17 ޖޫން

June 17, 2019 9
އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕްގެ އިންތިހާބު އަންނަ މަހު

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕް (ޕީޖީ) މަގާމުތަކަށް މެމްބަރުން ހޮވުން އަންނަ މަހުގެ ކުރީކޮޅު ބާއްވާ ގޮތަށް އެ ޕާޓީން މިއަދު ނިންމައިފި އެވެ.

28 މެއި

May 28, 2019 54
ނަޝީދު ވާނީ އެންމެ ބާރުގަދަ މަޖިލިހުގެ ރައީސަކަށް!

މިރޭ ހުވާކުރާ އާ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަވާލުވެވަޑައިގެންފި ނަމަ އެމަނިކުފާނު ވެވަޑައިގަންނަވާނީ މިހާތަނަށް ރާއްޖެ ދުށް އެންމެ ބާރުގަދަ މަޖިލިހުގެ ރައީސަށެވެ.

May 28, 2019 136
ނަޝީދު ނޫން ހައްލެއް ނުފެނުނު؟

ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އެމްޑީޕީން ނަމެއް ހޮވުމުގެ ވޯޓާ ހަމައަށް ރޭ ދިޔައިރު، އެ ޕާޓީގެ މަސްލަހަތު އޮތީ ގެއްލިފަ އެވެ. ވޯޓު ނިމޭ ގޮތަކުން ހިޔާލުތަފާތުވުން މާ ބޮޑުވެ،...

May 28, 2019 40
މަޖިލިސް ދާނީ ރައްޔިތުންގެ އުންމީދާ އެއްގޮތަށް: ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އޮތް ގުޅުމަށް ކުޑަ ވެސް ބުރޫއެއް ނާރާ ކަމަށާއި ރައްޔިތުންގެ މަޖިލިސް އޮންނާނީ ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ސަރުކާރުގެ ވައުދުތައް...

27 މެއި

May 27, 2019 23
"ނުފޫޒު ފޯރުވަން އުޅުއްވި ވަޒީރުންނަށް ފިޔަވަޅުއެޅޭނެ"

އާ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަކަށް އެމްޑީޕީން ހޮވަން ބޭނުންވާ ބޭފުޅަކު ކަނޑައަޅަން އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގައި ނަގާ ވޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް...

May 27, 2019 29
އެމްޑީޕީގެ ބޮޑު ނިންމުން މިރޭ ދަރުބާރުގޭގައި

މާދަމާ ރޭ ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަކަށް އެމްޑީޕީން ނަމެއް ކަނޑައެޅުމުގެ ވޯޓު މިރޭ ދަރުބާރުގޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

26 މެއި

May 26, 2019 61
އެމްޑީޕީގެ 40 އަށް ވުރެ ގިނަ ވޯޓު ލިބޭނެ: އަފީފް

އަންގާރަ ދުވަހު ހުވާ ކުރާ ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް އިންތިޚާބު ކުރަން އެމްޑީޕީގެ ޓިކެޓުގައި މަޖިލިހަށް އިންތިޚާބުވެވަޑައިގަތް 40 އަށް ވުރެ ގިނަ ބޭފުޅުން ތާއީދު ކުރައްވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފް ރޭ ވިދާޅުވެއްޖެ އެވެ.

24 މެއި

May 24, 2019 59
ރައީސްކަމަށް ވާދަވެރިކަން ބޮޑުވެ އަފީފަށް ފާޑުކިޔަނީ

އަންނަ އަންގާރަ ދުވަހު ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމަށް އިންތިޚާބު ކުރާނެ ބޭފުޅެއްގެ ވާދަވެރިކަން އެންމެ ބޮޑީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ...

May 24, 2019 14
ދައުރުވާ މެސެޖްގައި އޮތީ ހަގީގަތެއް ނޫން: އަސްލަމް

އަންނަ އަންގާރަ ދުވަހު ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވާދަ ނުކުރައްވަން ނިންމަވާފައިވާ...

23 މެއި

May 23, 2019 48
ރައީސްގެ ތާއީދާއި އިތުބާރު އަދިވެސް އެބައޮތް: އަސްލަމް

އަންނަ އަންގާރަ ދުވަހު ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް އެންމެ އެކަށީގެންވަނީ ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފް ކަމަށް ރައީސް އިބްރާހިމް...

May 23, 2019 25
އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބޮޑު ނިންމުން ދުވަހު

އަންނަ އަންގާރަ ދުވަހު ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސަކަށް އެމްޑީޕީން ހޮވަން ބޭނުންވާ ބޭފުޅަކު ކަނޑައެޅުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) ގެ...

20 މެއި

May 20, 2019 16
ލީޑަޝިޕުން ވަކި ބޭފުޅަކަށް ހާއްސަ ކަމެއް ނުދޭ: އަފީފް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ސަރުކާރު ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ލީޑަޝިޕުން ވަކި ބޭފުޅަކަށް ހާއްސަ ކަމެއް ނުދެއްވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފް މިރޭ ރާއްޖެ ޓީވީގައި ވިދާޅުވެއްޖެ އެވެ.

18 އެޕްރީލް

April 18, 2019 151
މަޖިލިހުގެ ރައީސް ކަނޑައެޅުމުގައި ނަޝީދުގެ ނުފޫޒު!

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދުމަށް ފަހު، އެ ޕާޓީގެ ތެރޭގައި އޮތް އެންމެ ބޮޑު ބަހުސަކީ މަޖިލިހުގެ ރައީސާއި ނައިބު ރައީސް ކަމަށް ކަނޑައަޅާނެ ބޭފުޅަކާ މެދު އޮތް ބަހުސެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ މެދުގައި ނަގާ އެ ވޯޓުން ކާމިޔާބު ހޯއްދަވާ...

17 އެޕްރީލް

April 17, 2019 92
ރައީސް ކަނޑައަޅަން ވޯޓު ނަގާނެ ގޮތަކާ މެދު ބަހުސެއް

ރައްޔިތުންގެ މަޖިލިހުގެ ރައީސަކު ކަނޑައަޅަން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގައި ނަގަން ޖެހޭނީ ސިއްރު ވޯޓެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވި ވާހަކައާ ގުޅިގެން އެ ޕާޓީގެ އެހެން ބައެއް މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދި ހޫނު ބަހުސަކަށް ހިނގައްޖެ އެވެ.

11 އެޕްރީލް

April 11, 2019 36
ސުޕަ މެޖޯރިޓީއާ އެކު މަޖިލިހުގައި ދެން ވާނީ ކިހިނެއް؟

ކޮންމެ ރިޔާސީ އިންތިޚާބެއް ނިމުމަށް ފަހު ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބު ބޯމަތިވުމާ އެކު ސަރުކާރާއި އިދިކޮޅު ޕާޓީތަކުން އަބަދުވެސް ދައްކާ އެއް ވާހަކައެއް އޮވެ އެވެ. ސަރުކާރު ހިންގާ ޕާޓީއަކުން އަބަދުވެސް ބުނަނީ މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބި ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރަށް ނުކުރެވޭނެ ކަމަށެވެ. އިދިކޮޅު ޕާޓީން...

08 އެޕްރީލް

April 08, 2019 13
ޕީޖީ ގްރޫޕް ލީޑުކުރަން ޝައުގުވެރިކަން އެބަހުރި: ނަޝީދު

އަންނަ މަހުގެ 28 ގައި ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ) ގެ ލީޑަރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

22 ނޮވެމްބަރ

November 22, 2018 11
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކަށް އަސްލަމް

ވެރިކަން ކުރާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަދި ޗީފް ވިޕަކަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު މިއަދު ކަނޑައަޅައިފި އެވެ.

29 ޖޫން

June 29, 2018 53
ނަޝީދު ޓިކެޓް ދޫކޮށްލެއްވުމުން ޝާހިދުގެ ތާއީދު އިބޫއަށް

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް މުހައްމަދު ނަޝީދު ދޫކޮށްލެއްވުމުން، ހެންވޭރު އުތުރު ދާއިރާގެ މަޖްލިސް މެމްބަރު އަދި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު، ހިންނަވަރު ދާއިރާގެ މެމްބަރު އަދި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ތާއީދުކުރައްވަން ނިންމަވައިފި އެވެ.

10 ޖުލައި

July 10, 2017 13
މުސްތަފާ ވެސް އެންމެ ފަހުން ޕީޕީއެމުން ވަކިވެއްޖެ

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވެސް އެންމެ ފަހުން ޕީޕީއެމުން ވަކިވެއްޖެ އެވެ.

08 ޖުލައި

July 08, 2017 23
މައްސަލައެއް ނުޖެހޭ، ސްކްރީންޝޮޓްތަކަކީ ފޭކް: ރޮޒައިނާ

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ވައިބާ ގްރޫޕްގައި އެ ޕާޓީގެ ބައެއް މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދުނު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވާ ވައިބަ ގްރޫޕެއްގެ ސްކްރީންޝޮޓްތަކަކީ ފޭކެއް ކަމަށާއި ސަރުކާރުން އުޅެނީ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ގެއްލި ގޮތް ހުސްވެގެން ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ...

05 ޖުލައި

July 05, 2017 10
އެމްޑީޕީގެ ޕީޖީ ޑެޕިއުޓީންނަށް ރޮޒައިނާ އާއި އާޒިމް

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުންގެ ދެ މަގާމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިންތިޚާބުވެއްޖެ އެވެ.

11 ޖޫން

June 11, 2017 17
އެމްޑީޕީގެ ޕީޖީ ލީޑަރު ކަމަށް އަނެއްކާވެސް އިބޫ

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ ގްރޫޕުގެ) ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިންތިޚާބަކާ ނުލައި އެ މަގާމުގެ އިތުރު ދައުރަކަށް މިއަދު ހޮވިވަޑައިގެންފި އެވެ.

26 މާޗް

March 26, 2017 5
މަސީހް ވަކިކުރަން އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރެފި

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓުގައި އޭނާއާ ދެކޮޅަށް، އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ތްރީ ލައިން ވިޕެއް މިއަދު ނެރެފި އެވެ.

28 ފެބުރުއަރީ

February 28, 2017 18
"ފ.އަތޮޅު ވިއްކާލުމަށް ތާއީދުކޮށް ވާހަކަ ނުދައްކަން"

ރާއްޖޭގެ ސަރަހައްދެއް ބޭރުގެ ބަޔަކަށް ވިއްކުމަށް ދެކޮޅު ހަދާ ކަމަށާއި ފ. އަތޮޅު ވިއްކާލުމަށް އެއްވެސް މެމްބަރަކު ވާހަކަ ދައްކަވާފައި ނުވާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން...

February 28, 2017 144
އެ ބޮޑު ގޯހަށް ފަހު އެމްޑީޕީން އަނެއް ކޮޅަށް!

ރައްޔިތުންނަށް ދެއްކީ މުޅިން އެހެން މަންޒަރެކެވެ؛ ފަރުދާގެ ފުރަގަހުގައި ސަރުކާރާއި އިދިކޮޅު އެމްޑީޕީން ހެދީ ވަރުގަދަ "ސިއްރު ޑީލެކެ"ވެ. ސަރުކާރުން "ފޮރުވާފައި" އޮތް އެޖެންޑާ އަކީ...

15 ފެބުރުއަރީ

February 15, 2017 15
މަޖުބޫރުން ޕީޕީއެމަށް ވައްދާ ކަމަށް ބުނެ ގަރާރެއް

މަޖުބޫރުކޮށްގެން ޕީޕީއެމަށް މެމްބަރުން ވައްދާ ކަމަށް ތުހުމަތުކުރައްވައި، މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ފަލާހު މިއަދު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.