26 މެއި 2023 - 19:11
ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލާގައި ހައްޔަރުކުރީ ދެ ދިވެހިން ކަމަށާއި އޭގެތެރެއިން އެކަކު ކޯޓުގައި ކުށަށް އިއުތިރާފް ވެފައިވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ ޒުވާންނަކީ ވެސް ޑްރަގުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހުންނެވެ. މީގެތެރެއިން ނައީމާ މަރާލުމުގައި ބައިވެރިވި ކަމަށް އެއްބަސްވި މީހާ މިހާރު ވެސް ހުރީ ޑްރަގްގެ މައްސަލައެއްގައި ހައްޔަރުކޮށްފަ އެވެ. އޭނާ އަކީ ތޫނު ހަތިޔާރު ގެންގުޅުމުގެ މައްސަލާގައި މީގެ ކުރިން ދައުވާ ވެސް ލިބުނު މީހެކެވެ.
ނައީމާގެ މަރާ ގުޅިގެން ހައްޔަރުކުރި ދެ މީހުންނަކީ ރަށުގައި ދިރިއުޅޭ، ކުށުގެ ވެށީގައި އަބަދުވެސް އުޅޭ ބައެކެވެ. ނައީމާ މަރާލި ރޭ ވެސް މި މީހުން ރަށުތެރޭ ދަންވަރު އުޅުނު ކަމަށްވެ އެވެ. މި މީހުން ތަހުގީގަށް ދިން މައުލޫމާތަށް ބަލައި މިހާރު ފުލުހުން އަންނަނީ ރަށުގެ އަތިރިމަތީގެ ސަރަހައްދެއް ބަލައި ފާސްކުރަމުންނެވެ.
ރަށުން ވާހަކަ ދެއްކި މީހުން ބުނި ގޮތުގައި ހައްޔަރުކުރީ އުމުރުން 20 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެކެވެ. ކުށަށް އިއުތިރާފުވީ 23 އަހަރުގެ މީހާ އެވެ. އެ މީހުން ނައީމާގެ މަރުގެ ހާދިސާއަށް އެ މީހުން ރަށުން ބޭރުގައި އުޅުނު ކަމަށާއި ސޯޝަލް މީޑިއާގެ ބައެއް އެކައުންޓްތައް ވެސް އެ މީހުން ޑިއެކްޓިވޭޓްކޮށްފައިވާކަން ވަނީ އެނގިފަ އެވެ.
ޕޮލިސް ކޮމިޝަނަރު ވަނީ މަރުގެ މައްސަލަ ތަހުގީގު ކުރުމުގެ ތަޖުރިބާކާރު، އިންސްޕެކްޓަ މުހައްމަދު ސާމިހް އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ. އަތޮޅުގެ ފުލުހުން ގުޅިގެން މިމަރުގެ ހަގީގަތް ހޯދާ އިންސާފު ގާއިމްކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ވެސް ފާހަގަކުރައްވައިފަ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ ފޮރެންސިކް ޓީމުން ވަނީ ކުށުގެ ވެށިން ގިނަ އަދަދެއްގެ ސާމްޕަލް ނަގައިފަ އެވެ. އޭގެ ތެރޭގައި ކުށްކުރި ކަމަށް ބެލެވޭ މީހާގެ ޑީއެންއޭ އާއި އިތުރު ފޮރެންސިކް ސާމްޕަލްތައް ވެސް ހިމެނެ އެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސެންޓިސެންޓި
27 May 2023
މަސްތުވާ ހުރިހާ ބާވަތެއް ވިއްކާ މީހުނަށް މަރުގެ އަދަބުދީ، ރޭޕް ކުރާ މީހުންނާ އެއްޖިންސުން ގުޅުން ހިންގާ މީހުނާ އެކަން ޕްރޮމޯޓް ކުރާ މީހުނަށް އިސްލާމީ ޝަރީއަތުގަ އޮންނަ އަދަބު ދީ ހަދަން ކެރޭނެތަ. އެވަރުގެ މީހަކު އެބަހުރިތަ. މިއަދު ދިވެހި މުޖުތަމައަށް ދިމާވެފަ ހުރި ހުރިހާާ މައްސަލަތަކުގެ ހައްލަކީ ﷲ ގެ ފޮތައް ރުޖޫއަވުން. ﷲ ހުކުމްފުޅުތަކައް ހުކުމް ކުރުން.
މުޢުނީ
27 May 2023
ސިންގަޕޫރުގަ އެނިއްމާގޮތަށް މަރަށްމަރުގެ އަދަބު ތަންޕީޒު ކޮއްބަލަ އޭނުންއެއްފަހަރުން ހުއްޓުނީ އެކަމަކު ކީއްކުރާނީ ގައުމުގަހުރި ހޯމްމިނިސްޓަރ ވިދާޅުވަނީމިސަރުކާތުން މަރުގެ އަދަބުތަންފީޒުނުކުރާނެކަމައް.
2023
27 May 2023
އޯޑިއޯގައި ހަބަރުގެ ބައެއްވެއްޓިފަ.... ދެން އަބަދު އެކަކު ކިޔާތީ ކަޑަ..... ބޮއިހަލަކި
ބަލަންތިބޭ
27 May 2023
ތިޔަ މީހާއަށް ނިޝާނުލް ވަޅީގެ ލަގަބު ކަށަވަރުވީ ...
އަހުމިއްޓޭ
27 May 2023
ކުށުގެ ވެށީގައި އަބަދުއުޅެނީ!؟ ކޮބާތަ ހުރިހާ ސިޔާސީވެރިން. މިކަމަށް ނެތްތަ ޖަވާބެއް؟
މިސްޓަރ ޓިނޭ
27 May 2023
ސާބަހޭ ފުލުހުން ނަށް
މުރާސިލުން
27 May 2023
ފުލުހުން ދެދަޅައަށް ނިކުމެ ދައްްކާ ވާހަކައިގައި އޮއްޓަރު ހުރިކަމަކަށް ނުބެލެވޭ. ތިހެން ވަރަށް ވާހަކަ އަޑުއިވޭނެ. ނިމޭއިރު ފެންނަނީ ހެކިނެތިގެން ނޫނީ ހެކިބަސް ނުލިބިގެން ބޮޑުނަގުލަށް ގޮސް ކަންކަން ނިމޭތަން. އިތުބާރެއް ނެތް.
ބޮޑުމީހާ
26 May 2023
ޑްރަގާއި ގުޅިފައިވާ އެތައް ކުށެއް. ވައްކަމާއި ފޭރުމާއި، މާރާމާރީ އަދި މިހާރު 100ރ މީހަކު މަރާލަންވެސް ފަސްނުޖެހޭ. މިކަންތައްތައް ހައްލުކުރުމަށް މަސައްކަތްކުރާ ދިވެހި ރައްޔިތަކު އަދި ސިޔާސީ މީހަކުވެސް ނޫޅޭ. އެންމެން ޕާޓީ ކުލައިން ޖަރީވެގެން ޕާޓީ ހަރަކާތްތަކަށް ދާއިރު، މިގައުމުގައި ހުރި އިޖްތިމާއި މައްސަލަތަކަށް ފޯކަސްކުރާނެ ބަޔަކު ނޫޅޭ. ގައުމު މިހިގަނީ ގައުމުގެ މީހުން ބޭނުންވާ ގޮތަށް
ބަސްކޮޅު
26 May 2023
ބޮޑެތި އަދަބުތަކުން ލިބެންޖެހޭ އަދަބު ނުލިބި ދޫވެފަ ތިބޭ މީހުންގެ ފަރާތުން އާންމު ރައްޔިތުން އުފުލަންޖެހޭ ތަކުލީފް މިފެންނަނީ…ދެންވެސް އަދިވެސް އަދަބުނުދެވޭ ކަމަށް ވަންޏާ މިފަދަ ކަންކަން ތަކުރާރުވާނެ، ޝައްކެތްވެސް ނެތް!
100ސަތޭކަ
26 May 2023
ޤަބޫލްކުރަންޖެހޭ ހަޤީޤަތަކީ ޤައުމުގެ ކަންކަން ހިންގާ ނިޒާމްތައް ފެއިލްވެ...އެމީހަކު ކުރާނެކަމެއް ކުރަން ދޫކޮށްލެވިފައިވާކަން ...ޚާއްސަކޮށް މަސްތުވާތަކެތި އެތެރެކުރާ މީހުންނާ ވިއްކާމީހުންނަށް ޤާނޫނުގެ ދިގުއަތް ނުފޯރާކަން...މިއީ ޤައުމެއްގެ ނިސްބަތުން އެ ޤަުމެއްގެ ރައްޔިތުން ވިސްނާއިރު ހިތާމައިގެ ކޮޅުނެތްކަންކަން....ބައެއް ޤައުމުތަކުގައި (ސިންގަޕޯރ)ގައި ދަނީ މިފަދަ މީހުންނަށް މަރުގެ އަދަބު ދެމުން....