ވިނަރެސް ފްލެޓްތަކުގެ އެޕާޓްމެންޓްތައް ބަލާލުމަށް އާންމުންނަށް ހުޅުވާލި ފުރުސަތުގައި ބަޔަކު އެ ތަނުގެ އެޕާޓްމެންޓްތަކަށް ބަލަން ވަންނަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
07 ޖޫން 2022 - 23:18
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތައް ބެލުމަށް ގާތްގަނޑަކަށް 11،000 މީހުން ނަން ނޯޓުކޮށްފި އެވެ.
އެޗްޑީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފްލެޓު ބެލުމަށް ރަޖިސްޓްރީކުރަން މިދިޔަ ހުކުރު ދުވަހު ހުޅުވާލުމުން ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އެ ތަން ބެލުމަށް ނަން ނޯޓުކުރި މީހުންގެ އަދަދު މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ފުލްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ފްލެޓު ދައްކަން ހަމަޖައްސާފައިވަނީ 500 މީހުންނަށެވެ. މިހާރު 11،000 އެއްހާ މީހުން ނަން ނޯޓުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފްލެޓު ގަންނަން ކުރިމަތިލުމުގެ ފަހު ތާރީހާ ހަމައަށް ފްލެޓުތައް ދައްކަން އެޗްޑީސީން ވަނީ ނިންމައިފަ އެވެ. އެ ފްލެޓުތައް ގަންނަން އަދި އިއުލާނެއް ނުކުރެ އެވެ.
ވިނަރެސްއަކީ 13 ބުރީގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނޭ މަޝްރޫއުއެކެވެ. އޭގެ ތެރެއިން ވަކި އަދަދެއް މާލޭ މީހުންނަށް ހާއްސަކޮށްފައިވާއިރު، މާލޭގައި އުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް 100 ޔުނިޓް ވަނީ ކަނޑައަޅައިފަ އެވެ.
އެޗްޑީސީން ކުރިން ހާމަކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން މި ތަންތަނުގެ އަގު އުޅެނީ 2.52 - 2.59 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ. އެ ފްލެޓްތަކުގެ މަސައްކަތް ނިންމައި އަންނަ މަހުގެ ތެރޭގައި އެ ތަން އެޗްޑީސީއާ ހަވާލުކުރާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
10 June 2022
ނަންނޯޓު ކުރުން އެއީ ކަލޭމެން ދިވެހީންގެ ހޮބީއެއް ދޯ؟
އެމެރިކާ
08 June 2022
ރައިސް ޔާމިންގެ ދައުރުހަ އަޅަމުން ދިޔަ ތަންތަންމީ. ކަންނުވެ ނަންވާ ސުކާރު އިސްތިއުފާ
ހަމް67
08 June 2022
ނުވިކިގެން ދުވާލަކު ހަބަރެއް ލިޔަނީ. ކާކުހޭ އެތަނައް ދެމިލިޔަން ދީފަ ގަންނަނީ. އެތަން ހުރި ގޮތް ދެކުނިންތަ؟ މިހާރު ގަނެގެ ކުއްޔައްވެސް ރަނގަޅު އަގެއްގަ ނުދެވޭނެ. އަގުތައް އެހެރީ ވެއްޓިފަ. ދެން ލަގްޒަރީ ފްލެޓަކައް ހޭދަ ކުރާ ވަރައް އެތަނައް ހޭދަ ނުކުރާނެ ދޯ މީހުން
މި ފުލެޓްތަށް
08 June 2022
މިފުލެޓްތަށް ވިއްކުމުގާ އެޗްޑީސީ އިން ރައްޔިތުންނަށްވަނީ ދޯކާ ދީފަ. ފޮލެޓެއްގެ އަގު 2.7 މިލިޔަނަށްޖަހާފަ ޑައުންޕޭމަންޓް 3 ލައްކަ ދެއްކުމުން ބާކީ އޮންނަ އަދަދު 20 އަހަރަށް ބަހާލުމަށް ފަހު ، މަހަކު 20 ހާސް ދައްކަންބުނަނީ . މާނަ އަކީ ފުލެޓްގެ ަގު އެޖެހެނީ 4.8 މިލިޔަނަށްވުރެވެސް މައްޗަށް. ނަމަވެސް ޑައުން ޕޭމަންޓަށްފަހު ބާކީވާ އަދަދު 20 އަހަރަށް ބަހާނަމަ ދައްކަންޖެހޭނީ މަހަކު 9000ރ.
ގާބެ
08 June 2022
މިޗުހެއިލަކު އައިފަހުން މުޅި އެޗްޑީސީ ހަލާކުަވެއްޖެ
ކާންމެ
08 June 2022
ޓީވީ ޕުރޮގުރާމުގައި އެޗްޑީސީގެ 2 ބޭފުޅަކު އަރާމިވިދާޅުވަނީ މާލޭގެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ދަތިފިލުވާ ލުމައްޓަކާ (ވިނަރެސްއަކީ 13 ބުރީގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނޭ މަޝްރޫއުއެކެވެ) ތަންތަނުގެ އަގު އުޅެނީ 2.52 - 2.59 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ. މިބޭފުޅުން ލަދުގަނޭބާއޭ ހިތައް މިއަރަނީ ބޯހިޔާވަހިކަމުގެ ނަމުގައި ހުޅުމާލޭގެ ބިންތައް ގަރާރެއްގެ ދަށުން މިލްކްކޮއްގެން ބޮޑުއަގުގައި ރިޔަލްސުޓޭޓް ވިޔަފާރި ހިނިއަންނަނީ
އެޗުޑީހީ
08 June 2022
މާލޭގަ ވަޒީފާ އަދާ ކުރާ ސަރުކާރު މުވައްޒަފުންނަށް ޖެއްސުންކުރާ ފާޑަށް ހަދާފަ އޮތް ޝެޑިއުލެއް.. ރަސްމީ ގަޑީގަ ރަސްމީ ދުވަަސް ދުވަހު އެކަނި ތިތަން ބެލެނީ.. ކަޓު ޖައްސަން ބާރު އަޅާފަ
ހަހަހަހަހަބަ
08 June 2022
ދެން އަވަށް ލާރި ސޭވްކުރަންވީ މާލެއިން ގެ ގަތުމަށް . ކުއްޔަށް އުޅޭ ބޭފުޅުން ހުޅުމާލެޔަށް ބަދަލުވުމުން ގިނަ ގޭގޭގެ ލޯނުނުދެއްކި ދެތިން އަހަރުތެރޭ ބޭންކަށް ގެ ނަގާނެ . ދެން ނީލަމުގައި ގެ ވިއްކާލާއިރުު ގަންނަން ރެޑީވޭ
ހުލޯ
07 June 2022
މިދިޔަ ސަރުކާރުން ފައްޓަވާފަވާ މި މަޝްއޫރު ނިމޭތީ އުފާކުރަން… އެކަމަކު ތީވަރަށްބަލަންދަނީ ހިލޭދެނީ ކަމަށްތަ؟؟
ޒައިކް
08 June 2022
މަޢުމޫނު ފެއްޓެވި ހުޅުމާލެ ތަރައްޤީވާތީ ވެސް އުފާވޭ.. މަރުހަބާ މަޢުމޫނު.. އިބޫވެސް ފައިބަމުން ކުރިޔަށް އޮތް 100އަހަރަށްވާވަރަށް މަޝްރޫޢު ފަށާފަ ފައިބަންވީ.. ބިންގާތައްވެސް އަޅަންވީ.. ދެމް އަންނަ ކޮންމެ ބަޔަކު ނިންމިޔަސް މެޑަލް ހަހާލެވޭނެތާ ޔާމީނު ހެދާހެން.. ވެރިކަމުގެ ފަހު ދެ އަހަރު މަޝްރޫތަށް ފެށީ ތާއީދު ގެއްލޭތީ، ވެރިކަން ވެއްޓުނީމަ މެޑަލް ޖަހަން ދެންއަންނަ ބަޔަކު ދާ އޮހޮރުވައިގެން ނިންމީމަ..
ށަވިޔަނި
08 June 2022
ކޮން ސަރުކާރެއްގެ ވާހަކަ؟ އެޗްޑީސީއަކީ ސަރުކާރާއި ވަކި އަމިއްލަ ކުންފުންޏެއް. ހާދަ ތަންދޮރު ނޭނގޭ މީހުން އުޅެއޭ.