ހެލިކޮޕްޓަރުގެ ފިޔަގަނޑުން ޖެހި އެއާސްޓެއާ އަށް ގެއްލުން ވެފައި:-ފޮޓޯ/މިހާރު
02 ޖެނުއަރީ 2017 - 10:55
މަތިންދާބޯޓަށް އަރާ ސިޑި (އެއާސްޓެއާ) އެއްގައި ސިފައިންގެ ހެލިކޮޕްޓަރެއްގެ ބުރަފަތީގެ ފިޔަގަނޑުން ޖެހި އިއްޔެ ހިނގި ހާދިސާގައި ޒަޚަމްވި މީހާގެ ހާލު ސީރިއަސް ކަމަށް އޭޑީކޭ އިން މިއަދު ބުނެފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އިއްޔެ ހަވީރު ޖެއްސި ސިފައިންގެ ހެލިކޮޕްޓަރެއްގެ ބުރަފަތި އެނބުރެނިކޮށް، އެ ބުރަފަތި މަތިންދާބޯޓުގެ ސިޑިއެއް ޖެހި، އެ އިން ބުރައިގެން ދިޔަ އެތިގަނޑެއް ގޮސް ހެރުނީ ސިޑި ކައިރީގައި ހުރި މީހެއްގެ ބަނޑަށެވެ.
މި އެކްސިޑެންޓްގައި ގެއްލުން ލިބުނީ ދެ މީހަކަށެވެ. އެ ދެ މީހުންނަކީ ވެސް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މުވައްޒަފުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަނީ އެންމެ މީހަކަށެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިއަދު ވިދާޅުވީ އެ މީހާ އަށް މިހާރު ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށާއި އެ މީހާގެ ހާލު ސީރިއަސް ކަމަށެވެ. އެކަމަކު ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އޭނާ ނުދެއްވި އެވެ.
މި ހާދިސާ ހިނގީ ހެލިކޮޕްޓަރު ޖެއްސި ވަގުތު އެއާޕޯޓުގެ އޭޕްރަން ކައިރިން، ވެހިކަލްތައް ދުއްވާ ސަރަހައްދު (ސާވިސް ރޯޑް) ގައި ޕާކް ކޮށްފައި އޮތް ސިޑިއެއްގައި ހެލިކޮޕްޓަރުގެ ފިޔަގަނޑުން ޖެހިގެންނެވެ.
އޭޕްރަން އާއި ސާވިސް ރޯޑް ވަކިކުރުމަށް ދަމާފައިވާ ރަތް ރޮނގުގެ ވަރަށް ކައިރިއަށް ހެލިކޮޕްޓަރު ޖައްސާފައި: ހެލިކޮޕްޓަރުގެ ހުރީ ސާވިސް ރޯޑަށް ނުވަތަ ވެހިކަލްތައް ދުއްވާ ސަރަހައްދަށް އަރާފައި.
"މިހާރު" އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ހެލިކޮޕްޓަރު ޖައްސާފައި ވަނީ އޭޕްރަން އާއި ސާވިސް ރޯޑް ވަކިކުރަން ދަމާފައިވާ ރަތް ރޮނގާ ވަރަށް ކައިރި އަށެވެ. އެހެންވެ ހެލިކޮޕްޓަރުގެ ބުރަފަތި ވެސް ހުރީ އެ ރަތް ރޮނގުން ބޭރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސސ
04 January 2017
ބަލަ މިމީހުން އެއާރކުރާފުޓް އެއްޗެހިވެސް ގެންގުޅެނީ އޮޑި ދޯނިފަހަރު ނަގިލިލާ ވާ އަޅާ ބަދަރު ކުރާގޮތަށްބާ، އަދި އާކޮޅުގައި ބުޅިކެންޑޭނެ ކެއުޅުންގެ އަތުން ފަހުން ރަގަޅުވާނެ!
ދޮން ބަބުރު ސޮރު
03 January 2017
މި ހެލި ކެޕުޓަރު ދުއްވަން އިނީ އަވަރޮ ޕީޕަލްއެއް އޭނަ ބުނަނީ އަވަރޮ ޕީޕަލްސް އާލްވާސް ލާންޑިން އެއްޓޫ ވެރރީ ބިގު އެއަރރޮޕޯރްޓު. ވީމާ މިވަރު މޯޅު ބަޔަކު ނެތިގެން އުޅުނީމާ ވާނެ 4ރެތި ވަނީ ނަސީބެއްނޫންތަ؟ އެތާތިބި ބޯއިން މަރޮކާގެ ބޯޓެއް ދުއްވާނުލިކަން.
މނ
03 January 2017
އެމީހާ ކީއްވެތޯ އިތުރުފަރުވާއައް ރާއްޖޭންބޭރައްނުގެންދަނީ؟؟؟؟؟؟؟؟ ތަންކޮޅެއްނިކަމެތިމީހަކީބާ
ގައުމުގެ ދިފާއުގައި
03 January 2017
ދިވެހިރާއްޖޭގަ މި ފަދަ ހާދިސާތަކާ މެދު އެޅޭނެ ފިޔަވަޅެއް ނޯންނާނެ. ޒަހަމްވި މީހާއަށް މާބޮޑު އަނިއާއެއް ނުލިބޭކަމަށް އައިޖީއެމް ހޮސްޕިޓަލާ ހަވާލާދީ ނޫސްތަކުގައި ލިޔެފައި އޮތަތީ ދުށީމު. މި ސަރުކާރުގެ ހަމަ އެއްވެސް ތަނެއް އޮޅުވާލުން ނޫންކަމެއް ނުކުރަނީބާ.
ލުގުމާން
03 January 2017
މިކަމުގެ ހަގީގަތް އެނގެނީ ކޮންބަޔަކަށްބާ. ކީއްވެބާ ނުކިޔާދެވެންވީ. އެއާޕޯޓުގެ މަންޒަރުދުއް މުއައްޒަފް ވެސް އެވާހަކަ ކިޔާ ނުދެއްވައި ހަމައެކަނި ކިޔައި ދެއްވީ އަނިޔާ ވިމީހާއަށް ލިބުނު ގެއްލުމުގެ ވާހަކަ ތޯއެވެ. ހަގީގަތަކީ ބޯޓުފަހަރު އޭޕްރަންމަތިން ޕާކިންއާހަމަޔަށް ވެއްދުމަށް ޓީޓީ ރެކެޓް ކަހަލަ ދެ ބޯޑް ހިފައިގެން ހުންނަ މާށަލާ ދައްކާ މަގުން ދިއުމަކީ ސިވިލްއޭވިއޭޝަންގެ ގަވައިދެވެ. އެގޮތުގެ މަތިން މާޝަލާ ވަނީ އެހެލިކޮޕްޓަރަށް ވެސް މަގުދައްކާފައެވެ. ނަމަވެސް އެދުއްވަންއިން އިނޑިއާ ޕައިލެޓް މާޝަލާއަކަށް ބޮލެއް ނުލަނބައެވެ. އަދި ޕާކުރަނގަޅަށް ނުކޮށް އެއިން ފޭބުމަށް ފަހު މާށަލާއާދިމާލަށް ކޮންމެވެސް އެއްޗެކޭވެސް ހަރުއަޑުން ބުންޔެވެ. އެކީއެއްޗެއް ކިއުމަށްފަހު އަނެއްކާ ބޯޓަށް އަރައި އެހެން ދިމާލަކަށްދިއުމަށް އޭޕުރަންމަތިން ދުއްވަން ފެށުމުން މާށަލާވަނީ ކުރޮސް ސައިން ވެސް ދައްކާފައެވެ. އޭގެ މާނައަކީ މަޑުޖައްސާށޭ ނުވަތަ ސްޓޮޕް. ނަމަވެސް ޕައިލެޓް މަޑުނުކޮށް ދުއްވުމުގެ ސަބަބުން މާކުރިން އެތާގައި ޕާކްކޮފައި އޮތް ސިޑީގައި ފިޔަގަނޑު އަޅައިގަނެ ވީގޮތް ވީއެވެ. އެއާޕޯޓުގެ މިމަންޒަރު ފެންނާނޭ އެތަށް ބަޔަކު ތިބޭނެ އެވެ. އޮޅުވާ ލެވޭ ވަރުކަމެއް ނޫނެވެ.
ެނެނެެން
02 January 2017
ތިވަރުންވެސް ހެލިކޮޕިޓަރު ފެރީ ހެދޭތޯބަލާ
ޢަބްދު
02 January 2017
މިވަރުގެ މީހުންދޯ އާންމުންނަށް ސަލާމަތާއި ރައްކާތެރިކަން ކިޔަވައިދޭން މިއުޅެނީ.
ޝައި
02 January 2017
ހުވާ ހާސަރު ހަމަ ހެވެނީ އިނގޭ. އަސްލުވެސް މި ހުންނަނީ ދެރަ ކަންތައް.ބްރިޖު މަތިން މީގެ އެއްޗެއްގަ ނުޖެހުނިއްޔާ ނަސީބު
މީނަ
03 January 2017
އަމައްޔާއި...
އަވަސް
02 January 2017
ތިމީހާ ލަސްނުކޮޑް އަވަހަށް ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވާ. ސިފައިންގެ މީހެއްނޫނެއްކަމަކު ސިފައިންގެމީހަކު ދޯ އެހެލިކޮޕުޓަރު ދުއްވަން އިނީ. އޭނީ އެއްފުރޮޅު ރަތްރޮގަށް އަރާފަ.
ހޮޅި
02 January 2017
ހެހެހެހެ، ލައިސަންސް ބާތިލް ކުރޭ ...
އިސްމާއިލް
02 January 2017
ރޯމާ ދުވާލުވިކަމެއް. ދުއްވަންއިން ޕައިލެޓްގެ މެޑިކަލް ހެދުންފެނޭ އަދި ޔޫރިންވެސް.