ތިނަދޫގެ މިސްކިތެއް: މުވައްޒަފުންނަށް އުޖޫރަ ނުދޭތީ ތިނަދޫ ކައުންސިލުން ވަނީ އިސްލާމިކް މިނިސްޓްރީއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށްފައި. ފޮޓޯ: ކިޔުންތެރިއެއް
10 ޖެނުއަރީ 2017 - 16:44
އެކި ރަށްރަށުގެ މިސްކިތްތަކުގެ މުވައްޒަފުންނަށް މުސާރަ ނުދެވި ގިނަ ދުވަސްވަނީ އިސްލާމިކް މިނިސްޓްރީން އެ މުވައްޒަފުންގެ މުސާރަ ކައުންސިލްތަކަށް ނުފޮނުވާތީ ކަމަށް ބައެއް ކައުންސިލްތަކުން ބުނެފި އެވެ.
ކުރިން މިސްކިތްތައް ބަލަހައްޓަމުން އައީ ރަށު ކައުންސިލްތަކުންނެވެ. ނަމަވެސް މިިދިޔަ އަހަރު ވަނީ އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން މިސްކިތްތައް ބަދަލުކޮށްފަ އެވެ.
ފުވައްމުލަކު އަތޮޅު ކައުންސިލުން ވާހަކަ ދެއްކި މެމްބަރަކު ވިދާޅުވީ މާދަޑު އަވަށުގެ ހަތަރު މިސްކިތެއްގެ 11 މުވައްޒަފަކަށް މިދިޔަ މަހުގެ މުސާރަ އަދި ވެސް ނުދެވޭ ކަމަށެވެ. މުސާރަ ނުދެވުމުގެ ސަބަބުން، ދަރިން ސްކޫލަށް ގެންދަންޖެހޭ ތަކެތި ނުގަނެވުމާއި ކަރަންޓު ބިލް ނުދެއްކިގެން ބައެއް މީހުންގެ ގެއަށް ރަތް ބިލް ވެސް ފޮނުވާފައިވާ ކަމަށް ވިދާޅުވި އެވެ.
އެ ކައުންސިލަރު ވިދާޅުވީ، މަސް ނިމޭ ހިސާބުގައި އާއްމު ގޮތެއްގައި މުސާރަ ޖަމާވާ ކަމަށެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީގެ ދަށަށް މިސްކިތްތައް ބަދަލުކުރި ފަހުން ބަރާބަރަށް މުސާރަ ނުލިބުމާއި މިސްކިތްތައް މަރާމާތު ކުރުމުގައި ވެސް ދަތިތަކެއް ދިމާވާ ކަމަށް ވިދާޅުވި އެވެ.
"[އިސްލާމިކް]މިނިސްޓްރީގެ ދަށަށް ބަދަލުކުރީމަ، މިނިސްޓްރީގެ ހުއްދަ ނަގައިގެން މިސްކިތުގެ މަރާމާތުގެ މަސައްކަތެއް ވެސް ކުރެވޭނީ. އެހެންވެ ބައެއް ފަހަރު، މިނިސްޓްރީގެ ހުއްދަ ނުލިބި ލަސްވެގެން ވެސް މަރާމާތުގެ މަސައްކަތްތައް ނުކުރެވި އެބަހުރި. މިހާރު ވެސް މިސްކިތްތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސްގެ 11 މުވައްޒަފުންނަށް މުސާރަ ނުލިބިގެން މި އުޅެނީ،" ކައުންސިލަރު ވިދާޅުވި އެވެ.
"މި ދިޔަ ރަމަޟާން މަހަށް މި ރަށުގެ 32 މިސްކިތުގެ އާބާތުރަ ފިލުވުމާއި މަރާމާތުގެ މަސައްކަތް ކުރުމަށް ފަހު ދޭންޖެހޭ މިލިއަނެއްހާ ރުފިޔާ އެބަހުރި. އަދިވެސް އެ ފައިސާ ނުލިބޭ. މިނިސްޓްރީ އަށް ގުޅާލުމުން މި ބުނަނީ އެ ކަންތައް ބަލަމުން އަންނަކަމަށް. އެކަމަކު މިނިސްޓްރީން އަޅާނުލާތީ ހަތް މަސް ވެގެން ދިޔަ އިރު ވެސް ފައިސާ ނުލިބޭ،" ކަންބޮޑުވުން ފާޅުކޮށް ވާހަކަދެއްކި ކައުންސިލަރު ވިދާޅުވި އެވެ.
ހދ. މަކުނުދޫ ކައުންސިލުން ވެސް ބުނީ އެ ރަށު ތިން މިސްކިތުގެ ވަގުތީ މުވައްޒަފުންނަށް މުސާރަ ދިނުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށެވެ. ނަމަވެސް ދާއިމީ މުވައްޒަފުންނަށް މުސާރަ ދިނުމުގައި ދައްޗެއް ކުރިމަތިނުވާ ކަމަށް ވިދާޅުވި އެވެ.
"ވަގުތީ މުވައްޒަފުންނަށް މުސާރަ ދެނީ މަހުގެ 15 އިން 15 އަށް. އެ މީހުންގެ މުސާރަ ފޮނުވުމުގައި މިނިސްޓްރީ އިން ލަސްތަކެއް ދިމާވަނީ،" މަކުނުދޫ ކައުންސިލުން ވާހަކަދެއްކި އޮފިޝަލަކު ވިދާޅުވި އެވެ.
ގދ. ތިނަދޫ މިސްކިތްތަކުގެ މުވައްޒަފުންގެ މުސާރަ އަށް ވާ ފައިސާ އިސްލާމިކް މިނިސްޓްރީން ނުފޮނުވާ ކަމަށް ބުނެ އެ ރަށު ކައުންސިލުން ވަނީ، އެ ރަށުގެ މިސްކިތްތައް ބެލެހެއްޓުމަށް އިސްލާމިކް މިނިސްޓްރީއާ އެކު ހެދި އެއްބަސްވުން މިދިޔަ ނޮވެމްބަރު މަހު ބާތިލްކޮށްފަ އެވެ. އަދި މިސްކިތްތަކުގެ ،މުވައްޒަފުން ވަނީ އެ ރަށުގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ ދަށަށް ބަދަލުކޮށްފަ އެވެ.
މިކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޒިޔާދު ބާގިރާއި އެ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރަށް ގުޅުމުން ވެސް ޖަވާބެއް ނުދެއްވާތީ މިކަމުގައި އެ މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަކުރު
11 January 2017
އޯކޭވާނެ! އަންނި އިރުގައި ނަމަ ޒަމާންދިޔައީސް
މަޑުންތިބޭތި
11 January 2017
މިސްކިތް ތަކުގެ މުވައްޒަފުންގެ މުސާރަ އަދި އެއް މަސްދުވަހަށް ލަސް ވިއަސް އެ ހަމަ އޯކޭވާން ޖެހޭނެ އެމެން ރަނގަޅަށް ފައިސާ މެނޭޖް ކުރާނަމަ. ސަރުކާރެއް ނޫން ތޯ. މުސާރަ ލިބޭނެއެވެ. ދެން އެކަމާއި ހާސް ވެގެން އުޅެން ނުޖެހޭނެ ނޫންތޭ އަދި މިމަހުގެ 15 އަށް ނާރާ ވިއްޔާ.
ތަކުރު
11 January 2017
އޯކޭވާނެ,! ރައީސް ނަސީދު އިރުގަ ނަމަ ޒަމާންދިޔައިސް ވަރަން ބޮޑުމައްސަލައަކަން ވީސް މިހާރު އޯކޭ!
ޢަލީ
11 January 2017
ފޯކައިދޫ 1 މިސްކިތު މުސާރަ/ފޮޅާ ސާފުކުރާ ފައިސާ ނުދޭތާ 5 މަސް
ޢަބްދުﷲނާފިޒު
10 January 2017
އަދިވެސް ލިޔާނެ ބިއުޓީފުލޭ އޯސަމޭ، ކިހާ ފްލޯލެސް ދެއްތޮ..
އަފަގެ
11 January 2017
ހެއިލޯ. އަފަގެ ދިޔޭ ތިހެން ނަހަދަ ފެލެ. ލާރި ލިބޭ ޕައުންޑް ލިބޭ ގޮތަށް މަސައްކަތް ކޮށް ފެލެ.
އެނޯނަމަސް
10 January 2017
އަހަރެމެންގެ ރަށުގެ މިސްކިތުގެ މަރާމާތު ފައިސާ ކޮންޓްރެކްޓަރަށް އަދިވެސް ނުލިބޭ! މިހާރު ކޮން ދުވަހެއް މިއީ! ބޮޑުވަރު!
މަކުނުދޫ މީހާ
10 January 2017
މަކުނުދޫ މިސްކިތުގަ މަސައްކަތް ކުރާ ވަގުތީ އިމާމަކަށް މުސާރަ ނުލިބޭތާ 4 މަސް ވެއްޖެ
އަހުމދު
10 January 2017
މި ސަރުކާރުން އެއްވެސް ގޯސްކަމެއްނުކުރާނެ ކޯޓ މިނިވަން މިިޔާ ހުރިހާ ތަނެއް މިކަަމަށް އެއްބަސްވާނެ މިއީ ލިޓްލްސިންގަޕޫރު. ވީމާ މިސްކިތްތަކުގައި އުޅޭމީހުނަށް މުސާރަ ލިބުން ކުޑަކޮށް ދަތިވަނީ. އްޅާނުލާ....
މެންޓަލިސްޓް
10 January 2017
100% މުސްލިމް ގައުމެއްގައި އަސްލު މުސާރަ ނުދިނަސް މިސްކިއްތަކުގައި ބަނގިގޮވާ ގަޑިންގަޑިއަށް އިމާމްވެ ނަމާދު ކުރާނެ މީހުން ތިބެންވާނެ ،،،، އެއީ ކަލާންގެއަށް އަޅުކަމެއްގެ ގޮތުގައި ކުރާކަމެށް ،،، މިސާލަކަށް ފުރުގާން މިސްކިތުގައި މުދިމުން މުސާރަ ނުނަގާކަމަށް ބައެއްމީހުން ޙަބަރުތަށް ބުނޭ ،،، އެއީ ތެދެއްކަމުގައި ވަނީނަމަ އެހެން މިސްކިއްތަކުގައި ވެސް އެކަން ކުރެވޭނެ ،، ދެން އެބައޮތް އެހެން ގޮތެއްވެސް ހުރިހާ މިސްކިއްތަށް ނެޓްވޯކްއަކުން ގުޅާލާފައި އެއްމިސްކިތަކުން ބަންގިގޮވީމައި ހުރިހާ މިސްކިތަކުން އަޑުއިވޭގޮތަށް ހެދީމައި މުދިމުންގެ ދައުރު ކުޑަވާނެ ،،، ދެން ކޮންމެ މިސްކިތެއްގައިވެސް އެބައެއްގެ ތެރޭން އިސްމީހަކު އިމާމްއަކަށް ލައިގެން ސަލާތް ޖަމާއަތުގައި ގާއިމް ކުރެވިދާނެ ،،، މިގޮތް ކިހިނެއްވާނީ ؟؟؟
ވާނުވާ
10 January 2017
ތަނެެއްގައި ޚަބަރެެއް އޮތިއްޔާ ކޮމެންޓް ކުރަންވާނެ ތިމާޔަށް ކިތަންމެ ނޭގުނަސް. ފުރުޤާން މިސްކިތުގައިވެސް ސިވިލް ސާވިސް އިމާމެއް ރަސްމީ ހައިސިއްޔަތު ލިބިގެން މުސާރަ ހިނގާގޮތަށް ހުންނަވާނެ. ތިޔަ ބުނި ބީދައިން އެތަނެއްގައި ތިބި ބަޔަކު ވަގުތު ވަނީމާ އެކަކު އިސްކޮށްގެން ނަމާދު ކުރާ ގޮތަށް ހަދަންޏާ ކޮންމެހެން ބަންގި ގޮވަންވެސް ނެޓްވޯކެއް ނޭޅިޔަސް ފުދޭނެ. ދެން އޮތީ މީސްތަކުންނާއިގެން އިމާމް ވުމަކީ ތިޔަ ހީކުރާހާ އާދައިގެ ކަމެއް ނޫން. ނަމާދުގައި ހެދޭ ގޯސްތަކަށް ރިޢާޔަތް ކޮށްގެން ފިޤުހީ ހަމަޔަކުން އެކްޝަން ނަގަން އެނގުމާއި ތަޖުވީދު ހަމައިން ނަމާދު ސައްޚަ ވާ މިންވަރަށް ސޫރަތުލް ފާތިހާ އެނގޭ މީހުން އަދިވެސް ވަރަށް މަދު. ޢިމާމުންގެ ދައުރަކީ ކުޑަ ކުރަންޖެހޭ އެއްޗެއް ނޫން. ޢެއީ ފުޅާކުރަން ޖެހޭ އެއްޗެއް. އިމާމް ކަމަކީ ރަސޫލާގެ ދާއިމް މަޤާމް. އެކަމަށް ނުދެވުނު އަހަމިއްޔަތު ކަމެއް ދޭންޖެހޭ އެހެން ކަމެއް ނޯންނާނެ.
އޯކޭޑް
10 January 2017
މިދިޔަ މަހުގެ މުސާރަ އަދި މިމަހުގެ 10 ވަނަ ދުވަހު ނެދެވުން އެއީ އަދި މާ ކަން ބޮޑު ވާން ޖެހޭނެ ކަމެއް ނޫނެވެ. މަމެން ހީކުރީ ކިއްލި ތަޅާ ގްރޫޕް މީހުން ކަންކަން ކުރާ އުސޫލުން 6 މަސް ދުވަހުގެ މުސާރަ ނުދީ ހުރި ކަމަށެވެ. ތީ އަދި މާ ބޮޑު މައްސަލަ އެއް ނޫނެވެ.
ގާދީރު
10 January 2017
ކަލޭތީ ލަަރީ ލީބޭމީހެއްވީމަ ކަލެއަށް އޯކޭ ވީ