ޚަބަރު / ބޯހިމެނުން

ނުވަ އަހަރުން އިތުރުވީ 44،000 ދިވެހިން، ބިދޭސީ އާބާދީ ދެ ގުނަ އިތުރުވެއްޖެ

ކޮންމެ ތިން ދިވެއްސަކަށް މިހާރު ބިދޭސީއަކު އެބަހުރި

ގިނަ އަދަދެއްގެ ބިދޭސީން: ރާއްޖޭގެ ބިދޭސީންގެ އާބާދީ ދެ ގުނަ މައްޗަށް ގޮސްފައިވާ ކަމަށް ބޯހިމެނުމުގެ ހިސާބުތަކުން ދައްކާ --- ފޮޓޯ/މިހާރު

ނުވަ އަހަރުން ރާއްޖޭގެ އާބާދީއަށް 44،000 ދިވެހިން އިތުރުވެ އާބާދީ 382،000 އަށް އެރި އިރު، ބިދޭސީންގެ އާބާދީ ދެ ގުނަ ބޮޑުވެފައިވާ ކަން ބޯހިމެނުމުން ދައްކައިފި އެވެ.

ނުވަ އަހަރަށްފަހު ރާއްޖޭގައި ބޯހިމެނުމުގެ ތަފާސް ހިސާބުތައް މިއަދު އާންމު ކުރިއިރު، ދިވެހިންގެ އާބާދީއަކީ 382،751 އެވެ. އެއީ 2014 ވަނަ އަހަރު ބޯހިމެނި އިރަށްވުރެ 44،317 މީހުން އިތުރުވުމެވެ. އަދި ބިދޭސީންނާ އެކު ރާއްޖޭގެ ޖުމްލަ އާބާދީ 515،122 އަށް މިހާރު އަރަ އެވެ.

ރާއްޖޭގެ ޖުމްލަ އާބާދީގެ 26 ޕަސެންޓަކީ މިހާރު ބިދޭސީންނެވެ. އެއީ 132،000 އަށް ވުރެ ގިނަ ބިދޭސީންނެވެ. މިއީ 2014 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާއަށް ވުރެ ދެ ގުނަ ބޮޑު އަދަދެކެވެ. އޭރު ބިދޭސީ އާބާދީ އޮތީ 63،000 ގަ އެވެ.

މިހާރު ރިސޯޓްތަކާއި ސިނާއީ ސަރަހައްދުތަކުގައި ބިދޭސީންގެ ނިސްބަތް އުޅެނީ 70 ޕަސެންޓަށް ވުރެ މަތީގަ އެވެ. އަދި ކޮންމެ ތިން ދިވެއްސަކަށް މިހާރު ބިދޭސީއަކު އެބަހުއްޓެވެ.

ދިވެހިންގެ އާބާދީގެ ކޮންމެ 100 އަންހެނަކަށް، 104 ފިރިހެނުން އެބަތިބި ކަމަށް ހިސާބުތަކުން ދައްކަ އެވެ.

އެ ހިސާބުތައް ދައްކާ ގޮތުން އާބާދީގެ ތެރެއިން މާލޭގައި އުޅޭ މީހުންގެ ނިސްބަތް ވެސް 39 ޕަސެންޓުން 41 ޕަަސެންޓަށް މިހާރު ވަނީ އިތުރުވެފަ އެވެ. ބިދޭސީންނާ އެކު މާލޭގައި 212،000 އަށް ވުރެ ގިނަ މީހުން އުޅޭއިރު އޭގެ ތެރެއިން 31 ޕަސެންޓް މީހުން އުޅެނީ ހުޅުމާލޭގަ އެވެ.

އާބާދީ އެންމެ ބޮޑަށް އިތުރުވީ ވެސް ހުޅުމާލޭގަ އެވެ. އެއީ 16 ޕަސެންޓްގެ އިތުރުވުމެކެވެ.

އަތޮޅު ތެރޭގައި 46 ޕަސެންޓް މީހުން އުޅޭއިރު ރިސޯޓްތަކުގައި 10 ޕަސެންޓް މީހުން އުޅެ އެވެ. މާލެ ނުހިމަނާ އެންމެ ބޮޑު އާބާދީއެއް މިވަގުތު އޮތީ އައްޑޫގަ އެވެ. އެއީ 25،000 އަށް ވުރެ ގިނަ މީހުންނެވެ. އަދި 500 މީހުން ހަމަނުވާ 40 އަށް ވުރެ ގިނަ ރަށް މިހާރު ވެސް ރާއްޖޭގައި އެބައޮތެވެ.

46 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 24%
icon angry icon angry 64%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހްމަދު ނސ

01 April 2023

ސީރިއަސްކޮށް ދިވެހިންގެ އާބާދީ އާލާވާނެ ގެދޮރުވެރި ގެވެހި އާއިލީ މާހައުލެއް މިގައުމުގެ ރައްޔިތުންނަށް ހޯދާދޭން މިއޮތީ ޖެހިފައި! ދިރާސާކޮށް ސްޓްރެޓިޖީސް ދެނެގަނެ އެފެކްޓިވް ޕްލޭންއަކާ އެކީ ފަށަންވެއްޖެ. ޒުވާން އާބާދީ އެހާ ކުޑަވެފައި ޑްރަގް އެޑިކްޓުންނާ އަޚްލާގެއް ނެތް ވަޔަލެންޓް ބައި އެހާ ބޮޑު.

The name is already taken The name is available. Register?

ޙަބިބު

01 April 2023

ދިވެހިންގެ އަތްމަތި ދަތި ގިނަދަރިން ހޯދައިގެން ކިހިނެއްތޯ ދެކޮޅުޖައްސަނީ ކާއްޓެއްވެސް ލިބެނީ 16 ރުފިޔާއައް ރިސޯޓުގަ ވަޒީފާ އަދާކުރާ ދިވެއްސަކައް 50.000 ރުފިޔާ ކަނޑައަޅަންޖެހޭ ރަންބިސްކޮޅު ބިދޭސީންނައްދީގެން މަހުޖަނުން ހައްޓަކު ހެޔެއްނެތް

The name is already taken The name is available. Register?

ޙރބޯ

31 March 2023

ރާއްޖޭގައި ބިދޭސީން ގިނަކުރުމަކީ އަޑިއަޑިން ހިންގާ ބިރުވެރި އެޖެންޑާއެއް.. މިޤައުމުގައި ތަފާތު ދީންތަކަށް އުޅުމުގެ މަގު ފަހިކުރަން ޢދ ގެ ޤަރާރެއް ހިންގުމަށް ބާރު ދިނުމަށް ގަސްތުގައި ބަޔަކު ރާވައިގެން ހިންގާ ބޮޑު ކުޅިގަނޑެއް. އަޑީގައިވަނީ ހުޅަނގުގެ ގޮނޑި ކޮށްކޮ އަކާ އަދި އިންޑިޔާގެ ބީޖޭޕީ ދޮންދަރިއެއް.

The name is already taken The name is available. Register?

ސައްޙާފް

31 March 2023

މިކަމަށް އޮތް އެއްމެ ބޮޑު ހައްލަކީ ރާއްޖޭގައި މާލޭ މީހުންގެ ވިޔަފާރި އިންޓްރެސްޓް ހިމާޔަށް ކުރުމުގެ ބަދަލުގައި އެކަށޭނެ ހައުންސިން ނިޒާމެއް ޤާއިމުކޮށް، ޚާއްސަކޮށް ކުދި ގޮޅީގައި ތިބި އާއިލާތަކަށް ހަމަނޭވާ ލެވޭ ވަރުވެކުރުން. 1 ކޮޓަރީގައި މަންމަ އާއި ބައްޕަގެ އިތުރުން ބޮޑު ދަރިން ތިބި ކިތައް އާއިލާ ތިމާލޭގައި އެބަ އުޅޭތޯ؟ ދެން ކިހިނެއްތޯ އާއިލާ ބޮޑުވާނީ. ރާއްޖޭގައި ދިވެހިންގެ އާބާދީ އުނދަގުކަމެއް ނެތި 1.5 މިލިއަނަށް އަރުވާލެވޭނެ ކެޕޭސިޓީ އެބަހުރި.

The name is already taken The name is available. Register?

އެމްސް

31 March 2023

ވަޒީފާ ބާޒާރުގެ %90 ބިދޭސީންނަށް ދީގެން ތިބެ ދިވެހިން، ދިވެހީން ޙާލުގަ ޖައްސަނީ ޑޮލަރުގެ ބްލެކްމާކެޓް އުވިދާނެތީބާ؟

The name is already taken The name is available. Register?

ބަބޫ

31 March 2023

ވޯރާ ވިޔަފާރިވެރިންގެ ވާހަކަ އަޑުއެހިންތަ. އެމީހުން ދިވެހިންގެ އަތުން ދިވެހިންގެ ޗިޔަފާރިތަށް ނަގާ އެމީހުން ހިންގަނއފެށީ. ގޮތް ނިންމަން ތިބި ލެވެލްގެ މީހުން ބޭނުންވާވަރަށް ލާރި ލިބޭތީ މިކަން ނުހުއްޓުވެނީ

The name is already taken The name is available. Register?

އެމްސް

31 March 2023

އިތުރުވި ދިވެހިން ތެރޭވެސް 2 ބައިކުޅަ 1 ބައި ބިދޭސީން، މައްމަ އެކަނި ދިވެހި . . . !

The name is already taken The name is available. Register?

ރޫސީ

31 March 2023

ރިސޯޓް ތަކުގަ ގިނައީ ބޭރުމީހުން ދިވެހިން އުޅެނީ 30% ގަ ބޭރުމީހުން އުޅެނީ 70% ދެން ކީއްވެ ބޭރުމީހުންގެ ނިސްބަތް ރިސޯޓް ތަކުގަ 10% ހުންނަންވީ؟ ބޭރުމީހުންގެ އާބާދީ ދިމާނުވޭ! އޮޅުވާލުމެއް އެބަ ވޭ މަހަށްވެސް ދަނީ ބައެއް ރަށްރަށުގަ ބަންގާޅިން! 285000 ބިދޭސިން އުޅޭނެ

The name is already taken The name is available. Register?

އެމްސް

31 March 2023

ރިސޯޓްތަކުގަ %90 އަކީ ބިދޭސީން، މުސާރައިގެ %90 އަށްވުރެ ބޮޑުބަޔެއް ދަނީ ރާއްޖެއިން ބޭރަށް!

The name is already taken The name is available. Register?

ކުދު ފުތާގެ ބަންގާޅީ

31 March 2023

އާބާދީ ގެ ނިސްބަތުން އަހަރަމެން 50 މީހާ އަކަށް އެކަތި ދިވެހި އަންނަނީ! އަހަރަމެން ގިނަ ވަނީ--ބޭބެ މީހާ މަދު އަންނަނީ! ވާހަކަ ވެސް ގިނަ އަންނަނީ އަހަރަމެން

The name is already taken The name is available. Register?

ހައްލުވާލާ

31 March 2023

ހައްލަކީ ހަމަ މިފަހަރު އުމަރު. އެނޫނީ ނެތް ބިދޭސީންގެ މައްސަލަވެސް ހައްލުކުރަން ކުޑަމިނުން ބަހެއްވެސް ކިޔާލާ މީހެއް

The name is already taken The name is available. Register?

އެމްސް

31 March 2023

ބަސް ބުނުމަކީ ވެރިކަމަށް އަންނަން ސިޔާސީ މީހުން ކުޅޭ އެންމެ ބޮޑު ޑްރާމާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454