ޚަބަރު / އީޕީއޭ

ވާވެއްދި ފަރަށް އެރި ދެ އުޅަނދު 100 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފި

ކ. އަތޮޅު ފަރަކަށް މީގެ ކުރިން އެރި ތެޔޮ ބާޖެއް.-- ފޮޓޯ: އެމްއެންޑީއެފް

ކ. އަތޮޅު ވާވެއްދިފަރަށް ބާޖަކާއި ޓަގެއް އެރުމުން ލިބުނު ގެއްލުންތަކާ ގުޅިގެން އެ ދެ އުޅަނދުގެ ވެރިފަރާތް 100 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ. ދެ އުޅަނދު ފަރަށް އަރާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 23 ގަ އެވެ. އޭއެމް އޭއޭޖީއޭއެމް ބާޖާއި އޭއެމް އޭއެލްޕީއައިޓީގެ ވެރިފަރާތަކީ ދި މިޑްލްއީސްޓް މެރިން އެލްއެލްސީ އެވެ.

އެންވަޔަރްމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ އެ ދެ އުޅަނދު ފުންކޮށް ނިމުމުން އެ ސަރަހައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް މިދިޔަ އަހަރުގެ އޮގަސްޓު މަހު އެ ސަރަހައްދަށް ގޮސް ސާވޭ ކޮށްފައިވާ ކަމަށެވެ.

"އެ ފަރުގެ 3،926 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަ ކުރެވިފައިވޭ،" އީޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވެ އެވެ.

އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކުގެ ބަދަލަށް 100 މިލިއަން ރުފިޔާ ދައްކަން ވެރިފަރާތަށް މިހާރު އަންގާފައިވާ ކަމަށް އީޕީއެން ބުންޏެވެ.

ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް، ކަނޑައެޅި ޖުމުލަ ޖޫރިމަނާ އާއި ބަދަލުގެ އަދަދަކީ 148,381,500.00ރ. އެވެ. ނަމަވެސް ތިމާވެއްޓާބެހޭ ގާނޫނުގެ ދަށުން ކުރެވޭނެ އެންމެ ބޮޑު ޖޫރިމަނާއަކީ 100 މިލިއަން ރުފިޔާ ކަމަށް ވާތީ ޖޫރިމަނާގެ އަދަދު 100 މިލިއަން ރުފިޔާއަށް ދަށްވީ ކަމަށް އީޕީއޭ އިން ބުންޏެެވެ.

އީޕީއޭ އަށް، އެ ފައިސާ ދެއްކުމަށް ދި މިޑްލްއީސްޓް މެރިން އެލްއެލްސީ އަށް ވަނީ 30 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

7 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 17%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކައުންސެލަރު

25 January 2023

އެފްކޮނު ޖޫރިމަނޭ ކޮށްލިވަރު ފެނިފޭ މަމިހުންނަނީ ދެފޭ ކައިރި ނުވެފޭ

The name is already taken The name is available. Register?

އާތިފާ

25 January 2023

މީދެންތަންކޮޅެއް ބޮޑުވަރު އެންވައިމެންޓޭ ކިޔައިގެން މީހުން ފެލުން ނޫންކަމެއް ނުކުރޭ ސަރުކާރުތަކުން. މިހެން ހެދީމާ ބޯޓްފަހަރުގެ އިންޝޫރެންސް އަފި ފްރައިޓް ބޮޑުވާނީ. ދެން ގެއްލުންވާނީ އެއްކަލަ އަހަރެމެން ކަހަލައަދާއިގެ މީހުންނަށް. ހުއްޓާލާ ތިއަދަދުގެ ޖޫރިމައިނާ.

The name is already taken The name is available. Register?

މިހިރީވެސް

25 January 2023

ތިވާހަކަ ނުދައްކާ. މާލެ މަގުމަތީ ބުޅާ އޯކޭ. މާލެ މަގުމަތީ ބަކަރި ކަމަކުނުދޭ.

The name is already taken The name is available. Register?

ހިތަދޫ ހުސެން

25 January 2023

ސްޓޭޓް އެކްސްޓޯސަން، މި ލާރި އަށް ވާނުވާ އެއް ނޭނގޭ، ދެން ބޭރުގެ ކުންފުނި ތަކުން ހަދާ ބޮޑެތި ޕްރޮޖެކްޓްވެސް އަގު ހަދާނީ ބޮޑު ފައިދާލާފަ... މިދެން ބޮޑުވަރު

The name is already taken The name is available. Register?

ކޮމެންޓްކުރާމީހާ

25 January 2023

އަސްތަޣްފިރުﷲ.... ބުރިޖަހަދަން ހަވާލުކުރި އިންޑިއާ ކުންފުނި ޖޫރިމަނާ ނުކުރަނީތޯ... ޢަދުލުވެރިކަން މިހުރީ އޮބިނަސް ޓުދަ މެކްސްއަށް އަރާފައެންނު...

The name is already taken The name is available. Register?

ހޯބޯހޯބޯ

25 January 2023

30 އަަރުން ވެސް ? މިލިއަން ނުލިބިގެން އުޅޭއިރު....

The name is already taken The name is available. Register?

ޒަވިޔަނި

25 January 2023

ބަޖެޓްގައި 2023 ވަނަ އަހަރަށް ފަރުތަކަށް އުރޭ އުޅަނދުފަހަރުން ޖޫރިމަނާގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާ ކުރެވިފައިވަނީ ކިތައް މިލިޔަން ރުފިޔާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454