އަންހެނަކު ހިނގާފައި ދަނިކޮށް އޭނާގެ ކަރުގައި އަޅާފައި އޮތް ފަށް ފޭރިގަންނަނީ.
16 އޯގަސްޓް 2022 - 12:57
މާލޭގެ މަގުމަތިން ދިޔަ ބިދޭސީ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް ބައެއްގެ ފޮޓޯ އާއި އެ މީހުންގެ ބައެއް މައުލޫމާތު ސޯޝަލް މީޑިއާ އަށް ލީކުކޮށްލައިފި އެވެ.
ނަމަވެސް ފުލުހުން މިއަދު ބުނީ، ހިނގާފައި ދިޔަ އެ އަންހެންމީހާގެ ފަށް ފޭރިގަތް މައްސަލައިގައި އަދި ބަޔަކު ހައްޔަރު ނުކުރާ ކަމަށެވެ.
އިއްޔެ އާންމުވި އެ ވީޑިއޯ އިން ފެންނަނީ ދިލްބަހާރު މަގުން ހިނގާފައި ދިޔަ ބިދޭސީ އަންހެންމީހާގެ ކަރުގައި އަޅާފައި އޮތް ފަށް، އޭނާގެ ކައިރިން ދުއްވާފައި ދިޔަ ސައިކަލެއްގައި ތިބި ބަޔަކު ޖަހައިގަންނަ މަންޒަރެވެ.
އަންހެން މީހާއާ ސައިކަލް ކައިރި ކޮށްލާ ތަނުން، ސައިކަލުގެ ފަހަތުގައި އިން މީހާ، ފަށް ޖަހައިގަނެ، ސައިކަލް ދުއްވާލަ އެވެ. އޭރު އަންހެންމީހާ ހުރީ ގޮތް ހުސްވެ، ޝޮކެއްގެ ތެރޭގައި ކަން ވީޑިއޯ އިން އެނގެ އެވެ.
އެ ވަގުތު އެ މަގުގައި މާ ގިނަ ބަޔަކު ނެތުމުން އެ ކަމާ އަޅާލާނެ މީހަކު ނުވެ އެވެ.
ނަމަވެސް މިހާރު ވަނީ އެ ކަން ކުރި ދެ މީހުންގެ ފޮޓޯ އާއި އެ މީހުންގެ ފޭސްބުކް އެކައުންޓު ކަމަށް ބުނެ އެ ދެ މީހުންގެ އެކައުންޓު އާންމުކޮށްފަ އެވެ. އެ މީހުންގެ ފޮޓޯއާއެކު މީހުން ގޮވަމުން ދަނީ ހައްޔަރު ކުރުމަށެވެ.
Miadhu hendhunu 09:40 haa iru Dhilbahaaru Magun cycle ehga ai dhe meeheh bidheysee anheneh ge karu gai alhaafa oi ran fasheh feyrigai video social media gai aanmu vehjje.
— #MvCrisis (@MvCrisis) August 15, 2022
Ithuru mauloomaathu: https://t.co/kiK4ogSJJF pic.twitter.com/zBbkDp2sZb
އެ މީހުން ފޭރޭ މަންޒަރު، ސީސީޓީވީ ކެމެރާއަކަށް އަރާފައިވާއިރު އެކަން ކުރާ މީހުންގެ މޫނާއި ސައިކަލު ނަމްބަރު ވެސް ވަރަށް ސާފުކޮށް ވީޑިއޯއިން ފެނެ އެވެ.
ފަށް ފޭރިގަތީ ކޮން ބައެއްކަން އެހާ ސާފުކޮށް އެނގޭއިރު، އަދި ފޮޓޯ ވެސް އާންމުކޮށްފައިވާތީ އެ ދެ މީހުން ހައްޔަރު ނުކުރުމަކީ އާންމުންގެ ކޮމެންޓްތަކުން ބޮޑު ކަންބޮޑުވުމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސީނާ
19 August 2022
ކަންކަން ބެލެހެއްޓޭނީ ބެލެހެޓޭވަރުގެ ގާބިލްކަންހުރި މީހުންނާ މުއައްސަސާތަކުގެ ވެރިކަން ހަވާލުކޮށްގެން!
ހާމިދު ޝާހިދު
17 August 2022
މުޅި މާލޭގައި ކެމެރާ އެކަމަކު މިފަދަ ފޭރޭ މީހުނެއް ހައްޔަރެއް ނުކުރެވޭ. ނޭބާހުޑް ޕޮލިސްވެސް މިސަރުކާރުން މާ ވަރެއް އަރުވާފައި ތައާރަފް ކުރި. އެކަމަކު ވާކަމެއް ހަރާން! މާލޭގެ ސަރަހައްދުތައް ބެލެހެއްޓުމަށް ދުއިސައްތަ ބަޔަށް ބަހާ ކޮންމެ ބަޔަކަށް ވަކި ނޭބާހުޑް ޕޮލިހެއް ނެރެން އެބަޖެހޭ. އޭރުން އޭނާއަށް އިނގޭނޭ އޭނާގެ "އިލާކޭ" އިން އާންމުކޮށް ނުފެންނަ މީހަކު އަޔަސް އެއީ ކާކުކަން. ކްރައިމްތައް ޓްރެކްކުރަން ވަރަށް ރަނގަޅު ގޮތެއްމިއީ.
ހު
17 August 2022
އެއީ ބޯހަމަ ނުޖެހޭ މީހަކަށް ވެ އެންމެފަހުން މިނިވަން ވާނެ...
ސާޅީސް
16 August 2022
ތިހެން ސާޅީސް ފަށް ދަމައިގަންނައިރުވެސް ތިޔަ މީހާ ފެނުނަސް ފެނުނު ކަމަކަށް ނުވާނެ. ޝަރީއަތެއް ނިމޭއިރު ތިޔަ މީހާ އޮންނާނީ ތިޔަހެން ސަތޭކަ ސާޅީސް ފަށް ނަގާފައި. ފުލުހުން ބުނާނީ ފަށެއް ދަމައިގަތް ކަމަށް ޝައްކުކުރެވޭ ކަމަށް. ޝަރީޢަތުން ބުނާނީ ކަސްޓަޑީ ޗޭނުގައި ގޮށެއްޖެހިފައި އޮވެފައި ޝައްކުވެއްޖިއްޔާ ސާބިތުނުވާނެ ކަމަށް. ވަކީލުމީހާ ބުނާނީ ތިޔައީ ހަދާފައި އޮތް ވީޑިއޯ އެއް ކަމަށް. އެމީހާ ދާނީ ގެޔަށް. ނިމުނީ.
ކޮރަލް
16 August 2022
ވައްކަން ފަދަ ބޮޑެތި ހާދިސާ ތައް 1 ކިލޯމީޓަރުގެ މާލޭގަ ހިނގީ ގޭގޭގަ ހަރުކޮށްފަ ހުންނަ ކެމެރާގެ ފްޓޭޖް ހޯދަން ދިއުމަކީ މިހާރު ވ އާއްމު ކަމަކަށް ވެއްޖެ އެވެ. މިއީ ވަރަށް ލަދުވެތި ކަމެކެވެ. އެއީ މާލެ ކަވަރު ކުރަން ހަރުކޮށްފަ ހުރި ކެމެރާ މަދު ވީމަ އެވެ. އަދި އޭގެ ތެރެއިން ގިނަ ކެމެރާ ތަކެއް ސިޔާސީ މީހުން ގެ ރައްކަލަށް މަގުގެ ބަދަލުގަ އެމީހާ ގެ ގޭގެ ދޮރު ފެންނަ ގޮަތަށް ހުރެ އެވެ. އެންމެ ފްލެޓް އަކަށް ސަތޭކައަށް ވުރެ ގިނަ ކެމެރާ އެވެ.
މުލޭ
16 August 2022
ތީއަސްލެއްތަ. ހަދާފައި އޮތް ވީޑިއޯއެއް ނޫންތަ. ސައްތާރުގެ ނާޒިމްގެ ވީޑިއޯ ވެސް ހަދާފަޔޯ. ފޭކެކޯ.
ވަހީދު
16 August 2022
މިކަހަލަ މީހުން ވީއްލިފައި ތިބޭ ނަމަ ދެން އަމާން ކަމެއް ނެތް. އެމީހެއްގެ ރައްކާތެރިކަން އެމީހަކު ހޯދަން ކޮންމެ ފަދަ ކަމެއް ވެސް ކުރާތަން ފެންނަން ފަށާނެ.
ފައިސަލ
16 August 2022
އެދެމީހުނަށް ވެސް ތައުބާ ވާން ފުރުސަތު ދޭންޖެހޭނެ.
ކޖދކޖަލްއ
16 August 2022
ފަށެއް ޖަހައިގަތް ތަނެއް ނުފެންނާނެ. އަދި ކިއެއްތަ. އެ ސައިކަލުވެސް އެ ދަނީ އެއްވެސް މީހަކުވެސް ނެތި އަމިއްލައަށް ދުވަމުން.
ސޯސަންމާ
16 August 2022
އެދެމީހުން އުމުރާއަށް ދާން ޓިކެޓު ނަގާފަ އޮތީމަ ހައްޔަރު ކުރެވޭކަށް ނެތް. ވަރަށް ވެދުން.