ހުޅުމާލޭގައި އެޗްޑީސީން ހަދާފައިވާ ވަގުތީ ލޯކަލް މާރުކޭޓް.--ފޮޓޯ:އެޗްޑީސީ
07 ޖޫން 2016 - 15:45
ހުޅުމާލޭގައި ދާއިމީ ލޯކަލް މާރުކޭޓެއް އަޅަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.
އެޗްޑީސީގެ މުނިސިޕަލް ސާވިސްގެ އެސިސްޓެންޓް ޑިރެކްޓަރު އިސްމާއިލް ޝާން ރަޝީދު ވިދާޅުވީ ދާއިމީ ލޯކަލް މާރުކޭޓް އަޅަން ހަމަޖައްސާފައިވަނީ މިހާރު ވަގުތީ މާރުކޭޓު ހަދާފައިހުރި ބިމުގައި ކަމަށެވެ. އެއީ އެމްޓީސީސީ ހުޅުމާލެ ފެރީ ޓާމިނަލްގެ ދެކުނު ފަރާތު ބިމެވެ. އަދި މިއަހަރުގެ ފަހުކޮޅު އެ މާރުކޭޓް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮންމެ ރޯދަމަހަކާ ގުޅުވައިގެން އެޗްޑީސީން ހުޅުމާލޭގައި ވަގުތީ ލޯކަލް މާރުކޭޓެއް ހުޅުވަ އެވެ. މި ފަހަރުގެ މާރުކޭޓުގައި 12 ސްޓޯލް ހުންނައިރު އެއިން ކޮންމެ ތަނެއް ވިއްކާފައި ވަނީ 1500ރ. އަށެވެ.
"އަޅުގަނޑުމެން މި މަސައްކަތްކުރަނީ ވީހާ ވެސް ހެޔޮ އަގެއްގައި ރައްޔިތުންނަށް އެއްޗެހި ލިބޭނެ ގޮތް ހެދުމަށް. އަދި ވަގުތީ މާރުކޭޓެއް އައީމަ ސްޓޯލްތައް ވެސް ގިނަވެގެން ދާނެ،" ޝާން ވިދާޅުވި އެވެ.
ޝާން ވިދާޅުވި ގޮތުގައި ރަށްރަށުން މާލެއަށް ތަރުކާރި ގެންނަ އުސޫލުން، ހުޅުމާލެއަށް ތަރުކާރި ގެންނަން ރަނގަޅު ގޮތްތަކެއް ހަމަޖައްސާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަބީބު
08 June 2016
ލޯކަލް މާކެޓެއް ހުއްޓަސް ތަކެތި އަގުހެޔޮނުވާނެއެވެ. ތަކެތި އަގުހެޔޮވާނީ ވިއްކާމީހުން އަގުހެޔޮކުރީމައެވެ. އެންމެން އެއްފަހަރާ މިލިއަނަރަކަށް ވުމުގެ ހުވަފެންދެކޭ މިގައުމުގެ މި ތިބަ ރައްޔިތުން ތިއްބަ ތިކަން ތިހާ ފަސޭހަ ނުވާނެއެވެ، އަގު ހިފަހައްޓަން ތަކެތީގެ އަގުތިރިނުކޮށް ބަހައްޓާފައި ހަލާކުވީމަ އުކާލަނީއެވެ. މިއީ އަހްނަނަށް ވިސްނޭގޮތުން ދީން ހުއްދަކުރާނެކަމެއްވެސް ނޫނެވެ.
ލަބީދު
08 June 2016
ތަން ކޮޅެއް އަވަސް ވެއްޖެ .....!!!!!
ފަރީދާ ހަސަން
07 June 2016
މާލެއިން ނާއި ހުޅުމާލެއިން ލިބޭ ތަކެތީގެ އަގު އެއްވަރެއްގަައި ހުރުން ވަރަށް މުހިންމު.
ޓޮމީ
07 June 2016
ލޯކަލް އިސް ގުޑް