ޚަބަރު / ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން

މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް އަލުން ފަށަނީ؛ ފުރަތަމަ އޮތީ އަމީނީމަގުގައި ތާރުއެޅުން!

އަމީނީމަގު: އެއީ މިހާރު މާލޭގައި އެންމެ ބޮޑަށް ހަލާކުވެ، އަޑިގުޑަންތައް ގިނަވެ އަދި ދުއްވާ އެއްޗެހި ދުވަން ވެސް އުނދަގޫވެފައިވާ މަގު -- ފައިލް ފޮޓޯ: މިހާރު

މެދުކަނޑާލާފައި އޮތް މާލޭގެ މަގު ހެދުމުގެ މަޝްރޫއު އަލުން ފަށައި، އެންމެ ފުރަތަމަ މަސައްކަތުގެ ގޮތުގައި، އަމީނީމަގުގައި ތާރު އަޅާ ގޮތަށް ނިންމައިފި އެވެ.

މާލޭގެ މަގުތައް ހެދުމަށް ސިޓީ ކައުންސިލުން ހަވާލުކޮށްފައި ވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ އެވެ.

އާރްޑީސީގެ މީޑިއާ އޮފިޝަލް އަހްމަދު ރަޝީދު "މިހާރު" އަށް ވިދާޅުވީ މެދުކެނޑިފައި އޮތް އެ މަޝްރޫއުގެ މަސައްކަތް ވަރަށް އަވަހަށް އަލުން ފަށާނެ ކަމަށާއި އެންމެ ފުރަތަމަ އޮތީ، މާލޭގައި މިހާރު އެންމެ ބޮޑަށް ހަލާކުވެ، އަޑިގުޑަންތައް ގިނަވެ އަދި ދުއްވާ އެއްޗެހި ދުވަން ވެސް އުނދަގޫވެފައިވާ އަމީނީމަގު، ތާރުއަޅައިގެން އަލުން މަރާމާތުކުރުން ކަމަށެވެ.

ކުރީގެ މޭޔަރު ޝިފާ މުހައްމަދުގެ ލީޑަޝިޕްގެ ދަށުން ހިންގި ސިޓީ ކައުންސިލުން ފެށި އަދި މިހާރުގެ ކައުންސިލުން ބަދަލުތަކެއް ވެސް ގެނެސްފައިވާ "މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ ދަށުން އެންމެ ފަހުން ހެދީ ރޯޝަނީ މަގެވެ. މިދިޔަ އަހަރު އޮކްޓޯބަރުގައި ނިންމި އެ މަގުގެ މަސައްކަތަށް ފަހު، އިތުރު މަގެއްގެ މަސައްކަތް އަދި ނުފަށަ އެވެ.

މަޝްރޫއު އަލުން ފަށާ ކަމެއް ކައުންސިލަށް ނޭނގޭ!

މި އަހަރު ފެށުނު ފަހުން ސިޓީ ކައުންސިލުން ބުނެފައި ވަނީ އެ މަސައްކަތް ހުއްޓިފައި އޮތީ ސަރުކާރުން ބަޖެޓް ދޫނުކޮށްގެން ކަމަށެވެ. އެ ކައުންސިލަށް އެއް އަހަރު ފުރުން ފާހަގަކުރަން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުން އަދިވެސް ބަޖެޓް ހަމަޖައްސައިނުދޭ ކަމަށެވެ.

އާރްޑީސީން މަގު ހެދުމުގެ ޕްރޮޖެކްޓް އަލުން ފަށާކަން އިއުލާންކުރުމުން، ބަޖެޓް ހަމަޖެހުނީތޯ ސުވާލުކުރުމުން ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ ވިދާޅުވީ މަގު ހެދުމުގެ ޕްރޮޖެކްޓަށް ސަރުކާރުން ބަޖެޓް ހަމަޖައްސައިދިން ކަން ކައުންސިލަށް އަންގާފައި ނެތް ކަމަށާއި އެ މަސައްކަތް އަލުން ފަށަން އުޅޭ ކަން ކައުންސިލަށް އެނގުނީ ވެސް ސޯޝަލް މީޑިއާ އިން ކަމަށެވެ.

މާލޭގެ މަގުތައް ހެދުމަށް ސިޓީ ކައުންސިލުން ވެފައިވާ އެއްބަސްވުމަށް ބަދަލު ގެނެސް އަލުން ސޮއިކުރުމަށް ހޮޓެލް ޖެންގައި މިދިޔަ ނޮވެމްބަރުގައި ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ)، ސޮއިކުރެއްވި އެއްބަސްވުން ދައްކާލަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

"މިކޮޅަށް އެކަން އަންގާފައި ނެތަސް، އެ މަސައްކަތް އަލުން ފަށާ ނަމަ، ކައުންސިލުގެ ފުރިހަމަ އެއްބާރުލުން ސަރުކާރާއި އާރްޑީސީ އަށް ވެސް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

"މާލޭގެ މަގުތައް ނުހެދި ލަސްވަމުން ދިއުމަކީ މާލޭގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމަކަށް ވާތީ، މޭޔަރު ހުންނެވީ މަސައްކަތް ފަށައިފިއްޔާ އެކަމަށް އެއްބާރުލުން ދޭ ގޮތަށް."

ބަޖެޓް ހަމަޖެހުނުކަން ކަށަވަރެއް ނުވި

އާރްޑީސީން މަސައްކަތް ފަށަނީ ބަޖެޓް ހަމަޖެހުމުންތޯ އެ ކުންފުންޏާ ސުވާލުކުރުމުން މީޑިއާ އޮފިޝަލް ވިދާޅުވީ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވެވެން މި ވަގުތު ނެތް ކަމަށެވެ. ބަޖެޓް ލިބުނުކަން ޔަގީންކުރުމަށް ފަހު، ފަހުން ޖަވާބެއް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"ވީހާ ވެސް އަވަހަކަށް މަސައްކަތް ފަށަން މަސައްކަތް ކުރަމުން މި އަންނަނީ،" އޭނާ ވިދާޅުވި އެވެ.

މާލޭގެ މަގުތަކުގައި އަލުން ގާ އަތުރައި، މަގުތަކަށް ބަދަލު ގެނައުމަށްޓަކައި އާރުޑީސީއާ މަސައްކަތް ހަވާލުކޮށްފައި ވަނީ 462 މިލިއަން ރުފިޔާ އަށެވެ.

އާރްޑީސީއާއެކު ހެދި އާ އެއްބަސްވުމުގެ ދަށުން 16 މަގެއްގައި ތާރު އަޅަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި އަމީނީމަގާއި ފަރީދީމަގާއި ބުރުޒުމަގު ފަދަ ބޮޑެތި މަގުތައް ވެސް ހިމެނެ އެވެ. ކުރީގެ އެއްބަސްވުމުގައި އޮތީ މަގުތައް އަލުން ހަދާއިރު، ހުރިހާ މަގެއްގައި ވެސް އަލުން ގާ އަތުރައިގެން ހެދުމަށެވެ.

ތާރު އަޅަން ނިންމާފައި ވަނީ މާލޭގައި ޓްރެފިކް އެންމެ ބާރު ބޮޑުވާ މަގުތަކުގަ އެވެ.

އެއްބަސްވުމަށް ފަހުން ގެނައި ބަދަލުތައް

• 105 މަގެއް ހިމެނޭހެން 51.3 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ހެދުން.

• ބޮޑުތަކުރުފާނު މަގާ އެކު 16 މަގެއްގައި ތާރުއެޅުން.

• މުއްދަތު އަވަސްކޮށް ދެ އަހަރު ތެރޭގައި މަޝްރޫއު ނިންމުން.

• ނޯތު ހާބާރު ސަރަހައްދުގެ ތޮށިގަނޑު ފެއަށް ޖައްސާއި ބޭރު މަގު ފުޅާކުރުން.

އެ އެއްބަސްވުމަށް ބަދަލު ގެންނަން ޖެހުނު އެންމެ ބޮޑު ސަބަބަކީ މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، މަސައްކަތް އެއްކޮށް ނިންމަން ހޭދަވާ މުއްދަތު ވީހާ ވެސް އަވަސް ކުރަން ބޭނުންވުމެވެ. މިހާރު މި ގެނައި ބަދަލާ އެކު، ދެ އަހަރުގެ ތެރޭގައި ހުރިހާ މަގެއްގެ މަސައްކަތް ނިންމައިލެވޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ކުރީގެ މޭޔަރު ޝިފާ ދައުރުގައި ސޮއިކުރި އެ އެއްބަސްވުމުގައިވާ ގޮތުން، މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާއި ޕާކިންގެ މައްސަލަ އަށް ވެސް މި މަޝްރޫއުގެ ދަށުން ހައްލެއް ލިބޭނެ އެވެ.

24 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 0%
icon angry icon angry 31%
icon wow icon wow 31%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނުކުރާނެ

19 May 2022

މާލޭގެމަގުތައް ދުވަހަކުވެސް ތާރުއަޅައިގެންނަހަދާނެތިޔައިގެދެތަންރާއްޖޭގަހުންނާނެ އަދިއެދެތަނުގެވައްކަމާކަރަޕުސަނަކީ އެއްވެސް ސަރުކާރަކުން ބަލާފިޔަވަޅުއަޅާދެތަނެއްނޫމް އެދެތަނަކީ އެމްޕީއެލް, މާލޭސިޓީކައުންސިލް,އެޕީއެލްއައްވެސް ސީއީއޯ އަކުވައްދާއިރައްއަވަހައްދާނީ ޗައިނާއައްވެހިކަލްގަންނަންް ކުންފުނީގެމަސައްކަތްހަލުވިކުރަން ގެންނާނީ ބާދަގަޑައްއުކާލާފަަހުންނަވެހިކަލްްގަނެގެން ދަބަރުތަޅައިގެންދަވާދުލައިގެންބުރޭންޑުނިއުއެއްޗެހީގެނަމުގާ ދެންސިޓކައުންސިލްގެވެރިންކުރާކަމަކީމަގުގައަތުރާގާ ގަންނަނީ 6ރ.އަށްގަލެއް މާލެގެނެސްއގުޖަހަނީ 36 އައްގަލެއް މިވިޔަފާރިނުހިންގޭނެތީމާލޭސިޓީގަދުވަހާކުވެސްތާރެއްނާޅާނެ!ތިތަންތަނުންވަކިވާއިރުތިބެނީމިލިއޮނަރުންނައްވެފާ.ސަރީއަތެއްނުހިގާނެ!ހިންގާކައްބޭނުމެއްވެސްނުވާނެ!

The name is already taken The name is available. Register?

ހަސްނަ

19 May 2022

ތިކޮމެންޓް ނެތޭ ކިޔޭކަށް. ފުރަތަމަ ކީބޯޑުގެ ސްޕޭސް ބާ އަށް ފިތަން ދަސްކޮށްބަލަ

The name is already taken The name is available. Register?

ސާބަސްކަރޯ

18 May 2022

މާލޭގަ ނަރުދަމާ އައުކުރަންވީނު.. ޖަންކްޝަންތައް ފުރިގެން ކަންމަތިތަކުން ނަޖިސް އަރާއިރުވެސް އަހަރަމެން މިއުޅެނީ ތާރު ނޭޅިގެން…

The name is already taken The name is available. Register?

ޔަރުމޭ

18 May 2022

ކުކުޅު ގުއިދޮށްވުމަކަށްވެ ނިމުނީ. ދެންއަޅަންޖެހޭނީ ކޯޗެެއްބާ؟

The name is already taken The name is available. Register?

ނުގުޑާ

18 May 2022

މުއިއްޒު ވަރަށް މޮޅުވާނެ ކަންކަން މީހުން ބޮލަށް ޖަހަން.. މިނިސްޓަރަކަށް ހުރި އިރުވެސް ކުރި ހުރިހާކަމެއް ތިން ހަތަރު ފަހަރު ކޮއްގެންނޫނީ ކުރިއަކަށް ނުކެޑި.. އަދިވެސް މިއުޅެނީ އެހެދި މޮޅު ބީޗުން ސަލާމަތް ނުވެގެން.. ކޮންމެ ހުޅަނގު މޫސުމެއްގައި އެތަން އެއޮންނީ ރޫޅިފައި.. ހިތައްއަރާ ކަމެއް ފެށުމުގެ ކުރިން ވިސްނާލާބާއޭ..

The name is already taken The name is available. Register?

ސަލީމާ

18 May 2022

ހެޔޮ ނުވާނެ އަވަސަކުރޭ… އުނަގަނޑު ގުޑައިފި … ކުލަ ލާފަ ހުންނަ ބަންޕަރުތަކަށް ދޫނުކުރޭ އަޑިގުޑަންތައް

The name is already taken The name is available. Register?

ޣަރޫ

18 May 2022

ސާބަހޭ މަގޭ ވޯޓު ސޯލިހުއަށް ދޭން ނިންމައިފިން.

The name is already taken The name is available. Register?

ޖުލައި2021

18 May 2022

އަޑީގަ ޓަނަލްއެއް ނުހަދާ ތާރު އަޅާފިއްޔާ އަބަދު ޖެހޭނީ ތާރުގަނޑު ކަފާ ކަފާ ތިބެން މަގު ކޮނެކޮނެ. އެކަމަށް ވިސްނާފަ ތާރު އަޅާތި. ސުޓެލްކޯ ނޫނީ އެމްޑަބްލިޔު އެސްއީން އަބަދު ތިބޭނީ ތިމަގު ކޮނެ ކޮނެ. ގައިމުވެސް ނުފުރޭވަރު ބޮޑު ޓަނަލެއްހަދާފަ ތިކަން ކުރާތި

The name is already taken The name is available. Register?

މެއި2022

18 May 2022

ވެސްޓް ޕާކު ސަރަހައްދު އެއޮތީ ކޮންނަން ނުޖެހޭ ގޮތަށް ހަދައިފައި

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

18 May 2022

ދެމެހެއްޓެނި ގޮތުގައި ތާރުއެޅުމަކީ ކަމުގެހައްލު! އެކަމަކު ބުނަން އޮތް ވާހަކަޔަކީ ބޮޑުކީސް ބަހައްޓައިގެން މަގު ކަނޑާ މަގުގައި ހޮޅިވަޅުލާ، ކޭބަލްޓީވީލައިންއާއި، އިންޓަރ ނެޓް ފަދަ ލައިންތަކާ، ކަރަންޓްކޭބަލް ތައް ދުރާލާ ބޮޑު ހޮޅިއެއް ވަޅުލައިގެންނަމަވެސް އެކަންކަން މަގުނުގަނޑާ ހައްލު ލިބޭނޭ ގޮތައް މަގުހެދުން އެއީ އެންމެ މުހިއްމު އެއްކަންތައް!

The name is already taken The name is available. Register?

އުސްމާނުބެ

18 May 2022

އިރު އިރުކޮޅާ މިކަމެއް ކުރަން ނުޖެހޭ ގޮތަކައް މިކަން ކުރަންވެއްޖެ . ކޮންމެ ސަރުކާރެއް އަޔަސް.

The name is already taken The name is available. Register?

ނުހައްގު

18 May 2022

ލާރިކޮޅެއް ކާލަން ފުރުސަތެއް ލިބުނީ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454