ހުސެއިން މަވާޒު: ބޭބެ މަރާލި މައްސަލާގައި އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި.
02 ޖޫން 2023 - 16:18
ސ. މަރަދޫގައި އިއްޔެ ރޭ ހިންގި މާރާމާރީއެއްގައި ބޭބެއަށް ހަމަލާދީ މަރާލި، ހުސެއިން މަވާޒު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން މަވާޒު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ، އޭނާގެ ބޭބެ، އަހުމަދު ޝުއައިބް މަރާލުމަށް ފަހު، އަމިއްލައަށް އައްޑޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމުންނެވެ.
ފުލުހުން ބުނީ އުމުރުން 25 އަހަރުގެ މަވާޒުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށެވެ.
މިހާތަނަށް އެ މައްސަލައިގެ ތަފްސީލު ފުލުހުން ހާމައެއް ނުކުރެ އެވެ.
އެކަމަކު އެރަށުން "މިހާރު" އަށް ކުރިން ވާހަކަ ދެއްކި މީހުން ބުނި ގޮތުގައި ބޭބެ މަރާލީ ގޭގައި ހިނގި މައްސަލައެއްގެ ސަބަބުންނެވެ. އެ ދެ މީހުންނަކީ ވެސް މަސްތުވާތަކެތީގެ ރެކޯޑު އޮންނަ ދެ މީހުން ކަމަށް ވެ އެވެ.
ދެ މީހުންގެ މެދުގައި ޒުވާބު ހޫނުވެ، ޝުއައިބަށް މަވާޒު ހަމަލާދީފައި ވަނީ ކަތުރަކުން އޭނާގެ ކަރަށެވެ. އެ ހާދިސާ ހިނގާފައި ވަނީ އެމީހުންގެ ގެ ކައިރީގައި ކަމަށް ވެ އެވެ.
އެކަމަކު އެ ހަމަލާއާ ގުޅިގެން ޝުއައިބަށް ފަރުވާ ދިނުމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެންދިޔަ ނަމަވެސް އެތަނުގައި ފަރުވާދެނިކޮށް އޭނާ ވަނީ މަރުވެފަ އެވެ. އެ ހާދިސާގައި ޝުއައިބުގެ ކަރުގެ މައި ނާރުތައް ހުރީ ބުރިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
02 June 2023
ނުބައި ހުރިހާ ކަމަކުން މިގައުމު މިދަނީ ކުރިއަށް.
ކީއވެ
02 June 2023
އަޅެ ތިރަށު މީހަކު ކިޔާދީބަ އަސްލު ކީއްވެތަ އެހާ މައްޗައް މަސްލަ ދިޔައީ
ގުދުގުދުލީބެއްޔާގެ ތެދުބަސް
02 June 2023
ކީއްވެތަ އަބަދު މިޖަހަނީ "ބޭބެ މަރާލި ކޮއްކޮއޭ؟"
ދޮން ރަހާ
02 June 2023
ތީނަ އެއީ މިހާރު ކޮއްކެއް ނޫން! ބޮޑު ޤާތިލެއް