ކްރިމިނަލް ކޯޓް
19 ސެޕްޓެމްބަރ 2022 - 06:31
އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑުކަމު ދިޔަ މައްސަލައެއްގައި ހޮނިހިރު ދުވަހު ހައްޔަރުކުރި އިންޑިއާ މީހާ އަށް ފުލުހުން ގާނޫނީ އިންޒާރު ދިން ކަމަށް ނުބެލެވޭތީ ބަންދުގެ މުއްދަތު އިތުރުކޮށްނުދޭން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
އުމުރުން 52 އަހަރުގެ ލިޖޯ ޖޯން ހައްޔަރު ކުރުމަށް ފަހު ފުރަތަމަ ކޯޓަށް ގެންދިއުމުން، އޭނާ އަކީ ދިވެހި ބަސް ނޭނގޭ މީހަކަށް ވާތީ ތަރުޖަމާނަކާ އެކު ކޯޓަށް ހާޒިރުކުރުމަށް އެއް ދުވަސް ކޯޓުން ބަންދަށް އިތުރުކޮށްދިނެވެ.
އެހެންވެ ފުލުހުން އިއްޔެ އެ މީހާ އަލުން ކޯޓަށް ހާޒިރުކުރުމުން ގާޒީ އިސްމާއިލް ޝަފީއު ނެރުއްވި އަމުރުގައި ވަނީ ހައްޔަރުކުރި މީހާ އަށް ގާނޫނީ އިންޒާރު ދިންކަން ފުލުހުންނަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އެއީ ގާނޫނީ އިންޒާރު ދޭ ފޯމު އޮންނަނީ ދިވެހި ބަހުން ކަމަށް ވާއިރު ހައްޔަރުކުރި މީހާ އަކީ ދިވެހި ބަސް ދަންނަ މީހެއް ނޫން ކަމަށް އަމުރުގައި ބުނެފައިވެ އެވެ. އަދި ފޯމުގައިވާ ކަންކަން ތަރުޖަމާކޮށްދޭ ހާލަތުގައި އެކަން ކުރި މީހެއްގެ ނަން ލިޔެ ސޮއި ކުރުމަށް ފޯމުގައި އޮތަސް އެކަން ވެސް ކޮށްފައި ނުވާތީ ގާނޫނީ އިންޒާރު ދިން ކަމަށް ޝަރީއަތަށް ބުރަ ނުވެވޭތީ ބަންދުން ދޫކޮށްލަން ގާޒީ ނިންމެވީ އެވެ.
އިއްޔެ މެންދުރު އެ މީހާ ބަންދުން ދޫކޮށްލާފައި ވަނީ ޝަރުތެއް ނެތި އެވެ.
މިސްކިތަށް ބޮޑުކަމު ދިޔަ މީހާ ކުރިން ކޯޓުގައި ބުނެފައިވަނީ އޭނާ އަކީ ސައްހަ ވިސާގައި ރާއްޖެ އައިސް ރިސޯޓެއްގައި ވަޒީފާ އަދާކުރާ މީހެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި މާލެ އައިސް އުޅުނީ ރޭގަނޑުގެ ކެއުމަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުމީ ލޯބި
19 September 2022
އިސްލާމީ މަރުކަޒަ ބޮޑު ކަމުދިޔަ އިންޑިޔާ މީހާ 24 ގަޑިއިރުގެ ހުކުމެއް.. އެކަމަކު މިމީހުން އެދޭ، ލޯބިވާ އިންޑިޔާ އައުޓު ޖެހީމާ ބޮޑު ހުކުމް.. މީތޯ 100 އިން 100 އިސްލާމީގައުމެއްގެ ކޯޓުން ދީނަށް ދިން އަހަންމިޔަތުކަމަކީ.؟ ބޮޑަށް ކޮން ކަމެއް ބާ މަސްލަހަތާ ފުށޫއަރަނީ ؟ ﷲގެ ގެކޮޅަށް އިހާނެތިވުންތޯ؟ ނޫނީ ލޯބިވާ އިންޑިޔާ ނުރުހިދާނެތީތޯ؟
ހަމަނުބަލަނީ
19 September 2022
މީހުން ހައްޔަރުކޮށްގެން ކޯޓާ ހަމައަށް ގެންދިއުމުގައި ބަލަންޖެހޭ ކަންކަން ނޭނގޭވަރުގެ މީހުން ވަޒީފާގަ ބައިތިއްބަނީ. ކުށްވެރިންނަށް މިވަރުގެ ގައުމެއް ނޯންނާނެ.
ޙިނި
19 September 2022
ފުލުހުންނާ ފަންޑިޔާރުންނައް ގާބިލު ކިޔަވައިގެން ތިބި ބޭރުމީހުނައް ވަޒީފާ ލިބޭގޮތް ހަދަންވީ، އެހެން ނޫނީ މިކަމެއް ހައްލެއް ނުވާނެ.
ގުއިރޭކާޅު
19 September 2022
އެހެންވީމާ ދެން އިންޑިއާ ހާމުދުރުންތަކާ އެމީހުންގެ އެޖެންޓުން އައިސް ރާއްޖޭގެ މިސްކިތްތަކަށް ގުއި ރޭންވީ ދޯ؟؟ ކިހާ އިންސާފުވެރި!!!! ޒިންމާ ނަގާނެ މީހެއް ނެތް!!!! ހުއްޓުވާނެ މީހެއް ނެތ!!!
ވޯލް
19 September 2022
ޤަނޫނު ހެދި ހެދީނުން މީހުންގެ ހައްޤުތައް ގެއްލެނީ. މި ފަހުން ހެދި މަދަނީ އިޖުރާއަުގެ ޤާނޫނުން މިޖެހެނީ ވަކީލެއް ބޮޑު އަގު ދީފައި ނަގަން. ތިމާގެ ގާތް މީހެއް ހުޓަސް ޕަވަތ އޮފް އެޓަރނީއެއްގެ ދަށުންވެސް އެހެން މީހަކަށް އެނެތްމީހާ ތަމްސީލް ނުކުރެވޭ. މިއީ ޤާނޫނު ހަދަންތިބި މީހުންގެ މާލީ މަންފާއަށް ލިޔެފައޮތް ޤާނޫނެއް.
ކަވާބު
19 September 2022
ކިތަންމެ ނުބައި ކަމެއް ކޮށްގެން އަޔަސް ހަމަ ސަލާމަތް ވާނެ. ވަރިހަމަ ލޯ މަތީ ހިގާ ދިޔަސް. ކޮބާތަ ކޮމަން ސެންސް. ވަރުގަދަ އަސާސެއް އޮތް ޤައުމެއް.
އަސަރަފް
19 September 2022
މިހާރުވެސް ތަނަކު އިންޑިއާ އައުޓް ޖަހާބަލަ. ޖަލުގަ ބާއްވާނެ އެއަށްވުރެ ގިނަދުވަހު
ކުޑަކަތީބު
19 September 2022
ސައިކަލުގެ ފަހަތު ލައިޓް ނުދިއްލިހުރުމުން 700ރ ވަޓައަ ފައްކާ ޕޮލިސް!
މަރީނާން
19 September 2022
ޕޮލިހުންނަށް ޤާނޫނު ކިޔަވަ ދޭންވީނު ފުރަތަމަ. ނޫނީ މީ ރާވައިގެން ކުރާ ކަމެއްތަ؟ އަބަދުވެސް ކޮންމެސް ކަމެއް މަދު ވެގެން މީހުން ދޫވަނީ
ވިސްނާލުމަށް އެދެމޭ
19 September 2022
އިންޑިޔާ މީހަކު ބޮޑުކަމުދިޔާމަ ދިވެހިންނަ ކުޑަކަމަކަށްވެއްޖެ. ދައުލަތުން ދައުވާ އުިގޮތުންތަ ފަޑިޔާރު މިކަމުގަވެސް ކުޑަކަމަކަށް ހަދާ އެމީހާ ދޫކޮއްލީ...ފަޑިޔާރުގެ ހުކުމަށް ފާޑުނުކިޔާށޭ ބުންޏެކަމަކު ރައްޔިތުންނަ ނުތިބޭނެދޯ މިވަރުގެ އަދުލު އިންސާފު ނެރެދޭ ފަޑިޔާރުގެއްގެ ވާހަކަނުދައްކާ...ދެން ބޮޑުކަމަކަށްވާނީ މުލިއާގެ ރައީސްއޮފީހަށް ބޮޑުކަމުދިޔާމަކަންނޭގެ..މިސްކިތްތަ މިސަރުކާރަށްނުވޭ ހޮޅުއައްޓެއްގެ ހުރުމަތަށްވެސް.