ޚަބަރު / ރައްޔިތުންގެ މަޖިލިސް

މައްސަލަ ހޫނުވެ، ޝަރީފު މަޖިލިހުގެ ރިޔާސަތުގައި އިށީނދެއްޖެ!

މަޖިލިސް ނިންމާލި ފަހުން އިބްރާހިމް ޝަރީފް މަޖިލީހުގެ ރިޔާސަތުގައި އިށީނދެވަދައިގެން--

14 ނޮވެމްބަރ 2022 - 15:30

28 comments

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރަން ސަރުކާރުން ފޮނުވާފައިވާ ބިލަށް ވޯޓަށް ނާހައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ނިންމާލި މައްސަލަ ހޫނުވެ، މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފު މަވޯޓާ) މަޖިލީހުގެ ރިޔާސަތުގެ ގޮނޑީގައި އިށީނދެ ވަޑައިގެންފި އެވެ.

މަޖިލީހުގައި މިއަދުގެ އެންމެ ފަހު މަސައްކަތެއްގެ ގޮތުން އެޖެންޑާ ކޮށްފައި އޮތީ ޓެކްސް ބިލު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރުމެވެ.

ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު، ބަހުސަށް ފުރުސަތު ހުޅުވި ނަމަވެސް ސަރުކާރުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީގެ މެމްބަރުން އަދި އެހެން ޕާޓީއެއްގެ މެމްބަރަކު ވެސް ފުރުސަތަށް އެދިވަޑައެއް ނުގަންނަވަ އެވެ.

މަޖިލީހުގެ ގަވައިދުގައި އޮންނަ ގޮތުން ބަހުސް ކުރުމުގެ ފުރުސަތު ބަންދު ކުރުމަށް ފަހު، ރިޔާސަތުން ތިން ވަނަ ކިޔުން އިއްވަން ޖެހެ އެވެ. އެ އަށް ފަހު އެ ބިލު ވޯޓަކަށް ހުޅުވާލާނެ އެވެ.

ނަމަވެސް މިއަދުގެ ޖަލްސާގައި އަފީފު ރަނގަބީލު ވެސް ނުޖައްސަވަ އެވެ. ތިން ވަނަ ކިޔުން ވެސް ނީއްވަ އެވެ. އެމްޑީޕީ އާއި ޕީޕީއެމާއި އެމްއެންޕީ އަދި އެމްޑީއޭގެ މެމްބަރުން ވެސް މަޖިލީހުގައި ހާޒިރުވެ ތިއްބާ، ކޯރަމް ހަމަ ނުވާ ކަމަށް ވިދާޅުވެ، މިއަދުގެ ޖަލްސާ ނިންމާލިކަން އަފީފު އިއުލާނު ކުރެއްވީ އެވެ.

އެ މައްސަލާގައި އެމްޑީޕީގެ ސަރުކާރު ފެކްޝަން މެމްބަރުން ރުޅިގަދަވެ މަޖިލީހުގައި އަޑުގަދަކޮށް، އިހުތިޖާޖު ކުރަން ފެށި ވަގުތު ޝަރީފު ހެއްދެވި ގޮތަކީ، ޖަލްސާ ނިމުމާއެކު، މަޖިލިހުގެ ރިޔާސަތުގެ ގޮނޑީގައި އިށީނދެވަޑައިގަތީ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ ޝަރީފު އެ ކަން ކުރެއްވި އިރު، މަޖިލީހުގެ އަމީން އާންމާއި އިދާރީ އެހެން މުވައްޒަފުން ވެސް މަޖިލިސް ކުރާ މާލަމުން ނުކުމެވަޑައިގަންނަވަނީ އެވެ.

އެ މައްސަލާގައި ކުރެއްވި ޓުވީޓެއްގައި ވިލިމާލެ ދާއިރާގެ އެމްއެންޕީގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ، މަޖިލީހުގައި މިއަދު ޓެކްސް ބިލަށް ވޯޓަށް ނޭހުނީ މެންބަރުން މަދުވެގެން ނޫން ކަމަށާއި އެ ކަން ނުކުރެވުނީ ރިޔާސަތުން ގަވާއިދާ ހިލާފަށް އަމަލު ކުރުމުން ކަމަށެވެ.

"ތިންވަނަ ކިޔުން ނުއިއްވާ. ވޯޓުލާ ކަމަށް އިއުލާނު ނުކުރޭ. އޭގެ ފަހުން ވޯޓުގެ ރަގަބީލު ވެސް ނުޖަހާ ޖަލްސާ ނިންމާލީ. ރިޔާސަތުން ވެސް މަޖިލީހުގެ ގަވާއިދަށް އަމަލުކުރަން ޖެހޭނެ،" އުޝާމް ވިދާޅުވި އެވެ.

ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވެސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދުގެ ޖަލްސާގައި ވޯޓު ގަޑި އިއުލާނު ނުކޮށް، ވޯޓުގެ ފަސް މިނިޓް ކުރިން ޖަހަން ޖެހޭ ރަގަބީލް ވެސް އަފީފު ނުޖައްސަވާ ކަމަށެވެ.

ޖަލްސާ ނިންމާލިކަން އިއުލާން ކުރެއްވުމަށް ފަހު، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ މެމްބަރު އަފީފު ވަޑައިގަތީ އެވެ.

ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނިހާދު ވިދާޅުވިގޮތުގައި، ރިޔާސަތުން ގަވައިލާ ހިލާފަށް އަމަލު ކުރާތީ މަޖިލީހުގައި އިހުތިޖާޖު ކުރަމުން އަންނަ ކަމަށެވެ.

"ބަޣާވަތް މަ ކުށްވެރި ކުރަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ ނިހާދު ވިދާޅުވި އެވެ.

ސަރުކާރުގެ މެމްބަރުންގެ ވިސްނުން ހުރީ ވީހާ ވެސް އަވަހަކަށް ޓެކްސް ބިލު ފާސްކުރުމަށެވެ. އަންނަ އަހަރަށް ލަފާ ކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ބަޖެޓުގައި އާމްދަނީ އިތުރު ކުރުމަށް ހުށަހަޅާފައިވާ ހަމައެކަނި ކަމަކީ ވެސް ޓެކްސް ބޮޑު ކުރުމެވެ.

28 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 0%
icon angry icon angry 69%
icon wow icon wow 0%
icon inlove icon inlove 15%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވާނެދޯ

15 November 2022

އިށީނަސް އެކަމާ ފިޔަވަޅެއް އަޅާނެ ފަރާތެއް ނެތުނީމަ ހުރިހާ ކަމެއްވެސް ވާނެ.

The name is already taken The name is available. Register?

އެއްކަލަ އިބުރާ

15 November 2022

ނިކަން މަ ވެރިކަމަށް ގެނެސް ބަލަ. ރައްޔިތުންގެ މަޖިލިސް އުވާލާ ޚުދުމުހުތާރު ވެރިކަމެއް ، އިސްލާމް ދީނުގެ ތަރަހައިގެ ތެރޭގައި ކޮއް ދޭނަން. ? މައްސަލަ އަކަށް ވެގެން މިއުޅެނީ ޑިސިށަން ނަގާނެ މީހުން މާ ގިނަ ވުން. ތިމީހުން އަރާ ތިބެ އަހަރެމެން ގެ ފައިސާ ކޮޅު ފެލުމާ ގައުމު ބަނޑަށް ޖެއްސުން ނޫން ކަމެއް ނުކުރޭ. ވަކި ޕާޓީ އެއް ނޫން ، ހުރިހާ ޕާޓީ ތައް ވެސް ހަދާނީ އެކައްޗެއް.

The name is already taken The name is available. Register?

ބުރޫޖު

15 November 2022

މި އޑޕ ވެރިކަމަށް އަންނަ ކޮންމެފަހަރަކު ނިކަމެތިން ފެލާލައިގެން ނޫނީ ގައުމު ހިންގޭ ކަމަކަށްނުވޭ ހާދަ ނާގާބިލު ބަޔޭކޭ މީ

The name is already taken The name is available. Register?

1206

14 November 2022

ގާނޫނާއި ގަވާއިދުގެ ހުކުމް ހިނގަންޖެހެޔޭ ބުނަންވީމާ ކޮންމެ މީހަކުގެ ވެސް އޮވޭ ބޮޑު އަނގަޔެއް. ހުސް ގުއި ނުދެކޭ ކާޅުތައް އެއްވީމާ ތަން އެއްވަސް ވެ، ބަލަން ތިބޭ މީހުން ވެސް ވަހަށް ބޭއިހްސާސް ވެފައި އޮތް ގައުމެއް މިއީ. މިހާ މީހުން ބޭފިކުރު ވީމާ، ފިތުނަ ފަސާދަ ނޫން ކަމެއް ފައުޅު ނުވާނެ. އަންބޮޑި އަށް އެޅޭ ނަމަ ކަންބޮޑު ނުވެ، ބޭބޮޑު ވުން، އެއީ އުސޫލަށް ވެ، އެގޮތާއި ހިތާ ނުވި ބަޔަކު ކުށުއެޅި، ހަފުސް ވެދާނެ. ދަރައި ވިކި ރައްޔިތުން އުނގު، ފަނގު ނެތިއްޖެ.

The name is already taken The name is available. Register?

ޔާޔާ

14 November 2022

ޢިއްޒަތްރި މެންބަރު ދަންނައްޗޭ. ކަލޭމެން ތިޔަ ނިކުތީ ރައްޔިތުންނާ ދެކޮޅަށްކަން. ވަރަށް ސަލާމް

The name is already taken The name is available. Register?

އެއްކަލަ އިބުރާ

15 November 2022

ރައްޔިތުންނަކީ ހަނދާން ބަލި ، މޮޔަ ބައެއް. ދެންވެސް ވޯޓް ހޯދަން އަންނަ އިރަށް އާދެ ލައްބަ ކިޔާފަ ދޭނެ.

The name is already taken The name is available. Register?

ކަނބިލި

14 November 2022

ސަރުކާރު ފިނޑިނުވެ މަޖިިލިސްގެ ރިޔާސަތުގެ ކޮންޓްރޯލް ނަގަންވީ. މިހާރު ތިޔަ ކުރަނީ ޖެއްސުން. ގަޓްހުންނަން ޖެހޭނެ

The name is already taken The name is available. Register?

އަތްބަޅޭކަޑަ

14 November 2022

ސަރީފު އެތެޅި ބާލަނީ ނުފޫޒާބާރުން އޭނާގެ ދަރިއަށް އެމްބެސެޑަރުކަން ހޯދާދީފަ, ނުހައްގުން ޕުރޮޖެކުޓުތަކާ ފައިސާގައި ޖެހިފަ އޮތީމަ އެގެއްލިދާނެތީ. ދެން އޭނަލައިގެން ސޯކިހު ކޯއްޗެއްތަ ކޮންޓުރޯލު ކުރަންއޮތީ؟

The name is already taken The name is available. Register?

ރާޑަރު

14 November 2022

ކޮންޓުރޯލް ނަގައިން އިތުރަށް ޖެހޭ ކަމެއް އެބައޮތްތަ؟ ސުޕަމެޖޯރިޓީގެ ބޭނުން ނާޖައިޒުގޮތުގައި ހިފައިގެން ސޯލިހުއާ އޭނާގެ އައުވާނުން ނުކުރާ ކަމެއް ކޮބައިތަ އެތާގައި؟ ޓެކްސް ވެސް އެމީހުން ހިތައް އެރީމަ ހިތައް އަރާ ވަރަކަށް ބޮޑުކުރަނީ ރައްޔިތުން މިހާރުވެސް ފެލޭވަރު މަދުކަމަށް. ބަޖެޓުވެސް ދަރަނިވެ ރައްޔިތުން ވިއްކާގެން ދަރަނި ދައްކާ ވަރަށް އެކަންވެސް ކުރަނީ. އެތާގެ ހަމަ އޮތީ ވިދާޅުވާ ގޮތައް ތައްގަޑުޖެހުން!

The name is already taken The name is available. Register?

އެމްސް

14 November 2022

ރަޢިއްޔަތުންގެ ޙައްޤުގަ ބަސް ބުނާނެ މަޖިލިހެއް ނެތް؟

The name is already taken The name is available. Register?

ޒުއްބަ

14 November 2022

ހައްގު ބަހެއް ބުނަން މީހަކު އަނގަ ހުޅުވާ ގަރާރެއް ލިޔަސް ސޮލިހު ރާޖާ ފެކްސަނުން ބޭރު އަރުވަނީ. ޑިމަކްރުސީގެ އެންމެ މަތީ ދަރަޖަ ކަލޯ

The name is already taken The name is available. Register?

ޢަދުނާނު "ތަބައް"

14 November 2022

މިހާތަނަށްފެނިފަކާނުވޭ، ތިޔަ މަޖިލީހުގައި މިހާރު ތިތިބަ އެއްވެސް މެމްބަރަކު، ރައްޔިތުންނަށް ލާބަލިބެނިވިގޮތަށް، ރައްޔިތުންގެ އިޙުސާސްތައް ދެނެ، ދެކިގެން، ރައްޔިތުންގެ ޙައްޤގުގައި ވަކާލާތުކުރި އެކަކުވެސް....... އަބަދުވެސް ފެންނަނީ ތިމަތިމާމެންގެ އަމިއްލަ ވަޤުތީ މަންފާ ހޯދުމަށް އަނގަތަޅާ، މަސައްކަތްކުރާތަން! ތިޔަ މެމްބަރުންނެކޭ، އިޙުސާސްތަކުން އެއްކިބައިގައިވާ "ކޮމްޕިއުޓަރު"ތަކެކޭ މާކަބޮޑުތަފާތެއް ނެތް! ހުރިނަމަ ހުރި ތަފާތަކީ، އަމިއްލައެދުންވެރިކަން! ނޫންތަ؟

The name is already taken The name is available. Register?

ވަކަރޭ

14 November 2022

މިސްޓަރު ވަކަރު ޝަރީފު!! އެތެޅި ބާލަނީ ނުފޫޒާބާރުން މީނާގެ ދަރިއަށް އެމްބެސެޑަރުކަން ހޯދާދީފަ, ނުހައްގުން ޕުރޮޖެކުޓުތަކާ ފައިސާގައި ޖެހިފަ އޮތީމަ އެގެއްލިދާނެތީ

The name is already taken The name is available. Register?

މިސްޓަރ ޓިނޭ

14 November 2022

މަވޯޓާ ، ފައިސާ އަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454