ޚަބަރު / ބޯހިމެނުން

ދުވާލަކަށް 500ރ. ދޭ ގޮތަށް ބޯހިމެނުމުގެ މަސައްކަތަށް 4،400 މީހުން ހޯދަނީ

ޖޮބް ފެއާއެއްގައި ވަޒީފާގެ ފުރުސަތުތަކާ ބެހޭ ގޮތުން މައުލޫމާތު ދެނީ: ބޯހިމެނުމުގެ މަސައްކަތް ބޭނުންވާ 4،000 ވުރެ ގިނަ މީހުން އަންނަނީ ހޯދަމުން -- ފައިލް ފޮޓޯ: މިހާރު

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ މި އަހަރުގެ ބޯހިމެނުމުގެ މަސައްކަތަށް ބޭނުންވާ 4،400 މީހުން ހޯދުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.

އެ އޮފީހުގެ ސީނިއާ ސްޓެޓިސްޓިކަލް އޮފިސަރު އައިމިނަތު މުޝްފިގާ އިބްރާހިމް "މިހާރު" އަށް އިއްޔެ ވިދާޅުވީ، ބޯހިމެނުމަށް ބޭނުންވާ މީހުން ހޯދުމަށް ކުރި ފުރަތަމަ އިއުލާނާ ގުޅިގެން މިހާތަނަށް 2،005 މީހަކު ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު އަދިވެސް ބޭނުންވާ އަދަދަށް މީހުން ހަމަނުވާތީ އަލުން އިއުލާންކުރީ ކަމަށް ވިދާޅުވި އެވެ.

"އެ މަސައްކަތަށް އެންމެ ގިނަ މީހުން ބޭނުންވަނީ މާލެއިން. ޝައުގުވެރިކަން ފާޅުކުރި މީހުން އަދި ވަރަށް މަދު،" އޭނާ ވިދާޅުވި އެވެ.

މާލެއިން 2،049 މީހުން ހޯދާއިރު، މިހާތަނަށް ފޯމު ހުށަހެޅީ އެންމެ 583 މީހުންނެވެ. އަދި އިތުރު 1،826 މީހުން ބޭނުންވެ އެވެ.

އެންމެ ގިނައިން މިހާތަނަށް މީހުން ލިބިފައި ވަނީ ރަށްރަށުންނެވެ. ރަށްރަށުން 1،991 މީހަކު ހޯދާއިރު، މިހާތަނަށް 1،422 މީހަކު ފޯމު ހުށަހަޅާފައިވެ އެވެ. އަދި އިތުރު 569 މީހުން ބޭނުންވެ އެވެ.

އެލަވެންސް ދޭ އުސޫލު

● މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500ރ. ގެ އެލަވަންސެއް (އެއީ 7-11 ދުވަހަށް).

● މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 10ރ. ގެ ފޯނު އެލަވަންސެއް (އެއީ 7-11 ދުވަހަށް).

● ތަމްރީނަށް ދާ ކޮންމެ ދުވަހަކަށް 100ރ. ގެ އެލަވަންސެއް (އެއީ ފަސް ދުވަހަށް).

ތަމްރީނު އެލަވަނެސް ލިބޭނީ ބޯހިމެނުމުގެ އޮޕަރޭޝަންގައި ބައިވެރިވެއްޖެ ނަމަ އެކަންޏެވެ. އަދި އެ މަސައްކަތުގައި ބައިވެރިވާ މީހުންނަށް އެލަވަންސް ދޭނީ ތަމްރީނު ފުރިހަމަކޮށްް، ބޯހިމެނުމުގެ މަސައްކަތް ފުރިހަމަކުރުމުން ކަމަށް އެ އޮފީހުން ބުންޏެވެ.

މާލެ އާއި ރަށްރަށުގައި ވެސް ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ އަންނަ އޮގަސްޓް މަހާއި ސެޕްޓެމްބަރު މަހާ ދެމެދުގަ އެވެ.

ބޯހިމެނުން އޮންނާނެ ދުވަސްތައް

● މާލެ:

ބޯހިމެނުމަށް ބޭނުންވާ މައުލޫމާތު އެއްކުރުން އޮންނާނީ ސެޕްޓެމްބަރު 13 އިން އެ މަހުގެ 14ގެ ނިޔަލަށެވެ. އަދި ބޯހިމެނުމުގެ އަމަލީ މަސައްކަތް ފަށާނީ ސެޕްޓެމްބަރު 17 އިން އެ މަހުގެ 25ގެ ނިޔަލަށެވެ.

● ބޮޑެތި ރަށްތައް:

ބޯހިމެނުމަށް ބޭނުންވާ މައުލޫމާތު އެއްކުރުން އޮންނާނީ ސެޕްޓެމްބަރު 13 އިން އެ މަހުގެ 14ގެ ނިޔަލަށެވެ. އަދި ބޯހިމެނުމުގެ އަމަލީ މަސައްކަތް ފަށާނީ ސެޕްޓެމްބަރު 17 އިން އެ މަހު 22ގެ ނިޔަލަށެވެ.

● ކުދި ރަށްތައް:

ބޯހިމެނުމަށް ބޭނުންވާ މައުލޫމާތު އެއްކުރުން އޮންނާނީ ސެޕްޓެމްބަރު 13 އިން އެ މަހުގެ 14ގެ ނިޔަލަށެވެ. އަދި ބޯހިމެނުމުގެ އަމަލީ މަސައްކަތް ފަށާނީ ސެޕްޓެމްބަރު 17 އިން އެ މަހު 21ގެ ނިޔަލަށެވެ.

ބޯހިމެނުމުގެ ކަންކަމުގައި ބައިވެރިވާން ޝައުގުވެރިވާ މީހުންނަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. ބޯހިމެނުމުގައި ޓްރޭނަރުންނާއި އެނިއުމަރޭޓަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 31 ނިޔަލަށެވެ.

ހަތް އަހަރު ފަހުން، އަނެއްކާ ވެސް ރާއްޖޭގައި ބޯހިމަނާއިރު، އެހެން ފަހަރުތަކާ ހިލާފަށް މި ފަހަރު މައުލޫމާތު އެއްކުރުމަށް ކަރުދާހުގެ ބަދަލުގައި ބޭނުންކުރާނީ ޓެބްލެޓެވެ. އެ މަސައްކަތަށް ބޭނުންވާ 812 ޓެބްލެޓު ވަނީ ހޯދައިފަ އެވެ.

އަންނަ އޮކްޓޯބަރު ހައެއްގައި ބޯހިމެނުމުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް، ދާއިމީ ނަތީޖާ އެ މަހުގެ 20 ގައި އިއުލާނުކުރަން ވަނީ ކަނޑައަޅައިފަ އެވެ.

މިދިޔަ އަހަރު ބޯހިމެނުން ފަށަން ތައްޔާރުވުމުގެ ގޮތުން ޕްރީ ޓެސްޓިން އަދި ޕައިލެޓް ސެންސަސްއެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އެންމެ ފަހުގެ ޕްރޮޖެކްޝަންތަކާ ހަވާލާދީ، ހަ އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީ އަށް ލައްކައެއް އިތުރުވެ، މީހުން ދިރިއުޅޭ އަދަދު ފަސް ލައްކަ އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް 2020 ވަނަ އަހަރު ސްޓެޓިސްޓިކް ބިއުރޯއިން ބުނެފައިވެ އެވެ.

6 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 17%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަމަ އަގު

20 May 2022

އަޅުގަނޑަށް ދެވޭނީ ދުވާލަކަށް =/2،000 ރުފިޔާ ދެންޏާމުން

The name is already taken The name is available. Register?

އަބްޑޫޅް

19 May 2022

މިކަމަށް ބޭނުންވަނީ ބުރުގާ އެޅި މީހުންތަ؟

The name is already taken The name is available. Register?

???

19 May 2022

ބޯހިމެނިޔަސް ޕާސަނަލް މައުލޫމާތުދޭން ދެކޮޅު!

The name is already taken The name is available. Register?

ނ‫ާޑުވާ

19 May 2022

ކ‫ީއްކުރަން ކުރާކަމެއްކަމެއް ނޭނގެ. ތި މައުލޫމާތުތައް ސަރުކާރުގެ އިދާރާގަ ހުއްޓަސް ބޯހިޔާވަހިކަމަށް ފޯމެއް ލާއިރު ތި ހުރިހާމައުލޫމާތެއް އަލުން ހަމަކުރަންޖެހޭ. ހަތަރު ލައްކައެޢްހާ ރައްޔިތުންގެ މައުލޫމާތު ނުބެލެހެއްޓިގެން އުޅޭ ޤައުމެއް މީ.

The name is already taken The name is available. Register?

މުސަންމީ

18 May 2022

500 ރުފިޔާ ދޭނެ ހިތްވަރެއް ސަރުކާރުގައިނެތް. ސަބަބަކީ ކޮވިޑްތެރޭގައި ރެޔާ ދުވާލު މަސައްކަތްކުރި ކުދިންނަށް އެލަވަންސް ނުދޭތާ މިހާރު އަހަރަކަށްވުރެން ގިނަދުވަސްވެއްޖެ.

The name is already taken The name is available. Register?

ފަރީދު11

18 May 2022

500ރ އަކީ ކުޑަ އަދަދެއް ..ކަމުގެ ބާވަތުން .. މަލެ ފަދަ ތަންތާ .. އެކުދިން ކައިބޮއެ ދަތުރު ކޮށް ޕެޓްރޯލް އަޅާ .ހެދިމާ ގެޔައް ގެނދަން އޮންނާނީ 200ރ .. ބަންގާޅ ލޭބަރުން .. މަގު މަތިން ލިބެނީ 500ރ 800ރ ދުވާލަކަށް.. ލިޔަން ކިޔަން ނުދަންނަ މީހުން އެއީ..... ވަގުތީ ލޭބަރުން އަޅުގަންޑު ދެނީ ދިވެހި ކުދިން ވެއްޖެއިޔާ 600ރ ،، ދީފަ ކާން 130ރ ދީ ދަތުރު ދީ ނިދަން އެލެވެންސް މިދެނީ އަދި ބޭސް ފަރުވާ،، އިޝުއަރެނސް ދީ... އެއީ ވަގުތީ ލޭބަރުން މާލެ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454