ޚަބަރު / މައުލޫމާތު ހޯދައި ލިބިގަތުން

މޮރިޝަސް އަށް ރައީސް ފޮނުއްވި ސިޓީ ހާމަ ނުކުރެވޭނެ: ރައީސް އޮފީސް

ރައީސް ލިޔުމެއްގައި ސޮއިކުރައްވަނީ: މޮރިޝަސްގެ ބޮޑުވަޒީރަށް އެމަނިކުފާނު ފޮނުއްވި ސިޓީ ހާމަނުކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުނޭ --- ފޮޓޯ/ރައީސް އޮފީހުން

ޗާގޯސް މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީފުޅު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ވެސް ހާމަ ނުކުރެވޭނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ކަމަށް ބަލައިގަތުމަށް ރާއްޖެއިން ދެކޮޅު ހަދަމުން ދިއުމަށްފަހު އެ ސްޓޭންޑް ބަދަލުކޮށް، 2021 ވަނަ އަހަރު ރައީސް ވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވައިފަ އެވެ.

އެ ސިޓީފުޅު ރައީސް ފޮނުއްވީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިމުގެ މައްސަލަ ބައިނަލްއަގްވާމީ ޓްރައިބިއުނަލަށް ހުށަހެޅިފައި އޮއްވަ އެވެ. އެ ސިޓީއާ ގުޅިގެން ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

އެ ސިޓީ ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "މިހާރު" އިން ރައީސް އޮފީހުގައި އެދުމުން ރައީސް އޮފީހުގެ އިންފޮމޭޝަން އޮފިސަރު ނިންމި ނިންމުމުގައި ވަނީ ރައީސްގެ ސިޓީގައިވާ މުހިންމު މައުލޫމާތުތައް ކުރިން ރައީސް ހާމަ ކުރައްވާފައިވާ ކަމަށެވެ. އަދި އެއް ގައުމުން އަނެއް ގައުމަށް ފޮނުވާ ސިޓީތައް ހާމަކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެހެންވެ އެ ސިޓީފުޅު ހާމަ ނުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.

މޮރިޝަސް އާއި ރާއްޖެއާ ދެމެދު އުފެދުނު ކަނޑުގެ މައްސަލަ ބައިނަލްއަގްވާމީ ޓްރައިބިއުނަލުން ވަނީ ނިންމައިފަ އެވެ. ޓްރައިބިއުނަލުން އެ މައްސަލަ ނިންމީ ކަނޑުގެ ސަރަހައްދު ދެ ގައުމުގެ ދެމެދުގައި ބަހާލުމަށެވެ.

އެ މައްސަލައާ ގުޅިގެން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އޮތީ ވައްދައިފަ އެވެ.

51 ކޮމެންޓް, 45 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 0%
icon angry icon angry 87%
icon wow icon wow 2%
icon inlove icon inlove 2%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސެމި

26 May 2023

އިބޫ ވޯޓްނުދޭންވީ އިތުރުސަބަބު! ހާދަވަގޭ މިކަމުގަ!

The name is already taken The name is available. Register?

އިވާން ޖަމީލް

26 May 2023

މި ވެށީގެ ފަޚުރާއި ޝަރަފޭ ވިދާ ބަބުޅަނީ ދިވެހިން އެދޭހާ ތަރައްޤީ ޔަގީން ވާން ފެށީ އަހަރެން ފަޚުރު ވެރި ވަމޭ ތިޔަ ރައީސަށްޓަކާ #އިބޫ 2023 ޖަޒީރާ ދިވެހިރާއްޖެ

The name is already taken The name is available. Register?

ރެއްކަ

26 May 2023

ސަރުކާރުގެ ހުރިހާ ލިޔެކިޔުން މަޖީމަގުގަ އަރުރާލީ ކޮން ސަރުކާރަކުން؟

The name is already taken The name is available. Register?

އިވާން ޖަމީލް

26 May 2023

ނަލަ ޖަޒީރާ ދިވެހިރާއްޖެ ދުށުމަށް އިބޫ 2023

The name is already taken The name is available. Register?

މުހައްމަދު ދާވޫދު

26 May 2023

، އަމީނީމަގުގެ ހިސާބްތައް ސިއްރު، ރިސޯޓް ހަދަން ބިޑްލީ ފަރާތް ތައްވެސް ސިއްރު....ހައްޖުކޯޓާގެވެސް އެއްބަަަަައި ސިއްރު، ހިޔާފުލެޓްތަކުން އެއްބަަަައިވެސް ސިއްރު، ބޭރުދަތުރުތަކުގެ ހިސާބު ތައްސިއްރު، އިންޑިޔާ ސިފަަައިންގެ ކަންތައް ސިއްރު، .....ސެޕްޓެމްބަރުގަ ފިސާރި ރަނގަޅަށް ސިއްކަޖަހަންވާނެ، ހަމަރަނގަޅައްވެސް ގަައުމު ވިއްކާލަައިފި.

The name is already taken The name is available. Register?

ޢަރުތަ

26 May 2023

ވޯޓުލާނަން ހަމަ ވަރަށް ރަނގަޅަށް، ސިޔާސީ ފިކުރުގަ މީހުންދައްކާ ވާހަކަ އަޑެއް ނާހާނަން.

The name is already taken The name is available. Register?

ކަރުތަ

26 May 2023

ޢަރުތަ ވޯޓްލާނެ ގޮތް މާ ކުރިން އެނގޭ. ސިޔާސީ ފިކުރު ނެތް މީހެއްނޫން ތިއީކީވެސް.

The name is already taken The name is available. Register?

މިކަން ބެލޭނެ

26 May 2023

ރައީސަށް ބާރުލިބިފައި ނޯވޭ ރައްޔަތުންގެ މަޖުލީހުގެ ބަހެއްނެތި ރާއްޖޭ ސަރަހައްދަށް އެއްވެސް ބަދަލެއް އަތުވެދާނެ ކަމެއްކުރަން. ރައީސަށް އރމެންޑޭޓެއް ނޯވޭ.

The name is already taken The name is available. Register?

އަލީރާޖާ

26 May 2023

ރާއްޖޭގެ ސަރަހައްދަކަށް ތިޔަތަން ވީ ގޮތެއް އަޅެ ކަލޭ ނިކަން ކިޔައިދީބަލަ؟ އދ އަށް އެނގިފައެއް ނެތް. ދުނިޔޭގެ ކޮން ކޯޓަކުން ކޮންއިރަކު ރާއްޖެއަށް ދީފައި އޮތް ތަނެއްތަ ތިއީ؟ މީހަކު މޮޔަވެދާނެ!

The name is already taken The name is available. Register?

އެސަރަހައްދު

26 May 2023

އެހެން ގައުމަކަށް ކުރިއަށް އޮތްތަނުގަ ލިބެން އޮތް ކަނޑުގެ ބައެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބަޔަކަށް ލައިގެން އުޅުމަކީ އެހެން ބައެއްގެ މައްސަލައެއް ނޫން. އެއީ ދިވެހިންގެ މައްސަލައެއް. ދުނިޔޭގެ މަސްރަހު ބަދަލުވަމުންދާ ގޮތް ނުބަލައި ގެއްލިދާނެ ކަނޑެއްގެ ވާހަކަ ނުދައްކާ ތިބުމަކީ ކުރިން މާޒީގަ އެކަން ބަލަން ހަވާލުވެފަ ތިބި ދިވެހިންގެ މައްސަލައެއް. ތިމާމެންގެ އެއްޗަކަށް ނުވާ އެއްޗެއް ދޫކޮށްލަންޖެހުމަކީ އެއްޗެއް ގެއްލުމެއް ނޫން.

The name is already taken The name is available. Register?

މިކަން ބެލޭނެ

26 May 2023

ޢޭ އަލީ ރާޖާ. ކަލޭ ހަމަތަ؟ ރާއްޖޭގެ ސަރަހައްދަށް ބަދަލު އައުމުގައި ރައީސް ފޮނުވި ސިޓީ ހެއްކަކަށް ނެގިކަން ކަލެޔަށް ނޭނގޭތަ؟ މިބުނީ މިސިޓީވެސް ފޮނުވަންޖެހޭނީ ރައްޔަތުންގެ މަޖުލީހުގެ ލަފާގެ މަތިންނޭ. ކަލޭކަހަލަ ކޯޑިނޭޓަރުން މަގާމް ދިފާއުވޭތޯ ލައްކަ މަސައްކަތް ކުރާނެ. އެކަމަކު ބާކީ އޮތީ 3 މަސް.

The name is already taken The name is available. Register?

ޢަރުތަ

25 May 2023

"ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ކަމަށް ބަލައިގަތުމަށް ރާއްޖެއިން ދެކޮޅު ހަދަމުން ދިއުމަށްފަހު އެ ސްޓޭންޑް ބަދަލުކޮށް، 2021 ވަނަ އަހަރު ރައީސް ވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވައިފަ އެވެ". މިނޫން އެހެން އެއްޗެއް ސިޓީން ސާފުކުރަން ބޭނުންވަނީބާ! މިކަން ކުރިކަމަށް ބުނެ އަޑު އުފުލާތަން ފެންނަނީ.

The name is already taken The name is available. Register?

ރައީސް އަމަލުކުރަންޖެހޭނީ ލިބިފައި އޮންނަ ބާރުގެ ތެރެއިން

26 May 2023

އޭ އަރުތަ. ތިސްޓޭންޑް ބަދަލު ނުކުރެވޭނެ ރައީސަކަށް ހުންނަ މީހަކަށް. ތިސްޓޭންޑް ބަދަލުކުރުމުން ރާއްޖޭގެ ސަރަހައްދު ކަމުގައި ކުރިން ބަލާ ސަރަހައްދަށް ބަދަލުއައީ. މިކަން ނިންމަން ޖެހޭނީ ރައްޔަތުންގެ މަޖުލީހުގެ ލަފާގެ މަތިން. ގާނޫނުގައި އޮންނަނީ އެހެން.

The name is already taken The name is available. Register?

ބޮޑުމީހާ

25 May 2023

މިވަރުވީމަ އިތުރަކަށް ކިޔާނެ އެއްޗެއް ނެތް. އިބޫ ސޯލިހު ކިތަންމެ މަޑުން ހުއްޓަސް ގައުމު މިވަނީ ރަގަޅަށްވެސް ވިއްކާލާފަ. އެއްގޮތަކީ އިބޫއަށް މީގެއިން ވާނުވާ ނޭގެނީ، ހަމަ ސިޓީއެއް ގެންނަ އިރަށް ސޮއިކޮށް ކުރިން ދުވަހަކު ޓައިވާނަށް ސަފީރަކު ކަނޑައަޅައިގެން ކިރިޔާ ޗައިނާއިން މި ގައުމާ ގުޅުން ކަނޑާނުލީ..

The name is already taken The name is available. Register?

ޢަރުތަ

25 May 2023

ހާމަ ނުކުރާނެތާ، ތީއަދި އެއްގައުމުން އަނެއް ޤައުމަށް ފޮނުވައިގެން އުޅޭ ސިޓީއެއް، މިޤައުމުގަ ބޮޑު ބަޣާވާތެއްކޮށް އެންމެ ފަހުން ރައްޔިތުން ކެކިއަރަން ފެށީމަ، ކުރީ ބަޣާވާތެއް ނޫންކަން ދައްކަން ޒާތެއްގެ އިންކުއަރީ ކޮމިޝަނެއް ހަދައިގެން ކަންހިނގިގޮތް ބެލުމަށްފަހު މައްސަލަ ނިންމި ރިޕޯޓު ކުރިއަށް އޮތް 25 އަހަރުގެ ކުރިން އެއްވެސް ދިވެހި ރައްޔިތަކަށް ނުފެންނަ ގޮތަށް ބޮޑުފޮއްޓަށްލާ ތަޅުލާފަ އޮތީ ކީޢްވެގެންބާ! ރައްޔިތުން ބަލަން ބޭނުން، ހާމަކޮށްބަލަ.

The name is already taken The name is available. Register?

ކަރުތަ

26 May 2023

25 ކުރިން ނުފެންނަ ގޮތަކަށް ކޮންތާކަށޭ ލާފަ ތަޅުލީ؟ ކޮންމެވެސް ބަޔަކު ދައްކާހާ ވާހަކައެއް އަޑުއަހައިގެން ބޯގުޑާފަ ތިހިރީ.

The name is already taken The name is available. Register?

ބޭހޮއްކޮ

25 May 2023

ގައުމު ކަމެއްވެގެންދޯ އިހަކައް ދުވަހާޖެހެންދެން މިރާއްޖޭގަ އުޅުނުހާމީހަކު ސިއްރުން ސިޓީއެއް ނުފޮނުވަ ބާއްވާފަ އޮތީ .

The name is already taken The name is available. Register?

ނުވާނެއޭ

25 May 2023

ކީއްވެ ހާމަނުކުރަންވީ ހާމަކުރަންޖެހޭނެ ކޮބާ މިވަތަންގެ އެންމެ މަތީ ކޯޓް އެތަނުންޖެހޭނެ މިގައުމުގެ މިނިވަން ކަން ގެއްލެމުންދާއިރު ސްޕްރީމް ކޯޓުން ހިމޭނުން ތިބެގެން ނުވާނެއޭ...

The name is already taken The name is available. Register?

ޢަރުތަ

26 May 2023

މީގެ ކުރިންވެސް މިވަތަންގެ އެންމެ މަތީ ކޯޓުން ހުކުމެއް ކުރީމަ ވީގޮތް ފެނުނު، ފުރާޅުން ނެގީ ޓިނު، މަތީކޯޓަށްވުރެ ވެސް މަތީގަ އެބޭފުޅަކު ހުންނެވީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454