ޚަބަރު / މ. ނިރުފެހިގޭގެ އަލިފާނުގެ ހާދިސާ

އަލިފާނުގެ ހާދިސާ: އައިޖީއެމްއެޗުގައި އޮތް މީހާގެ ހާލު އަދިވެސް ވަރަށް ސީރިއަސް

މ. ސެންޑްރޯޒްގެ ހުޅަނގުބައިގައި އިއްޔެ ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހިގެން، އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ މީހާގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެެ މީހާ އަށް އަދިވެސް ފަރުވާދެމުން އަންނަނީ އައިސީޔޫގައި، ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.

"އޭނާގެ ހާލަތަށް އެއްވެސް ބަލެއް ނާދޭ، އަދިވެސް ކްރިޓިކަލް،" އޮފިޝަލް ވިދާޅުވި އެވެ.

ޖިންސު ވެސް ވަކިކުރަން އުނދަގޫވާ ވަރަށް ފިހިފައި އޮތް އެ މީހާގެ ޖިންސު މިހާރު ދެނެގަނެވިފައިވާ ކަމަށާއި އެއީ ފިރިހެނެއް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

ފުލުހުން މިއަދު ބުނީ އެ ހާދިސާގައި މަރުވި 10 މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ހަތް މީހަކާއި ބަންގްލަދޭޝްގެ ދެ މީހަކު ކަމަށެވެ. ކާކުކަން ނޭނގޭ އެކަކު އެބައޮތް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މަރުވި ބައެއް މީހުންގެ ހަށިގަނޑު ވަރަށް ބޮޑަށް ފިހި، ކާކުކަން ދެނެގަންނަން އުނދަގޫވި އެވެ. މަރުވި އެންމެންގެ ހަށިގަނޑު މިހާރު އޮތީ ގަލޮޅު މޯޗަރީގަ އެވެ.

މިހާތަނަށް މާލޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ ހިނގީ ސެންޑްރޯޒް ހުޅަނގުބައިގައި ތިރީގައި ހުންނަ ޖަރާޖެއްގައި ރޯވެގެން ކަމަށް ބުނެ އެވެ. އެ ގޭގައި މަތީ ފުލޯގައި ދިރިއުޅުނީ ބިދޭސީ މަސައްކަތްތެރިންނެވެ. އޭގެ ތެރޭގައި ބަންގްލަދޭޝް، ސްރީ ލަންކާ އަދި އިންޑިއާ މީހުން ވެސް ހިމެނެ އެވެ.

4 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 75%
icon angry icon angry 0%
icon wow icon wow 25%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްލާ.

12 November 2022

އެއްފަހަރާ މީހާ ގިނަބަޔަކު މިހާހިތްދަތިގޮތަކަށް މަރުވުމަކީ ސަރުކާރު އިމާޖެންސީއަށްއައިސް ވަގުތުން ގައުމުގެ އެކިއެކި ކޮމިޓީތައް އެކްޓިވޭޓްވެ، ކުއްލިކެބިނެޓް މީޓިން ބޭއްވި، އަވަސް ފިިޔަވަޅުއެޅި، ހާލުގައި ޖެހުނު މީޙުންނަށް އެކަށީގެންވާ ފައިނެންޝިއަލް އެހީލިބި، ހިތާމަ ފާޅުކުރުމުގެ ދުވަހެއް ކަނޑައެޅި، ބައިދަނޑިއަށް ދިދަ ތިރިކުރެވެންޖެހޭނެ ދުވަހެއް. އެކަމަކު ކީއްކުރާނީ، ބޭރުމީހުން ބޭރުމީހުންނަށްވީމަ އަހަރުމެން އެހާ ގަދަރެއް އެމީހުންނަށް ނުކުރޭ.

The name is already taken The name is available. Register?

ކިންގް އިލްހާމް

11 November 2022

ވަރަށް ހިތްދަތި ހިތަށް އަސަރުކުރި، ހަބަރެއް ، މިކާރިސާގައި ދުނިޔެ ދޫކުރި ފަރާތްތަކަށް ﷲ ރަޙްމަތް ލައްވަވާށި، އާމީން ، އަދި އަނިޔާ ލިބުން ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރއްވާށި، އާމީން

The name is already taken The name is available. Register?

ޙިމް

11 November 2022

މިވަރަށް ފިހޭ މީހުން ސަލާމަތް ވުމަކީ ނާދިރު ކަމެއް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

11 November 2022

ޤާނޫނުތަންފީޒުކުރުމުގެ ޤާނޫނީ ޒިންމާ އަދާކުރަންޖެހޭ ސަރުކާރާއި ސިޓީކައުންސިލް ފަދަ ފަރާތްތަކުގެ އިހްމާލާއި ފަރުވާ ކުޑަކަމުގެ ސަބަބުން ދިރިތިބި 10 މީހުންގެ ފުރާނަ ދިއުމުންވެސް ތިމާމެން ދެނަހުރި ކަމަކަށްވެސް ނަހަދާ އަދިވެސް އެތިބީ މަޤާމުގައި ބަގުޑި ބައްދައިގެން. # ހިންގާލަން އުޅޭ މީހާއާއި މާތޮޑާ ވަޒީރުގެ އިތުރުން މޭޔަރުގެ މައްޗަށް މިކަމުގައި ދައުވާ އުފުލާންޖެހޭނެ. ކީއްވެގެންތޯ ދައުލަތުގެ ޕްރޮސިކިއުޓަރ އެއްވެސް ފިޔަވަޅެއްނާޅުއްވާ ހަނުހުންނަވަނީ..!!؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454