ޚަބަރު / ފުލުހުން

ޑްރަގް އޮޕަރޭޝަންގައި 62 މީހަކު ހައްޔަރުކޮށް، އެއް ކިލޯގެ ޑްރަގް އަތުލައިގެންފި

ފުލުހުން ކުރިޔަށްގެންދިޔަ އޮޕަރޭޝަންގައި ކުއްތާ ބޭނުންކޮށްގެން ގެއެއް ބަލައި ފާސްކުރަނީ. --ފޮޓޯ: ޕޮލިސް

04 ޖެނުއަރީ 2017 - 14:18

6 comments
angry icon 47%

މާލެ އާއި މާލެ ހިމެނޭ ސަރަހައްދުގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި 11 ދުވަހުގެ ހާއްސަ އޮޕަރޭޝަންގައި 62 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 22 އިން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކޮށް، އަމާން ރައްކާތެރި މާހައުލެއް ގާއިމުކޮށް އަދި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް މަދުކުރުމާއި ކުށްމަދުކުރުމުގެ ގޮތުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.

ފުލުހުން ބުނީ ކުއްތާ ބޭނުންކޮށްގެން ހިންގި އޮޕަރޭޝަންގައި ތުހުމަތުކުރެވޭ 1،004 މީހަކު ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން 21 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭ ކަމަށް ތުހުމަތުކުރެވިގެން 62 މީހަކު މި އޮޕަރޭޝަންގައި ހައްޔަރުކުރިއިރު، މަސްތުގެ ހާލާތުގައި ތިބި 34 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަންގައި 1.347 ކިލޯގްރާމްގެ ހަޝިސް އޮއިލް އާއި 0.436 ކިލޯގްރާމްގެ ހެރޮއިން އަތުލައިގެންފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 279،000 އަށްވުރެ ގިނަ ރުފިޔާ އާއި 710 ޑޮލަރު ވެސް އަތުލައިގެންފައިވެ އެވެ.

މި އޮޕަރޭޝަންގައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެކުރި ދެ މީހަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. މި މައްސަލާގައި ހައްޔަރުކުރީ 39 އަހަރުގެ ސްރީ ލަންކާ އަންހެނަކާއި 27 އަހަރުގެ އިންޑިއާ ފިރިހެނެކެވެ.

މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ލަގެޖް ބަލައި ފާސްކުރިއިރު އެއްވެސް އެއްޗެއް ފެނިފައެއް ނުވާ ކަމަށާއި މަސްތުވާތަކެތި ހުރި ދެ ބުލެޓް ފެނުނީ އެކްސްރޭ ނަގައިގެން ބެލިއިރު ފުރަގަސްފަރާތުގައި ފޮރުވާފައި ހުއްޓާ ކަމަށް ފުލުހުން ބުންޏެވެ.

6 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 41%
icon sad icon sad 6%
icon angry icon angry 53%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުސްލި

04 January 2017

ކުޑްބީ މޮޔަ ނުގޮވާ.. ޚަބަރަކު ނެއް 62 ކިލޯ މަސްތުވާތަކެތި އަތުލައިގަން ވާހަކައެއް..... 62 މީހުން އަތުލައިގަތޭ އޮތީ.... މާދަމާ އިރު އަރާއިރު އެމީހުން ދޫކޮށްލާނެ އޯސަމް ކަމުން..... ރަނގަޅައްވިއޔާ މި ކުޑްބީވެސް ކޮމެންޓް ކުރާއިރު މިހުންނަނީ ހަމަޔަކު ނޫން... ލޮލް

The name is already taken The name is available. Register?

މެެންޓަލިސްޓް

04 January 2017

ތިޔަކަމުގެ ޑީމާންޑް އޮތްހާހިނދަކު އަބަދުވެސް އާޑީލަރުން ނުކުންނާނެ ، އަނެއްކޮޅުން ކަމެށްނެތް ވަޒީފާއެއްނެތް ފައިސާލިބޭނެ ދަތިކަން ހުންނަ ކުދީން ތިޔަކަންކުރާނެ ، އެމީހުންގެ ޒަރޫރީބޭނުންތަށް ފުއްދުމަށް ފައިސާހޯދުމުގޮތަކަށް ހޯދާނެ ،، ކޮންމެ އަހަރުަކު 6 ހާސްކުދިންވަރު މަގުމައްޗަށްގިނަވާނެ ،،، ދެންއުފެދޭނީ ގޭންގާއި ބޭންގާއި ޑަރަގްޑީލަރުން ،،،، ވަރަށްވެދުން

The name is already taken The name is available. Register?

ކުޑްބީ

04 January 2017

ރާއްޖޭގެ ތާރީޚް ގައި ވެސް ޑްރަގް އޮޕަރޭޝަން ގައި 62 ކިލޯ ޑްރަގް އަތުލީ އެއީ މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން އެކަނި އެވެ. އެކަން ނުވި ދޯ އެމެންގެ ޑޮލަރު އަގު ބޮޑު ކުރި ހަނަފަސް ކަން ބޮޑު އަދި ތަދު މަޑުކަން ބޮޑު ތިން އަހަރުގައި. އެއީ އޭ މަމެންނާއި އެކު އޯޑިއެންސް މިއަދު މިއޮތް ކަަމަކީ. އޯއް ޔޭއް. ދިސް ކުޑް ބީ އިޓް.

The name is already taken The name is available. Register?

ރޮކެޓް

04 January 2017

އޭ ބުރޯ... 62 މީހުން އަތުލައިގަތީ. 62 ކިލޯ އެއް ނޫން!

The name is already taken The name is available. Register?

އަހޫ

05 January 2017

އެއްމެ ލައިކެއް ދޯ ލިބުނީ

The name is already taken The name is available. Register?

ލައިކް އެނަލިސްޓް

18 May 2017

ޢެންމެ ލައިކެއް ދޯ ލިބުނީ އޭ ބުނިމީހާ އަށްވެސް 5 ލައިކް. ފްލޯލެސް ގަވަމެންޓް އޮރ ލައިކްލެސް ގަވަމެންޓް؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!