އީވާގެ މައްސަލަ ވައްދަން ސޮއި ނުކުރައްވާ ފަސް މެންބަރުން--
23 މެއި 2023 - 17:12
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވައްދަން އެމްޑީޕީގެ ފަސް މެންބަރަކު ސޮއި ނުކުރައްވާ ކަން އެނގިއްޖެ އެވެ.
"ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ކުރެއްވުމަށް އެމްޑީޕީން ވަކިވި މައްސަލާގައި އީވާ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ވަކި ކުރުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ އިއްތިފާގުން ވަނީ ފާސް ކޮށްފަ އެވެ.
އެ މައްސަލަ މަޖިލިހުގެ އިދާރާ އަށް ހުށަހެޅީ 50 މެންބަރުންގެ ސޮޔާ އެކު އެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 49 މެންބަރުންނާއި ވަކި ޕާޓީ އަކަށް ނިސްބަތް ނުވާ މެންބަރެއް ކަމަށްވާ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އެވެ.
ޖޭފޯ އަކީ އެމްޑީޕީއާ ވަރަށް އަވަހަށް ގުޅިވަޑައިގަންނަވާނެ މެމްބަރެއް ކަމަށް ވަނީ އެނގިފަ އެވެ.
1. ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު
2. ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދު
3. މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް
4. ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކްމާކް)
5. ބިލެއްދޫ ދާއިރާގެ މެންބަރު އަހުަމަދު ހަލީމް (ދޮންބިލެއް)
މީގެ ތެރެއިން ދޮންބިލެއް ހަލީމާއި އަހުމަދު ރަޝީދަކީ ވަރަށް ފާޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފަޅީގައި އުޅުއްވާ މެންބަރުންނެވެ. ނަމަވެސް މިދިޔަ ހަފުތާގައި ދުވަހު އެމްޑީޕީން ވަކިވި މެންބަރުންގެ ތެރޭގައި އެ ދެ މެންބަރުން ނުހިމެނެ އެވެ.
ސިރާޖަކީ ވެސް މީގެ ކުރިން ނަޝީދު ފަޅީގައި ހުންނެވި މެންބަރެކެވެ. އެކަމަކު، އެމްޑީޕީގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ސިރާޖު ވަނީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައިފަ އެވެ. އެކަމަކު، ފަހަކަށް އައިސް އެހާ ގުޅުން ރަނގަޅު ނޫން ކަމަށް ވެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާ އަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ އީވާ މަގާމުން ދުރުކުރަން 44 ވޯޓު ބޭނުންވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯރޯން
23 May 2023
ދި ޑެމޭޖް ހެޒް ބީން ޑަން.
ޢަރުތަ
23 May 2023
"ޖޭފޯ އަކީ އެމްޑީޕީއާ ވަރަށް އަވަހަށް ގުޅިވަޑައިގަންނަވާނެ މެމްބަރެއް ކަމަށް ވަނީ އެނގިފަ އެވެ". މިވެސް ހަމަ ބޯވައެއް އުތަ، މީގެ ތެރޭގަ ސަހަލު މީހަކު އެބައުޅޭތަ!
ލޮލަމް
23 May 2023
ތިޔަ މޫސާ ސިރާޖަކީ އަދީބުގެ މީހެއް
ޢަރުތަ
23 May 2023
ކޮންމެ މެމްބަރަކުވެސް މިހުންނަނީ ފައިސާ ހުރި ކޮންމެވެސް މީހަކު ސްޕޮންސަރ ކޮށްފަދޯ.
ދިއްދޫމީހާ
23 May 2023
މޫސާ ސިރާޒްއާ ހައިތަމްއާ ދެމެދު އެހުރީ އިޓަލީގެ ރޯމްގެ މޭޔަރު މިސްޓަރ އަލްފްރެޑްތޯ؟؟ އަނެއްކާ ރަނގަޅު ފޮޓޯފުޅު ތަކެއްތޯމީ؟؟
އާގޯތި އަޙްމަދު
23 May 2023
ހުރިހާ މެމްބަރުން ސޮއިކުރާކަށް ނުޖެހެ، ވޯޓަށް އެހީމަ ފާސްވީމަ ނިމުނީ.
އާގޯތި އަޙްމަދު
23 May 2023
އަމިއްލަ ނަމުގައި ކޮމެންޓް ކުރަން ނުކެރި، އެހެން މީހުން ބޭނުން ކުރާ ނަމުގައި ކޮމެންޓު ތިޔަ ކުރަނީ ހާދަ ބިރުން. ސިޔާސީ ވާހަކަ ދައްކަންޏާއި، ސިޔާސީ މަސައްކަތް ކުރަންޏާއި ނިކަން ކެރިގެން އުޅެބަލަ. ތިހާ ފިނޑިވެ، ފަނިވެގެން ކޮމެންޓު ނުކޮށްބަލަ. މަސައްކަތެއްނެތި ތިހެން ހުރުމުގެ ބަދަލުގައި ވަޒީފާއަކަށްދޭ! ހައްގު މުސާރައިން ދުނިޔޭގައި އުޅޭ~!
ސުލް
23 May 2023
ތީ ދެއަތަށް ކަނޑާ، ދެކޮޅުން ކާން ބޭނުން، އެއްކޮޅުވެސް ދޫކުރަން ނުކެރި ތިބި 5 މީހުން.
ރުންކުރު
23 May 2023
ޕާޓީ ނިޒާާމުގައި ރައްޔިތުން ތަމްސީލުކުރަން ވަކި ޕާޓީއަކަށް ސޮއިކޮށްގެން އުޅޭ މެންބަރުން މިކަހަލަ ކަންކަމުގައި ވަކި ކޮޅަކަށް ނުޖެހި ތިބުމަކީ ވަރަށް ފިނޑި ކަމެކެވެ. ޕާޓީގައި އުޅޭނަމަ ފިސާރެ ކުރިގެން އުޅެބަލާށެވެ. އެހެން ނޫނީ މި ފެންނަނީ މެންބަރުން ތާކުންތާކު ނުޖެހޭކަމެވެ.
ސީޒަން ޖެކުހަން
23 May 2023
ކަނާތްފަރާނުން ދެވަނައަށް އަދި ވާތްފަރާތުން ދެވަނައަށް އެހުރީ ކޮންކޮންބައެއް؟ ދުވަހަކު ދެކުނުބައެއްނޫން.
ޔޫރަޕް ގޮލާ
23 May 2023
ޢެބުނާހެން ދުވަހަކު ދުތްބައެއްނޫން. ކަނާތުން ދެވަނައަށް ހުރި ގޮލާ، އަހުން ހިކުރީ ޔޫރަޕް ސޮރެއްކަމަށް.
ކާތިބު
23 May 2023
މަޖިލީހުގެ ދެބައި ކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުންގެ ސޮޔާއެކު އެއޮތީ ހުށަހަޅާފަ. ދެން އެބުނާ ރިވެތި ޑިމޮކްރަސީގެ ނަމޫނާ ދައްކަވަން އުޅުއްވާ ބޭފުޅުން އަހަރުމެނަށް އެ ރިވެތި މަންޒަރު ދައްކާލަންވީ ނޫންތޯ؟ މަޖިލީހުގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވަންވީ ނޫންތޯ؟ އޭރުން "ވަކިކުރީ" ޓެގް އެއް ނޯންނާނެތާ! ގަޓް ހުރިވަރެއް އެނގިދާނެތާ!
އާގޯތި އަޙްމަދު
23 May 2023
ކިތަންމެ ވަރަކަށް ރިޝްވަތުގެ ހުތުރު ފައިސާ ބޭނުންކޮށްގެން މަޖްލީސް މެންބަރުން ކޮންޓްރޯލް ކުރަން އުޅުނަސް އެމްޑީޕީގެ މެންބަރުން ތެރެއިން ގިނަ މެންބަރުން ޑިމޮކްރެޓްސް އާއި ގުޅޭނެ. ކެތްވަންޏާއި ކުޅިބަލަން ތިބޭ! ކުރިއަށް މިއޮތް މަދު ހަފްތާތަކުގައި އެމްޑީޕީން 10 މެންބަރުން ޑިމޮކްރެޓްސް އާއި ގުޅޭނެ! އަދި އެމްޑީޕީން 3 ނުވަތަ 5 މެންބަރުން ޖުމްހޫރީ ޕާޓީއާއި ގުޅޭނެ. އިބޫ ބާކީވެއްޖެ! #ބާކީއިބޫ #ނުހޮވޭނެއިބޫ
މުޙައްމަދު ކުރުސީ
24 May 2023
މަބުނީ އެމްޑީޕީ މެމްބަރުން ޖޭޕީއަށް ދަނީ ހަމަ ޖޭޕީގެ ސިޔާސަތުތައް ކަމުގޮސްގެންތޯ. ނޫނީ ތިޔަ ވިދާޅުވާ ރިޝްވަތުގެ ރީތި ފައިސާގެ ދަހިވެތިކަމުގައިތޯ.