އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ 2019 ވަނަ އަހަރުގެ ބައްދަލުވުމެއްގައި ނަޝީދާއި އަސްލަމް.---ފައިލް ފޮޓޯ: މިހާރު
16 މެއި 2023 - 19:28
ރައްޔިތުންގެ މަޖިލިހުގެ ދާއިމީ ކޮމިޓީތަކުގައި އެމްޑީޕީ ތަމްސީލު ކުރައްވާ ބައެއް މެމްބަރުން އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ބޭނުންވި ގޮތަށް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ބަދަލު ނުކޮށްދެއްވި މައްސަލަ ހޫނުވެއްޖެ އެވެ.
އެ މައްސަލަ ހޫނުވީ، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ތިއްބަވާ ގުރޫޕެއްގައި ނަޝީދު މިއަދު ވިދާޅުވި ވާހަކަފުޅުތަކަކާ ގުޅިގެންނެވެ.
އެ ގުރޫޕްގައި ނަޝީދު ވިދާޅުވީ، އެ މަނިކުފާނު މަޖިލިހުގެ ރިޔާސަތުގައި ހުންނަވާހާ ދުވަހަކު، މެމްބަރުންގެ ރުހުމާ ނުލައި ކޮމިޓީތަކުން މެމްބަރުން ވަކި ނުކުރާނެ ކަމަށެވެ. އެ މަނިކުފާނު ވަރަށް ހަރުކަށިކަމާ އެކު ވިދާޅުވީ، ރައްޔިތުންގެ މަޖިލިހަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވާ ގޮތަކަށް ހިންގަން އޮތް ތަނެއް ނޫނެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ސޮއިކުރައްވައި މިދިޔަ އާދިއްތަ ދުވަހު ނަޝީދަށް ފޮނުއްވި ސިޓީގައި އެދިވަޑައިގަތީ 13 ކޮމިޓީއެއްގައި ހިމެނިވަޑައިގަންނަވާ އެ ޕާޓީގެ މެމްބަރުންނަށް ބަދަލު ގެނެސް ދެއްވުމަށެވެ. އޭގެ ތެރޭގައި ބައެއް ކޮމިޓީތަކުގެ މުގައްރިރުންނާއި ކޮމިޓީ މެމްބަރުން ހިމެނެ އެވެ. އޭގެ ތެރޭގައި މުޅިން ކަހަލަ ގޮތަކަށް ތިއްބެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހިޔާލު ތަފާތު ވެގެން ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ މެމްބަރުންނެވެ. އޭގެ ތެރެއިން ބައެއް މެމްބަރުންނަށް ވަނީ އެމްޑީޕީގެ އުސޫލާ ހިލާފަށް ކަންކަން ކުރައްވާތީ އެ ޕާޓީން ފަހުގެ އިންޒާރު ވެސް ދީފަ އެވެ.
އެ މައްސަލާގައި އަސްލަމް "މިހާރު" އަށް މިރޭ ވިދާޅުވީ، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ބޭނުންވި ގޮތަށް ކޮމިޓީތަކަށް ބަދަލު ގެންނަން ނަޝީދު ދެކޮޅު ހައްދަވާ މައްސަލަ ބޮޑު ކަމަކަށް މިހާރު ވެފައިވާ ކަމަށެވެ
"މަޖިލިހުގައި ހިމެނޭ ސިޔާސީ ޕާޓީއެއްގެ ޕާލަމެންޓްރީ ގުރޫޕުން އެދުނީމާ މަޖިލިހުގެ ރައީސަށް ޖެހިވަޑައިގަންނަވާނީ ކޮމިޓީތަކުން އެ ޕާޓީއަކުން ބޭނުންވާ ގޮތަށް މެމްބަރުން ބަދަލު ކޮށްދެއްވަން. އެއީ މަޖިލިހުގެ ގަވާއިދުގައި ބަޔާން ކޮށްފައި އޮތް ގޮތް. މަޖިލިހުގެ ރައީސް ބޭނުންފުޅުވާ ގޮތަށް އެ ކަން ކުރުމުގެ އިހުތިޔާރީ ބާރެއް ނޯންނާނެ،" އަސްލަމް ވިދާޅުވި އެވެ.
އޭގެ ބަދަލުގައި މި ފެންނަނީ [މަޖިލިހުގެ ރައީސްޕ ބާރު ދައްކަވާ ތަން. ގަދަ ހައްދަވާ ތަން. ނުކުރައްވާނަމޭ ވިދާޅުވާތަން."--- އަސްލަމް
މަޖިލިހުގެ ގަވާއިދުގައި ބުނެފައި ވަނީ ކޮމިޓީގައި ހިމެނޭ އެ ޕާޓީއެއްގެ މެމްބަރެއްގެ ބަދަލުގައި އެ ޕާޓީގެ އެހެން މެމްބަރަކު ހަމަޖައްސައިދޭން އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން އެދެން ޖެހެނީ މަޖިލިހުގެ ރައީސްގެ އަރިހުގައި ކަމަށެވެ. އެ ގޮތަށް ޕާލަމެންޓްރީ ގުރޫޕުން އެދުމުން އެ މެމްބަރެއްގެ އިހުތިރާޒެއް ނެތްކަން މަޖިލިހުގެ އިދާރާ އިން ކަށަވަރު ކުރުމަށް ފަހު، މަޖިލިހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގުރޫޕްތަކުގެ ވެރިންނަށް މަޖިލިހުގެ ރައީސް އެ ކަން އަންގަވަން ޖެހެ އެވެ.
އެކަމަކު، އެ ސިޔާސީ ޕާޓީއެއްގެ މެމްބަރަކު ހިމެނޭ ކޮމިޓީ ބަދަލުކުރަން އެ މެމްބަރު އިއުތިރާޒު ކުރާ ނަމަ މަޖިލިހުގެ ގަވާއިދު ބުނާ ގޮތުން ޕާލަމެންޓްރީ ގުރޫޕުން ގޮތެއް ނިންމަން ޖެހެ އެވެ. އެ ހާލަތުގައި މަޖިލިހުގެ އިދާރާ އިން ކުރަންޖެހޭ ކަމަކީ އިއުތިރާޒު ކުރާ މެމްބަރުގެ ކޮމިޓީ ބަދަލުކުރަން އެ ޕާޓީއެއްގެ ޕާލަމެންޓްރީ ގުރޫޕްގެ ޖުމްލަ އަދަދުގެ އަޣުލަބިއްޔަތުން ނިންމާފައިވާ ކަން ކަށަވަރު ކުރުމެވެ.
1- ޖުޑިޝަރީ ކޮމިޓީ: މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ބަދަލުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އެ ކޮމިޓީ އަށް ހަމަޖައްސަން.
2- ޕެޓިޝަން ކޮމިޓީ: ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްގެ ބަދަލުގައި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް އެ ކޮމިޓީ އަށް ހަމަޖައްސަން.
3- އެސްއޯއީ ކޮމިޓީ: މުގައްރިރު، އިލްޔާސް ލަބީބްގެ ބަދަލުގައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އެ ކޮމިޓީ އަށް ހަމަޖައްސަން.
4- އިމްތިޔާޒާއި ސުލޫކް ކޮމިޓީ: މުގައްރިރު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފްގެ ބަދަލުގައި ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އެ ކޮމިޓީ އަށް ހަމަޖައްސަން.
5- ޕެޓިޝަން ކޮމިޓީ: އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުގެ ބަދަލުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެ ކޮމިޓީ އަށް ހަމަޖައްސަން.
6- އާންމު ކޮމިޓީ: މުގައްރިރު، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ބަދަލުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކައިލް އަހުމަދު ނަސީމް އެ ކޮމިޓީ އަށް ހަމަޖައްސަން.
7- އާންމު ކޮމިޓީ: އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިންގެ ބަދަލުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އެ ކޮމިޓީ އަށް ހަމަޖައްސަން.
8- ހާރިޖީ ގުޅުންތަކުގެ ކޮމިޓީ: ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފްގެ ބަދަލުގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އެ ކޮމިޓީ އަށް ހަމަޖައްސަން.
9- އިޖުތިމާއީ ކޮމިޓީ: ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ ބަދަލުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެ ކޮމިޓީ އަށް ހަމަޖައްސަން.
10- ޖުޑިޝަރީ ކޮމިޓީ: ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ބަދަލުގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެ ކޮމިޓީ އަށް ހަމަޖައްސަން.
11- ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ: ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ ބަދަލުގައި ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އެ ކޮމިޓީ އަށް ހަމަޖައްސަން.
12- ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ: މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ބަދަލުގައި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ހަމަޖައްސަން.
13- އެސްއޯއީ ކޮމިޓީ: ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާންގެ ބަދަލުގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ހަމަޖައްސަން.
"އެހެންވީމާ އެއީ ނަޝީދު ނިންމަވާ ކަމެއް ނޫން. އަޅުގަނޑުމެން ހުށަހެޅި ހުށަހެޅުމާ އެއްވެސް މެމްބަރަކު އިއުތިރާޒު ކުރާ ނަމަ އެ ކަން ކުރަންވީ ގޮތް މަޖިލިހުގެ ގަވާއިދުގައި ސާފުކޮށް އެ އޮތީ ބަޔާން ކޮށްފައި. އެ ހާލަތުގައި ޕާލަމެންޓްރީ ގުރޫޕްގެ ޖުމްލަ އަދަދުން ނިންމަން ފޮނުވީމާ އެކަން ނިމުނީ،" އަސްލަމް ވިދާޅުވި އެވެ.
"އޭގެ ބަދަލުގައި މި ފެންނަނީ [މަޖިލިހުގެ ރައީސްޕ ބާރު ދައްކަވާ ތަން. ގަދަ ހައްދަވާ ތަން. ނުކުރައްވާނަމޭ ވިދާޅުވާތަން."
އަސްލަމް ވިދާޅުވީ، މަޖިލިހުގެ ގަވާއިދަކީ ގާނޫނުއަސާސީން ބާރު ލިބިގެން ހަދާފައިވާ ހަމައެކަނި ގަވާއިދު ކަމަށް ވުމުން، އެ އަށް ވުރެ މަތިން ކަންކަން ކުރެއްވުމުގެ ބާރު މަޖިލިހުގެ ރައީސަކަށް ވެސް ނޯންނާނެ ކަމަށެވެ.
"އެހެންވީމާ އަމިއްލަ ގޮތްތަކެއް މަޖިލިހުގެ ރައީސަކަށް ނުނެރުއްވޭނެ. އެ އަށް ހުރުމަތްތެރިކޮށް ހިތުމަކީ މަޖިލިހުގެ ރައީސްގެ ޒިންމާއެއް. މަސްއޫލިއްޔަތެއް. މަޖިލިހުގެ ގަވާއިދަކީ ގާނޫނުއަސާސީގެ ބާރުވެރިކަމުގައި އޮތް އެއްޗެއްކަން ރައީސް ނަޝީދަށް އަޅުގަނޑު ހަނދާންކޮށްދެން. އެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތަވައި، އެ އަށް ވުރެ މަތިން ކަންކަން ނިންމެވުމަށް ރައީސް ނަޝީދުގެ އަރިހުން އަޅުގަނޑު އެދެން،" އަސްލަމް ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ކުރީގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެ ޕާޓީން ވަކިވެފައިވާ ކަމަށް ފިޔަވަޅު އަޅާ ކޮމިޓީން އިއްޔެ ވަނީ ނިންމައިފަ އެވެ. އެ ކޮމިޓީން ނިންމީ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެމްޑީޕީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި އާޒިމަށް ވާދަކުރައްވައި، ޓިކެޓް ނުލިބޭ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިންނަވަރު
17 May 2023
ކޮމެޓީތަކައް ބަދަލުގެންނަނީ އެށްވެސް މެމްބަރަކު ގަވަާއިދާއިޙިލާފުވެގެނެއްނޫން . ޙަމައެކަނި ރައީސް ސޯލިހު ބެއިނުންވާގޮތަކައް މެމބަރުން ނާއިމެދު އަމަލުކުރުމަށް ރައީސް ސާލިހު ތަކުރާރުކޮށް މަޖްލިހުގެ ތެރެއަައް އަށްބާނާ ގާނޫނުލް އަސާސީގެ ހުރުމައް ކަޑާތީ އެކަންހުއްޓުވަން ރައީސް ނަޝީދު އަޅުއްވާ ފިޔަވަޅުތަކަކީ ޚުދުމުޙުތާރު ވުންތޯ
ޖަމުޖާޚް
17 May 2023
ތީ މާ ހާސްވާންޖެހޭވަރުކަމެއްނޫން ތިގުރޫޕް ޕާޓީން ވަކިކޮށްލާ އެއިރުން ކޮމިޓީތަކުންވެސް އޮޓަމެޓިކުކޮށްވަކިވާނެ. އަންނި 6 ކުޅި ކުރިއަށްކުޅެންޏާ ދެންތިބިމީހުން 24ކުޅި ކުރިއަށްކުޅުނީމަ ހުންނާނީ ރަނގަޅަށް ރާކަނިކެވިފަ
ނިޒާރު ދިއްދޫ
17 May 2023
މިގައުމާއި، ދައުލަތާއި މަޖިލީހާ ހުރިނަމަ ހުރި މުއައްސަސާތައް ޕާރޓީތައްވެސް ހިގަންޖެހޭނީ ފިކުރެއްގެ ދިރުމުގެ ބާނީ ކެނަރީ ނަޝީދު ބޭނުފުޅު ވެލައްވާގޮތައްތޯއެވެ. ޑިމޮކުރެސީ ގެ ތާޖު އަޅުއްވައިގެން މަނިކުފާނުވެސް ހާދަ ހުދުމުހުތާރު ވެއްޖައީމުތާއެވެ އަމިއްލައެދުމުން ފޯވިއަސް ތީ ދެންބޮޑުވަރެވެ މަނިކުފާނު ނޫނަސް އަހަރެންނާއި އަދި އަހަރެމެންވެސް ދިރިއުޅެން ބޭނުންވަނީ މިރާއްޖޭގައެވެ.މަނިކުފާނެވެ އަހަރެމެންވެސް މިތާ ދިރިއުޅުނަ ދޭށެވެ. ތިހާ އެދުން ބޮޑުނުވާށެޥެ
ހަސީނު
17 May 2023
އެމްޑީޕީގެ އެންމެ އިސްމީހަކީ ރައީސްގެ މަގާމްގައި ހުންނަ މީހާ. އެމީހާޔަށް އޮންނާނެ ހުރިހާ ބާރެއް ޕާޓީގެ ގޮތްނިންމުމަށް. މަޖުލީހު ރައީސްގެ ގޮތުގައެއްނޫން އެވާހަކަ ދައްކަނީ. އެމްޑީޕީ ރައީސްގެ ގޮތުގައި އެގޮތަށް އެވިދާޅުވަނީ. އެމްޑީޕީ އަކީ އަންނި. އިބޫގެ ފަހަތުން އެނބުރެނީ މަގާމްތަކު ބޭނުމުގައި. އިބޫ މިއަދު ރައީސްކަމުން ވަކިވިޔަސް އެކަކުވެސް ނުހުންނާނެ އިބޫއާއެކު. ތިހާ ޖެއްސުންކޮށް ބިރުދައްކާއިރުވެސް އަންނި ފަހަތުގައި 13 މެންބަރުން އެބަތިބި
އާދެ
17 May 2023
ޑިކުޓޭޓަރު ރޫހާނީ ހިޔަޅު ބުނާގޮތައް ހަދަން ޖެހޭނީ ދޯ!
ފުރަތަކަ ފިޔަވަޅު
17 May 2023
އެއްމެ ފުރަތަމަ ފިޔަވަޅު އަޅަންވީ ހުރިހާ މައްސަލައެއްގެ ފެށުން އަދި އަސްލު ކަމަށްވާ އަންނިއަށް. އޭނަ ބުނާހާ ގޮތަކަށް ނުޖެހޭނެ އެއްވެސް ކަމެއް ކުރާކަށް.. އޭނައަކީ އަމިއްލަ އެދުމުން ފުރިގެންވާ މަކަރުވެރި ހިޔަޅެއް.
ކަރަންފޫމާ
17 May 2023
ރައީސް ނަޝީދު އެވެ؛ އަޅުގަނޑަށް އެބަ ފެނޭ މި އަސްލަމް އެއްގެ ގޮނޑި މިޙާރުނަ މިޙާރަށް އަތުލަން 'މަނިކްފާން އާއި ދިމައިލަ ނުސީދާކޮށް ޑިކްޓޭޓަރަކަށް ގޮވާތީ.
އެޑަމް
17 May 2023
ނަސީދު މަޖިލިހުގެ ރައީސްކަމުގަ ބަހައްޓާކައްމިހާރުރާއްޖޭގެ ރައްޔިތުން ޤަބޫލެއްނޫން މިކަންބަލަންބޭނުންނަމަ ޕޮލްެއެއްނަގާބަލަ ވާގޮތްއެގޭނެ
ބޮލް
17 May 2023
ޕޮލްއަކީ ކޯންޗެއް؟
ކިހާބޮޑުކަމެއް
17 May 2023
އެހެން ގަދަބަސްބުނަން ހަދައިގެން އެކަނި ނުދިރި ފިރުކޭންވެސް ޖެހުނީ!!
ޖެރާ
17 May 2023
ޢަސްލަމްމެން މޮޔަނުވެބަލަ.. ތިބުނާ މަޖިލިސް މެމްބަރުން ހިމެނޭ ސިޔާސީ ޕާޓީގެ ރައީސްއަކީ ކާކުތޯ? އެމްޑީޕީގެ ރައީސް ރައީސް ނަޝީދު އެއަންގަވަނީ ނުވާނެއޭ.. މިއަދު މަޖިލިސް ރައީސް އަކަށް ވެސް އިންނެވީ ހަމަ އެމަނިކުފާނު އެހެންވީމާ ބުނެވޭނެ.. ޕާޓީގެ ރައީސްގެ ހައިސިއްޔަތުންވެސް...
ކިމް
17 May 2023
އަޅެފަހެ މި ހަބަރަށް ކޮމެންޓް ކޮށްފަމީ ސުރުހި ކިޔާފަތަ ނޫނީ އަސްލަމް ބުނި އެއްޗަކަށްތަ ނޫނީ ނަޝީދުބުނި އެއްޗަކަށްތަ؟ ގަވައިދުގަ އޮތް އެއްޗެއް ބަލާލީ ކާކު؟