އަންހެނަކު ހިނގާފައި ދަނިކޮށް އޭނާގެ ކަރުގައި އަޅާފައި އޮތް ފަށް ފޭރިގަންނަނީ.
17 އޯގަސްޓް 2022 - 21:51
މާލޭގެ މަގުމަތިން ދިޔަ ބިދޭސީ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ މަންމަ ބަލިވެ އުޅޭތީ އާއި ވަޒީފާ ގެއްލިދާނެތީ ބަންދުކޮށްފައި ނުބެހެއްޓުމަށް އެދެފި އެވެ.
މީގެ ދެ ދުވަހެއް ކުރިން ފަށް ފޭރުނު މައްސަލާގައި ހައްޔަރުކުރި މުހައްމަދު އަލްތާފް، 31، މިގޮތަށް ކޯޓުގައި އެދުނަސް މިއަދު ވަނީ 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ.
ފަށް ފޭރުނު މަންޒަރު ފެންނަ ވީޑިއޯ އާންމުވުމާ އެކު ހައްޔަރުކުރި އަލްތާފަކީ ފޭރުނު ދެ މީހުން ތިބި ސައިކަލް ދުއްވަން އިން މީހާ އެވެ. ކަރުގައި އޮއްވައި ފަށް ދަމައިގަނެ ފޭރިގަތީ ސައިކަލް ފަހަތުގައި އިން މީހާ އެވެ. އޭނާ އަދި ހައްޔަރުކުރި ކަމަކަށް ފުލުހުން ނުބުނެ އެވެ.
އަލްތާފް އިއްޔެ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ދިނީ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުމުން ކަމަށް ބަންދު އަމުރުގައިވެ އެވެ.
އޭނާ ކޯޓުގައި ބުނެފައި ވަނީ ފުލުހުންނަށް އެއްބާރުލުން ދީފައިވާ ކަމަށާއި ވަގަށް ނެގި ފަށް ވެސް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެ ފަށް ހޯދީ ރަން ހަދާ ތަނަކަށް ވިއްކާލާފައި އޮއްވައި ކަމަށް ވާއިރު އަލްތާފް ބުނެފައިވަނީ ފަށް ވިއްކާލި ތަން ދެއްކީ ވެސް އޭނާ ކަމަށެވެ.
އަލްތާފް ބުނި ގޮތުގައި އޭނާ ބަންދުގައި ބަހައްޓައިފި ނަމަ ވަޒީފާ ގެއްލޭނެ އެވެ. އަދި މަންމައަކީ ބަލި މީހެއް ކަމަށް ބުންޏެވެ.
ފޭރުނީ އަލްތާފްގެ ބައިވެރިވުމެއް ނެތި ކަަމަށް އޭނާ ބުންޏަސް ފުލުހުން ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި ސީސީޓީވީ ފޫޓޭޖްގެ ސްނެޕްޝޮޓްތަކަށް ބަލާއިރު އޭނާގެ ބައިވެރިވުމެއް އޮތް ކަމަށް ޝަރީއަތަށް ބެލޭ ކަމަށް ވެސް އަމުރުގައި ބުނެފައިވެ އެވެ. އަދި އޭނާއަކީ އެކި މައްސަލަތަކުގައި މީގެ ކުރިން ވެސް ހައްޔަރުކޮށްފައިވާ މީހެއް ކަމަށް އަމުރުގައިވެ އެވެ.
އާންމުވި ވީޑިއޯ އިން ފެންނަނީ އަންހެން މީހާއާ ސައިކަލް ކައިރިކޮށް، ސައިކަލުގެ ފަހަތުގައި އިން މީހާ، ފަށް ޖަހައިގަތުމުން ސައިކަލް ދުއްވާލާ ތަނެވެ. އޭރު އަންހެންމީހާ ހުރީ ހަދާނެ ގޮތެއް ނޭނގި ހުއްޓުންއަރައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމަލު އިއްބެ
21 August 2022
އިންޑިއާ އަންހެނުން ކަރުގަ ބޮޑެތި ފައް އަޅާގެން މިއުޅެނީ ކީއްވެތަ؟ ދުވާ ވަހަކަށް މީހާގެ ސިފަ އަކަށް ބަދަލެއް ނާދޭ އެކަމަކުން..
ކަންބުރު
20 August 2022
ތިފައްގަތްތަނުގެ މީހާވެސް ހަރުކަށިއަދަބުދޭންޖެހޭ ވަގުއެއްޗެއް ކަންއެނގޭއިރުގަވެސް ގަތީމަ
ވސނނ
19 August 2022
ފަށްދަމައިގަންނަމީހާ ހިނިތުންވެފައިންގޮތުން ބެލެވެނީ ތިޔައީ ރާވައިގެން ކޮށްފަވާކަމެއްހެން. އެތައްދުވަހަކު ތިމީހާހިނގާމަގާ ދާގަޑިޔާއި ކަންތައްބަލާފަ ކޮށްފަވާކަމެއްހެންހީވޭ. އެހެންބނޫންނަމަ އެވަރަށް ހެވިފައިންނަންވީކީއްވެ؟
ހަސާނިކުބޭ
19 August 2022
މިހާރު އަލަށް ފެންމަތިވެގެން އުޅޭއުސޫލުތައް. އެއްޖިންސުން ގުޅުން ހިންގާމީހުން އުމުރާޔަށް ދާން ދޫކުރުން، ސައިކަލް ވަގަށްނަގާމީހުން ހިގާފަ އުޅެންޖެހޭތީ ދޫކުރުން، މަގުފޭރޭމީހުން މައިން ބަލިވެ ވަޒީފާގެއްލޭތީ ދޫކުރުން.
ސާރުދާ
19 August 2022
މަންމަ ބަލިވީމަ ފޭރަންތަވީ؟ޖަލަށް ލާންވީ.ތިމީހުންނަކާހުރެމިހާރު އުޅެވޭކަށްނެތް.ނޫޅެ ވާކަށްވެސް ނެތް.
މުންޖިޗޭ
18 August 2022
މަންމަ އެހާ ބަލިކޮށް އުޅުނުއިރު ފަށެއް ފޭރޭކަށްވެސް ނުވާނެނުން، ފޭރުނުއިރުވެސް މަންމަ ބައްޔެއްނުން، އޭރު ވަޒީފާވެސް އޮތެއްނުން، ފަށެއް ފޭރުނުފަހުން ލިބުނު ވަޒީފާއެއްވެސް ނޫނެއްނުން، މިކަހަލަ ވާހަކަ ދައްކަން މިމީހުން ލަދެއްނުގަނޭ ބާއޭ ހިތަށްއަރާ، ކާކުތަބުނީ މިމީހުންގެ ކައިރީގައި އެކަންކުރާށޭ، ބޮޑެތި މާސިންގާ ޖާނުގައި ވަރުހުރި ފިރިހެނުން މަސައްކަތްކޮށްގެން ޙަލާލުގޮތުގައި ފައިސާ ހޯދުން މާތާހިރެއްނުން. އަތްނުކަނޑާތީ ވާގޮތް، އަތްކަނޑަންވީ.
ބޯގަ
18 August 2022
އޮފީހުން ކަޑާލިއަސް ހާސް ވާނެ ކަމެއް ނެތް ތިކަހަލަ މީހުން ލިބޭތޯ ސަރުކާރުތަކުން އަތްފުނާ އަޅަނީ ސިޔާސީ މަގާމު ދޭންވެގެން.
ސޮނަމް
18 August 2022
އުމުރާއަށް ދާން ބުނޭ. އޭރުން ދޫކުރާނެ.
ނުރަބޯ
18 August 2022
ފަށް ފޭރިގަތް އަސްލު މީހާ ވެދާނެ އެއީ ރޯޔަލް ފެމިލީގެ މީހަކަށް. އެހެންވީމާ އެމީހާގެ ވާހަކަ ނުދައްކާ. ސައިކަލް ދުއްވި މީހާ ޖަލައް ލާފަ ނިންމާލާ. ލިވާތު ކަންތައްވެސް ދިޔައީ އެކަހަލަ ގޮތަކަށްނު…؟
ބުރުގާ
18 August 2022
މަންމަ ބަލިއްޔާ ކަލޯއައް ވާޖިބުވަނީ މަގުފޭރެންތަ؟؟؟ ވަޒީފާ ގެއްލޭ ވާހަކަ ތިބުނަނީ މާބޮޑު ވަޒީފާއެއްގަތަ އުޅެނީ؟؟ އަނެއްކާ މަޖިލިސް މެންބަރެއްތަތީ؟؟ މިކުދިންގެ ބަހާނާ ވަރައް ފަށުވިވެފަ އިބާރާތްތައް ޗާލުވާނެ.