ޚަބަރު / އުރީދޫ

އިފްތާރް މީލް ޕެކްތަކާ އެކު ބިދޭސީންނަށް އުފާވެރިކަން

މީލް ޕެކް ބެހެމުގައި ހަރަކާތުގައި އުރީދޫގެ މުވައްޒަފުން -- ފޮޓޯ: އުރީދޫ

މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އާއި އުރީދޫ މޯލްޑިވްސް ގުޅިގެން ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އިފްތާރް މީލް ޕެކް ބެހުމުގެ ހަރަކާތް މި އަހަރު ވެސް ކުރިއަށް ގެންދެ އެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ މި ހަރަކާތުގައި ދުވާލަކު ގާތްގަނޑަކަށް 200 އެއްހާ މީލް ޕެކް ބެހުމަށް ވަނީ ނިންމައިފަ އެވެ. އެމްއެމްޑަބްލިއުއެމް އާއި އުރީދޫގެ ވޮލަންޓިއަރުން ވެގެން މީލް ޕެކްތައް ބަހަމުންދަނީ މާލެ އާއި ހުޅުމާލޭގެ ބިދޭސީން ގިނަ ސަރަހައްދުތަކުގަ އެވެ.

މި ހަރަކާތުގައި މިހާތަނަށް 500 މީލް ޕެކްސް ވަނީ ބަހއިފަ އެވެ.

މީލް ޕެކް ބެހެމުގައި ހަރަކާތުގައި އުރީދޫގެ މުވައްޒަފުން -- ފޮޓޯ: އުރީދޫ

މި ހަރަކާތުގައި އާންމުންނަށް ބައިވެރިވެވޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު, އިފްތާރް މީލް ޕެކެއް ހަދިޔާކުރުމަށް ބޭނުންވާ ފަރާތްތަކަށް އެމްއެމްޑަބްލިއުއެމް އާ ގުޅިގެން އެކަން ކުރިއަށް ގެންދެވޭނެ އެވެ.

"ޑޮނޭޓް އަ މީލް, ހެލްޕް ސޭވް އަ ލައިފް" މި މޮޓޯގެ ދަށުން ކުރިއަށްގެންދާ މި ހަރަކާތަށް އާންމުންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. އޭގެ އިތުރުން މި ހަރަކާތުގައި ވީހާ ވެސް ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބުމަކީ އުރީދޫ އާއި, އެމްއެމްޑަބްލިއުއެމްގެ އިތުރުން މި ހަރަކާތުގައި ބައިވެރިވާ ދަ ސްޕޭސް އެލްއެލްޕީގެ ވެސް ވަރަށް ބޮޑު އެދުމެކެވެ.

މި ހަރަކާތުގައި މިދިޔަ ރޯދަ މަހު 4500 ޕެކް ބަހާފައިވެ އެވެ.

33 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 45%
icon sad icon sad 9%
icon angry icon angry 41%
icon wow icon wow 0%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސޮނިމަނިކު

24 April 2022

ތަކެތި ހަދިޔާކުރުމާއި ސަދަގާތަކީ ވަރަށް ރީތި އެހާރަގަޅު ކަމެއް. ސަވާބާއި ދަރުމައިގެ ކޮޅުނެތްކޮޅު. އެކަމަކު މިއީ ހަގީގަތުގައުވެސް މިކަން ކުރަން ޖެހޭގޮތަށް އަދި އެހާނިކަމެތިބައެއްގެ ތެރޭގައި ބޭނުންބޮޑު އެހީތެރިކަމެއްބާ. ނުވަތަ ޕީއާރު އިވެންޓެއްބާ..

The name is already taken The name is available. Register?

ސަމަރޭ

23 April 2022

މީހަކަށް އެއްޗެއް ދީގެން ކަންބޮޑުވަނީކީ އެއްނޫން.. އެކަމަކު ތިޔަ ބުނާ ސާމާނުތަކާ ޕެކޭޖުތަކާ ލިބޭ

The name is already taken The name is available. Register?

ގަލަން

23 April 2022

ރަގގަޅު މިގައުމުގާ ހުރިހާ މޮޅެއް ބިދޭސީންނައް ދިވެހިންވެސް ބައިވަރު އެބަތިބި ރޯދަވިއްލޭނެ ގޮތެއް ނެތިފަ ކީކޭބުނާނީ ދެއްތޯ

The name is already taken The name is available. Register?

ާއަލިމޯޑު

23 April 2022

ރޯދަ ވީއްލޭނެ ގޮތެއް ނެތިފަ ތިބޭކަށް ނުޖެހޭނެ މިރާއްޖެއަކު ގައިމުވެސް.އާނ ދެން ފައިވް ސްޓާ ފެންވަރު ނުވެދާނެ.އަހަރެމެންގެ ހާލަތު ހުންނަ ގޮތަކީ މިރޯދަމަހު ރެއެއްގަ އޭޑީކޭ ކައިރި ސަލާން ޖަހަން ހުރި އަންހެނަކަށް އެހެން ޒުވާން ދެ އަންހެން ކުއްޖަކު މިދިއްކޮށްލީ ކައި އެއްޗެހި/ބޯއެއްޗެހި ހުރި ކޮތަޅެއް.އޭނަ އޭގަ ނުހިފާން އުޅުނީ.އޭނަ ބޭނުންވީ ފައިސާ

The name is already taken The name is available. Register?

ފަހުދު

23 April 2022

ހިޔެއްނުވޭ އުފާވެރިކަން ލިބުނީ މީލްޕެކްތަކުން ހެނެއް

The name is already taken The name is available. Register?

ރޯޒަސް

23 April 2022

"ޑޮނޭޓް އަ މީލް, ހެލްޕް ސޭވް އަ ލައިފް"!!!! ތި މީލްޕެކް ނުލިބުނީމައި އެމީހުންގެ ފުރާނަދަނީތޯ؟ ގަވާއިދާ އެއްގޮތަށް އުޅޭ ބިދޭސީންނަށް އެމީހުންގެ ކާޑު ދެއްކުމުން ތިޕެކް ދޭން އަހަރެން ތާއީދު. އެއީ ހަމަ ހަގީގަތުގައިވެސް އެމީހުންނަށް ހަދިޔާއަކަށްވާނެ. އެކަމަކު ގަވާއިދާ ޚިލާފަށްއުޅޭ އެތައްބަޔަކަށް ކާންދޭކަށް މަށެއް ތާއީދެއްނުކުރަން. އެމީހުންނަށް ފުރުސަތުދީފައި އެއޮތީ އަނބުރާދާން. ނުދިޔައީމައި ރިވޯޑް ދޭކަށް މަށެއް ތާއިދެއް ނުކުރަން. އޫރިދޫގެ ނިޔަތަށް 100

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

23 April 2022

ތިޔަ ހިޔާލަށް ރެސްޕެކްޓްކުރަން.ނަމަވެސް އެންމެ ސުވާލެއް.''ގަވާއިދާ ޚިލާފަށްއުޅޭ'' މިފަދަ މީހުން ވީމަ ދެން ބަޔަކު އެމީހުންނަށް ކާއެއްޗެއް ދީގެން ވެސް ނުވޭ؟؟

The name is already taken The name is available. Register?

ޓަޔަރު

23 April 2022

ގަވަައިދާ ހިލާފު އުޅޭ ބިދޭސީންނަކީ ބޮޑެތި ކޮންސްޓްރަކްށަން ޕުރޮޖެކްޓް ތައް ނަގައިން އުޅޭ ލާރި ތިބޭ މީހުން އެމީހުނައް ބޭނުމެއް ނުވާނެ ތިއެއް

The name is already taken The name is available. Register?

ކަންދައްކަން.

23 April 2022

ރަދީފްއޮފިޝަލްކަލެއަށް ނޭގި ނަމަވެސް އެފަދަ މީހުނަށް ތިގޮތަށް އެހީތެރި ވުމަކީ ޤާނޫނީ ކުށެއް. އެފަދަ ފަރާތަށް ރާއްޖޭގައި ކަލެއަށް ތިކަން ކުރެވުު ކަމުގައިވިޔަސް ތިއީ ދުނިޔޭގެ ގިނަ ޤައުމު ތަކުގައި ކުށްވެރިޔާއަށް ހިތްވަރުދީ ކުށްކުރަން ބައިވެރިވުން ކަމަށް ބަލާ ހަދާކަން ރަދީފްއޮފިޝަލް ނޭގޭތަ ؟

The name is already taken The name is available. Register?

ާއަލިމޯޑު

23 April 2022

ރާއްޖޭގެ ދިރިއުޅުން އަގުބޮޑުވެ ކަމުނުގޮސްގެން ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކޮށްގެން ބޭރުގަ އުޅޭ ދިވެހި ރައްޔިތުންނަށް އާސަންދަ ދިނުމަށް ވެސް މަދެކޮޅު.މަގޭ ޕޮއިންޓަކީ އެމީހުން ގައިމުވެސް ޖީއެސްޓީއެއް ނުދައްކަ.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

23 April 2022

ހެޔޮ ބަހެއް ބުނެލަން އަހަރުމެންނަށް ނޭނގެނީ ބާ؟؟ ބަޔަކު ރަނގަޅުކަމެއް ކުރީމަ ހެޔޮ ބަހެއް ބުނެލުމުގެ އާދަ ވެސް ދިވެހި ފަސްގަނޑުން ނެތިގެން ދިޔައީތަ؟ އަހަރުމެންނަށް މިިތިބީ ކިިހިނެއް ވެފަތަ؟ އަހަރެން ދެކެ ރުޅި ނާންނައްޗޭ އެކަކުވެސް އިނގޭ.ވ.ވެދުން

The name is already taken The name is available. Register?

ކުރުދީ އޮފިޝަލް

23 April 2022

ހެޔޮކަމެއް ކުރަންޔާ ހެޔޮޖަޒާ ލިބޭނެއެވެ. އެއީ ހިތްނިތް ރަގަޅިއްޔާއެވެ. ވަކިބަޔަކު ހިމާޔަތްކުރަން އުފައްޖާ ޖަމިއްޔާތަށް މަސައްކަތްކުރަން ޖެހޭނީ ވެސް އެގޮތަށެވެ. މިސާލަކަށް މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް މި ޖަމިއްޔާގެ މަގްޞަދަކީ ގާނޫނާއި ޚިލާފަ އުޅޭ މީހުންނަ ހިމާޔަތްދިނުންތޯ؟ އަޅެ އެމީހުންގެ އަނބިދަރީން އަދި ގައުމަށް ދެވޭނެގޮތް ހަދާފައި ފޮނުވާލާ ދޭންވިންނުންތޯ ؟ވިސާގައިތިބި ބިދޭސީންނަށް އެހީދިނުމަކީ ދިވެހިރައްޔިތުން ވެސް އެހީތެރިވާނެއެވެ.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

23 April 2022

އެންމެ ޕޮޒިޓިވް ކޮމެންޓެއް ވެސް ނެތް.މިއީ ހިތާމަހުރިކަމެއް. (މީގެ 02 ރޭ ކުރިން ދިމާވި ހާދިސާއެއް: .ކުރީގެ އަސްރަފީ ބުކްޝޮޕް ކުރިމަތީގަ ފޯނެއް ކުރަން އަހަރެން ސައިކަލްގަ މަޑުކޮއްލައިގެން ހުއްޓާ މެދު އުމުރުގެ ފިރިހެނަކު އައިސް މިބުނަނީ ''އަހަރެންނާ އަހަރެންގެ 02 ކުދިންނަށް ކާއެއްޗެއް ދީފާނަން ހޭ''.އޭރު މަގޭ ވޮލެޓް ވެސް ނެތް.އަހަރެން ވަރަށް ދެރަވި.އެބޭބޭ ކާރީ މަބުނީ ނެތޭ މިވަގުތު 1 ރުފިޔާ ވެސް.ބަލާބެލުމަށް ހީވަނީ އެއީ ދިވެއްސެއްހެން.ވ.ވ.ވެދުން

The name is already taken The name is available. Register?

ފޮނިކަޑާ.

23 April 2022

ޕޮޒިޓިވް ކޮމެންޓެއް ނެތްވާހަކަ ބުނި ރަދީފްއޮފިޝަލް މިތަނުގައި ދައްކާފަ އޮތް ވާހަކަ އެއްބަލާބަލަ. ކަލޭ ތިވަރު ދީލަތި މީހެއްނަމަ ސައިކަލްގަ އެބޭބެ ގޮވައިގެން ގެއަށްގޮސް ކާންދީފަ އެކުދިންނަށް ބޭނުންވާ ކާތަކެތި ވެސް ދީފަ އަދި ރޯދަމަސް ނިމެންދެން ކާނެ ފައިސާވެސް ދިނީމުހެއްނު. ގައިމު ކަލޭގެ ގެއިން ކޮންމެ ރެއަކު މިބުނި ފައިސާއަށްވުރެން ގިނަ ފައިސާގެ ކާބޯތަކެތި އުކާލާނެކަން ޔަޤީން.

The name is already taken The name is available. Register?

ާއަލިމޯޑު

23 April 2022

ތިޔަ ބުނާ ބޭބެ ފަކީރު ކައި އެއްޗެއް ހޯދަން މާލެ މަގުތަކުގައި ސަލާން ޖަހާތާ މަށަށް އެނގިގެން 2 އަހަރު ވަރު ވެއްޖެ.ހުންނާނީ ވަރަށް ސްމާޓްކޮށް .އާއްމުކޮށް އެޕްރޯޗްކުރާނީ މަގުމަތީ ހުއްޓިލައިގެން ތިބޭ މީހުންނަށް.މަވެސް ކުރިން ދެތިން ފަހަރު ދިނިން.ފަހުން އެނގުނު ހަނީކޯނާ ހިސާބުގަ އުޅޭ ޕާޓޭ ގޮލައެއްކަން އެއީ.އޭގެ ފަހުން ނުދެން.އެގޮތަށް 10 ރުފިޔާ ހޯދައިގެން ފައިފުހޭ މިސްކިތާޖެހިގެން ހުންނަ ޑްރަގްކެފޭ އަށް އެމީހުން ދަނީ

The name is already taken The name is available. Register?

މިަރއިސްދޯ2023

23 April 2022

ބޭސް ފަރުވާއަށް ސަލާންޖަހާ ދިވެހިން މަތިން ހަނދާންވޭތަ؟

The name is already taken The name is available. Register?

ހަދީޖަ

23 April 2022

ހުރިހާ ކަމެއްގަ ވެސް ނެގެތިވް ކޮށް

The name is already taken The name is available. Register?

ބަޚުންބޭ

23 April 2022

ޙެޕްލް ސޭޥް އަ ލައިފް ތީގެ ތީމަކަށް ހަމަ ނުޖެހޭ. ޜާއްޖެއަކީ ހަނގުރާމައެއް އޮތް ތަނެއް ނޫން ނޫނީ ގުދުރަތީ ޑިޒާރސްޓަރއެއްވެސް އޮތް ތަނެއް ނޫން. ތި ޕްރޮޖެކްޓްގެ ތީމަކަށް ފުދޭ އެހްން ތީމެއް ހެދުން ރަނގަޅު.

The name is already taken The name is available. Register?

އަކުރާ

23 April 2022

ސަދަގާތެއް ކޮށްފަ މުޅި ދުނިޔެއަށް އިއުލާން ކުރަނީ. ތީ ތަންފުކެއް ބޮޑުވަރު. އަދި އެންމެ 200 ޕެކް މިބަހަކީ 100000 ބިދޭސީންނަށް. ވަރަށް ގިނައިން ބެހިއްޖެދޯ އެހެންވީމަ.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

23 April 2022

ކީރިތި ގުރްއާނުގެ 35 ވަނަ ސޫރަތުގެ 29 ވަނަ އާޔަތުގެ ތަފްސީރް ކިޔާލުމަށް ނަސޭހަތްތެރިވަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454