ރައީސް ޔާމީނަށް 2018ގެ ރިއާސީ އިންތިހާބު ކާމިޔާބު ކޮށްދެއްވަން، ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމްގެ އިސްވެ ނެންގެވުމާ އެކު "ފެށުން"ގެ ނަމުގައި ކެމްޕޭން ފެށުމުގެ ހަފުލާގައި ޕީޕީއެމާ ގުޅުނު ޒުވާނުންތަކެއްގެ ފޯމް، ފަސްޓް ލޭޑީއާ ހަވާލުކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
13 ޖެނުއަރީ 2017 - 22:52
ދިވެހި ގައުމަށާއި ރައްޔިތުންނަށް ހެޔޮ އެދޭ ނަމަ، ކުރިއަށް އޮތް ރިއާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީނަށް ކާމިޔާބު ކޮށްދިނުމަކީ ދިވެހި ކޮންމެ ފަރުދެއްގެ މައްޗަށް ލާޒިމު ކަމެއް ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީނަށް 2018ގެ ރިއާސީ އިންތިހާބު ކާމިޔާބު ކޮށްދެއްވަން، ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމްގެ އިސްވެ ނެންގެވުމާ އެކު "ފެށުން"ގެ ނަމުގައި ކެމްޕޭން ފެށުމަށް މިރޭ ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ދެ ވަނަ ދައުރަކަށް ރައީސް ޔާމީން އިންތިހާބު ކުރަން ޖެހެނީ އެއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށް ނުވަތަ ޕީޕީއެމްގެ މުޝްތަޝާރަށް ވީމައި ނޫން ކަމަށެވެ. އެއީ ވޭތުވެ ދިޔަ ތިން އަހަރު ދުވަހު ރާއްޖެ އަށް ގެނެސްދެއްވި އިންގިލާބީ ބަދަލުތަކާއި އެ މަނިކުފާނުގެ ސަބަބުން ރައްޔިތުންނަށް ލިބުނު ލާބަ އާއި މަންފާގެ ސަބަބުން ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދު ކުރިއަރައި މިދަނީ އަވަށްޓެރި ގައުމުތަކުން ވާދަވެރިވާ މިންވަރަށެވެ. އަދި ސިއްހީ ދާއިރާ ކުރިއަރަމުންދާ ގޮތުން ކައިރި ގައުމުތަކުން ހަސަދަވެރިވާ ކަމަށާއި ރާއްޖޭގެ އިޖްތިމާއީ ފޭރާން ވީދި ކުދިކުދިވެފައި ވަނިކޮށް އަލުން ވިޔެ، ނެރެދިނީ ފަހުރުވެރިކަމާއެކު މާޒީއާ އަޅައި ކިޔާލެވޭ ވަރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ތުރާކުނުން ފެށިގެން އައްޑުއާ ހަމަ އަށް ބެލިކަމުގައި ވިޔަސް ތަރައްގީގެ ބިޔަ މަޝްރޫއެއް، ދެ މަޝްރޫއެއް ނުހިނގާ ރަށެއް ނެތް. ދިވެހި ރައްޔިތުން ގަބޫލު ކުރޭ ރައީސް ޔާމީނަށް ދެ ވަނަ ދައުރެއް ދޭން ޖެހޭކަން." ދައުލަތުގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގެން އެ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފަހަކަށް އައިސް ސަރުކާރަށް ވަނީ ތަފާތު ގޮންޖެހުންތަކާއި ފާޑުކިޔުންތައް ކުރިމަތިވެފަ އެވެ. އެކަމަކު އެއީ ވޭތުވެ ދިޔަ "ވެރިކަމުގެ ދިގު މުއްދަތުގެ ތެރޭގައި ނުކުރެވިފައި ހުރި ކަންކަން ތިން އަހަރުގެ ތެރޭގައި ރައީސް ޔާމީން ކުރެއްވުމުން" ކަމަށް ވިދާޅުވި އެވެ.
ނަން ވިދާޅު ނުވި ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އިޝާރާތް ކުރައްވައި، އަބްދުއްރަހީމް ވިދާޅުވީ ވަރަށް ގިނަ ދުވަސް ވާންދެން ވެރިކަން ކުރެއްވި ކަމަށާއި އެކަމަކު ޔާމީން ވެރިކަމާ ހަވާލުވެ ވަޑައިގެން އިރު ގައުމު އޮތީ ތަރައްގީއާ އެހެން ކަންކަމަށް ބަލާއިރު ވެސް އޮންނަން ޖެހޭ ހިސާބެއްގައި ނޫން ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަކީ ލާމަސީލު ވެރިއެއްކަން އެ މަނިކުފާނު ސާބިތު ކޮށްދެއްވާފައިވާ ކަމަށާއި އެއީ ދިވެހި ރައްޔިތުންނަށްޓަކައި ގައުމަށްޓަކައި، ވާން ޖެހުނު ކޮންމެ ގުރުބާނީއެއް އަދި ކޮންމެ ނިންމުމެއް ވެސް ނިންމަން ކެރިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
15 January 2017
ހަހަ.. ޖޯކު.. ދެން އަންނަ ބަޔަކަށް ހިންދަމާވެސް ނުލެވޭނެ ދޯ؟
ބޭރު
15 January 2017
ބޯހިޔާވަހިކަމަށް އެދި ސަރުކާރުގައި ރަސްމީކޮށް އެދުނު 15 ހާސް އައިލާގެ ތެރެއިން އެކަކަށްވެސް އުއްމީދެއް ނުލިބުނެވެ. ދައުލަތުން ފޯރުކޮށްދޭ ޕާސްޕޯޓް ހެދުން ފަދަ ޚިދުމަތްތަކުގެ އަގު ބޮޑުވެއްޖެއެވެ ކާޑުގެ އަގު ބޮޑުވެއްޖެއެވެ ކަރަންޓުގެ އަގު ބޮޑުވެއްޖެއެވެ. އިމްޕޯޓް ޑިއުޓީ ނެގުންފަދަ ކަންކަމާހުރެ ޑަބަލް ޓެކްސް ދައްކަންޖެހި ތަކެތީގެ އަގު އުފުލިއްޖެއެވެ. ކުރިން ޓެކްސް ނުނުގާ މުވާސަލާތީ ޚިދުމާތާއި ތެލުގެ ބާވަތްފަދަ އަސާސީ ބާވަތްތަކުން ޓެކްސް ނަގަން ފެށުމުގެ އެތަކެތީގެ އަގު ބޮޑުވެއްޖެއެވެ. ދަތުރު ފަތުރުގެ އަގު އުފުލިއްޖެއެވެ. މާލޭ ބަނދަރުން ނަގާ ފީ ބޮޑުވެއްޖެއެވެ. ކުނިއުކާލުމުގެ ޚަރަދުތައް ބޮޑުވެއްޖެއެވެ- ޕިކަޕް ލޮރީތަކުން ފީނަގައިގެންނެވެ. ރާއްޖޭގެ ރަށްތަކާއި ފަޅުތަކާއި ހާތަކާއި ގިރިތައް ބިޑު ކުރުމެއްނެތި ނުއަގުގައި ވިއްކަނީއެވެ. އެތެރެއާ ބޭރުގެ ދަރަނި އިންތިހާއަށް މަށްޗަށްގޮސްފިއެވެ. ލިސްޓް ދިގުކުމުގެ ބޭނުމެއްނެތެވެ. ރައީސް ޔާމީނު ދެވަނަ ދައުރަކަށް ހޮވުން ލާޒިމެވެ.
ހީވޭ
15 January 2017
90% އަށްވުރެ ގިނަ މީހުން އެއޮތީ ރުޅިއައިސްފަ.. ދެން ކިހިނެއް ހޮވާނީ..
ވާފިރު
15 January 2017
ގައުމުދެކެ ލޯބިވާށެވެ. ޕާޓީ ވިސްނުން ދޫކޮށްލާށެވެ ..ދުނިޔޭގެ ގައުމުތަކަށް ވަމުންދާގޮތާމެދު ވިސްނާ ފިކުރު ކުރާށެވެ ބަދަލުހިފުމުގެ ވިސްނުން ދޫކޮށްލާށެވެ..
ރައްޔިތުމީހާ ، ރާއްޖެ
15 January 2017
އަދުރޭ ކޮބަ ހީވޭ ކަމެއްހެން. ރައްޔިތުންގެ ސުއޫރު މި ކޮމެންޓްތަކުން ތި ފެންނަނީ
އިބޫ
15 January 2017
ފިބެ 3 އަހަރު، ގައުމު އިނދަ ޖެހިއްޖެ، ދެން އިތުރ ދައުރެއް ދިފިނަމަ، ގައުމުވެސް ނުފެންނާނެ. މާތްކަލާކޮށްޓަކާ، މިހާރު ކެވިފަި ހުރި ވަރު މަދެއް ނުވާނެ،،،، އެމްއެމްޕީއާރސީ، އެމްޕީއެލް، ތަންތަނުގެ ކޮރޕަްޝަން ލިސްޓް ބަލާލީމަ އެނގިއްޖެ
ހޯހޯ
15 January 2017
ލާޒިމު ވާޖިބައްވެ އަދި 2018 ކައިރިވީމަ ހީވަނީ ފަރުޝަކައް ބަދަލުވާނެހެން
އޯލްރައިޓް
15 January 2017
ޕީޕީއެމްގެ އެންމެ ދުވަސްވީ ނައިބް ރައީސް އަދުރޭ އެވިދާޅުވަނީ ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވާދިނުން އެއީ ކުރަން ލާޒިމް ކަމެއް ކަމަށް. އެހެން ކަމަށްވާނަމަ އެކަން ކުރަން ވާނެއެވެ. އެކަން ކުރަން ލާޒިމް ގޮތަކީ އެއީ މާލެ އާއި ހުޅުލެ އާއި ދެމެދު ބްރިޖް އެޅި ގޮތަށް ޗައިނާ އިން އަލަށް އުފައްދާ ބޭންކް އިން 6 ބިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން މާލެ އާއި ވިލިގިލި އާއި ވިލގިލި އާއި ގުޅި ފަޅާއި އަދި ގުޅި ފަޅާއި ތިލަފުއްޓާއި އަދި ތިލަފުއްޓާއި މާލެ އާއި ދެމެދު ބްރިޖް އަޅާ އަދި ވިލިގިލި އާއި މާލެ އާއި ދެމެދު ކަނޑުއޮޅިން މާލެ ސައިޒުގެ 4 މާލެ ވަރުތަނެއް ކަނޑޮއޮޅިން ހިއްކާ އެތަނާއި މާލެ އާއި ދެމެދު ކްލަސްޓަރ ސްޓައިލްޑް ބްރިޖް ފީންނެއް އަޅައިގެން މާލެ ސަރަހައްދު ލިޓިލް ސިންގަޕޯރ އަށް ބަދަލުކޮށް ހަދާ އަދި އިންޑިއާގެ އިގްތިސާދުގެ މައްޗަށް ރާއްޖެ ކުރި ހޯދަން ބޭނުން ނަމަ ރައީސް ޔާމީން ދެވަނަ ދައުރަށް ހޮވައިގެން ނޫނީ މިފަދަ ލާރޖް ކްރިއޭޓިވިޓީ ހުންނަ އިކޮނޮމިކް ސްޕިއަރ އެއް ރާއްޖޭގައި ކްރިއޭޓް ކުރެވޭނީ ހަމަ އެކަނި ރައީސް ޔާމީން ދެ ވަނަ ޓާރމް އަށް ހޮވއިގެންނެވެ. ކަން މިހެން ހުރުމުން ރަންރީނދޫ ކުދިން ވެސް އަދި އެއް ފަހަރު މިކަމާއި މެދު ޑީޕް ސީރިއަސް ކޮށް ވިސްނާ ދިރާސާ ކޮށް ހެދުމަށް ފަހު މަމެން ޕިންކީންގެ އަތުގައި ހިފަންވީ އެވެ. ޑޯންޓް ބީ ސޯފާރ އަވޭ ފްރޮމް އަސް. ހިއަރ އައި އޭމް އެގެއިން އޮން ދަ ސްޓޭޖް ޑާންސިންގް އެން ސިންގިންގް ފޯރ ޔޫ. ކަމް ޓު ދަ ފަސްޓް ރޯ އެން އަތްޖަހާލާ، އަތްޖަހާލާ، އެން އެންޖޯއި ދަ މިއުޒިކް... ޑޯން ބީ ސޯފާރ އަވޭ ފްރޮމް އަސް، ސޯ ފާރ އައި ޖަސްޓް ކާންޓް ސީ... އޯލް ރައިޓް..
ޒިންދަގީ
15 January 2017
ހިތްވަރުކޮށްލާ... ވަގުތު ކައިރިވަނީ.
ޖޯކަރު
14 January 2017
ގައުމަށް ހެޔޮ އެދެންޏާ ދެ ވަނަ ދައުރަކަށް ރައީސް ޔާމީން ހޮވުން ލާޒިމް. ވައި ސޯ ސީރިއަސް؟ އަދުރޭ މަޖަލަކަށް ބުނި އެއްޗެކޭ ތި މީހުން ހެއްވާލަން
ޕޮއްޑޭ
15 January 2017
އޭ ކަލޯ ލާޒިމުއެއީ ކޯއްޗެއްކަން އެގޭތަ ؟އަރަބިބަހެއް މީހަކު ބޭނުންކުރިޔަކަސް އެއީ ދީނީ ކަމެއްކަމަށް ހީވަނީތޯ؟
ވީއާރ
14 January 2017
ގައުމަށް ހެޔޮ އެދޭ ނަމަ ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވާ ދިނުމަކީ އެއީ ލާޒިމް ކަމެއް ކަމަށް އަދުރޭ ވިދާޅުވާނަމަ ވަކި ނަސްލަށް އަދި ވަކި ނަސަބަކަށް ނުބަލާ އަދުރޭ އެ ވިދާޅުވާ ވާހަކައިގެ މީންސް އަށް ބަލާއިރު އެއީ ވަރަށް ރަނގަޅު ވާހަކަ އެކެވެ. 5 އަހަރުގެ އެއް ދައުރުން އަދި އެޅޭނީ ބިންގަލެވެ. މަދުވެގެން ރާއްޖޭގެ ކޮންމެ ވެރިއަކު ވެސް ޖެހޭނެ 10 އަހަރު އިސްތިއުފާ ނުދީ ވެރިކަން ކުރަން. އެއީ ރިޔާސީ ދެ ދައުރު ކަމަށް ވާނަމަ ދެ ވަނަ ދައުރުވެސް ރާއްޖޭގައި ރަނގަޅަށް ވެރިކަން ކުރައްވާ ރައީސް އަކަށް ދިނުން އެއީ ލާޒިމް ކަމެކެވެ. މާލެ އާއި ހުޅުލެ އާއި ދެމެދު ބްރިޖް އެޅުން އެެއީ ދުނިޔޭގެ ވޮންޑަރ އެކެވެ. އެއީ ދިވެހިން ފަޚްރުވެރި ވާން ޖެހޭނެ ކަމެކެވެ. މަމެން ކޮންމެ ދުވަހަކު ވެސް ބްރިޖް ނާޅާ ކަމަށް ޕްރިޓެންޑް ކުރާނީ ކިހާ ދުވަހެއް ވަންދެން ތޯއެވެ. އެހެން ނަހަދާ. ވީއާރ ދަ މޯލްޑިވިިއަންސް. ވީ އާރ ދަ ވަންސް ޓު މޭކް އަ ބްރައިޓަރ ޑޭ ސޯ ލެޓްސް ސްޓާރޓް ޔުނައިޓިންގް.
ފާތުމަ
15 January 2017
އަދުރޭ ވިދާޅުވަނިއްޔޭ؟؟؟
ޢަބްދުﷲނާފިޒު
15 January 2017
އެވަރިހަމަތަ ދައުލަތުގެ ބޭތުލްމާލު ފެންފޮދަކާ ނުލާ ދިރުވާލިއަސް، ތިހިރަ ވިސްނުމަކަށް ހަމަ ސާބަސް އެހެން ވިއްޔާ.