ޑްރަގް ޓްރެފިކިންގެ މައްސަލައިގައި ދައުވާ ކޮށްފައިވާ ހުނޫ.--
23 މެއި 2022 - 14:36
ޑްރަގް ޓްރެފިކިންގެ މައްސަލައިގައި ޓިކްޓޮކް ތަރި، އަދި ބައެއް ފިލްމުތަކުން ވެސް ފެނިފައިވާ ހުނޭސާ އާދަމް (ހުނޫ) އަށް ދައުވާކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ މާޗު، 28، 2022 ގައި މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި ތިން މީހެއްގެ މައްޗަށް މިދިޔަ ބުދަ ދުވަހު ދައުވާކޮށްފައިވާ ކަމަށެވެ.
ހުނޫގެ އިތުރުން އެ މައްސަލައިގައި ދެން ދައުވާ ކުރީ މއ. އުދުހޭކޮކާ ހުނައިން ބިން އަލީ އަދި ގއ. ދާންދޫ، ޕެލަސްހައުސް، މުހައްމަދު އާދަމެވެ.
އެ މައްސަލައިގައި ހިމެނެނީ ގާތްގަނޑަކަށް 353 ގްރާމް ޑައިމޯފިނާއި 18 ގްރާމްގެ މެތު އަދި 139 ގްރާމް ކެނެބިސްއެވެ.
ހުނޫގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ކެނެބިސް ޓްރެފިކްކުރުން އަދި މަސްތުވާ އެއްޗެއް ޓްރެފިކްކުރުމުގެ ދައުވާކޮށްފައިވެ އެވެ.
އާދަމްގެ މައްޗަށް ކުރީ ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ އާއި މަސްތުވާ އެއްޗެއް ޓްރެފިކްކުރުމުގެ ދައުވާ އެވެ.
ހުނައިންގެ މައްޗަށް ވެސް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ކެނެބިސް ޓްރެފިކްކުރުން އަދި މަސްތުވާ އެއްޗެއް ޓްރެފިކްކުރުމުގެ ދައުވާކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަދުން ބޯ ހަލާކު
25 May 2022
ތިޔަ ޓިކްޓޮކުގަ ތެޅޭ ވައްތަރުންވެސް އިނގޭ ތީކީ ހަމައިގަ ތިބޭ ބައެއް ނޫންކަން. މޮޔައިން ތިބޭނެ އެ ޖައްސާ ވައްތަރު ބަލަން މަސައްކަތު ގަޑީގަ ވެސް.
އަހުމަދު ސަރީފޫ
24 May 2022
އެހާރީތިކުދިން ބަންދު ކުރުންވެސް އެއީ ގާނޫނީ ކުށެއް
އިމަނާ
24 May 2022
ކިހިނެއްތަ މިވަނީ؟އެއްދޮރުން ވަދެފައި އަނެއްދޮރުން ޑްރަގުސްތައް ނިކުންނަނީތަ؟ވަރަށް ގަދަބާރުލާފައިބުނި ވަންނަ ދޮރުތައް ބަންދުކޮށް މިފަހަރު މިކަން ހުއްޓުވާނަމޭ؟އިންޑިޔާ ސިފައިންތިބީ އަހަރުމެންނާއެކު މިކަން ހުއްޓުވާށޭ؟އިހްލާސްތެރިކަމެއް ހުރިއްޔާ މިކަން ހުއްޓުވޭނެ. އިހްލާސްތެރިކަމެއްނެތިމަދޯ މަގުމަތިން ފެންނަ ހިސާބުގައިވެސް މިވިޔަފާރި އެތިބަގެންކޮށްލަނީ. ދެދުވަހެއްކުރިން ފަސްހަކުއްޖަކު ބިރެއްނެތި ހަމަޖެހިލައިގެން މިވިޔަފާރިކޮށްލާތަން އަހަރެންދުށިން.
ކޮބާކޮބާ
24 May 2022
ހައުދަހައިވާ ތިޔާގެޔޭދޯ! ކޮމިޝަނަރު ވިދާޅުވަނީ މިފަހަރު އެއްކޮށް ނައްތާލާފަނޫނީ ނުހުއްޓާނަމޭ. މީގެ ކުރިންވެސް ޑުރަގުގެކަންތައް އެއްބުރަކަށް އަނގައިން ހުއްޓުވާލެއްވި. ދުވަސްކޮޅެއްފަހުން ފެނިގެންދިޔައީ ތިޔާގެވެ، ތަންތަނުގައި ތާލިޖެހި ޗޯފައިބާތަން ގިނަވިތަން. މިފަހަރު މިފެންނަނީ ޓިކް ޓޮކާއި ގުޅޭތަން. އަނގަފުޅާކޮށްފަ ބުނެވިދާނެ. އެކަމަކު ހުއްޓުވޭނީ ހުއްޓުވާފައޮތް ތަންތަނުގަ ހަދާގޮތް ހަދައިގެން. އެއާއިއެކު ފެނިއްޖެތަ، ބަޑިޖަހާފަ ސުވާލުކުރޭ. ހުއްޓޭނެ.
ބުރުގާ
23 May 2022
ހޫނ.. ތީދެން އެވަރުކަމެއްތަ. ތީ ދެން އެންމެނައްވެސް ވަރިހަމަވެފަ އޮތްކަމެއްނު.
ލައިޝާ
23 May 2022
މީނަ ޓިކް ޓޮކް ގަ ވެސް އުޅޭތަ؟ ދިމާ ނުވާތީ ހަމަ އަހާލީ. ދެން މީނަ ޖަލަށް ލައިފިއްޔާ ކޯޓުގަ މައްސަލަ ޖައްސާނެ ދޯ ޓިކް ޓޮކް ބޭނުން ނުކުރެވޭތީ މީނަގެ ފޭނުން މިސްވެގެން،،،
ތަރިކަ
23 May 2022
ޓިކުޓޮކާ ޑުރަގާ ކޮން ގުޅުމެއްބާ
ހަސްނަ
25 May 2022
ވަރަށް ގުޅުން އެބަ އޮތް. ޓިކްޓޮކްގަ ވައްތަރެއް ނުޖައްސާނެ ހަމަ ބުއްދި ހުރި މީހަކު
ސަލްމާވަފާ
23 May 2022
ޓިކްޓޮކްއަކީ ޑްރަގު ޑީލަރުންނަށް ޚާއްސަ ޕްލެޓްފޯރމް އެއް ، ހެކި ބައްލަވާ ޕޮލިހަށް ގުޅާފަ.
އައިމީ
23 May 2022
މިކަހަަލަ ކުލަ ރީތި ގިރިޓީ އަންހެން ކުދިންނަކީ ފިރިހެންވެރިން އަތުއަޅުވާލަން ގްރޫޕް ތަކުން ބޭނުން ކުރާ އެންކޮޅުތަކެއް. ހުސްބުޅީގަވެސް ގަންނާނެ ނިކަން ފަސޭހަކޮށް ބައެއް ފިރިހެނުން. އެއިން ކުއްޖަކު ދީފިއްޔާ ހަމަހޭވެރިކަމެއް ނުހުންނާނެ ހަކުރުތޯ ހަނޑޫތޯ ވެސް ބަލާ ނުލާ ދިރުވާލާނެ.
މަރިޔަމް ނަހުލާ
23 May 2022
ހެދުން އެޅުމުގައި ފިރިހެނުންނާއި އަންހެނުން އިސްލާމީ މުޖުތަމައު ބަލާގަންނާނެ ގޮތަށް ހެދުން އެޅޭތޯ ބަލަން ވާނެ. އެކި އެކި މީސްމީޑިއާގައި ދިވެހިން ހެދުން އަޅާފަ ހުންނަނީ އިސްލާމީ މުޖުތަމައައާއި ނުގުޅޭ ގޮތަށްކަން ފާހަގަވޭ. ވަރަށް ދެރަވޭ. ހެޔޮ ވިސްނުން އަޅަމެންނަށް ދެއްވާށި.
ބޯހަލާކު1615
24 May 2022
ރަނގަޅު. މީހުން މެރިޔަސް. ހަކުރު ބުޔަސް ވައްކަަންކުރިއަސް މުޖްތަމައު ބަލައިގަންނަ ގޮތަށް ހެދުން އަޅަންވާނީ. ހުރިހާ ކުށަކަން ވުރެ ބޮޑުކުށެއްއެއީ
ދޮންލިއިނާ
24 May 2022
ރަނގަޅަށް އުޅެން ބޭނުންވާ މީހަކަށް ރަނގަޅު މެސެޖެއް.
ބޯހަލާކޭ
24 May 2022
ބޯހަލާކު1615... އެއްކަމަކާ އަނެއް ކަމަކާ ނުގުޅުވާ އަމިއްލަ ބޯ ހަލާކުކޮށްބަލަ. އެއް ކަމެއް ރަގަޅު ކުރަން މީހަކު ބުނުމަކީ އެހެން ގޯސް ކަންކަން ކުރަމުންދިއުން ރަގަޅޭ ބުނުމެއް ނޫނޭ. ކަމެއް އިސްލާހުކުރަން ކޮންމެ މީހަކުވެސް ބަހެއް ބުނެލުމަކީ ހަމަ ރަގަޅު ގޮތެއް. ވީވަރަކުން ހެޔޮ ނަސޭހަތް ދޭންވާނެ.