ތިލަފުށީ އެމްޕީއެލްގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެފައި.--
31 މާޗް 2023 - 13:52
ތިލަފުށީ އެމްޕީއެލް ސަރަހައްދުގެ އިމާރާތެއްގައި އަލިފާން ރޯވެއްޖެ އެވެ.
އަލިފާނުގެ މި ހާދިސާ ހިނގައިގެން އުޅޭ ކަމަށް ރިޕޯޓުކޮށްފައި ވަނީ މެންދުރު 12:45 ގަ އެވެ.
އެމްއެންޑީއެފުން ބުނީ ތިލަފުށީގައި ހުންނަ ސިފައިންގެ ފަޔަ ސްޓޭޝަނުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ހާދިސާގައި މީހަކަށް އަނިޔާވިކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެ އެވެ.
ތިލަފުށީ އެމްޕީއެލްގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެފައި.--
ތިލަފުށީގައި ރޯވެގެން ސިފައިން ހަރަކާތްތެރިވަމު އަންނަ އިރު މިދިޔަ އަހަރު ވަނީ އަލިފާނުގެ ގިނަ ހާދިސާތަކެއް ހިނގައިފަ އެވެ. އެގޮތުން ކ. ގުޅީފަޅުގައި ހުރި ބިދޭސީ މަސައްކަތްތެރިންގެ އެކޮމަޑޭޝަން ބްލޮކުގައި ރޯވެ އެކަކު މަރުވިއިރު، މާލޭގައި ބިދޭސީން ދިރިއުޅޭ ތަނެއްގައި ރޯވެ 10 މީހުން ވަނީ މަރުވެފަ އެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
31 March 2023
މިޤައުމަށް ނުކަތާ ވަރަށް މީހުން އެތެރެކޮށް މާލެއާއި ރަށްރަށް ތޮއްޖެއްސީމަ އެއްވެސް ކަމެއް ރަގަނޅަކަށް ނުދާނެ!
ބަތޭލި
31 March 2023
އަދިވެސް މީހުން.މަދުވެގެން އެވާހަކަ ނޫންތަ އެދައްކަނީ؟