މާލެއަށް އުފަން މީހަކަށް ވުމާއި 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނެތް އަދި ވާރުތައިން ލިބެން ނެތް މީހަކަށް ވާންޖެހޭނެ
ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މަޖިލީހުގައި ވާހަކަ ދައްކަވަނީ: ގޯތި ދޫކުރުމުގެ މަސައްކަތް ކުރިޔަށްދާ ގޮތް ވިދާޅުވި.--ފޮޓޯ: މަޖިލިސް
14 މާޗް 2022 - 11:00
މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯތިތަކަށް ކުރިމަތިލެވޭ މީހުންނަށް ކަނޑައަޅާފައިވަނީ ހަތަރު ޝަރުތެއް ކަމަށް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، މާލެ ސަރަހައްދުން ދޫކުރާ ގޯތިތަކަށް ކުރިމަތިލުމަށް މާ ބޮޑެތި ޝަރުތުތަކެއް ކަނޑައަޅާފައި ނުވާނެ ކަމަށެވެ.
● މާލެ އަށް އުފަން މާލެ ރައްޔިތަކަށް ވުން
● އެ މީހެއްގެ ނަންމަތީގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް އަދި ވާރުތަކުރަން ވެސް އެ ވަރުގެ ބިމެއް ނެތުން. އެ ވަރުގެ ބިމެއް ލިބިއްޖެ ނަމަ ދައުލަތަށް ދޫކޮށްލުން ނުވަތަ ވާރުތަވާން އޮތް ތަނެއް ވެސް ދޫކޮށްލުން.
● ދަފްތަރަށް އުފަން މީހުންނަށް ވެސް ކުރިމަތިލެވޭނެ.
● މާލޭގައި ދިރިއުޅޭނެ އެއްވެސް ތަނެއް ނެތް މާލޭގެ މީހުންނަށް ވެސް ގޯއްޗަށް ކުރިމަތިލެވޭނެ
މާލެ އަށް އުފަން މާލޭގެ މީހަކަށް ވުމާއި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް އެ މީހެއްގެ ނަން މަތީގައި ނެތުމާއި ވާރުތަ ކުރަން ވެސް ނެތުމަކީ ޝަރުތެއް ކަމަށް އަސްލަމް ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި، އެ ވަރުގެ ބިމެއް ލިބިއްޖެ ނަމަ އޮންނާނެ ގޮތަކީ ދައުލަތަށް ދޫކޮށްލުން ނުވަތަ ވާރުތަވާން އޮތްތަނެއް ވެސް ދޫކޮށްލުމެވެ.
ރަށްރަށުން މާލެ އަށް ހިޖުރަ ކުރުމަށް ފަހު، ދަފްތަރުގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުންނަށް ދަރިން ލިބިފައިވާ ކަމަށާއި އެގޮތަށް ދަފްތަރަށް އުފަން މީހުން ވެސް ކުރިމަތިލެވޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. މާލޭގައި ދިރިއުޅޭނެ އެއްވެސް ތަނެއް ނެތް މާލެ މީހުންނަށް ވެސް ގޯއްޗަށް ކުރިމަތިލެވޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
އޭގެ އިތުރުން ދެން އޮންނާނީ މާކްސް ދޭ އުސޫލުތަކެއް ކަމަށް އަސްލަމް ވިދާޅުވި އެވެ. އެކި އުމުރުފުރައިގެ މީހުންނަށް ދޭ މާކްސްތައް ތަފާތުވާނެ ކަމަށާއި ނަމަވެސް މީހަކާ އިނދެގެން އުޅޭތީ އިތުރު މާކްސްއެއް ނުދޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. ނަމަވެސް ދެމަފިރިން ގުޅިގެން އެއް ގޯއްޗަކަށް ކުރިމަތިލާ ނަމަ މާކްސް އިތުރުކުރަން ވިސްނާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
މާލެ މީހުންނަށް ގޯތި ދޭން ނިންމާފައިވާ ތަންތަނާއި ދުރުމިން
"ދެން ބަލާނީ ބަލަދުއަރާ ދަރިން ނުވަތަ ބަލަންޖެހޭ މީހުން ތިބުން. އޭގެ ވެސް މާ ބައިވަރު ކެޓަގަރީއެއް ނޫން. ދެ ކުދިން ނޫނީ އެ އަށް ވުރެ މަދުވެއްޖެ ނަމަ ލިބޭ ވަކި މާކްސްއެއް، އެ އަށް ވުރެ މަތިން ކިތަންމެ ބައިވަރު ވިޔަސް ލިބޭނީ ވަކި މާކްސްއެއް،" އަސްލަމް ވިދާޅުވި އެވެ.
ހާއްސަ އެހީއަށް ބޭނުންވާ ހުންނަ މީހުންނަށް ވެސް ހާއްސަ ސަމާލުކަމެއް ދީ އިތުރު މާކްސް ދޭން ނިންމާފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
ނަމަވެސް ދިރިއުޅުމުގެ ހާލަަތަށް ބަލައި މާކްސް ދޭނެ ގޮތްތައް އަދި ނިންމާފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ކަންކަމާ ގުޅޭ ގޮތުން މާލެ ދާއިރާގެ މަޖިލިސް މެމްބަރުންނާއި ރައީސް އޮފީހުގެ ޕޮލިސީ ފަރާތްތަކާ މަޝްވަރާ ކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވައިދެއްވަމުން މިދިޔަ މަހުގެ 3 ގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މާލެ ކައިރީގައި އޮންނަ ގިރާވަރު ފަޅު ހިއްކާ އެތަނުން މަދުވެގެން 2،000 ގޯތި މާލޭ މީހުންނަށް ދޫކުރާނެ ކަމަށެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ގުޅިފަޅުން ވެސް މާލެ މީހުންނަށް ގޯތި ދޫކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއާދަނު
16 March 2022
ތިލަފުށި ގޮނޑު ބުޑުގަތޯ ރައްޔިތުންނަށް ޖާގަ އޮތީ؟
ބަކަރިއަސް
16 March 2022
އެއްޗެކޭ ކިޔަން ޖެހޭތީ އެއްޗެއް ކިޔަނީ. އަސްލަކީ، އަސްލަމަށްވެސް ތިކަންވާނެކަންވެސް އަދި ނުވާނެކަންވެސް ނޭންގުން
މުހައްމަދު.
15 March 2022
ކުޑައިރު މާލެ އައިފަހުން ދިރިއުޅެން އެހެންތަނަކަށް ނުދަން. އުފަންވި ރަށުގައި މަދު މީހެއް ނޫނިއްޔާ ދަންނަމީހަކުވެސް ނުއުޅޭ. ކިޔެވީ މާލޭގައި. ވަޒީފާ އަދާކުރީ މާލޭގައި. އުޅެއުޅެ ގޯއްޗެއް ފުލެޓެއް ލިބޭގޮތެއް ނުވި. އިހަށް ދުވަހު ވަޒީފާ އަދާކުރަންފެށި ކުދިންނަށް ފުލެޓު ލިބިއްޖެ. ލިބުނުދަރިން ބޮޑުވެއްޖެ. އުމުރުދުވަހު ކުރިމަސައްކަތުން ހެދިތަނުން ނިކުންނަން ވެއްޖެ. ވަންނާނެތަނެއްް ނެތިގެން އެހެންތަނަކަށް ދެވޭކަށް ނެތް. 60 ފުރިއްޖެ. ވަޒީފާއެއް ނެތް.
ޑޮކްޓާރ. ބަނާނާ
15 March 2022
މިހާރު ތިޔާ ތިއޮތީ ވަރަށް ފައްކާ ޝަރުތުތަކެއް! މިފަހަރު އިރާދަފުޅުން މާލޭ ހުރިހާ މީހުނަށް ބޮޑުތަނުން ( އެންމެންނަށް ) ގޯތި ލިބޭ ނެ..، . އަސްލަންޓޭ ދަރިޔާ ތިޔައީ ފިރިހެނަކީ ......
ދެރަވެފަ
15 March 2022
ވަކިތަނަކަށް އުފަން ވުމަކީ ގޯތި ލިބުމުގެ ޝަރުތަކަށް ވުމަކީ ބޮޑު ޖޯކެއް. ދިރިއުޅޭތަން ބެލިއްޔާ ފާފަ ވަނީތަ؟މަށަކީ ރާއްޖެތެރެއަށް އުފަން ހަނދާން ހުންނަން ފެށީއްސުރެ މާލެ ދިރިއުޅޭ މީހެއް.ދަފްތަރުގަ ޖެހުނީ ރަށުން ގޯތި ނުދިނީމަ. މާލެއަށް އުފަން ނުވީމަ މާލެ އަކުން ޝަރުތު ހަމަ ނުވޭ. އުމުރުން 55 އަހަރު ވަނީ. ލިބުނު ފްލެޓް އަތުލީ މިސަރުކާރުން. ކުލި ދެއްކޭ ވަރަކަށް ރުފިޔާ އެއް ނެތް. ރަށުގަ ވެސް އުޅެން ޖެހެނީ ކުލި ދައްކައިގެން. ކުށަކީ ދިވެއްސަކަށް ވީކަން.
ރޯމަން
15 March 2022
ދިވެހިރާއްޖޭގެ ހުރި އެކިއެކި އިޖުތިމާޢީ މައްސަލަތައް ޙައްލު ވާނީ އިޤްތިޞާދު ވަރަށް ރަނގަޅުވެގެން، އެކަންކަމަށް ބޭނުންވާ ފައިސާ ލިބިގެން. އެމްޑީޕީގެ ސަރުކާރުތަކަކީ އިޤްތިޞާދަށް ގެއްލުުންދެނިވި، މުއްސަނދިންނަށް މަންފާކުރުވާ، ޢާއްމުންނަށް ކުޑައިމީސްކޮށް ހިތާ ސަރުކާރުތަކެއް. ތަފާސް ހިސާބުތައް ހެކިދޭ. އެހެންކަމުން، އެންމެ ރައްޔިތުން ޕީޕީއެމަށް އަދި ފުރުސަތެއްދީ ވެއްޓިފައިވާ އަނދަވަޅުން ޤައުމު ސަލާމަތް ކުރައްވާ! ދަރިންނާ ދަރިންގެ ދަރިންނަށްޓަކާ!
ާ thank 678ގޣގހހހ
15 March 2022
ދަފުތަރު ކެޓަގަރީ އުވާލުމަށް ގޮވާލަން!!!!
ނޯ ގޯތި ނޯ ވޯޓު
15 March 2022
މަ މީ އުމުރުން 3 އަހަރުއްސުރެ މާލޭގަ އުޅޭ މީހެއް. މާލޭ ރއްޔިތެއްގެ ގޮތުގައި އޮންނަތާ 35 އަހަރު. އޭގެ ތެރެއިން 15 އަހަރު މި ދިޔައީ ދަފްތަރުގަ. މުޅި އުމުރު އުޅުނީ މިތާ. ކުލީގެ އަޅެއްގެ ގޮތުގަ. ކިޔެވީ މި ތަނުގަ. ވަޒީފާ އަދާ ކުރަނީ މިތަނުގަ. ވޯޓު ލާންވީމަ މަ މީ މާލޭ މީހެއް. ވޯޓު ހޯދަން މަގޭ ގާތަށް އާދޭ. ގުޅާ. ގޯތި ދޭން ވީމާ މަށަށް ބޭއިންސާފުވާން ނިންމި ނިންމުން މަ ކުށްވެރިކުރަން. ވޯޓު ހޯދަން ދެން ގުޅައިފިއްޔާ ރީތި ޖަވާބެއް ދޭނަން.
ގެދޮރު ނެތް މާލޭމީހާ
15 March 2022
އެޑްމުންޑޯ އަދި ތަންކޮޅެއް ޅައީހެން ހީވަނީ. އޭ.ޑީ.ކޭ ނޫނީ އައި.ޖީ.އެމްއެޗް ގަ އުފަންވިއެއް ކަމަކު މާލެ އުފަން މީހެކޭ ނުކިޔާނެ. ކުއްޖާގެ މައިން ބަފައިން ގެ ތެރެއިން އެކަކު މާލޭ ރައްވެއްސަކަށް ނުވަންޏާ (ދަފްތަރު ގަ ނަމަވެސް ނެތީޔާ) ދަފްތަރުގަވެސް ދަރިފުޅު ނުޖެއްސޭނެ. ސީދާ ބަހުން ބަހަށް މާނަ ނުކޮށް ސަބަބުވެރި މީހަކު ވިސްނާ ގޮތަށް ވިސްނަމާ. އޭރުން އޯކޭ ވާނެ. 100 އިންސައްތަ މާލޭ ދެމަފިރިއެއްގެ ދަރިއެއް އަވައްޓެރި ގައުމެއްގައި އުފަން ވެފަވެސް ހުރެދާނެ. ދެން އޭނަ އެއީ މާލެ އުފަން މީހެއް ގޮތަށް ނުބަލައިފިނަމަ އޭނަގެ ހައްގު ގެއްލޭނެ ދޯ.
ކަލްދޯބަޖޭންގާ
15 March 2022
ހުޅުމާލޭގައި އޮތީ އެންމެ 1000 ގޯތިދެވޭވަރުޖާގަ އެއްތޯ ވާއެއޗެއް ވަރައްސާފް ހުޅުމާލޭން ހިއްކިބިމުން ފޭސް 1،2،3 އިން ތިޔަކިޔާ މަލޭގައި ގޯތި ހައްގު އެންމެންނައްވެސް ދެވޭވަރައް ބިން އެބައޮތް މަސް އަލަޔަކައް ވަނީ އެތަނުންގޯތި ދޫކޮއްފިއްޔާ މިމީހުންގެ ވިޔާފާރިޔައް ބުރޫ އަރާނެތީ ރިޔަލްސުޓޭޓް އެމެރިކާޔައް ވުރެ ބިމާއި ދިރިއުޅުން އަގުބޮޑުވާންވީ ސަބަބެއްނެތް އަސްލުބޭނުންވާކަމަކީ ރައްޔިތުމީހާ ނިކަމެތި ކޮއްލައިގެން ގޯތީގެ ހުވަފެންދައްކާފަ ވޯޓްހޯދުން ވެދުން
ވާނުވާ.
15 March 2022
އިންޑިއާއަށްވެސް އެތަނުން ރަށެއްވަރުގެ ބިމެެއްދޭންޖެހޭ. މިސަރުކާރަށް ރައްޔިތުންނަށްވުރެ އިންޑިއާއަށް ބަލަދު އަރާވަރު ބޮޑީ