ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހްތާޒް މުހްސިން 17 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމަށް ފަހު ކޯޓުން ނެރޭއިރު، ކާމިޔާބީގެ ނިޝާން ދައްކާލަނީ. -- ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
09 ޖޫން 2016 - 23:40
ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި މައްސަލާގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، އޭނާ 17 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިރޭ ހުކުމްކޮށްފި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދަންވަރު މާމިގިލީ ކޯޓު ހުޅުވައި، ކ. މާފުށީ ކޯޓުގެ ނަމުގައި ފޭކް އަމުރެއް ހެދި މައްސަލާގައި މުހުތާޒްގެ މައްޗަށް އެ ހުކުމް އައީ އޭނާގެ މައްޗަށް އުފުލި ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާ ސާބިތުވުމުންނެވެ. އެ މައްސަލާގައި ގާނޫނުލް އުގޫބާތުގެ ދަށުން އިތުރު ދެ ދައުވާއެއް އޭނާގެ މައްޗަށް ކުރިޔަސް އެ މައްސަލަތަކުގެ ހުކުމެއް މިރެއަކު ނުއިއްވަ އެވެ.
މުހުތާޒްގެ މައްޗަށް ހުކުމް އިއްވަވަމުން އެ މައްސަލަ ބެއްލެވި ގާޒީ އަބްދުލްބާރީ ޔޫސުފް ވިދާޅުވީ މާމިގިއްޔަށް މުހުތާޒް ވަޑައިގެންކަމާއި އަމުރެއް ހޯދަން އުޅުއްވިކަން ހެކިންގެ ބަހުންނާއި މުހުތާޒްގެ ފަރާތުން ދެއްކެވި ވާހަކަތަކުން ސާބިތުވާ ކަމަށެވެ. އެކަމަކީ ފުލުހުންގެ އެދުމުގެ މަތިން ކުރި ކަމެއް ކަމަށް މުހުތާޒްގެ ފަރާތުން ވިދާޅުވިޔަސް އެކަން ސާބިތުނުވާ ކަމަށް ގާޒީ ބާރީ ވިދާޅުވި އެވެ.
މުހުތާޒްގެ އެ އަމަލަކީ ރައީސް ޔާމީން "ރަހީނުކޮށް، ގަދަކަމުން ފޮރުވައި، ސަރުކާރަަށް ނުރަނގަޅު ނުފޫޒެއް ފޯރުވަން" ކުރި ކަމެއް ކަމެއް ކަމަށް ވެސް ހުކުމް އިއްވަވަމުން ގާޒީ ބާރީ ވިދާޅުވި އެވެ. އެހެންވެ އެ ކުށުގެ އަދަބެއްގެ ގޮތުން މުހުތާޒް 17 އަހަރަށް ޖަލަށްލާން ހުކުމްކުރީ ކަމަށް ގާޒީ ބާރީ ވިދާޅުވި އެވެ.
މުހުތާޒް މާމިގިއްޔަށް ވަޑައިގެން، އަމުރެއް ހޯދަން އުޅުއްވިކަން ސާބިތުވިޔަސް ރައީސް ހައްޔަރުކުރަން ނެރުނު އަމުރެއް ކަމަށް ބުނެ މާލޭގެ މަގެއްގެ މަތީގައި ބާއްވާފައި އޮއްވާ ފެނުނު ލިޔުމަކީ މުހުތާޒް ބައިވެރިވެގެން އުފެއްދި އެއްޗެއް ކަން ސާބިތުނުވާ ކަމަށް ގާޒީ ބާރީ ވިދާޅުވި
މުހުތާޒް މާމިގިއްޔަށް ވަޑައިގެން، އަމުރެއް ހޯދަން އުޅުއްވިކަން ސާބިތުވިޔަސް ރައީސް ހައްޔަރުކުރަން ނެރުނު އަމުރެއް ކަމަށް ބުނެ މާލޭގެ މަގެއްގެ މަތީގައި ބާއްވާފައި އޮއްވާ ފެނުނު ލިޔުމަކީ މުހުތާޒް ބައިވެރިވެގެން އުފެއްދި އެއްޗެއް ކަން ސާބިތުނުވާ ކަމަށް ގާޒީ ބާރީ ވިދާޅުވި އެވެ.
މަޑު ނޫކުލައިގެ ގަމީހެއް ތުރު ކުރުއްވައިގެން ޓައީއެއް އަޅުއްވައިގެން ހުންނެވީ މުހުތާޒް ހުކުމް އިއްވިއިރުު ވެސް އިންނެވީ ހިނިތުންވެ ވަޑައިގެންނެވެ. ހުކުމްކޮށް ނިމުމުން ކޯޓުން ރޫމުން މުހުތާޒް ނެރެން އުޅުމުން އޭނާ ވަނީ އެތަނުގައި ތިބި އޭނާގެ އާއިލާ މެމްބަރުންނާއި ސަލާމްކުރައްވަން މަސައްކަތް ކުރައްވައިފަ އެވެ. އެކަމަކު ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން އެކަމަށް ހުރަސް އެޅުމުން، އަތުން ހަނާ އަޅަމުން ކޯޓު ރޫމުން މުހުތާޒް ނިކުމެވަޑައިގަތީ އެވެ.
މިރޭގެ އަޑުއެހުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުހުތާޒްގެ ވަކީލް ހުސްނުއްސުއޫދު ވިދާޅުވީ މާލޭގެ މަގުމަތިން ފެނުނު އަމުރަކީ މުހުތާޒް ބައިވެރިވެގެން އުފެއްދި އެއްޗެއްކަން ސާބިތުނުވާ ކަމަށް ހުކުމްކޮށްފައިވާއިރު އެއީ ދައުލަތުގެ ދައުވާގެ އެއްބައި ސާބިތުނުވުން ކަމަށެވެ. އެހެންވެ މުހުތާޒް ކުށްވެރިވާ ކަމަށް ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ކުރައްވާނެ ކަމުގެ އިޝާރާތެއް ސުއޫދު ދެއްވި އެވެ.
އެ މައްސަލާގައި މުހުތާޒްގެ އިތުރުން މާމިގިލީ މެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފަ އެވެ. ނިހާންގެ މައްޗަށް ވެސް މިރޭ ހުކުމްރަން ހަމަޖެއްސިޔަސް ފަހުން ވަނީ އެކަން އެހެން ދުވަހަކަށް ފަސްކޮށްފަ އެވެ.
މުހުތާޒަކީ ރައީސް ޔާމީންގެ ވެރިކަމުގައި 2014 ގައި ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރި ބޭފުޅެއް ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅު ސަރުކާރު ހިންގާ ޕީޕީއެމްގެ މެމްބަރުން ވަނީ މުހުތާޒްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދައި، މުހުތާޒް އެ މަގާމުން ދުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަކީލު
11 June 2016
ހުސްނުއއްސުއޫދަށް އެގިވަޑައިގަންނަވާތޯ ފޭކް ކޯޓް އަމުރު އުފެއްދުން ސާބިތުނުވުމާއި މާމިގިލީ ކޯޓްގެ ގާޒީގެ ގޮނޑީގައި އިންކަން ސާބިތުވުމަކީ ދެކަމެއްކަން. ހެހެ ވަކީލުންދޯ ދެން.
އަލީ
11 June 2016
ޔާމީން ހައްޔަރުކުރަން ގޮވާލި މީހަކަށްވެސް މިހުކުމް އަންނާނެތާ. ޔާމީން ބުނަނީ ކޮންމެކަމެއް ކުރަންވިޔަސް ކޯޓަށް ދާށޭ. މިފަހަރު މިއޮތީ ކޯޓު މެދުވެރިކޮށް އޭނަހައްޔަރުކުރަން އުޅުމުން ގޯސްވެފަ. ކޯޓަށް މައްސަލަ ހުށަހަޅާ މީހާ ކުށްވެރިވާގޮތެއް އޮންނަކަމެއް ކުރިއަކުން ނޭނގޭ.
ބީރުބޮލު
10 June 2016
ހުކުމް ކުރަން ތިބި މީހުން ޖަލަށް ލާ ހުސް ކުރާ ތަން ވެސް އަދި ފެންނާނެ އެވެ.
ހީމޭން
10 June 2016
ރަނގަޅު...ވާންވީގޮތް ތިވީ!
އަހުޔާން
10 June 2016
މި ސޮރާ ދެކޮޅަށް ކުރަން ޖެހެނީ ސަރުކާރު ވައްޓާލަން ޢުޅުމުގެ ދައުވާތަ ނޫނީ، ޓެރެރިޒަމްގެ ދައުވާތަ؟ ގާނޫނު ދެނެވަޑައިގަންނަވާ ބޭފުޅަކު މިކަން އޮޅުން ފިލުވާ ދީބަލަ.
ނުކި
10 June 2016
ރާކަނި މަސް ގަންނާނެބާ!
ދޮޅުގަޑި ބައި
10 June 2016
ފިލްމް ނިމޭއިރު ބޮސް ހަދާގޮތެއް ބަލައިލާހިތުން ހުރެވެނީއެއްނޫން. ރީތި ގޮތަކަށް ނިމޭނެހެން ހީވެ.
ސޯޓު
10 June 2016
އެބައިމީހުންގެ ރޭވުންތަކުގެ މަޅީގައި ވަރަށް ގިނަމީހުން އެބަޖެހޭ ، ނާޒިމް ލައްވާ ވެރިކަން ވައްޓާލީ ، އަދި ނާޒިމް ޖަލަށް ފޮނުވާލެވުނީ އަދީބުގެ މެދުވެރިކޮށްގެން ، ދެން އެއަށްފަހު އަދީބު ޖަލަށް ފޮނުވާލީ އަދީބުއަތަށް ބާރުތަކެއްދީ އޭނަލައްވާ ބޮޑެތި ޖަރީމާތައް ހިންގުމަށްފަހު އޭނަފަޅާ އަރުވާލާފައި ، ދެން މުހުތާޒު ލައްވާ އަންނިގެ މައްޗަށް އަލުން ދައުވާކޮށް ޖަލަށް ފޮނުވާލީ ، އެންމެފަހުން ހުރިހާ ކަމެއް ނިމުމުން މުހުތާޒުވެސް ގޮޅިއަށްލީ... މިގައުމަކީ އެބައިމީހުންގެ ތަރިކަ މުދަލަކަށް ހަދަންކުރާ މަސައްކަތުގައި ވަރުގަދަ ނެޓުވޯކެއް އެޅިފައިއޮތުމުން ބައެއްމީހުން މަޅީގައިޖެހި ބޮޑެތިއަދަބުތކެއް ލިބެމުންދާއިރު ޗެލެންޖުކުރަން ނިކުންނަމީހުންނަށް ހުރިފުރުސަތުތައް ހަނިވަމުންދާކަންވެސް ފާހަގަކުރެވޭ... ރައްޔިތުންގެ އަތުގައި ބާރުއޮވެފައި މިގޮތައް ކަންކަންކުރުމަށް ފުރުސަތުދިނުމަކީ ގަބޫލުކުރެވޭކަމެއްނޫން...
ދޮންކަމަން
10 June 2016
ރައްޔިތުންގެ އަތުގައި ބާރުއޮތަސް ރައްޔިތުން ތިބީ ފިތިފައި...އެއްޗެކޭ ބުނަން ހަމަ އަނގަހުޅުވާލީ، ކޮންމެވެސް ދަޢުވާއެއް އެބަކުރޭ...... ހިތިގޮތަކަށް ނިމިގެންދާނެ ވެރިކަމެއް މިއީ.... ގިނަރައްޔިތުން އެއަރކޮންޑިޝަނަރ އާއި ފަތި ޓީވީ ފެނުނީމާ، އޮންނަނީ ދުނިޔެ ރަންވެފައި...ސޯ ކޯލްޑް ޕޮލިޓިޝަނުން ނަށް އިނގޭ ރައްޔިތުންގެ ބޯކާނެ ގޮތް......
nazim
10 June 2016
މިއަދު "މިރައީސް" ޖައްސަވާހާ ބެރަކަށް ނަށާ ކުދިންނަށް އިބުރަތެއް މިއީ...
ޚިޔާލް
10 June 2016
ޢަނިޔާވެރިކަމަކީ މިކަހަލަ ކަމެކެވެ. ޢަނިޔާވެރިންނައް ދެދުނިޔޭގައި އެކަން ދައްކަވާނެއެވެ