ޕީޕީއެމުން ބޭއްވި މުޒާހަރާގެ ތެރެއިން އަވަސް ނޫހުގެ ނޫސްވެރިއަކު ފުލުހުން ހައްޔަރުކުރަނީ.
18 މާޗް 2023 - 10:38
އިދިކޮޅު ކޯލިޝަނުން މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން ނޫސްވެރިޔަކު ހައްޔަރުކުރީ ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައި، ފުލުހެއްގެ ގައިގައި ޖެހި މައްސަލައަކާ ގުޅިގެން ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާ ކަވަރުކުރަން އުޅުނު "އަވަސް" ނޫހުގެ އެ ނޫސްވެރިޔާ ހައްޔަރުކުރީ މުޒާހަރާ ކަވަރުކުރަން، ނޫސްވެރިއެއްކަން އަންގައިދޭ ކާޑު ވެސް އަޅައިގެން ހުއްޓާ ކަމަށް ވާތީ ފުލުހުންނަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
ނަމަވެސް ފުލުހުން ކުރި ޓްވީޓެއްގައި ބުނީ އެ ނޫސްވެރިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، އެއްވުމުގެ ތެރެއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން މަސައްކަތްކުރި ވަގުތު އެ ނޫސްވެރިޔާ އެކަމަށް ހުރަސްއަޅައި ފުލުހެއްގެ ގައިގައި ޖަހާފައިވާތީ ކަމަށެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލާފައިވާ ކަމަށާއި ނަމަވެސް މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މާރިޗް 16 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމެއްގައި ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތްކުރި ވަގުތު ނޫސްވެރިޔާ އެކަމަށް ހުރަސް އަޅައި ފުލުހެއްގެ ގައިގައި ޖަހާފައިވާ މައްސަލައާ ގުޅިގެންނެވެ.
— Maldives Police (@PoliceMv) March 18, 2023
އިދިކޮޅުން މާލޭގައި ބޭއްވި އެ އެއްވުން ރޫޅާލާފައި ވަނީ އެސްއޯ ފުލުހުން ނިކުމެ އެވެ.
ނޫސްވެރިޔާ ހައްޔަރުކުރި މައްސަލަ ކުށްވެރި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ވެސް ނެރެފަ އެވެ. އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުންނާއި ސަރުކާރަށް އެ ޖަމިއްޔާ އިން ވަނީ ގޮވާލައިފަ އެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންތަރީސް ހަމަ
19 March 2023
ނޫސްވެރިއެއްގެ ފާސް އަޅައިގެން ހެޔޮދޯ މުޒާހަރާތަކަށް ނިކުމެ ކޮންމެ ވައްތަރެއް ޖެއްސިއަސް. ފުލުހުން ވިއްޔާ ތިބެން ޖެހޭނީ ބަލަން ދޯ. މީހަކު ހައްޔަރު ކުރިއަސް އެވަރު ނުކުރިއަސް އެަރު. އެއްވެސް ތަނެއްގަ އެއްވެސް ބަޔަކަށް ކުރެވެ ރަނގަޅު ކަމެއް ނޯވޭ މިހާރަކު
ސުވާސްތި
19 March 2023
ނޫސްވެރިންނެކޭ މުޒާހަރާ ކުރާ މީހުނެކޭ އެއްވަރު
ބޮސްގެ ބޮސް
18 March 2023
އިބޫގެ ޓުވިޓަރޭ އިން ހޭބޯނާރާ އުޅޭތަން ކޮމެންޓުތަކުން އެނގޭ..
ކަލަމިންޖާ
18 March 2023
ނޫސްވެރިޔަކު ކުޑަކުއްޖަކާ ބެހިގެން ހައްޔަރުކުރިޔަސް ތިޔަ ބަޔަކު ބަޔާންނެރޭނެ!
ބެހެރޫޒް
18 March 2023
ޕީޕީއެމުން ނުކުންނަނީ މުޅިންވެސް ނޫސްވެރިންކަން ފުލުހުން ވިސްނާ ތިބުން ރަނގަޅުވާނެ
ލާމަސީލު
18 March 2023
ބައެއް ނޫސްވެރިން އުޅެނީ އެކްޓިވިސްޓުންނަށްވުރެ މަތީގަ!
ސުމެއް
18 March 2023
ޢެއްގޮތަކަށްވެސް ޤަބޫލެއް ނުކުރަން. ސްސްސްކަނޑައެޅިގެންހެދި ސީކޯ ބުރޭންޑުގެ ރޯބުހުތާނެއް
ޖަމީލުބެ
18 March 2023
ސަޖިދައިގަ އޮއްވަތަ؟
އާނއެ
18 March 2023
މުލީއާގޭ ކައިރީގަ އެވެސް
ކަނބިލި
18 March 2023
ދިވެހި ފުލުހުން މިހާރު ކޮޕީ ކުރަމުންދަނީ އަވަށްޓެރި ގައުމެއްގައި ފުލުހުން އާންމުންނާ މެދު ކަންކުރަމުންދާ ބީދައިން. މި ސަރުކާރުން ކަންކުރަނީ އިންތިޚާބީ ވައުދާ ދިމާ އިދިކޮޅަށް. ފުލުހުންގެ ހަރުކަށިކަމާއި އަނިޔާވެރިކަން ބޮޑުވެ ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ. ބޯޑު ހަދައިގެން ކޮންފަރެންސްތައް ބާއްވައިގެން ރަނގަޅުކުރާ ވާހަކަ ތައް ދައްކާލުން ނަތީޖާއެއް ނުދެއްކޭނެ. ތިމާމެންގެ ތެދުވެރިކަމާއި އިޚުލާސްތެރިކަން ކުރިޔަށް ނެރެންވީ.
ހަސޯ
18 March 2023
ޕީޕީއެމްގެ 5 އަހަރުގަ އެކަހަލަކަމެއް ނުފެނޭ. އެމީހުން ނޫސްވެެރިޔަކަށް އަނިޔާއެއް ނުކުރޭ. ރާއްޖެޓީވީވެސް ނާނދާ. ޖުރުމާނާއެއްވެސްނުކުރޭ. ރައްޔިތުންކުރި އިތުބާރުގެ ބޮޑުކަމުން 2018ގަ ވެރިކަމަށް ހޮވުނީ. އެމީހުންގެ ވެރިމީހާވެސް ޖަލުގަވެރިކަންއެއޮތްކުރަނީ.
އަލީ!
18 March 2023
ބައެއްނޫސްވެރިންނަކީ ފާސްއަޅައިގެންއުޅޭ އެކްޓިވިސްޓުން.