ހިޔާލުފާޅުކުރުމުގެ ހައްގު ހަނިކުރުމުގެ ބިލް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމުން އެމްޑީޕީން މަޖިލިސް އިދާރާ ކައިރީގައި މިދިޔަ އަހަރު މުޒާހަރާ ކުރަނީ. --ފޮޓޯ: ސޯޝަލްމީޑިއާ
02 ޖެނުއަރީ 2017 - 10:29
ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ އާއި ހައްގުތައް ނިގުޅައިގަތުން ފަަދަ ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް މިދިޔަ އަހަރު ދީފައިވާ ކަމަށާއި އިދިކޮޅު ހުރިހާ ފަރާތްތަކުން އެއްބާރު ލައިގެން ބަދަލަކަށް މަސައްކަތްކޮށްފި ނަމަ ރާއްޖެ ނުރައްކަލުން މި އަހަރު ސަލާމަތްކުރެވޭނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ދައުލަތުގެ މާލިއްޔަތުން ވައްކަންކޮށް، ފަސާދަ ހިންގައި އެ ޖަރީމާތައް ފޮރުވަން މުޅި ޑިމޮކްރެޓިކް ނިޒާމް ހަލާކުކޮށްލުމުގެ ގިނަ އަމަލުތަކެއް ސަރުކާރުން މިދިޔަ އަހަރު ހިންގާފައިވާ ކަމަށެވެ. އެކަމުގެ ފުރިހަމަ ޒިންމާ ރައީސް އަބްދުﷲ ޔާމީން ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ސަރުކާރުން ހިންގާފައިވާ ކަންކަން ތަފްސީލްކޮށްދެމުން އެމްޑީޕީން ބުނިގޮތުގައި ރާއްޖޭގެ ރަށްތަކާއި ފަޅުތައް ވެސް ބިޑު ކުރުމެއް ނެތި، ސަރުކާރުން ބޭނުންވާ ބަޔަކަށް ވަނީ ވިއްކައިފަ އެވެ. އެއްވެސް ހަރުދަނާ އުސޫލެއް ނެތި، އެކި ތަންތަނުން ބޮޑެތި އަދަދުތަކުން ލޯނު ނެގުމާއި ބޮންޑު ވިއްކުމާއި އެކިއެކި ފަރާތްތަކަށް ސޮވަރިން ގެރެންޓީ ދިނުން ފަދަ ކަންކަމުން ރައްޔިތުން ދަރަނިވެރިކޮށްފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"އިގްތިސާދީ ގޮތުން ގައުމު ދަށަށް ގޮސް އަދި އެކިއެކި ޓެކްސްތަކާއި އެކި ގޮތްގޮތުން ރައްޔިތުންގެ އަތުން ފައިސާ ނެގުން އިތުރުކޮށް، އެހެން ނަމަވެސް ރައްޔިތުންގެ އާމްދަނީ އާއި ދިރިއުޅުމުގެ ހާލަތު އެތައް ތަނަކުން ދަށަށް ދިޔަ އަހަރެކެވެ. އަދި އިންފްލޭޝަން 2 ޕަސެންޓަށް އުފުލުމުން އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ ރައްޔިތުންނަށް އިންތިހާ އަށް ކުރަމުންދާ ކަން ފާހަގަކުރަމެވެ،" އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ފާހަގަކޮށްފައިވާ ގޮތުގައި ކަރަންޓާއި އެ ނޫން ވެސް ހިދުމަތްތަކުން ރައްޔިތުންގެ އަތުން ނަގާ ފައިސާ ވަނީ އިތުރުކޮށްފަ އެވެ. އަދި ކާޑުގެ ބާވަތްތަކުގެ އަގު 100 ޕަސެންޓް ބޮޑުކޮށް، ރައްޔިތުން ވަނީ ހާލުގައި ޖައްސާފައި ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީން ބުނީ ޝަރުއީ ނިޒާމާއި މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ވެސް މިދިޔަ އަހަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.
"ޝަރުއީ ނިޒާމުގެ ތެރެއިން އިންސާފު ލިބެނީ ވަކި މީހަކު ނުވަތަ ވަކި ބަޔަކު ބޭނުންވާ ގޮތަށް ކަމަށް މިއަދު ދިވެހިން ގަބޫލުކުރެ އެވެ. އަދި މިނިވަން މުއައްސަސާތަކުގެ ނަމުގައި އުފައްދާފައިވާ މުއައްސަސާތަކުން ވެސް ކަންކަން ކުރަނީ ސަރުކާރުން ބޭނުންވާ ގޮތަށް ކަމާ މެދު ދިވެހިން ޝައްކެއް ނުކުރެ އެވެ،" އެމްޑީޕީން ބުންޏެވެ.
އޭގެ މިސާލަކީ، އެމްޑީޕީން ބުނިގޮތުގައި، އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރާ ގޮތެވެ.
ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމާއި މިނިވަން ނޫސްވެރިކަން ކުރުމާއި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުން ފަދަ ޑިމޮކްރަސީގެ އަސާސްތައް ވެސް މިދިޔަ އަހަރު ނެތިކޮށްލާފައިވާ ކަމަށް ބަޔާނުގައިވެ އެވެ. އަދި ސިޔާސީ ފަރާތްތައް ނުހައްގުން ޖަލަށް ހުކުމްކޮށްފައިވުމުން ބޭރުދުނިޔޭގެ ފާޑުކިޔުން އަމާޒުވެފައިވާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
ކޮމަންވެލްތުން ރާއްޖެ ވަކިވުމާއި ހާރިޖީ ގުޅުންތަކާ މެދު އަމަލުކޮށްފައިވާ ގޮތުން، ބައިނަލްއަގުވާމީ މުޖުތަމައުގެ ކުރިމަތީގައި ރާއްޖޭގެ އިއްޒަތާއި ޝަރަފު ވެސް މިދިޔަ އަހަރު ގެއްލުވާލާފައިވާ ކަމަށް އެމްޑީޕީން ދެކެ އެވެ.
"..2016 ވަނަ އަހަރަކީ ހުރިހާ ގޮތަކުން ވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދިވެހި ރައްޔިތުންނާއި މުޅި ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ދީ، ނުތަނަވަސްކަމާއި ބިރުވެރިކަން އުފެއްދި އަހަރެކެވެ. އަދި ރާއްޖޭގެ ކުރިއެރުމާއި ފާގަތިކަމާއި ދުރުމުސްތަގުބަލުގެ ސަލާމަތަށް ނުރައްކާވާ ފަދަ އެތައް ޖަރީމާތަކެއް ސަރުކާރުން ހިންގި އަހަރެކެވެ،" އެމްޑީޕީން ބުންޏެވެ.
އިދިކޮޅު ހުރިހާ ފަރާތްތަކުގެ އެއްބާރުލުމާއި ހިތްވަރާ އެކު، މި އަހަރު ކުރާ މަސައްކަތުން މި ހުރިހާ ކަމެއް ބަދަލުވާނެ ކަމަށް އުއްމީދުކުރާ ކަމަށް އެމްޑީޕީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިލުވާލާތި
02 January 2017
ކޯއްޗެކޭ ޖަރީމާ ހިންގައިފިއޭ، ބަދަލަކަށް މަސައްކަތް ކުރަން އުޅެންވީ އޭ. މިއަހަރު މިދިޔަ އަހަރު ޖެއްސި ގޮތަށް ތަމެންނަށް ލާރޖް ކޮށް މާލޭގެ އެެއްވެސް ކޯނަރ އެއް ގައި ވެސް އަދި އެއް ވެސް މަގެއްގައި ވެސް ސްޓްރައިކް ނުޖެއްސޭނެ ވަރު ކުރާނަން މަމެން ޕިންކީން ގާނޫނު ތައް ސްޓްރިކްޓް ކޮށްގެން. އަދި ތަމެންގެ މައުތު ޕީސް އަޑު ފޮށިން އެގެނެސްދޭ މަގޭ ރިޕޯރޓްސް ފަދަ ރަނޑު ވާހަކަ ދައްކާ ރިޕޯރޓްސް ތައް ސީދާ ރައީސް އޮފީހުން އެޕްރޫވް ނުކުރަނީސް ބްރޯޑް ކާސްޓް ނުކުރެވޭ ގޮތަށް ގާނޫނު ތައް ވެސް ބަދަލު ކުރެވިދާނެ އިނގޭ. އެއިރުން ހުންނާނެ ތަމެންނަށް ރަނގަޅަށް އަލާ ފިލާފައި ދޯ.
ދޮންކަމަނާ
02 January 2017
ކޮއްކޮމެންނޭ . ތިކަމެއް ނުވާނެ. ބަސްއަހާގެން ގެޔަށް ދޭ.
އައިސާދީ
02 January 2017
މަވެސްމީ އެމް ޑީ ޕީ ޔާއި ހެދި އާއިލާޔާއި ދެކޮޅުވެރިވެ އެކަހެރިކޮށް އުޅުނު ނިކަމެތި 8 ދަރިންގެ މަންމައެއް. އެމްޑީ ޕީ މަށަށް ދެއްކީ ހުވަފެއް. މަވާ އުމުރަށް ސަލާން. މަވާ އެމް ޑީ ޕީ އަށް ޓާޓާާ. އެކަމަކު މިވަރުގެފޮނިމީރު ވެރިކަމެއް ނުދެކެން. ކިތަމެ ވަރަކަށް ވެރިކަމާހެދި އެމް ޑީ ޕީ އުޅުނަކަސް ދެން މިގައުމަށް އެމް ޑީ ޕީ ދެންނާންނާނެ. މިވަރުގެ ސަރުކާރެއް އަދިނާދެ. އެމް ޑީ ޕީ ކުރިވަރުގެ ހިތާމަވެރި ހިތްދަތި ވެރިކަމެއް އަދި ރާއްޖޭގައި ނުކުރޭ.
ވެލާނާ
02 January 2017
އެމްޑީޕީ އަކީ ހުވަފެއް ދައްކާ ބައެއްކަށް އަދިކިރިޔާތަ އައިސާދީއަށް އެގުނީ. އެއި ހުވަފެއް ދައްކާގެއް ވެރިކަމަށް އައީ ބައެއް.
ދާންއުޅޭ
02 January 2017
ޖަރީމާ ހިންގައިފިއޭ ބަދަލަކަށް މަސައްކަތް ކުރަންވީއޭ. ކޮން ބަދަލަކަށް ތޭ މަސައްކަތް ކުރަންވީ. އެއީ ތަމެން ރަންރީނދުލޭ މެންނާއި އަދި އިންޑިއާގައި ތިބި ކޮރަޕްޓް ލޯޑުންނަށް ރާއްޖޭގެ ރަށް ތައް ހިބައިން ދޭން ތަމެންނާއި އެކު ވާންވީތޭ. ނުވާނެ ތިކަމެއް ނުވާނެ ނުވާނެ ތިކަމެއް. ހަނދާން ނައްތާލަން ޖެހޭނީ ތިކަން. ހަނދާން ނައްތާލާ ހަނދާން ނައްތާލާ ތިކަން. ތިކަން ހަނދާން ނައްތާލުމަށް ފަހު ތަމެން ރަށު ތެރޭން އެހެން ކަމަކާއި ގެން އުޅެގަ އިނގޭ. ދާން އުޅޭ ވަލަށް ދަރު ހޮވަން. ދާން އުޅޭ ދާން އުޅޭ ދާން އުޅެގަ.
ޕޮއްޑޭ
02 January 2017
މިގައުމުގެ ރަތްޔިތުން މަގުތަކުަގައި ހިގާބިގާވެ އުޅޭތީ ކަންބޮޑުވީތޯ؟ ނޫނީ ތިޔަބޭފުޅުންގެ ލަގޮޑި ފަޅައިގެންދާން ކައިރިވީތޯ؟ އެކުން އުދަގޫބޮޑު ނުކުރައްވާ އިންތިޚާބުން ނަތީޖާ ބަދަލުކޮށްލާ މިބޭފުޅާއަކީ އެހެން ޖަހާ ދުންބައްޑައަކަށް ބައްލަވާނެ ބޭފުޅެއްވާނޫން .. ތިޔަބޭފޫޅުންގެ ތެރޭން ވޯޓް ދޭންވީ މީހަކު އެގިއްޖެތޯ؟ އަޅުގަޑުމެން މިތިބީ ވާނުވާނޭގިފާ އެއްބަޔަކު ބުނަނީ ކައިގެނޭ ފުރާނީ އަނެއްބަޔަކު ބުނަނީ ނުކައެއް ނުފުރާނަމޭ..
އިސްމާއިލް މުހައްމަދް
02 January 2017
މީ ބަޔާނުގަ ވާ ވަހަކަތަކަކީ ރައީސް ނަޝީދު ދެނެހުރި ވާހަކަތަކެއްވެސް ނޫން. ބަދަލެއް ބޭނުން ނަމަ ބަދަލުކުރަންޖެހޭ ވާހކަ އެމަނިކުފާނު ސީދާ ވިދާޅުވާނެ. "ޔާމީން ގެ ސަރުކާރު ވައްޓާލައިގެން ނުވާނެ" އެއީ ރައީސް ނަޝީދު ޤަބޫލްފުޅު ކުރައްވާ ކަމެއް ނޫން. ދެން މި އެމްޑީޕީ އިން ފާދުފާދުގެ ބަޔާން މިނެރެނީ ކީއްވެ. ހީވަނީ އެމްޑީޕީ މޮޔަވެގެން އުޅޭހެން. ކުރިން އެމްޔޫއޯ އޭ ކިޔާބަިގަނޑެއްވެސް އުޅުނު އެމޫހުންވެސް އެމީހުންވެސް ރައީސް ނަޝީދުގެ ޚިޔާލުފުޅާ ފިކުރުފުޅާ ދެކޮޅަށް މިކަހަލަ ވާހަކަ ދެއްކި! އެކަމަކު އެއީ ރައީސް ނަޝީދު ދެނެހުރި ކަމެއްވެސް ނޫން. މުޅިން ގޭސް އަމބުރަނީ!!!!
މޫސާ އަބުދުﷲ
02 January 2017
ޑޮކްޓަރ މުނައްވަރު ވިދާޅުވި ބަސްފުޅެއް ކުއްލިޔަކަށް ހިތައް އައީ .. ވިދާޅުވި ނަސީދު ބުނާކޮންމެބަހެއް މާނަކުރާށޭ އޭގެ އިކޮޅަށް.. އެއީ ވަރަށްބޮޑު ތެދުފުޅެއްކަން މިހާރު އެބައެގޭ..
ޝުއާއުﷲ
02 January 2017
ތިހެން ކިޔާފަ އެމްޑީޕީވެސް ހަދަނީހުސް ޑީލް ޕާޓީގެ ބޮޑުން ފައިސާނަގާފަ އާންމު މެންބަރުންނަށް އޮޅުވާލަނީ. މިފަހަކަށް އައިސް އެއްވެސް ހަރަކާތެއް ހިންގާތަނެއް ނުފެނޭ
ފާތުމަތު
02 January 2017
ހަޖަމް ނުކުރެވިގެން އުޅޭ ބައިގަނޑެއްތީ...ރައްޔިތުންގެ އަބުރު ސަލާމަތްކޮށްދީ ރައްޔިތުންނަށް ބިރުވެރިކަމެއް އުނދަގުލެއްނެތި މަގު ހިނގޭނޭގޮތް ހޯދައިދީ، ރައްޔިތުންނަށް ގެދޮރާއި ބްރިޖް ސަރުކާރުން އަޅައިދޭތީ ހަމަ ހަޖަމް ނުވެގެން ތިޔަ އުޅެނީ...
ސަލީމް
02 January 2017
2016 ވަނަ އަހަރު މި ގައުމު ފަހަތަށް ދިއުމުގައި ރައީސް ޔާމީން ޒިންމާވާންޖެހޭ މިންަވަރަށް، އެމް.ޑީ.ޕީންވެސް ޒިންމާ ނަގަންޖެހޭނެ. އެމް.ޑީޕީންވަނީ ރާއްޖެ ބޭރު ދުނިޔޭގެ ކުރިމަތީގައި އަގުވައްޓާލުމަށްޓަކައި، ބޮޑެތި ބަސައްކަތްތަކެއް ކޮށްފަ. ހާއްޞަކޮށް އިގުތިސާދު ފުނޑާލުމަށްޓަކައި. މިހެން ވާންޖެހުނީ ގައުމަށްވުރެ ނަޝީދު އިސްކޮށް، އެމަނިކުފާނުގެ ހައްގުތައް ހޯދާދިނުމަށް މަސައްކަތްކުރުމުން. ހަގީގަތަކީ، ސަހަލު އެއްބައެއްެވެސް ނެތް.