދޭ އަނިޔާގެ ބަދަލު ލިބޭނެ ދުވަހެއްވާކަން ދަންނާށޭ. އެ ދުވަހުން ތިޔަށްވުރެ ބޮޑު އަނިޔާއެއް ތިބާއަށް ލިބިދާނެކަމަށް ބިރުވެތިވޭ

The name is already taken The name is available. Register?

ދައްކާ ވާހަކަ

02 March 2022

ކަލޯ ކިހިނެތްތަ އެނގެނީ އެކަންކުރީ ކޮންބައެއް ކީއްވެގެންކަން. ޢާއިލާއިން ބުނެފަހުރި ވާހަކަތައް ގަބޫލުކޮށްގެން ހަމަ ހުކުމްކޮށް ނިންމާލީއޭ ދޯ؟ އޭނާއަކީ މަސްތުވާ ތަކެތި ބޭނުންކުރާ މީހެއް. އެހެންވީމަ އެކަމުގެ މައްސަލައެއްގާވެސް ސުލްހަވެރި ޒުވާނުންކޮޅެއް އޭނާއަށް އަނިޔާކޮށްފާނެތާ؟

The name is already taken The name is available. Register?

ވޯލް

02 March 2022

އޭނަ ކުރި ކުށުގެ އަދަބު ވަނީ ދައުލަތުން އޭނަށް ދީފަ، ދެން މާ ދީންވެރި ވެގެން އެހެން މީހުން ނުޖެހޭ އޭނައަށް އަދަބިދީ އަނިޔާ ކުރާކަށް. އެކަން ކުރި ބަޔަކު އެކުރި އިސްލާމްދީނުގެ ނަމުގައި ކަމުގައިވާނަމަ އެމިހުން އެތިބީކީ ފުރިހަމަ ދީނުގައިކަމާމެދުވެސް ޝައްކު އުފެދޭ.

The name is already taken The name is available. Register?

އަހުމަދުބެ

03 March 2022

ތީ ޑްރަގު މައްސަލައިގަ ތަޅާލާ ތަޅާލުމެއް ދީނީ ކަމެއް ނޫން

The name is already taken The name is available. Register?

އ.ހ.ހ

02 March 2022

ނޫނީ ދަތި ހާލުގައި އުޅޭ މީހަކަށް ހަފްތާ އަކަށް ވާވަރަށް ބާޒާރުކޮށް އެއްޗެހި ފޮނުވާލަ ދީބަ، ނޫނީ އަތޮޅު ތެރެއިން މާލެއަށް ކިޔަވަން އައިސް ހޮސްޓެލް ތަކުގައި ދަތިހާލުގައި އުޅޭ ކުދިންގެ ތެރެއިން ދެތިން ކުއްޖެއްގެ އެކޮމޮޑޭޝަން/ރެންޓް ދައްކާލަ ދީބަލަ... މިހެންގޮސް ކުރެވިދާނެ ބައިވަަރު ކަންކަން .. މީހުން ގެ ދުވަސް ދުއްވާލަން ނިކުތުމުގެ ކުރިން. 2/2

The name is already taken The name is available. Register?

އ.ހ.ހ

02 March 2022

މާ މިސްކިތް ވެގެން އުޅޭ ހިތްވަންޏާ ގޮސް ނިކަން މަގުމަތީގަ އުޅޭ މީހުންނަށް ކާންދީބަލަ، ނޫނީ ކުޑަކުދިންގެ ހިޔާއިން ކުއްޖެއް ފޮސްޓަރ/އެޑޮޕްޓް ކޮށްބަލަ، ނޫނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފަ ތިބޭ އަޅާލާނެ މީހަކު ނެތް މީހެއް ބަލަހައްޓާލަ ދީބަލަ، ނޫނީ އެކަނިވެރިކޮށް އުޅޭ ދުވަސްވީ މީހެއްގޮވައިގެން ބޭރަށް ހިނގާލަން ދޭބަލަ، ނޫނީ ގަވާއިދުން ހޮސްޕިޓަލަށް ބޭސް ކާން ދާންޖެހޭ އެކަމު ދެވޭނެ ގޮތެއް ނެތް މީހުންގެ ތެރެއިން މީހެއް ބޭސް ކާން ގެންގޮސްދީބަލަ، 1/2

The name is already taken The name is available. Register?

??

02 March 2022

ކީރިތި ރަސޫލާގެ ޒަމާނުގައި ރަސޫލާގެ މިސްކިތްކޮޅަށް އެކަލޭގެ ފާނު ކުރިފުޅު މަތީގައި މީހަކު ކުޑަކަމު ދިޔަ، އެކަން މަނާކުރަން އެވަގުތު އެތާނގައި ތިއްބެވި ޞަޙާބީން އުޅުއްވުމުން ރަސޫލާ އަމުރުކުރެއްވީ އޭނާ އެކަމުން ނިމެންދެން ބެހެއްޓުމަށް، އޭނާގެ ގަޔަށް އަތްލައ މާރާމާރީ ހިންގުން މަނާކުރެއްވި، އަދި އޭގެ ފަހުން ކަންތައްކުރެއްވި ގޮތް ބައްލަވާލެއްވުމުން ތިފަދަ ކަންތަކުގައި މުސްލިމުން ޢަމަލުކުރަންވީ ގޮތް އެނގިވަޑައިގަންނަވާނެ.

The name is already taken The name is available. Register?

ޑިސެން

02 March 2022

އެއީ އެނގިހުރެ ތަކުރާރުކޮށް ކުރި ކަންކަމެއް ނޫން. މިކަހަލަ ކަންކަން ނޫސްތަކުން ފެނުނީމަ ބަލައެއް ނުގަނެވޭ

The name is already taken The name is available. Register?

ވަހީދު

02 March 2022

އެމީހާ އަކީ ބަދަވީންގެ މީހެއް، އެހެންވެ ހާސާކޮށް އޮންނަ ތަންތަނަށް ކުޑަކަމު ދިއުމަކީ އެމީހުންގެ ތެރޭގައި އާދައިގެ ކަމެއް. އެއިރު މިސްކިތް ވެސް ހުންނަނީ ތަޅުން އަޅާފައިނޫން، ވެލި ހުންނަނީ، އެހެންވެތާ އެތަނަށް ފެން އަޅަން ރަސޫލާ އިރުޝާދު ދެއްވީ.

The name is already taken The name is available. Register?

ލުތުފީ

02 March 2022

މިގައުމުގަ މިހާރު މިތިބީ އީމާންކަމުގަ ތިޒަމާނަށްވުރެ މާބޮޑަށް ކުރީގަ އުޅޭބައެއް. އެހެންވީމަ، ފުރަތަމަވެސް އެމީހުން ނުރުހޭކަމެއް ނުވަތަ މީހަކުނަމަ، މަރަންހުއްދަވާނެ.

The name is already taken The name is available. Register?

2022

02 March 2022

އިސްލާމްދީންދެކެ މީހުން ފޫހިވަނީރުޅިއަންނަނީވެސް އެދީނުގެ ތިބިއެއްބައިހުން އެދީން ނުބައިކޮށް ރިޕްރެޒެންޓުކުރީމަ. މިބުނާޒާތުގެ މީހުން އިސްލާމްދީން ދައްކަނީ ވަރަށްހަރުކަށި ވަރަށްހަނގުރާމަމަތީ ދީނެއްގޮތަށް. އެކަމަކު ތާރީޚު ކުޑަކޮށް ދިރާސާކޮށްލިޔަސް އެނގޭނެ އިސްލާމްދީން މުޅި މަޣްރިބަށާއި މަޝްރިޤަށް އެންމެބޮޑަށް ފެތުރުނީ އެދީނުގެ އެންމެ އަޚްލާޤުރަނގަޅު އެންމެ ސުލްހަވެރި މުސްލިމުންކަމުގައިވާ ސޫފީންގެ ސަބަބުންކަން.

The name is already taken The name is available. Register?

ތެދުވެރިވޭ

02 March 2022

ސޫފީންނެއް ނޫން..ސަލަފުއްޞާލިޙީންގެ ސަބަބުން..އިސްލާމްދީންނާއި އަދާވާތްތެރި މީހުންވެސް މި ދީން ސިފަކުރަނީ ތި ބުނިގޮތަށް ހަރުކަށި ހަނގުރާމަ މަތީ ދީނެއް ގޮތަށް..އެކަމަކު އެބައިމީހުންގެ ތެރެއިން އޮރިއެންޓަލިސްޓުންނަށް ވ.ރަނގަޅަށް އެނގޭނެ މިދީނުގެ ހަޤީޤަތް..އެނގި ހުރެވެސް ނުބައި ތަސައްވުރެއް ދީނާއި މެދު އުފައްދަނީ އެހެން އެޖެންޑާއެއް ފުރިހަމަ ކުރުމުގެ ބޭނުމުގަ..މިމީހާގެ ހަޤީޤަތް އަހަންނަށް އެނގޭ..ދޮގު ހަދައިގެން އުޅެނިކޮށް ބޭޒާރުވެދާނެ..

The name is already taken The name is available. Register?

ހަމީދު 1

02 March 2022

ނަފުސާނީވެގެން މިސްކިތަށް ވަރުބާލަނީ މިސްކިތަށް. އޭނާ އާއި މެދު ނޯ ކޮމެންޓް

The name is already taken The name is available. Register?

ލުތުފީ

02 March 2022

ނަފުސާނީ ވެގެން، މިސްކިތް ނޫން އެހެން ކިތަށް ތަނަށް ކިތަށް ކަންކަން ކޮށްފަ ހުންނާނެބާ! މިސްކިތަނީ މުސްލިމުން އެހެންމެ އިހުތިރާމް ކުރާ ތަނަށްވީމަ، އެކަން މައްސަލަޔަކަށްވެ، ސަމާލުކަމަށް އަންނަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454