ޗީފް އޮފް ޑިފެންސް ފޯސްއާ އެކު އިހުސާން: އޭނާ ސިފައިންގެ ވަޒީފާ އިން ވަކިވެވަޑައިގަތީ އާއިލާ އަށް ވަގުތު ދެއްވަން ކަމަށް ވިދާޅުވި.--- ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
04 ޖެނުއަރީ 2017 - 14:28
އެމްއެންޑީއެފްގެ ކެޕްޓަން އަލީ އިހުސާން ސިފައިންގެ ވަޒީފާއިން މިދިޔަ ހޯމަދުވަހު ވަކިވެވަޑައިގެންފި އެވެ.
އިހުސާން "މިހާރު" އަށް މިއަދު ވިދާޅުވީ ސިފައިންގެ ވަޒީފާއިން އޭނާ ވަކިވެވަޑައިގަތީ، އާއިލާ އަށް ވަގުތު ދެއްވަންޖެހޭ ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.
"އަޅުގަނޑު އެންމެ ލޯބިވާ ވަޒީފާ އަކީ ސިފައިންގެ ވަޒީފާ. އެކަމަކު މިވަގުތު އާއިލާ އަށް ވަރަށް ބޮޑަށް ވަގުތު ދޭން ބޭނުންވާތީ މިގޮތަށް މި ނިންމީ. ސިފައިންގެ މީހެއްގެ ގޮތުގައި އުޅުމަކީ 24 ގަޑިއިރުގެ ކަމެއް. އެއީ ވަރަށް ވަގުތު ދޭންޖެހޭނެ ވަޒީފާއެއް،" އެމެރިކާގެ ވެސްޓް ޕޮއިންޓް މިލިޓަރީ އެކަޑެމީގައި ތަފާތު ކޯސްތައް ފުރިހަމަ ކުރެއްވި އަދި ޔޫއެސް މެރިންކޯގައި ހަ މަސް ދުވަހުގެ ތަމްރީން ހައްދަވާފައިވާ އިހުސާން ވިދާޅުވި އެވެ.
އިހުސާން ވެފައި ވަނީ ވެސްޓް ޕޮއިންޓް މިލިޓަރީ އެކަޑެމީގައި ފުރަތަމަ ކޮމާންޑް ކުރެއްވި ބޭރުގެ ދަރިވަރަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ދީދީގެ ދަރިކަލުން އިހުސާން ވިދާޅުވީ ސިފައިންގެ ހިދުމަތުން ވަކިވެވަޑައިގެންނެވި ނަމަވެސް، އޭނާގެ ހިދުމަތް ގައުމަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެކަމަށް ތައްޔާރަށް ހުންނަވާނެ ކަމަށެވެ.
"ސިފައިންގޭގައި ނުވަތަ އަސްކަރިއްޔާގައި ކޮންމެ މީހަކު ވެސް ހިދުމަތް ކުރުމަކީ ވަރަށް ބޭނުންތެރިކަމެއް. އެއީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެން މަސައްކަތް ކުރެވޭނެ ދާއިރާއެއް ކަމަށް އަޅުގަނޑު ދެކެނީ. އެހެންވީމާ ކޮންމެ ބޭފުޅަކު ވެސް އުމުރުގެ ވަކި ހިސާބެއްގައި ސިފައިންގެ މީހެއްގެ ވަޒީފާ އަދާކުރުމަކީ ވަރަށް ރަނގަޅު ކަމެއް،" ސިފައިންގެ ހިދުމަތުގައި 11 އަހަރު ހޭދަކުރެއްވި އިހުސާން ވިދާޅުވި އެވެ.
ސިފައިންގެ ހިދުމަތުން އިހުސާން ވަކިވެވަޑައިގެންނެވިއިރު، އޭނާ އަކީ ސިފައިންގެ އާމަރީގެ ޑެޕިއުޓީ ކޮމާންޑަރެވެ. އަދި ސިފައިންގެ ޑެޕިއުޓީ ސްޕޯކްސް ޕާސަން އަކީ ވެސް އޭނާ އެވެ.
މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވައިލި މައްސަލަ ތަހުގީގުކުރަން ރައީސް ޔާމީން އެކުލަވައިލެއްވި ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ މެމްބަރުކަން ވެސް އިހުސާން ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕްރޮފެސަރ
05 January 2017
ސަރުކާރުން ޚަރަދުކޮށްދެއްވައިގެން ތި ވަޒީފާއަށް ޤާބިލް މީހަކަށް ހަދާފައި ވާނަމަ 11 އަހަރަކީ ކުރު މުއްދަތެކެވެ. އަމިއްލަ ޚަރަދުގައި ކިޔަވާފައި ހުރިނަމަ މައްސަލައެއް ނެތެވެ. ޤާބިލް މީހުން މަޤްބޫލް ޢުޒުރެއް ނެތި އަސްލު ޕްރޮފެޝަން ދޫކޮށްލުމަކީ ސަރުކާރުން ބޭކާރުވި ފައިސާ ކަމަށް ބެލެވިދާނެ އެވެ. އޭގެ މިސާލަކީ: ސްކޫލް ޕްރިންސިޕަލުންގެ ގޮތުގައި ޚިދުމަތް ކުރެއްވެވި ފަހުމީ، އާދަމް ޝަރީފް އަދި ޖަމީލާ ޢަލީ މެންފަދަ ވޭފުޅުން މިހާރު ސިޔާސީ މަޤާމް ތަކުގައި ތިއްބެވި ކަމެވެ.
ވަހީދު
05 January 2017
ގަރުނުގެ ބޮޑު ޖަރީމާ މީހުންނަށް އޮޅުން ބޮޅުނ1 ކުރޔވަނ1 ވަރަށް މަސައްކަތް ކުރެއްވި ބޭފުޅެއްކަމަށ1 ޝައްކު ކުރެވޭ
މާލިމީ
05 January 2017
އިހްސާން އާއި ދިމާޔަށް ތަނެއް ދޮތެއް ނުދަންނަ މީހެކޭ ކިޔައިގެން އުޅުނު މީހުން މިއަދު ތައުލީމީ ގާބިލު ބޭފުޅެކޭ ވިދާޅުވާ އަޑު އެބަ އިވޭ. އެކަމާ އުފާ ކުރަން. ބަފާބޭގެ ހެޕީމާކެޓް ވިޔަފާރީ ގައި އުޅުއްވަން އަދި ތަންކޮޅެއް އަވަސް. އެހެން ކަމުން ސިޔާސީ ކަންކަމުގައި އުޅުއްވަން ފެނޭ. ބްރިގޭޑިޔާ ޖެނެރަލް ޑީޑި ވެސް އެއުޅުއްވަނީ ނޫންްތޯ. ބައްޕަޔަށް ތާއީދު ކުރައްވަންވާނެ.
އަޙްމަދު
04 January 2017
މިނިސްޓަރުކަމަށް ފައިނަގަނީ.
އެންޒޯ
05 January 2017
އަމިއްލަ މީހާގެ ކުރި އެރުމަށް މަސައްކަތް ކުރަން ޖެހޭނެ. ރައީސް ކަމަށް ވެސް ފައި ނަގަން ވީ ހަމަ. ފަހަރެއްގަ އަޙްމަދަށް ނޭނގިދާނެ. ވިސްނުން ބަދަލު ކުރޭ. ކުރިމަގު އުޖާލާ ވާނެ.
ސިފައިންގެ މީހާ
04 January 2017
ކެޕްޓަން އިހުސާން ދިއުމަކީ މުއައްސަސާއަށް ކިތަންމެހާވެސް ދެރަ ކަމެއް. ގާބިލު، ރަނގަޅަށް ތަމްރީނުވެފައިހުރި، ލޯހުޅުވޭ، ދޫހެލޭ، ލީޑަރޝިޕް އަދި ކޮމާންޑް ރަނގަޅު މީހެއް. ސިފައިންގެ ވަރަށްގިނަ ކަންތައްތަކަށް ޒަމާނީ ހެޔޮބަދަލު ތަކެއް ގެނުވި އަދި ގެންނަން މަސައްކަތް ކުރަމުންއައި މީހުނާ ގުޅޭ މީހެއް. ލީޑަރޝިޕާއި ދަށް ރޭންކް ތަކުގެ ސިފައިންގެ ރުހުމާއި އިހުތިރާމް ހޯދާފައިވާ މީހެއް. މިފަހުން ރާއްޖެ ދުށް 4 ވެރިކަމުގައިވެސް އިޚުލާސްތެރި ކަމާއިއެކު ޚިދުމަތްކުރި އިތުބާރު ކުރެވޭ މީހެއް. މިފަދަ މީހެއް ދިއުމުން އެގެއްލުނީ ވަރަށްބޮޑު އެއްޗެއް.
ލަވްލީ
04 January 2017
މިނޫނީ ސިފައިންގެއިން މީހަކު ނުކެނޑެނީ ތޯއްޗެ... ޕިސްޕިސްޕިސް
އިހްސާސް
04 January 2017
ނައިބު ރައީސް ގެ މަގާމު އޮތީ ހުހަށް.
އަލީ
04 January 2017
ރަގަޅު ގޮތެއް ވާން އުޅެނީ ދެއްތޯ؟ ސިޔާސީ ދާއިރާއަށްތޯ؟
ޟުހާޓޯ
04 January 2017
ބައްޕާފުޅު ފަހަތުން ވަޑައިގަންނަވަން އުޅޭ ވައްތަރުޖަހަނީ.
ފ
04 January 2017
މީގަ އެބައުޅޭ އަޑި ނޭގޭ ކަންތަކެއް. މިހާރު ހުރި މަގާމަށް ވުރެ ބޮޑު އެހެން ކަމެއް ހަމަޖެހުނީކަމަށް ވާނީ.
ރީންދޫ
04 January 2017
ޢިލްމީ ބޭފުޅަކު މުއައްސަސާ އިން ވަކިވާތީ ހިތާމަ ކުރަން ... ފިކުރު ތަފާތަސް ތައުލީމީ ބޭފުޅެއް ވީމަ އިޙްތިރާމް ކުރަން ... ހިތާމަވެރި ދުވަހެއް ...